ސަޅި ވެބްސައިޓް: “ޤާނޫނުއަސާސީ” ވެބްސައިޓް

ދުނިޔޭގެ ކަންކޮޅުތަކުގެ “ޤާނޫނުއަސާސީ” ކިޔާލެވޭގޮތް ގޫގުލް އިން ވަނީ ހަދާފައެވެ. އެކި ގައުމުތަކުގެ 160 ޤާނޫނު އަސާސީ އިންޓަނެޓް މެދުވެރިކޮށް މިވެބްސައިޓް މެދުވެރިކޮށް ބަލާލެވޭނެއެވެ. ސައިޓްގައި ބަލާލަން ފަސޭހަގޮތަށް ޓެގްތައް ވަކިކޮށްފައިވައިވާއިރު ޤާނޫނު އަސާސީ ބޭނުންކުރި ތާރީހްތައްވެސް ވަކިން ބަލާލެވެއެވެ.

2013 ގެ ސެޕްޓެމްބަރު މަހުތެރޭގައި ވުޖޫދަށް އައިސްފައިވާ މިސައިޓް ހެދުމުގެ މަޤްސަދަކަށް ވެފައިވަނީ ގައުމުތަކުގެ ޤާނޫނު އަސާސީ އެއްތަނަކުން ބަލާލެވޭ ގޮތް ހެދުން ކަމަށް ގޫގުލް އިން ހާމަކޮށްފައިވެއެވެ.

ކޮންމެއަކަސް އޮންލައިން “ޤާނޫނުއަސާސީ” އަކީ ގިނަ ބަޔަކަށް ކަމުދާ ވެބްސައިޓްއަކަށް ނޫނީ ނުވާނެއެވެ.

ލިނކް: “ޤާނޫނުއަސާސީ” ވެބްސައިޓް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!