“މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު” ނަމުގައި 630 ސަފްހާ ހިމެނޭ ފޮތެއް ނެރެފި

 • "މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު" ފޮތް ނެރެދެއްވަނީ | ދިއިސްލާމް ފޮޓޯ: ވަސީމް

“މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު” ނަމުގައި 630 ސަފްހާ ހިމެނޭ ފޮތެއް ނެރެފިއެވެ.

މޫކައި ހޮޓެލުގައި އިއްޔެ ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ފޮތް ނެރެދެއްވީ އުމަރު ނަސީރެވެ. މިފޮތަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގެ ލާދީނީ ކަންތައްތަކެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ފޮތެއްކަމަށް ފޮތުގެ މުސައްނިފް ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ވިދާޅުވިއެވެ. ނޫސްވެރިންގެ ހާޒިރުގައި މިފޮތް ނެރުމަށްފަހު ފޮތް ޑިސްޓްރިބިއުޓް ކުރުމުގެ ހުރިހާ ރައިޓްސްއެއް ދީފައިވަނީ ފޮތް ނެރެދެއްވި އުމަރު ނަސީރުއަށެވެ.

“މުހައްމަދު ނަޝީދުގެ ވެރިކަމުގެ ޝަހްޞިއްޔަތު”ގެ ނަމުގައި ފޮތެއް ވުޖޫދަށް އައިސްފައިވާއިރު އެފޮތުގައި 11 ބައެއް ހިމެނިފައިވާއިރު ފޮތުގައި ވަރަށް ތަފްސީލްކޮށްވަނީ ހުރިހާ ކަންކަމަށް އަލި އަޅުވާލާފައެވެ. އެގޮތުން ކޮންމެ ވާހަކައަކަށް ރިފަރެންސް ދިނުމުގެ ގޮތުން ރާއްޖޭގެ މީޑިއާތަކުގެ ޚަބަރުތަކުގެ ލިންކް ވަނީ ދީފައެވެ.
“މިހާރު ރާއްޖޭގައި ހިނގަމުން މިދަނީ ސިޔާސީ ކަންތައްތަކެއް ނޫން ކަމަށާއި މިހާރު ކުރިއަށް މިދަނީ ޑިމޮކްރަސީގެ ނަމުގައި މުސްލިމު މުޖުތަމައުތައް ހަލާކު ކޮށްލުމަށް ބަޔަކު ރާވައިގެން ހިންގާ ނުބައި މަކަރުވެރި ރޭވުންތަކެއް”ކަމަށް ފޮތް ނެރުމުގެ ރަސްމިއްޔާތުގައި ފޮތް ނެރުނު ފަރާތެއްގެ ގޮތުގައި ވާހަކަ ދެއްކެވި އަލީ ޝިޔާޒު މީޑިއާއަށް ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.

9 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. ތީގެ ފޮތެއް ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ހަދިޔާ ކުރަން ކިހިނެއްވާނެ، ބުކްޝޮޕްތަކުން ތިފޮތް ލިބެން ހުންނާނެތަ..؟؟؟

 2. އުމަރު އަންނި ދެކެ ވަރަށްބިރުގަންނާނެ، އެހެންނޫނަސް އުމަރަކީ މި އުޅޭ ސިޔާސީ މީހުން އަގަފުޅާ ކުރަންގެންގުޅޭ ޕަޕެޓެއް.

 3. ޝުކްރިއްޔާ މުސައްނިފް> ތީގައުމާ ތާރީޚްއަށް ވަރަށް މުހިންމު ފޮތެ ކަމުގައި ބަލައި ގެން ތާލީމީދާއިރާއިން ބަލައިގަންނަންވެސް ފެނޭ.. އަދި ހަގީގަތް ހާމަކުރުމަށް ޓަކާ އިނގިރޭސި ތަރުޖަމާ ހަދާ ހުސްވިޔަ ނުދީ ދިގުމުއްދަތަކަށް ލިބޭނެ ގޮތަށް ބެހެއްޓުން ފެނޭ….

 4. ސާބަސް އުމަރައް. ތިފޮތުގައި ހުރީ ހުސް ތެދު ކަމަށް އުއްމީދު ކުރަން

 5. ދިއިސްލާމްގައި މިކަހަލަ ޚަބަރު ޖެހީމަ ކިހިނެއް ވާނެ.. މީހުނގެ އަބުރު ނަގާލުމާއި ދުލާއި ގަލަމުން އަނެއް މުސްލިމް އަޚާގެ އަގު ވައްޓާލާ މީސްތަކުންގެ މެދުގައި ފިތުނަ އުފައްދާ ޚަބަރެއް މިއީ..

 6. މި ފޮތް އިގިރޭސިއަށް ތަރުޖަމާ ކޮށްފަ އެމަޒަން އަށް އެންމެންނަށް ފެންނާނެ ގޮތަށް ލާ! އަގު ހެޔޮކޮށް ލިބޭނެ ކަމަށް އުއްމީދު ކުރަން.

 7. މި މީހުން މިހެން ދައްކާ ވާހަކަ އަޑުއަހާ އެ ގަބޫލު ކުރާ ބަޔަކު އުޅޭބާ މިހާރު؟

 8. އަހަރެންނަށް ތިޔަފޮތުގެ ކޮޕީއެއް ލިބޭނީ ކިހިނެއްތޯ؟
  ތިފޮތަކީ ކޮށްމެހެންވެސް ކިޔާލަންޖެހޭ ވަރަށޤމުހިއްމުފޮތެއްކަމުގައި ފެނޭ…
  ނަމަވެސް 2013 ގެ އިންތިޚާބަށް މިހާކުޑަަތަންވެފައި ވަނިކޮށް ތިޔަފޮތް ވުޖޫދައްއައުމަކީ އަތަށްބޮމެއްގޮވުންފަދަކަމަކަށްނޫނީ ނުވާނެ.
  އަނެއްކޮޅުން ލިއުންތެރިޔާ ބުނެފައި އެވަނީ އެފޮތުގައި ލިޔެފައިވަނީ އަންނި ދެއްކިވާހަކަ ކަމަށާއި އަދި އެވާހަކަ ޢާއްމުންނަށް ގެނެސްދީފައިވާ ނޫހެއް، މަޖައްލާއެއް،އަދި ޝޯޝަލްމީޑިއާކަމުގައިވިއަސް އެލިއުމެއްނެގި ތަނެއްގެ ލިންކް ބެލެންހުންނާނެކަމަށް
  އަޅުގަނޑު މިފަދަބުރަމަސައްކަތެއްކޮށް އަދި މިފަދަބޮޑުޚަަރަދެއްކޮށްގެންވެސް ޢާއްމުންގެހޭލުންތެރިކުރުވުމަށް ލިއުންތެރިޔާ ތިޔަކުރެއްވި މަސައްކަތަށް ހަމަސާބަސް ދެން
  (100)

 9. Mashah hama hevenei. Ddi islam eh kiyaafa fithuna ufah dhan hiy varu dheneinu ti . Teeti kada eh. . Islam dheenuga onnaney ekuveri vaan. Karu ga hifaakah noon. Varah dhera kamei mei . Aharumen emmen ah Suvarugeyge niumayh dhevvashi. Aaameen

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!