ނަމާދަކީ ކޮބާ؟

ނަމާދަށް ޢަރަބި ބަހުގައި ކިޔަނީ އައްޞަލާތެވެ. އޭގެ މާނައަކީ ދުޢާއެވެ. ދަންނަ ބޭކަލުންގެ ތެރެއިން ފިޤްހުވެރިންގެ އިޞްތިލާޙުގައި ނަމާދަކީ، ނިޔަތަކާއި ލައިގެން ތަކުބީރަކުން ފެށޭ ސަލާންދިނުމަކުން ނިމޭ ޙާއްސަ ޝަރުތުތަކެއްވާ ބަސްތަކަކާއި ޢަމަލުތަކެއް އޭގައި ހިމެނޭ ޙާއްސަ އަޅުކަމަކަށް ކިޔާ ނަމެކެވެ.

ނަމާދަކީ އަޅާއާއި އޭނާ ހައްދަވާ ބޮޑުކުރެއްވި އިލާހާ ދެމެދު ގުޅުވައިދޭ ގުޅުވައި ދިނުމެކެވެ. އެއީ ނިކަމެތި ބަލިކަށި މަޚްލޫޤަކާ ޚާލިޤްވަންތަ، ގަދަފަދަވަންތަ، އޯގާވަންތަ ﷲ އާއި ދެމެދު ވެވޭ ލޯތްބެކެވެ. އޭގައި ވަނީ ވިސްނާ ފިކުރުކުރުމެކެވެ. އޭގައިވަނީ ދެންނެވުމުކެވެ. ނުވަތަ ދުޢާކުރުމެކެވެ. އޭގައި ވަނީ ޢާލަމްތައް ހައްދަވާ ގެންގުޅުއްވާ އިލާހަށް ބިރުވެތިވުމާއި އެއިލާހުގެ ހަޟްރަތުގައި ދެރަވެ ނިކަމެތިވުމެވެ. ޢާލަމްތަކުގެ ވެރި ﷲ އަށް ތަޢުރީފާއި ސަނާދެންނެވުމެވެ.

މުސްލިމް އަޅާ އޭނާގެ ޞާޙިބުވަންތަ ﷲގެ  ޙަޟްރަތަށް ތަވައްޖުހުވެ ހުއްޓި ހުންނަނީ ކައުބަތުﷲ ގެފުޅަށް ކުރިމަތިލައިގެން ހިތާ ހަށިގަނޑު ޠާހިރުކޮށްގެނެވެ. އޭނާ ﷲ އަކްބަރު މިމަތިވެރި ކަލިމަ ކިޔާ އިޤްރާރުވަނީ، ނަމާދުގެ ރުކުންތަކުގެ ތެރެއިން އެންމެ އިސް އަދި އެންމެ ފުރަތަމަ ރުކުންކަމަށެވެ. ނަމާދުގައިވަނީ ﷲ އަށް ޙަމްދުކުރުމާއި ޘަނާކިޔުމެވެ. ކީރިތި ޤުރުއާން ކިޔެވުމާއި ތަޞްބީޙަ ކިޔުމާއި ދުޢާކުރުމެވެ. އަދި ނަމާދުގައިވަނީ ރުކޫޢުކުރުމާއި ސަޖިދަކުރުމެވެ. ނަމާދުގައި އިށީންދެ އިނުންތައްވެއެވެ. އެއަށްފަހު ނަމާދުން ވަކިވެގެންދަނީ އޭނާގެ ކަނާތްފަރާތުގަޔާއި ވާތްފަރާތުގައި ތިބި މީހުންނަށް ސަލާން ފޯރުކޮށްދެމުންނެވެ. މީހުންނެތް ކަމުގައިވާނަމަ މަލާއިކަތުންނަށާއި އެނޫން މުޢުމިނު މަޚްލޫޤުންނަށް މިސަލާން އޭނާ ފޮނުވައެވެ. މިއީ މުސްލިމް އަޅާގެ ނަމާދެވެ. މިނަމާދުވަނީ އޭނާގެ މައްޗަށް ފަރުޟްވެގެންނެވެ. ވަގުތު ކަނޑައެޅިގެންވާ އަޅުކަމެއްގެ ގޮތުގައެވެ. ރެއަކާއި ދުވާލުކުރެވޭ ފަސްނަމާދުގެ ގޮތުގައެވެ. ﷲއަށްޓަކައި ތިމާ އަދާކުރަންޖެހޭ ޙައްގެއްގެ ގޮތުގައެވެ.

ތާރީޚީ ގޮތުން ނަމާދު

ނަމާދަކީ ވަރަށް ޤަދީމީ ޒަމާނުން ސުރެއްވެސް އިންސާނުންގެ މައްޗަށް ޝަރުޢުކުރައްވާފައިވާ އަޅުކަމެކެވެ. އިބްރާހިމް ގެފާނާއި މޫސާގެފާނާއި ޢީސާގެފާނުގެންނެވި ޝަރީޢަތުގައިވެސް ނަމާދުކުރުމަށް އަންގަވާފައިވެއެވެ. لقد فرضت الصلاة ليلة الاسراء والمعراج وفي هذا يقول انس بن أحمد و نسائي و ترمذيّ  في سند صحيح “فرضت الصلاة على النبي ليلة اسري به خمسين صلاة،ثم نقصت حتى جعلت خمس ،ثم نودي يا محمد انه لا يبدل القول لدي وان لك بهذه الخمس خمسين”

މުސްލިމުންގެ މައްޗަށް ނަމާދު ފަރުޟު ކުރެވީ އިސްރާއާއި މިޢުރާޖްގެ ރޭގައެވެ. أحمد އާއި نسائي އާއި ترمذيّ ސައްޙަ ސަނަދަކުން ރިވާކުރެއްވި ޙަދީޘެއްގައި ވެއެވެ.  “އެކަލޭގެފާނާއިގެން އިސްރާކުރެވުނު ރޭގައި ފަންސާސް ނަމާދު نبيَّ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ފަރުޟުކުރެވުނެވެ. ދެން ފަސްނަމާދަށް ވެއްޖައުމަށް ދާންދެން އުނިކުރެވުނެވެ. ދެން ވަޙީކުރައްވައި ނިދާއިއްވެވިއެވެ. މުޙައްމަދެވެ! ހަމަކަށަވަރުން އެނަމާދު އެކަލާނގެ ޙަޟުރަތުގައިވާގޮތެއް ބަދަލެއް ނުކުރައްވައެވެ. އަދި ހަމަކަށަވަރުން ކަލޭގެފާނަށް މިފަސްނަމާދުން ފަންސާސް ނަމާދުގެ ޘަވާބުލިބޭހުއްޓެވެ.” ނުނިމޭ

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ވަރަހް މައުލޫމާތު ލިބުނެވެ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!