ސްޕެގެޓީ ބޮލޮގްނީސް

ބޭނުންވާ ތަކެތި

400ގ. ސްޕެގެޓީ ( ކައްކާފައިހުރި )

500ގ. ބީފް ( މުގުރާފަ )

01 ބޮޑު ފިޔާ ( ކިޔުބްކޮށް ކޮށާފައި )

02 ލޮނުމެދު ( ޗިސްކޮށްފައި ހުރި )

02 ކެރެޓް ( ކިޔުބްކޮށް ކޮށާފައި )

300ގ. މަޝްރޫމް ( ކުދިކޮށް ކޮށާފައި )

01 މޭޒުމަތީ ސަމުސާ އޮރިގާނޯ

04 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

425ގ. ޓޮމާޓޯ ( ތޮށިމަށާ ދަޅުގައި ބަންދުކޮށްފައި ހުންނަ )

03 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

03 ޖޯޑު ފެން

ލޮނު އަދި އަސޭމިރުސް

ތައްޔާރުކުރާނެ ގޮތް

ތަވާ އުނދުން މައްޗަށް އުދާލުމަށްފަހު، ތަވާ ދޮންވީމާ އޮލިވް އޮއިލް އަޅާލާފައި ހޫނުވީމާ ފިޔާ އަދި ލޮނުމެދު އަޅާފައި މޯޅިވަންދެން ދޭފަތުން ހަލަމުން ދާށެވެ. ރަނގަޅަށް މޯޅިވުމުން މުގުރާފަ ހުރި ބީފް ކޮޅު ރަނގަޅަށް ރަތްވަންދެން ދޭފަތުން ހަލަމުން ދާށެވެ. އެއަށްފަހު ކެރެޓް، މަޝްރޫމް، އޮރިގާނޯ، ޓޮމާޓޯ ޕޭސްޓް، އަދި ދަޅު ޓޮމާޓޯ އަޅާ އެއްކޮށްލާށެވެ. އެއަށްފަހު 45 މިނެޓް ވަންދެން މަޑުގިނީގައި ކައްކާށެވެ. އެއަށްފަހު ރަހަ ހެޔޮވަރުވާވަރަށް ލޮނު އަދި އަސޭމިރުސް އަޅާށެވެ.

ސޯސް ތައްޔާރުވުމުން ކައްކާފަހުރި ސްޕެގެޓީއާ އެއްކޮށްލާށެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އަދި އިތުރަށް ކާބޯތަކެތި ހަދާގޮތް ބުނެދީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!