އެމްޑިޕީގެ ތަޢުލީމީ ސިޔާސަތު ހާމަކުރުން

ރިޔާސީ އިންތިޚާބު ބޯމަތިވަމުން އަންނައިރު، އިޚްލާޞްތެރި ނިޔަތަކާއިއެކު، އެކިއެކި ކެންޑިޑޭޓުންގެ ސިޔާސަތަކީ ކޮބައިތޯ ބަލާލަން ޖެހެއެވެ. ވަކީން ޚާއްޞަކޮށް އެބޭފުޅުންގެ ތަޢުލީމީ ސިޔާސަތަކީ ކޮބާތޯ ބަލާލަންޖެހެއެވެ. ސަބަބަކީ ޤައުމުގެ ދީނާއި ޘަޤާފަތް ހިފަހައްޓާ އެއްޗަކީ ތަޢުލީމީ ނިޒާމު ކަމަށްވާތީއެވެ. ސަބަބަކީ ޤައުމުގެ ދީނާއި ޘަޤާފަތް ބަދަލުކުރާ އެއްޗަކީވެސް އެޤައުމެއްގެ އަފުރާދުންނަށް ދެވޭ ތަޢުލީމާއި ތަރުބިއްޔަތު ކަމަށްވާތީއެވެ. ކަންމިހެން ހުރުމާއިއެކު މިލިޔުމުގައި އަޅުގަނޑު މިބަލާލަނީ، ރާއްޖޭގެ އެންމެބޮޑު ސިޔާސީ ޕާޓީ ކަމަށްވާ، އެމްޑީޕީގެ ތަޢުލީމީ ސިޔާސަތަށެވެ. ނުވަތަ ދިވެރިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރުކުރުމުގެ ސިޔާސަތަށެވެ.

ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރުކުރާ ވާހަކައޭ ބުނީމާ އަޅުގަނޑަށް ވިސްނޭ އެއްޗަކާއި، ތިބޭފުޅުންނަށް ވިސްނޭއެއްޗެއް ފަހަރެއްގައި ތަފާތުވެދާނެއެވެ. އެހެންވީމާ މިހާހިސާބުން އެވާހަކަ ބާއްވާނަމެވެ. ބާއްވާފައި ދެން އަޅުގަނޑު މިބަލާލަނީ، އެމްޑީޕީގެ 3 އަހަރުގެ ވެރިކަމުގައި، ތަޢުލީމީ ދާއިރާއިން ކޮށްފައިވާ ބައެއް މުހިންމު މަސައްކަތްތަކަށެވެ.

އެގޮތުން އެންމެ ފުތަރަމަވެސް، ރައީސް ނަޝީދުގެ ތަޢުލީމީ ސިޔާސަތު ރައްޔިތުންނަށް އެނގިގެން ދިޔައީ، 2008 ގެ ރިޔާސީ އިންތިޚާބަށް ކެމްޕޭނު ކުރެއްވި ދުވަސްވަރު، އަލްޖަޒީރާ ޓީވީއަށް ދެއްވި އިންޓަވިއުއަކުންނެވެ. މިއިންޓަވިއުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ މިފަދައިންނެވެ.

“There are 11 thousand students studying in Islamic collages here, they are run by the government, We have an education system in English and Parallel to that, Since Qayyoom came to power, he is being running an Arabic Education System and Feeding into this Fundamentalistic frenzy”

ރައީސް ނަޝީދުގެ މިބަސްފުޅުގެ ޚުލާޞާ މާނައަކީ، ރައީސް މައުމޫނުގެ ވެރިކަމުގައި، 11000 ދަރިވަރަކަށް އިސްލާމީ ކޮލެޖުތަކުގައި، ޢަރަބި ތަޢުލީމު ދެމުންދާކަމަށާއި، އަދި އެތަންތަނުން އެކުދިންނަށް ހައްދުފަހަނަޅާފައިވާ ހަރުކަށި އުސޫލުތައް ދަސްކޮށްދޭ ކަމަށެވެ. އަދި ހަމަ މިބަސްފުޅުން، ދޭހަވާ މާނައަކީ، އެމަނިކުފާނުގެ ވެރިކަމެއްގައި، އެވިދާޅުވާ 11000 ދަރިވަރަކު ކިޔަވަމުންދާ ތަންތަން ހޯދައި އެތަންތަން ބަންދުކުރާނެކަމަށެވެ. ނުވަތަ އެކަން ހުއްޓުވާނެކަމަށެވެ.

މިހާހިސާބުން ދެން އުފެދޭ ސުވާލަކީ، އެވިދާޅުވާ 11000 ދަރިވަރުންނަކީ ކޮބާތޯއާއި އެވިދާޅުވާ ކޮލެޖްތަކަކީ ކޮބާތޯއެވެ؟ އެއްވެސް ޝައްކެއްނެތް ގޮތުގައި އެވިދާޅުވާ ޢަރަބި އިސްލާމީ ތަޢުލީމުދޭ ކޮލެޖަކީ، ކުއްލިއްޔާއެވެ. ނުވަތަ މަޢުޙަދުވެ. ސަބަބަކީ އޭރު ދިވެހި ރާއްޖޭގައި، ޢަރަބި އިސްލާމީ ތަޢުލީމުދޭ އެއްވެސް ކޮލެޖެއް ކުއްލިއްޔާ ނޫނީ ނެތީމައެވެ. އަދި މިކަން އިތުރަށް ދޭހަވަނީ، ރައީސްނަޝީދުގެ ވެރިކަމުގައި، ޤައުމީ ޔުނިވާސިޓީގެ ޤާނޫނު ނިވައިފަތްގަނޑަކަށް ހައްދަވައިގެން ރައްޔިތުންގެ މަޖިލީހުގެތެރެއިން، މަޢުޙަދު އުވާލުމަށްޓަކައި، އެމްޑީޕީއަށް ނިސްބަތްވާ މެންބަރުން ކުރެއްވި މަސައްކަތުންނެވެ. އަދިވެސް މިކަން އިތުރަށް ދޭހަވަނީ، މަޢުޙަދަށް ތަފާތު ދަތިތަށްކޮށް ބަޖެޓު ހަނިކޮށް، އެތަނުގެ ބިމުން އެއްބައި ފޭރިގަނެގެން ޕާކެއް ހަދާފައިވާތީއެވެ.

އަދިވެސް ރައީސް ނަޝީދު އެވިދާޅުވާ 11000 ދަރިވަރުންނެއް ހަމައެއް ނުވެއެވެ. މަޢުޙަދުގެގެ އާބާދީއަކީ 11000 ހާހެއް ނޫނެވެ. އަދިކިއެއް އެތަނުގެ އާބާދީ އެންމެ ހާހަކަށްވެސް ނާރައެވެ. އެހެންވީމާ އެވިދާޅުވަނީ ޢަރަބިއްޔާގެ ވެސް ވާހަކައެވެ. ސަބަބަކީ، ޢަރަބިއްޔާއަކީ، މަޢުޙަދު ފިޔަވައި މުޅި ދިވެހިރާއްޖޭގައި ހުރި ހަމައެކަނި ޢަރަބި އިސްލާމީ ތަޢުލީ ދޭ މަރުކަޒަށް ވާތީއެވެ. ސަބަބަކީ، ރައީސްނަޝީދުގެ ވެރިކަމުގައި، ޢަރަބިއްޔާގެ ބިންއަތުލައި، އެތަން އުވާލުމަށްޓަކައި ކޮށްފައިވާ ބޮޑެތި މަސައްކަތް ތަކެވެ. ސަބަބަކީ އަދާލަތު ޕާޓީއާއި ޖައްމިއްޔަތުއް ސަލަފާއި ދީނީ ޢިލްމުވެރިންނާއި ބެލެނިވެރިންނާއި ރައްޔިތުންނާއި ނިކުމެ މުޒާހަރާކޮށް ޕެޓިޝަން ހަދައިގެން، ސިޔާސީ ބިރުދައްކައިގެން ޢަރަބިއްޔާ އެޅޭނެގޮތްވުމެވެ. ސަބަބަކީ ޢަރަބިއްޔާ ނޭޅިގެން ޢަރަބިއްޔާގެ ބެލެނިވެރިން ރައީސް ނަޝީދާއި ބައްދަލުކުރަން ދިޔުމުން، އެމީހުންނަށް ދިން އަނިޔާއެވެ. ސަބަބަކީ، އެތަށް ސަތޭކަ ދަރިވަރުންނެއް ޢަރަބިއްޔާއަށް ވަނުމަށް އެދެމުން ދިޔައިރުވެސް، އެސްކޫލަށް ވަދެވޭ ދަރިވަރުންގެ ޢަދަދު ވަރަށްބޮޑުތަން މަދުކޮށްފައިވާތީއެވެ. ސަބަބަކީ ޢަރަބިއްޔާ އުފުރާލާނެކަމަށް ރައީސް ނަޝީދު ވިދާޅުވިއަޑު، ނަން ހާމަކުރަން ބޭނުންނުވާ ރައީސްނަޝީދުގެ މިނިސްޓަރަކަށް އިވިފައިވާކަމަށް އެބޭފުޅަކު ވިދާޅުވެފައިވާތީއެވެ. ސަބަބަކީ ތަރައްޤީގެ ނަމުގައު ބޮޑެތި އިސްރާފުތަށް ކުރަމުން ދިޔައިރުވެސް ޢަރަބިއްޔާގެ ބަޖެޓު ކުޑަކޮށް، ތަފާތުއެކިއެކި ދަތިތައް ކޮށްފައިވާތީއެވެ.

މިވަރުންވެސް ރައީސް ނަޝީދު އެވިދާޅުވާ 11000 ދަރިވަނުންނެއް ހަމައެއް ނުވެއެވެ. މަޢުޙަދާއި ރަރަބިއްޔާ އާއި ދެތަން އެއްކުރީމާވެސް 2000 ދަރިވަރުންނެއް ނުވެއެވެ. ބާކީ 9000 ދަރިވަރުންނަކީ ކޮންބައެއްތޯއެވެ؟ ބާކީ 9000 ދަރިވަރުންނަކީ ކޮން ކޮލެޖެއްގެ ކޮން ސްކޫލެއްގެ ދަރިވަރުންނެއްތޯއެވެ؟ އާދެ ދިވެހި އިސްލާމް މާއްދާ އުވާލަން ކުރި މަސައްކަތާއި، މުޤައްރަރު ބަދަލުކުރަން ކުރި މަސައްކަތުން ދޭހަވަނީ އެއީ ރާއްޖޭގެ ސެކަންޑްރީ ސްކޫލްތަކާއި ހަޔާ ސެކްނޑްރީސްކޫލްތަށް ކަމެވެ. އިސްލާމީ ތަރުބިއްޔަތަކީ، ކިޔެވުމާއި ނުކިޔެވުން ހަމަހަމަ އެއްޗަކަށް ހަދަން ކުރެއްވި މަސައްކަތުން ދޭހަވަނީ، އެވިދާޅުވި “ހައްދުފަހަނައެޅުމުގެ” ސަބަބަކީ އިސްލާމް މާއްދާ ކަމެވެ. އެހެން ނޫންންމަ ހަޔާ ސެކަންޑްރީ ކުދިންނަށް ދިވެއްސާއި އިސްލާމް މާއްދާއަކީ، ކިޔެވުމާއި ނުކިޔެވުން ހަމަހަމަ މާއްދާއެއް ގޮތުގައި ހަދައި، ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ދީނަށް ދެވިފައިވާ ޤަދަރު ކުޑަކުރަން މަސައްކަތް ނުކުރެއްވީހެވެ! އެހެން ނޫންނަމަ އެމެރިކާގެ ވޮޝީންޓަން ޕޯސްޓަށް ދެއްވި ބަސްދީގަތުމެއްގައި، ތިމަންމަނިކުފާނުގެ ވެރިކަމުގައި، އިސްލާމްދީނާއި ވީހާވެސް ދުރުކޮށް ތަޢުލީމު ދިފައިވާނެކަމަށް ވިދާޅެއް ނުވީހެވެ! އެހެން ނޫންނަމަ މުސްލިމުންގެ އެންމެ ބޮޑު ޢަދާވާތްތެރިޔާ ކަމަށްވާ ހައްދުފަހަނަޅާފައިވާ އިޒްރޭލާއި އެކު، ޓީޗަރުން ތަމްރީނުކުރުމާއި މުޤައްރަރު ބަދަލުކުރުމާއި ހޮލޮކާސްޓު ކިވަޔައިދިނުމުގެ އެއްބަސް ވުމެއްގައި ސޮއެއް ނުކުރީހެވެ!

މިކަންކަމުން ދޭހަވަނީ އިސްލާމީ ތަރުބިއްޔަތާއި ދޭތެރޭ ރައީސް ނަޝިދު ދެކެވަޑައިގަންނަވާ ގޮތެވެ. އެމަނިކުފާނުގެ ތަޢުލީމީ ސިޔާސަތެވެ. އެމަނިކުފާނުގެ 3 އަހަރުގެ ވެރިކަމުގައި މިކަންކަން ކުރުމުގެ ފުރުސަތު، އަދާލަތު ޕާޓީއާއި ދިވެހި ރައްޔިތުން ދެއްވިނަމަ، ދިވެހިންގެ ވިސްނުން ރާއްޖޭގެ އަސްދަނޑިން ބޭރަށް ގެންދަން ފަސޭހަވީހެވެ. އެހެންވީމާ ކުރިއަށް އޮތް ފަސްއަހަރު، އެމަނިކުފާނަށް ވޯޓުދެއްވައި ޙަޤީޤީމާނާގައި ދިވެހިންގެ ދީނާއި ޘަޤާފަތް ރާއްޖޭގެ އަސްދަނޑިން ބޭރަށްނެރެ، ގާދޫކޮލުން ބޭރަށް އެއްލާލަން ބޭނުންފުޅު ބޭފުޅުން، ބިރުކަނޑާލާފައި ރައީސް ނަޝީދަށް ވޯޓު ދެއްވާށެވެ. އިންސާފުގެ ނަޒަރަކުން ވިސްނާބަޔަކަށް އެވިދާޅުވާ ސިޔާސަތަކީ ކޮބައިކަން މިހާރު އެނގެންވާނެއެވެ. ހަމަ ކޮންމެ މީހަކުވެސް، ޤިޔާމަތް ދުވަހަކުން ﷲ ގެ ޙަޟުރަތުގައި ޖަވާބުދާރީ ވާންޖެހޭނެކަން ދަންނާށެވެ. ޢަޅުގަނޑު މިބަސް އިއްވައިފީމެވެ. ﷲ ހެކިވެވޮޑިގަންނަވާނެއެވެ.

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކަލޭމެނަށް ނަޝީދު އެއްޗެކޭ ބުނެފިއްޔާ މާނަ ވެސް ކުރެވޭ ގޮތް ދޯ

  2. ރައީސް ނަޝީދު ގައިގާ އަޅައިގެންފައި ނުނެއްޓިގެން.

  3. ރަގަޅަށް އެމާނަ ކރީ

  4. ރަނގަޅު ވާހަކައެއް

  5. ސަލާމައް ފަހު ދަންނަވާލަން ޖެހެނީ ތިވިދާޅުވާ ބޭހުޅުން ދެކެ ބިރުގަންނަން ޖެހޭސަބަބެއް ނުވެސްނެތެވެ.އެހެނީ ބިރުވެތި ވާންޖެހޭފަރާތަކީ ތިބައި މީހުން ކަމައް ނުވާތީއެވެ. ﷲ ސުބުހާނަހޫ ވަތައާލާ ފިޔަވާ ބިރުވެތި ވާންޖެހޭ އެހެންފަރާތެއް ނުވެއެވެ. ދެން ބުނެލަން އޮތީ މިޤަމުގެ ހުރިހާ ދީނީ ޢިލްމު ވެރިން ބޭނުންވަގުތަކު ބޭނުންތާކު ދީނީ ދަރުސް ދިނުމުގެ ހުއްދަދިން ވާހަކަ ތިބޭފުޅާގެ ލިޔުމުގަ ލީނަމަވެސް ތިލިޔުއްވުމަކީ އިންސާހުވެރި އިހުލާސްތެރިކަކަމާއެކު ލިޔުއްވި ލިޔުމެއްކަމުގަ އަޅުގަނޑުވެސް ބަލައި ގަތީސް ނަމަވެސް ތިބޭފުޅާގެ އިހުލާސް ތެރިކަމެއް ނެއްކަންވެސް ތިލިޔުމުން ހާމަވރގެން ހިގައްޖެ

  6. މާނަކުރަން އެނގޭ މީހުން ދެން އެ ބުނިއެއްޗެތި މާނަކޮށްދޭންވީނު…. ބަލަ ބިރުވެތި ވާންޖެހޭ ފަރާތަކީ ހަމަ އެކަނި ﷲ އޭ ބުނެފަ ދެން ތިބުނީ ދީނީ ޢިލްމުވެރިންނަށް ދީނީ ދަރުސް ދެވުނީ އަންނިއާއި ހެދިޔޭ….. ބޯ ގޯސް…. އެވެސް ﷲ ގެ ކުޅަދުންވަންތަކަމުން ވީ ކަމެއް… 3 އަހަރު ނުވަނީސް ގޮނޑިން ވެއްޓުނީވެސް ހަމަ ﷲގެ ރޭއްވެވުމުގެ މަތިވެރިކަމުން…. ކަލޯމެނަށްތާ އެކަން ޤަބޫލު ނުކުރެވިގެން ތި އުޅެނީ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!