ވާހަކަ: ކަލޭތީ އަހަރެންގެ ކަލާނގެއެއްނޫނެވެ. އަހަރެންމީ ކަލޭގެ އަޅެއް ނޫނެވެ.

އެއްދުވަހަކު އިންޑިއާގެ ދިއްލީގެ ބޮޑު މިސްކިތުގައި މުސްކުޅިއަކު ފަތިސްނަމާދުކޮށްލައިގެންނުކުމެ ސިޑިމަތީ އިށީދެލައިގެންއިނދެ ކިޔަމުން ދިޔައެވެ.” ކަލޭތީ އަހަރެންގެ ކަލާނގެއެއްނޫނެވެ. އަހަރެންމީ ކަލޭގެ އަޅެއްނޫނެވެ. އެހެންވިއްޔާމު އަހަރެން ކަލެއަށް ކިޔަމަންވާންވީ ކީއްކުރަންހެއްޔެވެ؟”

މިސްކިތުންފައިބަމުންދާމީހުންނަށް އެމަންޒަރުވެފެނުމާއެކު ބައެއްމީހުން ބުނަމުންދިޔައީ އޭނަ އޭނީ ދީނުންބޭރުވެފައެވެ. އަނެއްބައިމީހުން ބުނަމުންދިޔައީ އެއީ މޮޔައެކެވެ.

ނަމާދުވަގުތުޖެހޭއިރަށް އެމުސްކުޅިމީހާ މިސްކިތަށްއަރާނަމާދުކޮށްލައެވެ. އެއަށްފަހު އަނެއްކާވެސް އައިސް ހަމައެތާއިށީދެ ހަމަ އެހެން ކިޔަންފަށައެވެ.  މަޢުރިބުނަމާދުކޮށްގެން މިސްކިތުން ނިކުތްމީހަކަށް އެއަޑު އިވިގެން އެމުސްކުޅިމީހާޔާ ކައިރިވެލާފައި ބުންޏެވެ. ” އޭ ބޭބޭއެވެ. ތިކިޔާ އެއްޗިހީގައި “ކަލޭ” އޭކިޔައި މުޚާޔާބު ކުރަނީ ކޮންފަރާތަކަށްހެއްޔެވެ. ނޫނީ ތިހެން ތިކިޔަނީ ކޮންފަރާތަކަށް ރައްދުކޮށްހެއްޔެވެ؟” އެހެންއެހުމާއެކު އެމުސްކުޅިޔާގާތަށް ހިނިއައެވެ. އަދި ބުންޏެވެ. ” ދިއްލީފަދަ ރަށަކުން ބުއްދިވެރިޔަކާމިދިމާވީ އަދިކިރިޔާއެވެ.  އެހެން އެއްވެސް މީހަކު އަހަރެން މިކިޔާ ބަނދިވަރުގެ “ކަލޭ” އޭކިޔައި މުޚާޠަބު ކުރަނީ ކޮންފަރާތަކަށްތޯ އެކަކުވެސް ނާހައެވެ. އަދި މިހުރިހާ ބަހެއްރައްދަކުރަނީ ކޮންފަރާތަކަށްތޯވެސް ނާހައެވެ. ކޮންމެމީހަކުވެސް ވިސްނަނީ މިހުރިހާ އެއްޗެއް އަހަރެން މިކިޔަނީ ހުސްޠާހިރުވަންތަ ﷲ އަށް ކަމަށެވެ. ޙަޤީގަތުގައި  އެހެން މިކިޔަނީ ﷲ އަށް ރައްދުކޮށެއްނޫނެވެ.  އެއަށްފަހު މުސްކުޅިޔާ އެޒުވާނާޔަށް މުޚާޠަބުކޮށްބުންޏެވެ.” އަސްލު ކަލޭތިސުވާލުތިކުރީ ކަލޭތީ ވަރަށްވިސްނާމީހެކެވެ. އަސްލު އަހަރެން އެބަސް މުޚާޠަބުކުރީ އަހަރެންގެ ނަސުފަށެވެ.  އަހަރެންގެ ނަފުސަށްމުޚާޠަބުކޮށް ކިޔަމުންމިދަނީ ” އޭ ނަފްސާއެވެ. ކަލޭތީ އަހަރެންގެ ކަލާނގެއެއްނޫނެވެ. އަހަރެންމީ ކަލޭގެ އަޅެއްނޫނެވެ. އެހެންވިއްޔާމު އަހަރެން ކަލެއަށް ކިޔަމަންވާންވީ ކީއްކުރަންހެއްޔެވެ؟” އަހަރެން މާތްﷲ ށް ކިޔަމަންވާނަމެވެ.

ޒުވާނާ ސުވާލުކުރިއެވެ. ދެންއެންމެރަނގަޅެވެ. ބޭބެ އެހެންތިކިޔަނީ ކިހިނެއްވެގެންހެއްޔެވެ؟ ޖަވާބުގައި މުސްކުޅިމީހާ ބުންޏެވެ.” މިއަދު ފަތިސްނަމާދުކޮށްގެން ބޭރަށްނުކުތްތަނާހެން ހެނދުނުގެ ނާސްތާޔަށް ފޮނިފޮޅިއެއްކާން އަހަރެންގެ ނަފުސު ވަރަށްބޮޑަށް މަޖުބޫރުކުރުވިއެވެ. އެބަހީ ވަރަށްކާހިތްވިއެވެ. އެހެންވުމުން އަހަރެން ކިޔަންފެށީމެވެ. “ކަލޭތީ އަހަރެންގެ ކަލާނގެއެއްނޫނެވެ. އަހަރެންމީ ކަލޭގެ އަޅެއްނޫނެވެ. އެހެންވިއްޔާމު އަހަރެން ކަލެއަށް ކިޔަމަންވާންވީ ކީއްކުރަންހެއްޔެވެ؟” އަހަރެންޤަބޫލުކުރާނީ ﷲ ގެ ބަސްފުޅެވެ. އަހަރެންގެ ނަސުފު އެފަދަކަމަކަށްއެދޭ ކޮންމެފަހަރަކު އަހަރެންގެ ނަފުސަށް ޖަވާބުދެނީ މިފަދައިންނެވެ.”

އެންމެހައި ކިޔުންތެރިންނޭވެ. މިވާހަކައިން ޙާޞިލްކުރެވިދާނެ ޢިބުރަތާއިމެދު ވިސްނާލަމާހިނގާށެވެ.

އާދެ! ނަފްސު އިޞްލާޙުކުރުމަށްއެދޭ ކޮންމެމީހަކަށް މިވާހަކައިގައި ރަނގަޅު ފިލާވަޅުތަކެއްވެއެވެ. ޙަލާލުނޫން ކޮންމެއެއްޗަކުން ރައްކާތެރިވުމަށްދީނުގައިވަނީ އަންގަވާފައެވެ.  ނަމަވެސް ޙަލާލުތަކެތިން ދުރުވުމަކަށް އިސްލާމްދީން ނާންގަވައެވެ. ނަމަވެސް ހިތަށްއެރިހާއިރަކު ނުވަތަ ހިތުހުރިހާގޮތަކަށްއެފަދަ ތަކެތިބޭނުންކުރުމުގެ ބަދަލުގައި ބައެއްފަހަރު އެތަކެތިން ދުރުހެލިވުމަކީ ނަފުސުކޮންޓޯލުކުރަން ދަސްކޮށްދޭނެކަމެކެވެ. ހަލާލުކޮންމެ އެއްޗެއްބޭނުންވާއިރަށް ހޯދަންއުޅެފިނަމަ އެމީހަކީ އެއްވެސް ކަމެއްގައި ޙައްދެއްނެއްމީހަކަށްވާނެއެވެ. ވީމާ ހަލާލުކަމެއްކަމުގިއިވިޔަސް ނުވަތަ ހަލާލުއެއްޗެއްކަމުގިއިވިޔަސް އަތުގައިހުރި ފައިސާއާއި،ހާލަތަށް ބެލުމަކާއިނުލައި ޚަރަދުކުރާނަމަ އެންމެފަހުވަގުތުގައި އޮންނާނީ ދަށްޗާކުރިމަތިލާންޖެހިފައެވެ. އަދި އޭނާވާނީ ނަފުސަށް އަޅުކަންކުރާމީހަކަށެވެ.

ވީމާ އެމުސްކުޅިޔާ ފަދައިން ހަވާނަފްސަށް ވިސްނައިދޭންވީ އަދި ނަފްސު އެދުނުކަމުގައިވިޔަސް އެކަން ކޮށްދެވެން ނެއްކަމެވެ. ނަފްސު ކޮންޓްރޯލްކުރަން ދަސްކުރާށެވެ. ނަފްސަށް ބުނެދޭށެވެ.

” ކަލޭތީ އަހަރެންގެ ކަލާނގެއެއްނޫނެވެ. އަހަރެންމީ ކަލޭގެ އަޅެއްނޫނެވެ. އެހެންވިއްޔާމު އަހަރެން ކަލެއަށް ކިޔަމަންވާންވީ ކީއްކުރަންހެއްޔެވެ؟”

( ނިމުނީ )

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ހަހަހަ.މީ ވ ވ ވ ވ ޓްރޫ ވަަހަކައެއް

  2. ތޭންކްސް ފޯދަ ޓިޕް. :)

  3. ޝުކުރިއްޔާ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!