ވާހަކަ

ލާލު މުޖައްކަޅުގެ ވާހަކަ

ރޯނު އެދުރުންގެ ވާހަކަ އަކީ ދޭތެރެއަކުން ކަންފަތުގައި އައިސް ޖެހޭ ވާހަކައަކައެކެވެ. ކޮންމެއަކަސް މި ކުރު ލިޔުންކޮޅު ހާއްސަކޮށްލަނީ މި ބުނެވިދިޔަ ކަހަލަ އެދުރަކާ ބެހޭގޮތުންނެވެ.

އާދޭހެވެ!!. މިއެދުރުގެ ނަމަކަށް ކިޔަނީ ލާލު މުޖައްކަޅުއެވެ.
ލާލު މުޖައްކަޅަކީ ސަހަރެއްގައި އުޅުނު ކުޅަދާނަ އެދުރެކޯލައެވެ. އެއްދުވަހަކު މިވީގޮތަކީ ސަހަރުގައި އުޅުނު ގެރިއެއްގެ ބޯ، ގުޅިއެއްގެ ތެރޭ ތާށިވެގެން ހަދާނެގޮތް ހުސްވެގެން އެންމެފަހުން ލާލު މުޖައްކަޅަށް ގޮވައި ހުރިތަނަކުން ހޯދައި ހާޒިރުކޮށްފިއެވެ. އޭރު ގެރީގެ ބޯ ތާށިވެގެން ތެޅިފޮޅެނީއެވެ. މި މަންޒަރު ބަލަން ހުރެފައި ކަނާތު ޝަހާދަތް އިނގިލިން ބޮލުގެ މެދު ކަހާލާފައި އަރިއަކަށް ބޯ ވައްޓާލުމަށްފަހު ލާލު މުޖައްކަޅު އިރުޝާދު ދިނީ ގެރީގެ ބޯ ބުރިކޮށްލުމަށެވެ. އެހެންކަމުން ލާލު މުޖައްކަޅުގެ އިރުޝާދުގެ މަތީން އެގެރީގެ ބޯ ބުރި ކޮށްލެވުނެވެ. ދެން އަދި މިވީ މާ އެހެންކަހަލަ ގޮތެކެވެ. ގެރީގެ ބޯ ބުރިވެގެން ވެއްޓުނީ ގުޅީގެ ތެރެއަށެވެ. މިޖެހުނީ އަނެއް 6 ކަންތަކާއެވެ. މިހާރު އެވީ ގެރީގެ ބޯ ގުޅި ތެރެއިން ނަގާށެވެ. އެހެންކަމުން އަނެއްކާވެސް ފިސާރި ރަގަޅަށް ވިސްނާލުމަށްފަހު ލާލު މުޖައްކަޅު އިރުޝާދު ދިނީ ގުޅި ތަޅާލާފައި ގެރީގެ ބޯ ގުޅި ތެރެއިން ނެގުމަށެވެ. އެހެންކަމުން، ލާލު މުޖައްކަޅުގެ އިރުޝާދަށް އެ ގުޅި ތަޅާލެވުނެވެ. އަދި ގެރީގެ ބޯ ގުޅި ތެރެއިން ސަލާމަތް ކުރެވުނެވެ. ލާލު މުޖައްކަޅުގެ މި ކުޅަދާނަ ވިސްނުންތެރިކަމާ ހުރެ އޭރު އެތަނަށް ޖަމާވެ ތިބި އެންމެން ލާލު މުޖައްކަޅަށް ތަޢުރީފުގެ އަތްތިލަ ބަޑިއެއް ދިނެވެ. ދެން އިސާހިތަކު ލާލު މުޖައްކަޅު އެތަނުން ހިގައްޖެއެވެ.

ދެން ތަންކޮޅެއް ދުރުގައި މި މަންޒަރު ބަލަން ހުރި މީހަކު ގޮވާލާފައި ބުނެފިއެވެ. ކަލޭމެންގެ ގެރިވެސް މަރުވެއްޖެއެވެ. ގުޅިވެސް ތެޅިއްޖެއެވެ. ފުރަތަމަވެސް ގުޅި ތަޅާލިނަމަ ގެރި ސަލާމަތްވީހެވެ.

އަސްތާއެވެ! ހޭވެރިކަން ވީ ދެންތާއެވެ! ގެރިވެސް މަރުވީއެވެ، ގުޅިވެސް ތެޅުނީއެވެ. އެހެނަސް ކުރާނީ ކީތް ހެއްޔެވެ. ލާލު މުޖައްކަޅުގެ އިރުޝަދަކީ އެވެރީންގެ ނިންމުމެވެ.

ގުޅުންހުރި

4 ޚިޔާލު

  1. މިއީޖޯކެތަ
    ނޫނީ ވާހަކައެތަ

  2. ތިޔަ ކަހަލަ ލާލު މުޖައްކަޅެއް އެބައުޅޭހެން ހީވަނީ ދިވެހި ރާއްޖޭގެ ވެރިކަމަށް ކުރިމަތިލައިގެން. އޭނަ ކޮންމެ އެއްޗެކޭ ބުންޏަސް އޭނަގެ ސަޕޯޓަރުން ގަބޫލްކުރާނެ.

  3. މިއީ ޖޯކެއް ނޫން. އަހަރެމެންގެ ތެރޭގައި މިކަހަލަ ލާލު މުޖައްކަޅުން އުޅޭ. ގައުމިއްޔަތާ މިނިވަންކަން ބޭނުންނަމަ ޔޫރަޕުގެ ދޮންމީހުން އުޅޭ ގޮތަށް އުޅެ އެމީހުން ބޭނުންވާ ގޮތަށް އަހަރެމެން ބަދަލުވާން ޖެހޭކަމަށް އެބަބުނޭ. އަހަރެމެންގެ ދިރިއުޅުމުގައި ގުރުއާނާ ހަދީސްނޫން އެއްޗަކަށް ބޭނުންވާކަމަށް އެބަބުނޭ. އެބުނާ ގޮތަށް އަހަރެމެން ގައުމިއްޔަތަށް ޓަކައޭ ބުނެ ދީނާ ދުރުވެއްޖެ ނަމަ، ދީން ދޫކޮށްލައިފިނަމަ. ގެރި މަރުވެ ގުޅިވެސް ތެޅުނުހެން އަހަރެމެންނަށް ދީނާ ދުނިޔެވެސް ގެއްލޭނީ. އޭރުން ދީން ނެތްތާ ގައުމިއްޔަތާއި މިނިވަންކަންވެސް ގެއްލޭނީ.

  4. ވަށްބުރެއް ކަމަށް ހީކޮށް ގެރިވަނީ ގުޅިއަށްތާ! ގުޅިއަށްވަނަސް ވައްބުރަށްވަނަސް ހަމަޖެހޭނީ އެއްތާކު ޤައުމުވިއްކާލުމުގެ އެޖެންޑާއެއްގައި ރީދޫބާގައަންނާނެވެ. އެއީ، ތެދެއްތަ ރީދޫކުލަނޫނީ އެހެންކުލައެއް ޤުރްއާނުގައި ނެތީތަ؟ މިއީ ބައެއް ރަށްރަށުގެ މީހުން ދައްކާވާހަކައެެކެވެ. ޤުރްއާނުގައި ވާ ކުލަތަކާއި އެކުލަތަކުން ސިފަކުރެވިފައިވަނީ ކޮންއެއްޗެއްތޯ އަދި ކޮންޙާލަތެއްތޯ އަދި އެއިން ދޭހަވާ މުރާދަކީ ކޮބައިތޯ ލިޔާނެ ލިޔުންތެރިއަކު ނުވާނެހެއްޔެވެ. ރޯނުއެދުރުން ބުނާނީ ރީދޫއެކަނި ކަމުގައެވެ. ޖަހަންނަމައިގެ އަހުލުވެރިންގެ މަންޒަރު ނުވަތަ ޙާލަތު ބޮޑަށް ހުރީ ކަޅު އަދި ރީދޫ ކުލައިންހޭ؟ ނޫނީ ކޮންދެން ކޮންކުލަތަކަކުންހޭ؟

Your email address will not be published. Required fields are marked *

More in ވާހަކަ