ފޯނުން ދުއްވާ “ކަރުދާސް ރޮކެޓް”

ކުޑައިރު “ކަރުދާސް ރޮކެޓް” ދުއްވުމަކީ ވަރަށް އާންމުކަމެކެވެ. އަދި އެއްލާ ރޮކެޓް ‘ރޫސް ލާފައި’ ބިންމައްޗަށް ވެއްޓުމަކީވެސް އެހާ އާންމު ކަމެކެވެ. ޒަމާނީ ޓެކްނޮލޮޖީ އާއި އެކު ކަރުދާސް ރޮކެޓް ދުއްވޭނެ ގޮތް މިހާރު ވަނީ އީޖާދުކޮށްފައެވެ.

“ޕަރވާރ އަޕް 3.0″ގެ ނަމުގައި އީޖާދުކޮށްފާވާ ކަރުދާސް ރޮކެޓްގައި އަކީ ފޯނުން ދުއްވޭ ކަރުދާސް ރޮކެޓްއެކެވެ. ފޯނުގެ ބްލޫޓޫތް ގެ އެހީގައި ދުއްވާ މިކަރުދާސް ރޮކެޓްގެ ކުރީގައި ކުޑަ ބުރަފައްޗެއް ލާފައިވެއެވެ.

މިއީ ކުޑައިރުގެ ހަނދާންތައް ޒަމާނީ ވަސީލަތް ބޭނުންކޮށްގެން އާލާކުރުމަށް މުހިންމު އެއްޗެކެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!