އެމީހުންގެ ޢަޚްލާޤީ ފެންވަރު ރަގަޅު؟

ބައެއް ކެފޭތަކުގައި ޔާއި ބައެއް ހޮޅު އަށިތަކުގައި ދެކެވެމުން ދާވާހަކައަކީ އަޅުގަނޑުމެން މުސްލިމުންނަށް ވުރެމިއަދުގެ ކާފިރުން ގެ އަޚުލާޤު މާރަގަޅު ކަމުގައެވެ. އެބައިމީހުންނަކީ ވަފާތެރި ހަޤީގަތް ހާމަކުރާ ބަޔެއްކަމުގައެވެ.

މުސްލިމުންނަށް ވުރެ ކާފަރުންގެ އަޚުލާޤީ ފެންވަރު ރަގަޅުކަމަށް ބުނާ ބުނުމަކީ ކަނޑައެޅިގެން ހަރާމްކަމެކެވެ. އެފަދަ ގޮތަކަށް ޤަބޫލު ކުރާބަޔެއްގެ ހިތްތަކުގައި ނިފާޤުގެ އަސަރު ހުރިކަން ކަށަވަރެވެ. އެފަދަ މީހުން ވީއެންމެ އަވަހަށް އެކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރުމަކީ ކޮންމެހެން މުހިންމު ކަމެކެވެ.

އެހެނީ އަޚުލާޤުގެ އެންމެ މަތިވެރި ޤިންމާއަކީ ޚާލިޤުވަންތަ އިލާހާއި މެދު ކުރެވޭ މުޢާމަލާތެވެ. އެފަރާތަށް ކުރާ އަދަބު އިޙްތިރާމެވެ. އެފަރާތް ނޫން އެހެންފަރާތަށް އަޅުކަން ނުކުރުމެވެ. އެކަންތަށް ފެންނަނީ ކާފިރުންގެ ފަރާތުން ނޫނެވެ. މުސްލިމަކަށް ވާނަމަ މިފަދަ ކަންތައްތަށް އެމުސްލިމެއްގެ ފަރާތުން ފެންނާނެވެ. މިއުސޫލަކީ ޢާންމުގޮތެއްގައި ކޮންމެ މުސްލިމެއްގެ ފަރާތުން ފެންނަންހުން ޢާންމު ސިފައެކެވެ.
ބައެއް މުސްލިމުންގެ މައްޗައް ކާފަރުންގެ އަޚުލާޤީ ފެންވަރު ރަގަޅުކަމުއި ބުނުމަކީ ގޯސް ޢަމަލެކެވެ. އެހެނީ އަޚުލާޤު މިނެކިރާ މިންގަނޑަކީ ހެއްދެވި ފަރާތާއި އޮންނަ ގުޅުމެވެ. އެބައިމީހުން މާތްﷲއަށް ފުރައްސާރަކޮށް ރަސޫލުބޭކަލުންނަށް ކުޑާމީސް ބަސްބުނު މަކީ އެއީ މައްސަލައެއް ކަމުގައި ނުދެކެވޭނެ އެއްވެސް ހަމައެއް އުސޫލެއް ޝަރީޢަތުގައި ބަޔާންވެގެންނުވެއެވެ. އެބައި މީހުންނަކީ ކީރިތިވަންތަ މާތްﷲއަށް ދަރިކަލަކު ވާކަމުގައި ބުނެ ނަބީޔުން ޤަތުލުކޮށް ހެދިމީހުންނެވެ.

ސުވާލަކީ އެބައިމީހުންނަށް ބޮޑަށް ފައިދާވާނީ ހެއްދެވި ފަރާތާއި ޤާތްގުޅުމެއް ބަހައްޓާ ރިވެތި ގޮތްތަކުގައި އެފަރާތާއި މުޢާމަލާތް ކުރުމުންތޯއެވެ. ނުވަތަ ނިކަމެތި އިންސާނުންނާއި މުޢާމަލާތް ކުރުމުގައި ރިވެތި ބަސްބޭނުންކޮށް އަޚުލާޤީ މިސާލުތައް ދެއްކުމުންތޯއެވެ. އިންސާނުންނާއި މުޢާމަލާތް ކުރާއިރު ބޭނުންކުރާ ބަހުރުވައަށް ވުރެ އިހާނެތި ބަސްތަށް ﷲ އާއި އެކަލާނގެ ރަސޫލާއަށް ބުނަމުންދާ ބަޔަކު ފަހެ އިންސާނުންގެ ކަރުގެ ހިފާނީ ކޮންއިރަކުންތޯއެވެ.

އެމީހުންގެ ތެރެއިން ރިވެތި އަޚުލާޤުގެ ވެރިންގެ ގޮތުގައި ގުނާލެވެނީ ކިތެއް މީހުންތޯއެވެ. ނުވަތަ އިންސާނިއްޔަތަށް ޚިދުމަތް ކޮށްދޭ ފަދަ އަޚުލާގީ މިންގަނޑެއް އެބައިމީހުންގެ ފަރާތުން ފެންނަން އެބަހުރިތޯއެވެ. ނުވަތަ ކިތެއް މީހުންގެ ފަރާތުން ތޯފެނިގެންދަނީ ހަމަގައިމުވެސް ގުނާ އަދަދު ކުރެވޭ ވަރުގެ މިންވަރެއް ނޫނީ ނުފެންނާނެއެވެ. ވީމާ އެފަދަ ޢަދަދެއްގެ ބަޔެއްގެ މައްޗައް މުސްލިމުން ނިކަމެތި ކޮށް ކާފިރުން މަތިވެރި ކުރެވިދާނެތޯއެވެ! މުޅި މުސްލިމު އުންމަތަށް ފޮނުވުނު ނަބިއްޔާ ފޮނުއްވިފައިވަނީ ރިވެތި އަޚުލާޤު ފުރިހަމަ ކުރުމަށް ކަމުގައި ބަޔާންވެގެންވާ ހިނދު އެފަދަ ކުޑާމީސް ބަހެއް މުސްލިމުންނަށް އެމީހުންނަށް މަތީ ދަރަޖަ ދެވިދާނެތޯއެވެ.!
އެބައިމީހުންގެ އަޚުލާޤު އަޅުގަނޑުމެން ހަނދާންނެތުނީ ތޯއެވެ! ކިތެއް މުސްލިމުންނަށް ތޯ އެމީހުން އޮޅުވާލާ މަކަރުހެދީ !ކިތެއް ބިންތޯ ފަސާދަ ކުރީ !ކިތެއް ފިތުނަތޯ އެމީހުން އުފެއްދީ ! މުސްލިމުންގެ ކިހާ އަޤުބޮޑެތި ތަކެތި ތޯ ހަލާކު ކުރީ ! ކިހާ މަކަރެއްތޯ ހަދާފައިވަނީ ! ބޮޑާވެގަތުމާއި އުރެދުން ފާޅުވެގެން ދިޔައީ އެބައިމީހުންގެ ފަރާތުން ކިތެއް ފަހަރުތޯ !

އެބައިމީހުންނަކީ އަބަދުވެސް އެބައިމީހުންގެ މަސްލަޙަތަށް ތަބާވާ ދުނިޔެވީ އެދުންތަކުން ފޯވެފައިވާ ބަޔެކެވެ. ބައެއްފަހަރު ފެންނަ ސިފަތަކުން އެމީހުންނަކީ އަމާނާތް ތެރިންކަމުގައި ޤަބޫލުކުރެވި އިތުބާރު ކުރެވޭ ފެންވަރުގައި މަސައްކަތް ތަކުގައި ކާމިޔާބު ހޯދާފައިވެއެވެ. މުސްލިމުން އެއިގެ މުޅިން އިދިކޮޅެވެ. ކާފިރެއްގެ ފަރާތުން ރިވެތި ސިފައެއް ފެނުނު ކަމުގައި ވިޔަސް އެމީހުންނަކީ ހަޤީގަތުގައި މުސްލިމުންނެއް ނޫނެވެ. އެމީހުންގެ ފަރާތުން އެފެންނަ ރަގަޅުސިފައަކީ މުސްލިމުންގެ ފަރާތުން ފެންނަން ޖެހޭ ސިފައެކެވެ. ނަމަވެސް މުސްލިމުންގެ ހަޤީގަތަކީ އެމީހުންނަކީ އެންމެ އަމާނާތް ތެރި އަދި އެމީހުންނަށް ވުރެ ތެދުވެރިކަން ބޮޑު ބަޔެކެވެ. އެމީހުންގެ އަމާނާތް ތެރިކަމާއި ތެދުވެރިކަމާއި ވަފާތެރިކަމަކީ ލޯތްބަކީ އަވާމެންދުރެކެވެ. ކާފިރަކު ތެދު ބުނެފިނަމަ އެމީހުން އެ އަދާކުރީ އަމާނާތެކެވެ. އެއީ އެހާލަތުގައި އެމީހުންގެ މަސްލަޙަތު ވަނީ މުސްލިމުންނާއި އެކުގައިވުމުންނެވެ. އެ އަމާނާތުގެ އަސަރު ދެމިގެންދާނީ ކާފިރުންގެ މަޤްސަދު ހާސިލުވުމާއި ހަމަޔަށެވެ.އެއީ އަހަރުމެންގެ މުސްލިމުންގެ މުދާތަށް ނުވަތަ ކޮންމެވެސް ގެއްލުމެއް ދިނުމުގެ ބޭނުމުގައި އެމީހުންގެ ފައިދާ އޮތް ކަމެއްކަމުގަ ދެކޭތީއެވެ.އެބައިމީހުންގެ މަސްލަހަތު ހާމަ ކުރާނީ އެމީހުންގެ ފުރިހަމަ ބާރެއް މުސްލިމުންގެ މައްޗައް ޤާއިމުވުމުންނެވެ.

އަޅުގަނޑުމެންނަށް އޮތީ މުސްލިމުންގެ ތެރޭގައި ހިމެނޭ ރަގަޅުމީހުންނާއި މުޢާމަލާތް ކުރުމާއި އެކު ، މުސްލިމުންގެ ތެރެއިން ކަސިޔާރުވެފައިވާ މީހުންނާއި ދިމާވެއްޖެނަމަ އެމީހުންނަށް ނަސޭހަތެރި ވުމެވެ.އަދި ނުވަތަ އަޅުގަނޑުމެންގެ ތެރެއިން ރަގަޅު މީހުންނަކީ ކޮންބަޔެއް ކަން ދެނެގަތުމަށް ކަމުގެ ތަޖުރިބާ ކާރު މުސްލިމުން ޢައްޔަން ކުރުމެވެ. އެފަދަ ބަޔަކީ މީސްތަކުންގެ މެދުގައި ރަގަޅުކަމުގެ ގޮތުން މަޝްހޫރުވެފައިވާ މީހުންެތޯ ބަލަންޖެހޭނެއެވެ. އެބައިމީހުންނަކީ ނަމާދު ޤާއިމު ކުރާމީހުން ތޯބަލަން ޖެހޭނެއެވެ. މުސްލިމުންގެ ނަމުގައި މަސައްކަތް ކުރާ ޖަމާއަތް ތަކާއި މީހުންނަކީ އެމީހުން ކުރާކަމެއްގެ ސަބަބުން އަޅުގަނޑުމެންގެ މައްޗައް ހުއްޖިއްޔަތު ޤާއިމު ކުރެވޭނެކަމެއް ނޫނެވެ. ތަބާވާންޖެހެނީ ރަސޫލާއަށެވެ. މުސްލިމުންނަށް އަމުރު ކުރެވިގެންވަނީ ކީރިތި ރަސޫލާއަކީ ނަމޫނާއެއް ކަމުގައި ބެލުމަށެވެ.

މިކަންތަކާއި ދެކޮޅަށް އަމަލުކުރާ މީހުންނަކީ ޝައިތާނާގެ ހެއްލުންތެރިންނެވެ. އެބައިމީހުން ބުނާނެ ހަމަކަށަވަރުން ކާފިރުން މުސްލިމުންނަށް ވުރެރަގަޅުވާނެއެވެ. އަދި އެމީހުން އަމާނާތް ތެރިވާނެއެވެ. އެއިގެ މަގްސަދަކީ މުސްލިމުންގެ ބިންތަކުންނާއި މުސްލިމުންގެ މުދާތަށް ފޭރިގަތުމަށް މަގުކޮށާލުމެވެ. އެެހެނީ ޝައިޠާނާގެ އަހުލުވެރިން ގިނަކުރުމުގެ މަޤްސަދުގައި ޝައިޠާނާ ދެމުންދާ ވަސްވާސްތެކެވެ. އެއަށް ތަބާވުމަކީ މުސްލިމުން ނިކަމެތިވެގެން ދާނެކަމެކެވެ. އެފަދަމީހުންގެ ބޭނުމަކީ ދުނިޔެ ހޯދުމަށް އާޚިރަތް ވިއްކާލުމެވެ.

އަދިވެސް އަޅުގަނޑުމެންގެ ހޮޅު އަށިތަކުގައި ދެކެވެމުންދާ ވާހަކައަކީ މުސްލިމުން ނަމާދު ކުރި ކަމުގައިވިޔަސް މުސްލިމުން ދުނިޔެވީ ކަންތައްތަކާއި ހުރެ ނަމާދު އަޅާހަދައެވެ. އަދި ކާފަރުން ނަމާދު ނުކުރި ކަމުގައިވިސް އެމީހުން ވަނީ ކުރިއަރާގޮސް ފައެވެ. އަދި މިފަދަ މީހުންގެ ސިކުނޑިއަށް ވަދެގެން މިދަނީ ނަމާދު ނުކުރާ މުސްލިމުންތަކެއް ހިމެނިގެންދާތީ އެފަދަ މުސްލިމުންނަށް ވުރެ ކާފިރުން ރަގަޅުވާނެކަމުގައެވެ. މިއީވެސް ރަގަޅުގޮތެއް ނޫނެވެ. އެހެނީ މުސްލިމުންގެ އީމާންކަން ، ތަޤުވާވެރިކަން ، މާތްﷲ އަށް ބިރުވެތިވުން މިފަދަ ކަންތައްތަށް ކާފަރުންގެ ފަރާތުން ފެންނަން އެބަހުރިތޯ ވީމާ މުސްލިމެއްގެ މައްޗައް ކާފިރަކު ގަދަ ކުރުމުގެ ހެއްކެއްގެ ގޮތުގައި މިކަންތައް ނުފުދެއެވެ.

ބައެއް މުސްލިމު ޤަމުތަކުން ފެންނަމުންދާ ހަޤީގަތަކީ ކާފިރު ގައުމުތަކަށް ވުރެންވެސް ދެރަ ނިކަމެތި މަންޒަރުތަކެވެ. އެފަދަ ހާލެއްގައި އެއިގެ އަސްލަކީ އެމީހުން އެގެންގުޅޭ ރިވެތި އަޚުލާޤަކީ އިސްލާމްދީން އަހަރުމެން މުސްލިމުންނަށް ކުރަން އަމުރު ކުރައްވާފައިވާ އެއިން ސިފަލިބިގަތުމަށް އަމުރު ކުރައްވާފައިވާ ސިފައެކެވެ. ނަމަވެސް އަޅުގަނޑުމެން އެކަންތަކަށް ވަނީ އިހުމާލު ވެފައެވެ. ކާފަރުންގެ ފަރާތުން އެފެންނަ ސިފައަކީ އެއީ އެމީހުން ދުނިޔެވީ އެދުމުގެ ބޭނުމުގައި އަދާކުރަމުން ދާ ކަމެކެވެ. އެއީ މީސްތަކުންގެ ރުހުން އެއިގައި ހޯދުމެވެ. އިސާހިތަކު މީސްތަކުންގެ ބޭނުން އެމީހުންނަށް ކެނޑިގެންދިޔުމުން ކާފިރުންގެ ފަރާތުން ފެންނާނީ އެ ރިވެތި ސިފައިގެ އެތެއް ގުނަ އިތުރު ވެފައިވާ ނުބައި ނުލަފާސިފައެވެ.

މުސްލިމުންނަށް ލިބިފައިވާ މިފަދަ ސިފަތަކަށް އިތުރު ފުރިހަމަ ކަމެއް އާދެއެވެ. އެއީ ދުނިޔެއާއި އާޚިރަތް ލިބިގަތުމެވެ. މާތްﷲގެ ރުހިވޮޑިގަތުން ހޯދުމެވެ. މިކަމުގައި މުސްލިމުންނާއި ކާފަރުންގެ ހުރި އެންމެ ބޮޑުއެއްތަފާތަކީ ވެސް މިއީއެވެ.

ކާފިރުން ކިތަންމެ ރިވެތި އަޚުލާގެއް ދެއްކިކަމުގައިވިޔަސް އެމީހުން އަރައިގެންފައިވަނީ އެންމެ ބޮޑުވެގެންވާ ފާފަކަމުގައިވާ ޝިރުކަށެވެ. ވީމާ ޝިރުކުގެ އަހުލުވެރިންނަށް ތާއިދުކޮށްގެން ނުވާނެއެވެ. އަދި ކިތަންމެ ގިނަ ހެޔޮކަންތައްތަކެއް ކާފިރުން ކުރިކަމުގައިވިޔަސް އެމީހުންގެ އެއްވެސް އެއިން އަމަލެއްގެ ދަރުމައެއް މާތްﷲ އާޚިރަތް ދުވަހުގައި އެމީހުންނަށް ނުދެއްވާނެއެވެ. އެމީހުންގެ އެކަންތައް ތަކަކީ އެއީ ހެޔޮކަމުގެ މީޒާނުގައި ލިޔެވިގެންދާނޭ އެއްޗެއްނޫނެވެ. މިންހާޖު

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަށް ދިގު ލިޔުމެއް / ލިޔުމުގައި ލިޔުންތެރިޔާ ފުރަތަމަ ތިބުނަނީ ކާފަރުންގެ އަޙްލާގު ރަގަޅު ބުނުމަކީ ޙަރާމް ކަމެއް ކަމުގައި / ފަހުން ބުނަނީ ގޯސް ކަމެއް ގޮތުގައި // ނަމަވެސް މުސްލިމުން ނަކީ ކުށުން ބަރިއްޔަވެގެންވާ ބައެއް ކަމަށް ތި ބުނަނީ . މުސްލިމުން ނަކީ އަމާނާތް ތެރި ބަޔަކު ކަމަށް ތި ބުނަނީ ! މި ގައުމުގައި މިތިބަ މުސްލިމުން ނަކީ ތި ކަހަލަ ބައެއް ނޫން / ދުނިޔެ އަށް ހެއްލި މުދަލާއި ފައިސާ އަށް ފެންބޮވައިގެން ފައި ތިބި ބައެއް / ރިބާ ކައި ބޮއި ހަދާ ބައެއް ރަލާއި އޫރުމަހުގެވިޔަފާރީގެ އަހުލުވެރިން / ޒިނޭ ކުރުމާއި ފާހިޝް އަމަލު ތަކުގައި އަވަދި ނެތި އުޅޭބައެއް / ނެތި މޮށުމާއި ދެބަ އޮޑުވުމުގެ ލާމަސީލު ބައެއް / ތިމާގެ މަގުސަދު ހާސިލް ކުރުމަށް ދީނުގެ ނަމުގައި ފާފަކުރާ ބައެއް / މިހެން ގޮސް މިމީހުން ނުކުރާކަށް ނުބައި ކަމެއް ނެތް / މިހުރިހާ ކަމެއް ފިސާރި ބާރަށް ކުރުމަން އެކަމުގައި ދެމި ތިބޭ ބަޔެއް ވީ އިރު ކީއްވެބާ މިވާހަކަ ތަކަށް އަލި އަޅުވާނުލީ ތާރީޙަށް ޓަކައި އޮޅުވާލަނީ ތޯ !

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!