ރަލަށް ދެވިހިފުމުގެ ސަބަބުން މިހުރީ މަރުގެ ތުންފަތްމަތީގައި: މައިކް ތައިސަން

  • މައިކް ތައިސަން ބޮކްސިންގެ މައިދާނުގައި ދުނިޔޭގެ ރަންވަނަތައް ހޯދާފައިވޭ

މަސްތުވާ ތަކެއްޗާއި ބަނގުރަލަށް ދެވިހިފުމުގެ ސަބަބުން ކުރިމަތިވެފައިވާ މައްސަލަތަކުގެ ނަތީޖާއެއްގެ ގޮތުން މިހާރު ހުންނަން ޖެހިފައިވަނީ މަރުގެ ތުންފަތްމަތީގައި ކަމަށް މަޝްހޫރު  ބޮކްސިން ޗެމްޕިއަން މައިކް ތައިސަން ހާމަކޮށްފިއެވެ.

“އަހަރެން ބޭނުން އާދައިގެ ދިރިއުޅުމެއް ދުނިޔޭގައި އުޅެން. އަހަރެން ބޭނުމެއް ނޫން މަރުވާކަށް. އަހަރެން މިހާރު މިވަނީ މަރުގެ ތުންފަތްމަތީގައި. ސަބަބަކީ، އަހަންނަކީ ބަނގުރަލަށް ދެވި ހިފާފައިވާ މީހަކަށްވުން.” އީއެސްޕީއެން ގެ “ފްރައިޑޭ ނައިޓްސް ފައިޓްސް” ޕްރޮގްރާމުގައި މައިކް ޓައިސަން އިޢުތިރާފްވިއެވެ. އޭނާ އަކީ “ބައެއް ފަހަރަށް އަހަރެންނަކީ ވަރަށް ނުލަފާ މީހެއް. އަހަރެން ވަރަށް ނުބައި ކަންތައްތައް ކޮށްފައިވާނެ. އެހެނަސް، މިހާރު އަހަރެން ބޭނުންވަނީ މިހުރިހާ ކަމަކުން ފުއްސެވުން. އަހަރެންނަކީ ފާފަފުހެވިފައިވާ މީހަކަށްވުމަށްޓަކާ، އެކަންކަން އެހީވެދޭނެކަމަށް އަހަރެން އުއްމީދުކުރަން. އަހަރެން ބޭނުން އަހަރެންގެ މުޅި ދިރިއުޅުން ބަދަލުކޮށްލަން. އަހަރެން މިހާރު ބޭނުމީ މުޅިން ތަފާތު ދިރިއުޅުމެއް އުޅެން.” މައިކް ތައިސަން ހާމަކުރިއެވެ.

ޢުމުރުން އެންމެ 47 އަހަރުގެ މައިކް ތައިސަން މަސްތުވާތަކެއްޗާއި ރަލަށް ދެވިހިފާފައިވާކަމަށް އިއުތިރާފްވެފައިވާއިރު، އެކަންކަމުން ދުރުވެވިދާނެކަމަށްވެސް އޭނާ އުއްމީދުކުރެއެވެ. “އަހަރެން ބަނގުރާ ނުބޮއި އަދި މަސްތުވާ އެއްވެސް އެއްޗެއް ބޭނުންނުކޮށް ހުންނަތާ 6 ދުވަހަށްވުރެ ގިނަދުވަސް ވެއްޖެ. މިއީ އަހަރެންނާ އަޅާބަލާއިރު މުޢުޖިޒާތެއް ކަހަލަކަމެއް.” މަސްތުވާތަކެއޗާ ހަނގުރާމަކުރަމުންދާ މައިކް ތައިސަން އިޢުތިރާފްވިއެވެ. “އަހަރެން މިދިރިއުޅެމުންދަނީ އާދައިގެ ދިރިއުޅުމެއްކަމަށް ހީކުރާ މީހުންނަށް އަހަރެން ދޮގުހަދަމުން މިއައީ. (އެހެނަސް) މިއީ 6 ވަނަ ދުވަސް. ދެން އަހަރެން ދުވަހަކުވެސް އެއެއްޗެއްސެއް ބޭނުމެއް ނުކުރާނަން.”

ދުނިޔޭގެ ހެވީ ވެއިޓް ޗެންޕިއަންކަން ހޯދާފައިވާ މައިކް ތައިސަން ވަނީ ރޭޕްގެ މައްސަލައެއްގެ ތުހުމަތުގައި 1992 ވަނަ އަހަރު ޖަލަށް ލެވިފައެވެ. އޭގެ 3 އަހަރު ފަހުން އޭނާ ޖަލުން މިނިވަންވެ އަލުން ބޮކްސިންގެ ދާއިރާއަށް ނުކުތެވެ. މައިކް ތައިސަން ޖަލުގައި ހޭދަކުރި ދުވަސްވަރު ވަނީ އެމެރިކާގެ މުސްލިމް ދާޢީއެއްކަމުގައިވާ މުޙައްމަދު ޞިއްދީޤް އާ ބައްދަލުވެ އިސްލާމްދީން ޤަބޫލުކޮށްފައެވެ. އެއަށް ފަހު މައިކް ތައިސަންގެ ދިރިއުޅުން އިސްލާޙްކުރިއެވެ. އޭނާގެ ހަރުކަށިކަން ނައްތާލަން އަމިއްލައަށް ވަރަށް މަސައްކަތްކުރިއެވެ. އަދި ޙަމްޒަތުގެފާނަށް ވަރަށް ބޮޑަށް ލޯބިކޮށް އެކަލޭގެފާނުގެ ވާހަކަ ބައެއް މީޑިޔާތަކާ ޙިއްސާކޮށްފައިވެއެވެ. ދުނިޔޭގެ އުފާތައް ލިބިފައިވާ ކިތަންމެ ބަޔަކު އުފާވެރިކަން ހޯދުމަށް ކުރާ ދަތުރު ނިންމާލަނީ ޙަޤީޤީ ހިތްހަމަޖެހުން އެދީނުގެ އަސާސްތަކުން ލިއްބައިދޭ އިސްލާމްދީން ޤަބޫލުކޮށްގެންނެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އަލްހަމުދު ލިއްލާހި.

  2. ﷲ ހަމްދު ހުރި، ﷲ އިރާދަ ކުރެއްވި މީހަކަށް ތެދުމަގު ދައްކާވަނެ، އަދި އެފަދަ މީހެއް ކަމުގައި މައިކް ތައިސަން ލައްވާށީ، ޢާމީން

  3. ތިކަހަލަ އެތަށް ބައެއްގެ ހިއްތަކަށް އިސްލާމް ދީނުގެ މަތިވެރި ނޫރު ވަންނަވާށި..

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!