ރާއްޖޭގެ ޚަބަރު

އެމްޕީބީއޭ ގެ ރައީސްކަމަށް ޝެއިޚް މައުމޫން، ސެކެޓްރީ ޖެނެރަލްއަކަށް ޝަހީދު ޒަކީ

އެމް.ޕީ.ބީ.އޭ ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަހްމަދު ހިޝާމް
އެމް.ޕީ.ބީ.އޭ ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަހްމަދު ހިޝާމް

އެމް.ޕީ.ބީ.އޭ ގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން | ދިއިސްލާމް ފޮޓޯ: އަހްމަދު ހިޝާމް

މޯލްޑިވްސް ޕެލެސްޓައިން ބުރަދާހުޑް އެސޯސިއޭޝަން ގެ ރައީސްކަމަށް ޝެއިޚް މައުމޫން، ސެކެޓްރީ ޖެނެރަލްއަކަށް ޝަހީދު ޒަކީ ހޮވައިފިއެވެ.

މޯލްޑިވްސް ޕެލެސްޓައިން ބުރަދާހުޑް އެސޯސިއޭޝަން (އެމް.ޕީ.ބީ.އޭ) ގެ ރައީސް ކަމާއި ސެކެޓްރީ ޖެނެރަލްގެ މަގާމަށް ބޭފުޅުން އައްޔަން ކޮށްފައިވަނީ ރޭ ސޯޝަލް ސެންޓަރުގެ ސެމިނާރ ރޫމްގައި ބޭއްވި ޖަލްސާގައެވެ. މޯލްޑިވްސް ޕެލެސްޓައިން ބުރަދާހުޑް އެސޯސިއޭޝަން ގެ މެމްބަރުންނާއި އެޖަމިއްޔާއަށް ހެޔޮއެދޭ ފަރާތްތަކާއި އެކު ބޭއްވި ޖަލްސާގައި އެޖަމިއްޔާގެ އަހަރީ ރިޕޯޓް ފާސްކުރުން ކުރިއަށް ގެންގޮސްފައިވެއެވެ.

އެމް.ޕީ.ބީ.އޭގެ ރައީސްކަމުގެ މަގާމުގައި ކުރިން ހުންނެވި އައްޝައިހް މުހައްމަދު ތޮއްޔިބު ވަނީ އައްޑު އަތޮޅުގެ ކޯޓެއްގެ މެޖިސްޓްރޭޓް ކަމަށް އައްޔަނު ކުރެއްވުވާއި ގުޅިގެން މެޖިސްޓްރޭޓުންގެ ޤަވާއިދު ބުނާގޮތުން މެޖިސްޓުރޭޓަކު އެއްވެސް ޖަމްއިއްޔާ ޖަމާއްތެއްގައި ހަރަކާތްތެރި ވުމަކީ މަނާކަމެއްކަމަށް ވާތީވެ އެ މަޤާމުން އިސްތިއުފާ ދެއްވާފައެވެ. އެގޮތުން އެމަގާމަށް ޖަލްސާއަށް ހާޒިރުވި މެމްބަރުންގެ އަޤުލަބިއްޔަތު ހޮވިފައިވަނީ ޝެއިޚް އަހުމަދު މައުމޫން އެވެ. މިމަގާމަށް މެމްބަރުންގެ ފަރާތުން ވަނީ 3 ބޭފުޅެއްގެ ނަން ހުށައަޅާފައެވެ. އެއީ ޝެއިޚް އަހުމަދު މައުމޫނުގެ އިތުރުން ޑރ ޒިޔާދު ބާގިރު އާއި އަބްދުﷲ ޝާކިރުއެވެ.

ޝެއިޚް މުހައްމަދު މައުމޫނު އެމް.ޕީ.ބީ.އޭގެ ރައީސްކަމަށް އިންތިޚާބު ވުމާއި އެކު އެބޭފުޅާ ކުރިން ހުރި މަގާމު ހުސްވުމުން އެމަގާމަށް ހޮވާފައިވަނީ އެމަގާމަށް ކުރިމަތިލި ހަމައެކަނި ބޭފުޅާކަމުގައިވާ ޝަހީދު ޒަކީއެވެ. ސެކެޓްރީ ޖެނެރަލްގެ މަގާމަށް ޝަހީދު ޒަކީ ހޮވާފައިވަނީ ފެންނަ ނުފެންނަ ވޯޓަކުންނެވެ.

ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިޖަލްސާއަށް މޯލްޑިވްސް ޕެލެސްޓައިން ބުރަދާހުޑް އެސޯސިއޭޝަން ގެ ފައުންޑާރ މެމްބަރުންނާއި އާންމު މެމްބަރުންނާއި އެޖަމިއްޔާއަށް ހެޔޮއެދޭ ފަރާތްތައް ވަނީ ބައިވެރިވެފައެވެ.

ގުޅުންހުރި

3 ޚިޔާލު

  1. ޝެއިޚު މުޙައްމަދު ޠައްޔިބު ހުންނަވަނީ ރ.މީދޫ މެޖިސްޓްރޭޓް ކޯޓުގައި ..

  2. އަހުމަދަށް ތިއޮތީ އެނގިފައި… ޝައިޚް އައްޔަން ކުރެވުނީ އައްޑު އަތޮޅު މީދޫ މެޖިސްޓްރޭޓް ކޯޓަށް. އެއީ ޝެއިޚްގެ އުފަން ރަށް

  3. ހޫން، ދެން ހެވޭ! އަހަރުން އަހާލަފާނަން ޝެއިޙް ކައިރީ…ދެކުދިން ތިކަމާ ތޮޅޭނެ ކަމެއް ނެތް…

Your email address will not be published. Required fields are marked *