ރާއްޖޭގެ ޚަބަރު

ޕާޓީތެރޭގައި ވަކި ޖަމާއަތް ހަދައިގެން ނުވާނެ: މައުމޫން

ރޭގެ ޖަލްސާގައި މައުމޫނު ވާހަކަ ދައްކަވަނީ | ދިއިސްލާމްފޮޓޯ : އިބްރާހިމް އަޝްވާޤް

ޕާޓީތެރޭގައި ވަކި ޖަމާއަތް ހަދައިގެން ނުވާނެކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ހަވާލު ކުރުމަށް ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ "ޕާޓީގެ ޓިކެޓް ޔާމީންއާއި ހަވާލުކުރެއްވުމަށްފަހު ޕާޓީ ތެރޭގައި ވަކި ޖަމާއަތް ހަދައިގެން ނުވާނެ ކަމަށާއި ޓިކެޓް ހަވާލުކުރެއްވުމަށްފަހު ޕާޓީގެ ހުރިހާ ގުނަންތަކުން ޔާމީންއަށް އެއްބާރުލުން ދޭންވާނެ" ކަމަށެވެ. އަދި "ޕާޓީ ތެރޭގައި ބައިބައިވުން އުފެދޭނެ އެއްވެސް ކަމެއް ކޮށްގެން ނުވާނެ ކަމަށާއި ޕާޓީގެ އަސާސީ ގަވާއިދަށް ހުރިހާ މެންބަރުން ހުރުމަތްތެރިކޮށް ހިތުމަށް" އިލްތިމާސް ކުރައްވާފައިވެއެވެ.

ޔާމީނާއި އުމަރާއި ދެމެދު ޕްރައިމަރީއަށް ފަހު އޮތް ހިތްހަމަނުޖެހުމަށް އިޝާރާތްކޮށް މައުމޫނު ވިދާޅުވީ "ޓެސްޓް ބާއްވައިގެން ޓެސްޓުން ފާސްވާ ފަރާތަކަށް އެންމެން ތާއިދު ކުރަންޖެހޭނެ. އެއަށް ފަހުގަ ދެން އަޅުގަނޑުމެންގެ ޕާޓީގައި ވަކި ބޭފުޅަކަށް ތާއީދުކުރައްވާ ވަކި ޖަމާއަތެއް އޮވެގެން ނުވާނެ."ކަމަށެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *