ގޫގުލްގެ ސާޗް އިންޖިންގެ ފަލަސްތީނު ޑޮމެއިން އަށް “ފަލަސްތީނު” ގެ ނަން ދީފި

ގޫގުލްއިން “ފަލަސްތީނު” ބަލައިގަނެފައިމިވަނީ އާންމު މަޖިލީހުގައި ފަލަސްތީނުގެ ދަރަޖަ “އޮބްޒާވާ ދައުލަތެއް”ގެ ފެންވަރަށް މަތިކުރުމުންނެވެ. މިދިޔަ ބުދަ ދުވަހު ގެނެސްފައިވާ މިބަދަލާއި އެކު ގޫގުލްގެ ލޯގޯ ނުވަތަ ނަމުގެ ދަށުގައި އަރަބިންނާއި އިނގިރޭސިން ދެން ފެނިގެންދާނީ “ފަލަސްތީން” މިލަފުޒެވެ.

ގޫގްލްއިން ބުނެފައިވަނީ “ޕަލެސްޓީނިއަން ޓެރިޓަރީސް”ގެ ބަދަލުގައި “ޕަލެސްޓައިން” ގޫގްލްގެ ހުރިހާ ޕްރޮޑަކްޓެއްގައި ވެސް މީގެ ފަހުން ބޭނުންކުރަން ނިންމާފައިވާ ކަމަށެވެ. ފަލަސްތީނުގެ ސަރުކާރުން ވަނީ ގޫގްލްގެ މިނިންމުމަށް މަރުހަބާ ކިޔާފަ އެވެ.

ގޫގުލްގައި ފަލަސްތީނުގެ ހޯމް ޕޭޖަށް ކުރިން ދީފައިވާ ރަސްމީ ނަމަކީ “ޕަލެސްޓީނިއަން ޓެރިޓޮރީސް” އެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!