މަޣްފިރަތް

ކޮންމެއިންސާނަކީ ވެސްދުނިޔޭގައި އުފަލާއި އަރާމުގައި އުޅެންބޭނުންވާ މީހެކެވެ. އެކަމަކު އިންސާނުންގެ ކުލަ ތަފާތުވި ފަދައިން އެކި އިންސާނުން އިޚްތިޔާރު ކުރީ އެބައެއްގެ މަޤުޞަދު ޙާޞިލުކުރު މަށް ތަފާތު މަގުތަކެވެ. އެއިގައި ހެއްދެވި ފަރާތް ހަނދާން ނަތްތާލާފައި އޭނަގެ ހަވާނަފްސަށް ހެއްލިގަތީ އެވެ.

ކަންމިހެންހުރުމާއި އެކު އެއިންސާނާ ދުނިޔެއަށް އައުމުގެ މާތްމަތިވެރި މަޤުޞަދު ހަނދާން ނަތްތާލާ ފަރުވާކުޑަ ކުރުމަކީ ހެއްދެވި ފަރާތަށް މާޢާފަށް އެދެން ޖެހޭނެކަމެއްކަން ކަޝަވަރެވެ. ހަމައެމޭރުމުން ހަނދާން ކޮއްލަން ޖެހޭ ކަމެއްވާކަން ކަށަވަރެވެ! މިނިކަމެތި އިންސާނާ ދުނިޔެއަށް ފޮނުވިގެންވާ މަޤްޞަދު ހަނދާން ނައްތާލާފައި އިންސާނާ ފާފަ ކުރަމުން އަންނައިރު އޭނާކުރާ ނުބައި ޢަމަލާއި ދޭތެރޭ އެންމެ ފަހަރެއްގައިވެސް ވިސްނާނުލާކަމެވެ. އެކަމަކު އިންސާނާ ވިސްނަމުންދަނީ ޤިޔާމަތް ދުވަހުންﷲ ތަޢާލާ އޭނާޔަށް މަޢާފު ދެއްވާނެކަމެވެ.

ހިތާމައިގެ ކޮޅެއްނެތެވެ! އެއިންސާނާ ކޮށްފައިވާ ފާފަ ޔާއި ދޭތެރޭ ވިސްނާ އެފާފައިގެ ކުޑަ ބޮޑު މިނަށް ވިސްނުމުގެ ނަޟަރަކުން ނަޟަރެއް ހިންގާލިނަމަ އޭނަ ހެއްދެވިފަރާތުގެ ޙަޟުރަތުން މަޣްފިރަތަށް އެދޭނެކަން ކަށަވަރެވެ. އޭނާގެ އަމަލުތަކުގެ މައްޗައް ބިނާކޮށް ތައުބާ ނުވަތަ މަޣްފިރަތަކަށް ނެއެދޭ ދުނިޔޭގެ ނޭއްގާނީ ކަމަށް ގެއްލިގެން ހުރެއޭނާ ފާފަ ފުއްސެވުމަށް އެދެއެވެ ، ތައުބާ އިސްތިޣްފާރުގެ މައްޗަށް ބުރަވެ ފާފަފުއްސެވުމަށް ﷲ ގެޙަޟުރަތަށް ކުއްތަންނުވާކަމީ ޝައްކެއްވާކަމެއް ނޫނެވެ .

ހެއްދެވިފަރާތުގެ ރަޙުމަތަށް އެދި ގެންވާ ޙާލު އަރައިގަންނަނީ ބޮޑުވެގެންވާ ފާފައަށެވެ. ނަތީޖާއަކީ ފާފަފުއްސެވުމަށް އެދޭނެފުރުޞަތެއްނުލިބެއެވެ. އަދި ލިބިގަތުމަށް ބޭނުންވެސް ނުވެއެވެ. ހަމައެމޭރުމުން އެދެނީ ޤިޔާމަތް ދުވަހުގައި އޭނަގެ ފާފަ ފުއްސެވުމަށެވެ. އޭނަގެ މިނޭއްގާނީ ޢަމަލުތަކުގެ ސަބަބުން ދުނިޔެއާއި އާޚިރަތް އަބާއްޖަވެރިވެގެން ދެއެވެ، އަދި އޭނާއަށް އެކަމުގެ އިހުސެއްވާހެނެއް ހީނުވެއެވެ. އިންސާނާ އޭނަގެ ނުބައި ޢަމަލުތަކާއި ދޭތެރޭ ވިސްނާ އެކަންތަކަށް މަޣްފިރަތަށް އެދޭނަމަ ދެދުނިޔެ އޭނާޔަށް ލިބުނީސްކަން ކަށަވަރެވެ، އަޅުގަނޑުމެންގެ ދިވެހި މުޖްތަމަޢްގައި ފާފަފުއްސެވުން ނުވަތަ މަޣްފިރަތަކީ ކޮބައި ކަމުގައި ދެކޭގޮތަކީ ހަމައެކަނި ސޮރީ އޭ ބުނުންތޯއެވެ.
ތައުބާ އަކީ ކޮބާ ؟ އެއިގެ މާނައަކީ ކޮބާ ؟ އަދި އެއިގެ ރޫޙާނީ މާނައަކީ ކޮބާ ؟ ކީރިތި ޤުރުއާނުގައި ގާތްގަނޑަކަށް 89 އާޔަތް ތައުބާ އާއި ބެހޭގޮތުން އައިސްފައިވެއެވެ. އަޅުގަނޑުމެން ދަންނަބަހުރުވައިން ބުނާނަމަ އެއީ ހަމައެކަނި ” ސޮރީ” އޭބުނުމެއް ނޫން، އެއާއި އެކު އެނބުރި އައުންވެސް މެއެވެ، އެނބުރި އަސްލަށް ރުޖޫޢަވުމެވެ، އަޅުގަނޑު މެންދިވެހިންގެ ތެރެއިން އެއްވެސް ބޭފުޅަކަށް ތައުބާއަކީ ހަމައެކަނި”ސޮރީ ” އޭކަމަށް ހީކުރެވިފައިވާނަމަ އެކަންތަށް ރަނގަޅު ކޮށްލަން ޖެހޭނެއެވެ، ތައުބާ އަކީ ކުރެވުނުކަމަކާއި ދެރަވެ، އަނބުރާ އަސްލަށް ރުޖޫޢަވުމެވެ.

އެހެން ޢިބާރާތަކުން ބުނާނަމަ ކުރެވިފައިވާ ކުއްފާފަ މުރާޖިޢާ ކޮށް އެކަމާއި ދެރަވެ އެކަންތައް ތަކުރާރު ނުކުރުމަށް ޢަހުދުވެ އަސްލަށް ރުޖޫޢަވުމަކީ މަކީ ތައުބާވުމެވެ. އެކަމުގެ މިސާލަކީ އަޅުގަނޑުމެން ތުއްތު އިރު ހެޔުނުބާ ރަނގަޅަށް ވަކިނުވާ އިރު އަޅުގަނޑުގެ މައިންބަފައިން އަޅުގަނޑު މެންނަށް އަންގަނީ ސޮރީ ބުނުމަށެވެ. އެހާ ހިސާބުން އަޅުގަނޑުމެން ނިންމާލަނީއެވެ، ނަތީޖާއަކީ ޙަޔާތުގެ ޢަމަލީ މައިދާނުގައިވެސް ސޮރީ އޮންނަނީ އެފަދައިން ނެވެ ދުލުންބޭރުވެގެންދާ ހަމައެކަނި ދެއަކުރުގެ ލަފްޟަކަށް ވެފައެވެ. ލަފްޟުބެނުންކުރެވެނީ ވެސް ލާދީނީ މީހުން ބޭނުންވާގޮތަށް އެމީހުންގެ ބަހުރުވައިންނެވެ، އަމިއްލަ ދީނުގައި އަމިއްލަ ދިވެހިބަހުގައި ވެސް ސޮރީގެ ބަދަލުގައި ބޭނުންކުރެވޭ ލަފްޟެއް ނުވާކަހަލައެވެ. އެހެންވުމުގެސަބަބުން އަޅުގަނޑު މެންނަށް ވަނީ ސޮރީގެ މާނަ އޮޅިފައެވެ.

ތައުބާގެ މާނައަކީ ރުޖޫޢަވުން ކަމުގައިވާނަމަ އެއިގެ ސަރީޙަ މިސާލެއް ބަޔާން ކޮށް ލުމުން ސިކުނޑިޔަށް ވިސްނައިގަންނަން ފަސޭހަވާނެ އެވެ. މީހަކު ޖުމްހޫރީ މައިދާނުގައި ހުއްޓާ ކުއްލިޔަކަށް އޭނަހަނދާނަށް އައީ އޭނާ ސްކޫޕްއަށް ރަހުމަތްތެރި ޔަކަށް ގަޑިކިޔާފައި ވާހަނދާނެވެ. ދާންބޭނުންވީ ޗާންދަނީމަގުންނެވެ، ނަމަވެސް ޚިޔާލެއްގެ ތެރޭގައި ހުރެގެން ދެވުނީ ދާންބޭނުންވާ މަގުންނެއްނޫނެވެ، ނަމަވެސް ސުވާލަކީ އޭނައަށް އެމަގުން އަނބުރާ ދެވިދާނެހެއްހެޔެވެ، ހަމަގައިމުވެސް އެމަގަކުން އޭނާއަށް ނުދެވޭނެއެވެ. ވީމާ ތައުބާވުމަކީ ތިމާގެ އަސްލަށް ރުޖޫޢަވުމެވެ. ދަތުރު ކުރަންޖެހޭ މަގުން ސަމާލުވެ ހުރެދަތުރު ފަށައިގެން އެދަތުރު ނިންމުވެ. ނުނިމޭ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!