ޖެނެރަލް ސީސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލަނީ

2013 ވަނަ އަހަރުގެ ޖުލައިމަހު، މިސްރުގެ އަސްކަރިއްޔާއިން ހިންގި ބަޣާވާތަކުން އޭރު އޮތް އިންތިހާބީ ސަރުކާރު ވައްޓާލުމަށްފަހުގައި މިހާރު މިސްރުގައި އޮތް ބާޣީ ސަރުކާރުގެ ދިފާޢީ ވަޒީރު ޖެނެރަލް އަބްދުލްފައްތާޙް އައްސީސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލުމަށް ތާއީދުކޮށް އަސްކަރިއްޔާގެ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ބަޔާނެއް ނެރެފި އެވެ.

އަސްކަރިއްޔާގެ ކަންތައްތަކާ ބެހޭ އެންމެ މަތީ މަޖިލީހުން ނެރެފައިވާ މިބަޔާނުގައިވާ ގޮތުން މިސްރުގެ ރިޔާސަތަށް ޖެނެރަލް ސީސީ ކުރިމަތިލެއްވުމަކީ ރައްޔިތުންގެ ވަރަށް ބޮޑު އެދުމެއް ކަމަށާއި އެކަމަށް އެމަޖިލީހުން ތާޢިދުކުރާކަން ހާމަކޮށްފައިވެއެވެ.

ޚަބަރުތައްބުނާގޮތުން ސީިސީ މިސްރުގެ ރިޔާސަތަށް ކުރިމަތިލުމަށް މިހާރު މިސްރުގެ ވަގުތީ ރައީސަކަށް ހުރި އަދްލީ މަންސޫރުވެސް ތާއީދު ކުރެއެވެ.

މިސްރުގެ ރިޔާސަތަށް ޖެނެރަލް ސީސީ ގެނައުމަކީ މިސްރުގެ ލާދީނީ ޢަލްމާނީންގެ ވަރަށް ބޮޑު މަޤްޞަދެކެވެ. މިކަމުގެ ބޭނުމަކަށް ވެފައިއޮތީ ޑރ މުރްސީ އަނބުރާ ވެރިކަމަށް އަޔަނުދިނުމާއި އިޚްވާނުލް މުސްލިމޫން ބަލިކަށިކޮށްލުމެވެ. އަދި އަސްކަރިއްޔާގެ ބަޣާވާތަށްފަހުގައި އިޚްވާނުލް މުސްލިމޫންއަށް ތާއީދުކުރާ ފަރާތްތަކާއި ދެކޮޅަށް ގާހިރާގެ ނަހްޒާ މައިދާނާއި ރާބިޢާއަލްއަދަވިއްޔާ މައިދާނުގައި ހިންގި މީހުންމެރުމާއި ލޭ އޮހޮރުވުން ބޮޑުވި ޤަތުލްޢާމްގެ ކަންތައްތައް އޮއްބާލުން ކަމުގައި މަޝްރަހު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!