ފާދިރީ ސްރީ ސްރީ ރަވީ ޝަންކަރުގެ ޝަރަފުގައި ރައީސް ޑރ. ވަހީދު ހަފުލާއެއް ބާއްވަވައިފި

 • ސްރީ ސްރީ ރަވީ ޝަންކަރު

ފާދިރީ ސްރީ ސްރީ ރަވީ ޝަންކަރުގެ ޝަރަފުގައި ރައީސް ޑރ. ވަހީދު ހަފުލާއެއް ބާއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ވެބްސައިޓްގައި ހާމަކޮށްފައިވާ ގޮތުގައި އިންޑިއާގެ ރަވީ ޝަންކަރު (ސްރީ ސްރީ ރަވީ ޝަންކަރު)ގެ ޝަރަފުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު ވަހީދުގެ ދެކަނބަލުން ރޭ ހަފުލާއެއް ބާއްވާފައިވާކަމަށާއި މުލީއާގޭގައި ބޭއްވެވި މި ހަފުލާގައި ރައީސް ވަހީދު ވާހަކަ ދައްކަމުން ބުނެފައިވަނީ “ރަވީ ޝަންކަރަކީ އިންސާނިއްޔަތަށް ވަރަށް އަގުހުރި ހިދުމަތްތަކެއް ކުރައްވަމުން ގެންދަވާ ބޭފުޅެއް ކަމަށާއި އިންޑިއާގައި ވެސް އޭނާ އަކީ އެ ރޮނގުން ވަރަށް ފާހަގަކުރެވޭ ޝަހުސިއްޔަތެއް”ކަމަށެވެ. އަދި ރަވީ ޝަންކަރު ކުރައްވާ މަސައްކަތްތައް ރައީސް ވަހީދު ޝުކުރުވެރިކަމާއެކު ފާހަގަ ކޮށްފައިވެއެވެ.

ސްރީ ސްރީ ރަވީ ޝަންކަރުގެ ޝަރަފުގައި ރައީސް ޑރ. ވަހީދު ބޭއްވި ހަފްލާގައި “އިންސާނިއްޔަތަށް ކުރައްވާފައިވާ އަގުހުރި ހިދުމަތްތަކުގެ އަގު ވަޒަންކޮށް” އޭނާއަށްވަނީ ރައީސް ވަހީދު ވަނީ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. ރޭގެ ހަފުލާގައި ރާއްޖޭގައި ތިއްބަވާ އިންޑިއާގެ ހައި ކޮމިޝަންގެ ބޭފުޅުންނާއި ވިޔަފާރިވެރިންގެ އިތުރުން އިންޑިއާގެ ކުރީގެ ފިލްމީ ތަރި ވިނޯދުކަންނާ އާއި އޭނާގެ އާއިލާ ވެސް ބައިވެރިވެފައިވާކަމަށް ރައީސް އޮފީހުން ހާމަކުރެއެވެ.

ރަވީ ޝަންކަރު ނުވަތަ ސްރީ ސްރީ ރަވީ ޝަންކަރު އަކީ އިންޑިއާގެ މަޝްހޫރު ހިންދޫ ފާދިރީ އެކެވެ. ވަރަށް ކުޑައިރުން ފެށިގެން ހިންދޫ ފަތްފުށްތަކަށް ޝައުގުވެރިކަން ހުންނަ ސްރީ ސްރީ ރަވީ ޝަންކަރު ދީން ފެތުރުމުގައި ބޮޑަށް ބޭނު ކުރަނީ ‘ލޯބި، އަޅާލުން، އެހީވުން’ މިފަދަ އިންސާނިއްޔަތާއި ގުޅުންހުރި މައުލޫތަކެވެ. އެގޮތުން ދި އާޓް އޮފް ލިވިންގ ގެ ނަމުގައި ޖަމިއްޔާއެއް ހަދާ އޭނާގެ މަސައްކަތް ދަނީ ކުރަމުންނެވެ.
މީނާ އިސްލާމީ ދުނިޔެއަށް ބޮޑަށް އެނގިފައިވަނީ ޑރ ޒާކިރު ނައިކް އާއި ދެމެދު ކުރެވުނު ބަހުސްއަށް ފަހުގައެވެ.

44 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. ދެން ވެސް ހިނގާ އެންމެން އިސްލާމީ ޝަރީއަތް ގާއިމު ކުރުމަށް ގޮވާލަން އެއްވަމާ!!!

 2. މީނަ މީ އިންސާނިއްޔަަތަށް ކޮން ޚިދުމަތެއް ކޮށްދޭ މީހެއް؟؟؟؟ މުޅި އިންސާނިއްޔަތަށް ހެވާ ލާބަ ހުރި ދިރިއުޅުމުގެ ގޮތާއި އުޞޫލް ކަމުގައި ވާ އިސްލާމްދީން އޮޅުވާލާ ކުފުރުވެރިއެއް އެއީ.. އެފަދަ މީހަކަށް އެ އެވޯޑު ދިން ކަމަށްޓަކައި ވަޙީދަށް ނަފްރަތުކުރަން. އެފަދަ ފާސިޤަކަށް އަހަރެމެން މުސްލިމުން ދޭނެ އެވޯޑެއް ނެތް..

 3. މީނާއާއި ޒާކިރް ނައިކާއި ދެމެދުވެވުނު ބަހުސްގެ ލިން ދީފާނަންތޯ

 4. ޑރ ޒާކިރު ނައިކް އާއި ދެމެދު ކުރެވުނު ބަހުސްގައި މީނާ ވަނީ ވަރަށްބޮޑަށް ބޭޒާރުވެ އަނގަ ގަޅިޖެހިފައެވެ.

 5. ކޮބާ އިމްރާން؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

 6. މިހާރު ތިދެވެނީ ކެނެރީގޭ ނަޝީދު ދިޔަމަގުން. ތިމަގުން ދަންޔާމުން އަޅުގަނޑުމެންނަށް މަޖުބޫރުވާނެ ވެރިކަން ނިމުމަކަށް ގެންނަން. ތިއަމަލަކީ އެއްގޮތަކަށްވެސް އަޅުގަނޑުމެންނަށް ބަލައިގަނެވޭނެ އަމަލެއްނޫން. އަޅުގަނޑުމެންނަކަށް މުހިމެއްނުވާނެ އިސްލާމްދީނަކަށް ވުރެން ވަޙީދެއްވެސް އޯކޭ.

 7. މިފަދަ މީހުންނަށް ކަމޭހިތުމާއި ހަފުލާ ބޭއްވުމަށް ވުރެ ގައުމުގައި ތިބި ނިކަމެތިންނަށް ހަފުލާދިނުން މާ ރަނގަޅުވާނެ.

 8. ތިއީ މިސަރުކާރުން ކުރި ވަރަށް ދެރަ ކަމެއް. އިންސާނީ ގޮތުން ކިތައްމެ ކަމެއްކުރިއަސް އޭގެ އަނެއްކޮޅު ކޮބާ؟ އެހެން ދީނެއްގެ ބޮޑެއް.
  އިންސާނީ ޚިދްމަތް އެންމެ ރަނގަޅަށް އަންގައިދެނީ އިސްލާމް ދީން.

 9. އިންސާނީ ހައްގުތަކަށް އިސްލާމްދީން އަޅާލާތީވެއޭ އެހެން ދީން ތަކުގެ މީހުންނަށްވެސް އަޅާލާ ކަމޭ ހިތަންވީ. އެވެސް ހަމަ އިންސާނުން. އެމީހަކު އިސްލާމްދީން ގަބޫލް ނުކުރުމުން އަޒާބު ދެއްވާނީ ﷲ. އަހަރެމެންނެއް ނޫން.

 10. ރަވީ ޝަންކަރު ވަހީދު އާއި ބައްދަލުކުރުން އެއީ ދީނީ ގޮތުން މަނާ ކަމެއް ނޫން..

 11. ކޮބާ އިމްރާން. އަބްދުﷲ. ވަހީދު މިފަދަ އަމަލެއް ހިންގި އިރު ތިތިބެނީ ހަނު. ރާއްޖޭގައި ބުދުބެހެއްޓުމެކޭ މިފަދަ މީހަކަށް އެވޯޑު ދިނުމެކޭ ކޮބާ ތަފާތު. އިމްރާން މެން ގައުމު އިސްލާހުކުރަން މަސައްކަތް ކުރާއިރު ފުރަތަމަ ވެރިންނާ ތިމާގެ ގާތްމީހުން އިސްލާހުކުރަން ފެނޭ. އެހެން މީހުންނަށް އިގިލި ދިގުކުރާއިރު ތިމާދިމާލަށް ކިތައް އިގިލި ހުރިތޯ ބަލާލުން ރަގަޅު…

 12. އިންޑިޔާއަށް އަށް ވާން ޖަހަން ކުރި ކަމެއްބާ؟؟…ކޮންމެ ގޮތެއް ވިޔަސް ސްރީސްރީ ރަވީރަވީ ކާފަރެއް އަދި އިސްލާމް ދީނާ ބެހޭ ގޮތުން ދޮގު މަޢޫލޫމާތު ހިމަނައިގެން ފޮތް ލިޔުނު ކަލޭގެއެއް…އިންސާނިއްޔަތަށް ޚިދުމަތް ކުރިކަން ކައުންޓް ކުރާނީ ފުރަތަމަ ﷲ އަށް ޚިދުމަތް ކޮށްގެން!!!

 13. އަޅުގަޑަކީ ދިއިސްލާމަށް ވަރަށް ތާއިދުކުރާމީހެއް އެކަމު ވަހީދު މިކުރިކަމަށް ދިއިސްލާމުން ފާޑުކިޔާފައިނުވާތީ ވަރަށްދެރަ

 14. ކޮބާތަ ޢަދާލަތު ޕާޓީ…… ޢިމްރާނު ކޮބާ ނިކުންނާކަށް ނުވޭތަ! ތިއުޅެނީ ހަމަ އެކައްޗެއް މައުމޫނެއް،ނަޝީދެއް، ވަހީދެއް، ކިޔާނެކަމެއްނެތް ރައްޔިތުން ހޭލަންވެއްޖެ. އިސްލާމް ދީނުގެ ހިމާޔަތުގަ އިސްލާމީ ޝަރީޢަތް ޤާއިމް ކުރުމަށް ތެދުވަންވެއްޖެ. އެއްވެސް ޕާޓީއެއްގެ ނަމުގައެއްނޫން ޢަދާލަތެއް ޕީ.ޕީ.އެމް އެއް އެމްޑީޕީ މިއީ ގައުމު ހަލާކުކުރާމީހުން.

 15. އިންސާނިއްޔަތަައް ހިދުމަތް ކުރޭ ތިނޫން މީހުންވެސް..!!!؟؟؟؟

 16. ރައްޔިތުންނަ ދެގައުމުގެމެދުގާ މައްސަލަޔެއްނެއްކަން ދައްކަންވެގެން ތިކުރެވުނީ އެހާރަގަޅު ކަމެއނޫން ތިކަމުން ރައްޔިތުންނަ ޔަގީންވީ ސޯސަލްމީޑިޔާގަ އުޅޭކާލީމާ ވީޑިޔޯއަކީ ހަގީގީއެއްޗެއްކަން

 17. ޓީވީ އިން ފެންނަ އެޕިސޯޑް ތަކަށް ދޭވަގުތު ތަށް ދީން ހިމާޔަށް ކުރުމުގެ މަސަތްކަތުގައި ހޭދަކުރަމާ!

 18. ބޭނުމީ އިސްލާމް ދީން
  އެހެނިހެން ދީން ތަކަށް ފުރުސަތެއް ނުދޭނަން

 19. އިންސާނުންނަށް ހިދުމަތްކުރުން ދޯ އެނާ ގެރިޔަށްށާ ބުޅަލަށްށާ އަޅުކަން ކުރުން.

 20. މީގެ ހުރިވަރު އެނގުނީސް އަންނި ސަރުކާރުގަ ހިނގި ކަމެއްނަމަ… އިމްރާނުމެން ލޮލަށް ނިދިނައިސް މިކަމުގެ ވާހަކަ ގޮވާނެ

 21. މިއީ އަންނީ ވެރިަމުގައި ވީކަމެއްނަމަ މި އާޓިކަލް އޮންނާނީ އެހެންގޮތަކަށްކަން ޔަގީން…!

 22. މިވަރުވެގެންދާއިރުވެސް އިސްލާމިކް މިނިސްޓަރު ހަނުހިމޭނުން ހުންނަވާކަމީ ހިތާމަކުރަންޖެހޭވަރުގެ ކަމެއް. ރައްޔިތުން ކިހިނެއްތޯ ކޮންމެފަހަރަކު މުޒާހަރާއަކަށް ނިކުމެ ރައްޔިތުންގެ އަޑު ރައީސަށް އިއްވާނީ؟ އޭގެ ބަދަލުގައި މިނިސްޓަރުން ހަމަޖައްސާފައި މިތިބެނީ ރައްޔިތުންގެ ޝުއޫރުތަކާއި އިހުސާސްތައް ރައީސަށް އިއްވާ ހެދުމަށްޓަކާ ނޫންތޯ؟ މިއީ ނޫންތޯ މިކަން އޮންނަން ޖެހޭ ގޮތަކީ؟

 23. އެންމެ ފުރަތަމަ ވަހީދުގެ ދެކަބަލުން ސިކުދީނުގެ ބޮޑު ފައްޅިއަށް ގޮސް އަޅުކަމުގަ ބައިވެރިވީ، ދެން ފެނުނީ ވަހީދުގެ ދަރިފުޅު ފިދާ ވަހީދު ކާޅީމާ ކަލާގެއަށް ސަޖިދަ ކުރިތަން. އެންމެ ފަހުން ބޮޑު ފާދިރީއެއް ގެނެސްގެން މިރާއްޖޭގަ ހަފުލާއެއްވެސް ބޭއްވީ. އަދިވެސް ވަހީދު އޯކޭދޯ؟

 24. ވަަރަށް ކަޑަ އަދި ވިޔާ ނުދާ ޢަމަލެއް !

 25. މިތަންތަނެއް ނުފެނެއެއްނުން ލާދީނީ ލާދީނީ ކިޔާ މީހުންނަކަށް!!!

 26. ވަހީދު ހަސަން މަނިކު އާ އިމުރާނުގެ އިސްލާމް ދީނުގެވެރި ކަންކުރާ ގޮތް އެބަ ފެނެއެތްނޫން ދެން ﷲ އޭ އިސްލާމް ދީނޭ ކިޔައިގެން ކޮންވާހަކައެތް މިދަށްކަނީ ދެން ޕަކަޕަކަ

 27. ކެނެރީ ނަޝީދު މިކަންތައް ކުއްވެރިއެއް ނުކުރޭބާ؟

 28. ތީދެން ބޮދުވަރު ވަހީދޫ،، ބަލަ އިސްލާމް ދީން ހިމާޔަތް ކުރަން އުޅެބަ، އެއީ އެއްނު ތިބުނާ އިއްތިހާދުގެ ޝިޔާރު،، ބޯހަލާކު،،

 29. ޑރ. ވަޙީދުއަށް މިކަމާއި މެދު ނަސޭޙަތްތެރިވުމަށްޓަކައި ރާއްޖޭގެ ޢިލްމުވެރީންނަށް ގޮވާލަން.

 30. ލިޔުންތެރިޔާ މި ޚަބަރު ގެނެސްދީފައިވަނީ މީގެ ކުރިން މިފަދަ އަމަލުތައް މި ނޫހުން ގެނެސްދީފައިވާ ގޮތަކަށް ނޫން. ކުށްވެރި ކުރުމުގެ ގޮތެއްނެތް. އޭނާއަކީ މި ބިންމަތީގައި މިހާރު ތިބި އިސްލާމްދީނުގެ އަދުއްވުންތެރެއިން ފާޅުގައި އިސްލާމްދީނަށް އެންމެ ބޮޑަށް ފުރައްސާރަ ކުރާ ހިންދޫ ދީނުގެ އެންމެ ބޮޑު އެއް ފާދިރީ. އޭނާ މަޝްހޫރު ވެގެން ގޮސްފައިވަނީ އިންސާނިއްޔަތަށް އަޅާލާ ޚިދުމަތްތެރިއެއްގެ ގޮތަކަށް ނޫން. މިހާރު ދި އިސްލާމަށް މިފަދަ އަމަލު ވެސް ހަމަ ފައްކާ ވީ ބާ؟

 31. މިއީ އިސްލާމިކް ސައިޓަކަށް ވެފަ މިކަމަށް އެއްޗެއް ނުބުނުއްވީތީ އަޅުގަނޑު ދެރަވެ ހިތާމަ ކުރަން….

 32. ވަހީދު އިސްތިއުފާ!!!!

 33. ކޮބާތަ އިސްލާމްދީން ހިމާޔަތް ކުރާ ބައިގަނޑު…23 އިއްތިހާދަށް ވަރަށް ސަލާމް.

 34. މީނަވެސް، މިއުޅެނީ އަނެއްކާ މުސްލިމް ރަށްޔިތުން ރުޅިއަރުވަންތާ؟

 35. 1 ދަޔާޝަންކަރު ރައީސް ވަހީދު އާއި ބައްދަލު ކުރެވުނީ ކިހިނެއްތޯ ބަލަންޖެހޭ ؟ 2 ރައީސް ވަހީދު އޭނައިންޑިޔާގަ ހުއްޓާ ދައުވަތު ދިނީތޯ ނުވަތަ ” ދ ޝަންކަރު ” އޮޅިގެން ގެސްޓްހައުސް އެއްކަމުގައ މުލިޔާގެޔަށް ވަދެވުނީ ތޯ ހިތައަރައެވެ . 3 ދެން އުފެދޭ ސުވާލަކީ ރ ވަހީދަކީ ޔޫރަޕްގައި ގިނައިން އުލުވި ބޭފުޅަކަށް ވާއިރު ދ ޝަންކަރު ދަސްކުރީ ކޮންއިރަކު ކިހިތޯ ސުވާލު އުފެދެއެވެ . 4 ދ ޝަންކަރުގެ އާއިލާ އަށް މިގައުގެ ވެރިޔާ ފަރާތުން ކެޔުމެޔް އެހާފައްސޭހައިން ހަމަޖެހުނީ ކިހިނެއްތޯ ސުވާލުއުފެދެއެވެ. 5 ދެން އުފެދޭ ސުވާލަކީ އަގުހުރިމަސައްކަތް ތަކަކޭކިޔާފަ (އޭނަ ގެނައި ދީންފަތުރަންވެގެން ހަމައެކަނި އެބޭނުމުގައި މީހުންނަށް މާރަގަޅުވެގެން ) އުޅޭމީހަކަށް ހަދާނީ ފިލައެއް ދިނީކީއްކުރަންތޯ ރ ވަހިދައް އެގޭބާއެވެ . 6 ދެންއުފެދޭ ސުވާލަކީ
  ވަހީދުގެ އަޤީދާ ދޭތެރޭ ސުވާލު އުފެދެއެވެ. މިގައުމަށް ވަރަށް ގިނަގައިން މިކަހަލަ އިންސާނީޔަތައްޓަކާ މަސައްކަތްކުރާ ވަރަށް ގިނަމީހުން އާދެއެވެ. އަންނަކޮންމެމީހަކަށް ކެއުމަކާ ހަދާނީ ފިލައެއް ނުދޭ …//

 36. ކޮބާ ސަލަފު ކޮބާ ޣިސްލާމިކުފަޣުންޑޭށަން ﷲ ޣަޣް ބީރުވެތީ ވޭ ތިކަހަލަ ފާސިގުން މިގަޣުމުން ފަޣްސާލުމަޣް ގޮވާޅަން

 37. ކޮބާ ތަ ސަލަފު ކޮބާ ޣިސްލާމިކް ފަޣުންޑޭށަން ތީ ޕިޣްލޭ ޣަޣްވުރެންވެސް ނުބަޣި ފާސިގެޣް

 38. ދި އިސްލާމުން މިކަމަށް ފާޑުނުކީމަ ވަރައް ދެރަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

 39. މިހާރު އަޅުގަނޑަށް އޮޅިއްޖެ އަންނި އާ ވަހީދުގެ ތެރެއިން ލާދީނީ ކާކުކަމެއް
  ފުލުހުންނާއި ސިފައިންނަށް މި ލާދީނީ ވަހީދުގެ ވެރިކަން ނިމުމަކަށް ގެނައުމަށް ގޮވާލަން

 40. ހުސްދެރަކަންތަން ކުރާ ސަރުކާރެއް މީ…ބައެއް މީހުންނަށް ގަބޫލްކުރަން އުދަގޫވަނީ..ހަގީގަތަކީ މިއީ،،

 41. ޣައިރު މުސްލިމުންނާ މުސްލިމުންނާ އޮންނަންޖެހޭ ގުޅުންތައް ދިރާސާކޮށް ބެލުމަށް ދަންނަނަވަން. ޣައިރު މުސްލިމުންނަށްވެސް އިޙްތިރާމް ކުރަންޖެހޭނެ. އެމީހުންވެސް ރަގަޅު ކަމެއް ކޮށްފަ އޮތްނަމަ އެކަމެއް ފާހަގަކޮށް އިޙްތިރާމް ކުރުމުން އިސްާމްދީން ދެކެ ލޯބިވެ އެދީނަށް ޝައުގުވެރިކަން އުފެދޭނެ. އެއާޚިލާފަށް ހަރުކަށިކޮން ޢަމަލުކުރުމުން ދީނަށް ނަފްރަތު ކުރާނެ. އެއީ އިސްލާމްދީން އެދޭ އަދި އެދީނުގެ ތަޢާލީމްތަކާ ޚިލާފް ކަމެއެއް.
  ރަވީ ޝަން ކަރާ ބައްދަލުކޮށް އޭނާއަށް އިޙްތިރާމް ކުރުން މައްސަލައެއްނޫން. ނަމަވެސް މި ދީނަށް “ޕިއްލޭ” ފަދައިން މަލާމާތްކޮށް ޙައްދުތަކާ ދެކޮޅަށް ވާހަކަ ދައްކާ ހަދައިފިނަމަ ހަގުމައްޗަށް ކީއްކުރަންތޯ ކުރިމައްޗަށްވެސް އަޅުގަނޑުވެސް ނިކުންންނާނަން. އަދި އެ ވާހަކަތައް ބަލައިގަނެ އެކަމަށް މަރުހަބާ ކިޔައިފިނަމަ، ވަހީދާ ދެކޮޅަށް ނިކުނަނަންވެސް ޖެހޭނެ.

 42. ސާބަސްވާ އެކަމަކު……… ޕިސްޕިސްޕިސް…. އަންނި މީ އެކަމް އެންމެ ގޯސް މީހާ މިމީހުންގެ ނަޒަރުގަ،،،،، އެކަމް ބަލާބަ މިވަހީދު މިކުރާ ކަންތައްތައް،،،،،،،،،،،،،،،، ކޮން އިންސާނިއްޔަތެއް،،،، ހިންދޫ ދީނުގަ ހުރެގެން އޭނަ އެޖަހާ ސަކަރާތަށް ކިޔަންވީ ހަމަ އިންސާނިއްޔަތޭތަ؟ ކިތަށް މީހުން މަގުއޮޅުވާނީ އެހެން ހުރެގެން،،،،،،،،،،،،،،،،،،،، ކޮން އެވޯޑެއް ދޭކަށް؟ ކޮންހަފްލާއެއްބާއްވާކަށް،،،،،،،،،،،،،،، ރާއްޖެތެރޭގަ ތިބި ފަޤީރުންނަށް މުލިއާގޭގަ ހަފްލާއެއް ނުބޭއްވުނަސް މާލޭގަ އުލޭ ފަޤީރުން ކޮޅަށް މުލިއާގޭގަ ހަފަލާއެއްބޭއްވި ނަމަވެސް ކީއްތަވާނީ؟ ޝަންކަރަށް ތިވަރަށް އިޙްތިރާމް ނުކޮށް ހާލުގަ އުޅޭމީހުންނަށް ހަފްލާއެއްބޭއްވިނަމަ ގައިމުވެސް ތިޔަ ހަރަދުގަ މާގިނަ މީހުންނަށް ބައިވެރިވެވުނީސް،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،،

 43. އެހެން ދީންތަކުގެ މީހުއްނަށްވެސް އިހްތިރާމް ކުރުމަކީ ކުރަންޖެހޭ ކަމެއް … އިސްލާމްދީނަނީ އެއްމެހާ ރިވެތި އުސޫލްތަކަށް މަގު ދައްކާދީން. ތިބުނަނީ އިސްލާމުން ނޫން އެހެން މީހުއްނަށް ދިރިހުރުމުގެ ހައްޤުވެސް ނެތޫތަ މަ ހަމަ އަޖާއިބުހީވޭ. އެއްމެ މުހިއްމު ކަމަކީ އެމީހެއްގެ އަޤީދާ ވަރުގަދަ ކުރުން …

 44. މިދުވަސްކޮޅު މުހިއްމު ވާނީ އިންޑިއާއަށް ވައިޖެހުން.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!