ރައްފުށްތަކުގެ ރައްޔިތުންނާއި މެދު އިހުމާލުވެފައި

އައްޑު އަތޮޅަކީ ވެރިކަންކުރާރަށް މާލެފިޔަވާ ދެން އެންމެ ގިނައާބާދީ ދިރިއުޅޭ އަތޮޅެވެ. އައްޑު އަތޮޅުގައި ޖުމުލަ 4 ސްޓޫޑިއޯ ގާއިމް ކުރެވިފައިވާ ހިނދު އެތަނުގައި ޒަމާނުގެ ވަސީލަތާއި އެކު ޒަމީނީ ފެންވަރުގެ ފޮޓޯނެގޭ ފަދަ ގޮތްތަށް ޤާއިމު ކުރެވިފައި ހުރެއެވެ. ނަމަވެސް އެއިން އެއްވެސްތަނަކުން ނެގޭ ފޮޓޯއަކީ ދިވެހިރާއްޖޭގެ ޕާސްޕޯޓުގައި ޖެހުމަށް ބޭނުންވާ ގޮތަށް ނެގޭ ފޮޓޯއެއްނޫނެވެ. ޕާސްޕޯޓް އަދި އައިޑީ ކާޑުގައި ޖެހުމަށް މިދިޔަ މަހުގައި ގާތްގަނޑަކަށް 9 މީހުން ގެ ފޮޓޯތަށް 7 ފަހަރެއްގެ މަތިންނަގާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ފޮޓޯއެއް އިމިގްރޭޝަނުގެ މިންގަނޑަށް ފެތޭގޮތެއް ނުވިއެވެ. ބޮޑު ޚަރަދު ކުރުމަށްފަހު 15 ރުފިޔާގެ ފޮޓޯއެއް ނެގުމަށް މާލެ އައުމަކީ ކޮންމެ އާއިލާއެއްގެ ބަޔެއްގެ މައްޗައް ފަސޭހަކަމަކަށް ނުވުމުގެ އިތުރުން އެހާމެ ތަނަވަސް ބަޔެއްނޫނެވެ.

ބައެއްފަހަރު ފޮޓޯތަށް ނެގުމަށް ފަހު އޮންލައިން ކޮށް އިމިގްރޭޝަން ނުވަތަ އެފްޑީއައި ފަދަ ތަންތަނަށް ވެސް ފޮނުވައިގެން ރަގަޅުތޯ ބެލެވެއެވެ. އަދި ބައެއްފަހަރު ފަހަރު އެފޮޓޯތަށް ރަގަޅު ކަމުގައި އެފަރާތް ތަކުން ބުނުމުން ފޮޓޯތަށް ޕްރިންޓް ކުރެވި ޕާސްޕޯޓް ހެދުމަށް ހުށަހެޅިފައިވެއެވެ. ގިނަވަގުތުތަކެއް ހޭދަކުރުމަށް ފަހު ކިއޫނަމްބަރ ޖެހުމުން އަނެއްކާވެސް އެފޮޓޯތަށް ކަމުނުދާކަމުގައި ބުނުމަކީ އައްޑު އަތޮޅުގެ ރައްޔިތުންނާއި މެދު ވެވިފައިވާ އިހުމާލެކެވެ. ދިވެހިރާއްޖޭގެ ހުރިހައިތަނެއްގައި އެއްޤަވާއިދެއް އެއް އުސޫލެއް ހިނގަމުން ދާއިރު މިފަދަ ކަންކަމުގައި ސަރުކާރުން އިސްނަގައިން މިކަންތަށް ރަގަޅުކުރުމަށް އައްޑުއަތޮޅު ރައްޔިތުން ނަށް ޓްރެއިނިންގ ދިނުމަކީ ކޮންބަޔެއްގެ ޒިންމާއެއް ކަމުގައި ރައްޔިތުންގެ މެދުގައި ސުވާލުއުފެދެއެވެ.

އާދައިގެ ކުދި ކުދި ކަންތައްތަކުގައި ވެސް އަތޮޅު ތަކުގެ ރައްޔިތުން ސަލާމް ޖެހުމަކީ މިކަމުގެ ހައްލެއްނޫނެވެ. ކޮންމެ ބަޔެއްގެ ވެސް ޒިންމާއެއް ވާނެއެވެ. އެޒިންމާ އެއިގެ އެންމެ ފުރިހަމަ ގޮތުގައި އަދާކުރުމަކީ ގައުމެގެ އެންމެންގެ ހިންހަމަޖެހުމާއި ޤައުމަށް ފާގަތި މުސްތަޤުބަލަކަށް ދެވުމުގެ އެންމެ ފަސޭހަ ހައްލެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!