ދުޢާ ކުރުން އެންމެ ރަގަޅު ވަގުތަކީ ކޮބައިތޯ؟

 

ސުވާލު:
ދުޢާ ކުރުން އެންމެ ރަގަޅު ވަގުތަކީ ކޮބައިތޯ؟

ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ކޮންމެ ކަމަކަށް އެދި ނަމަވެސް ދުޢާ ކުރުމަކީ އިސްލާމްދީނުގައި އައިސްފައިވާ ކަމެކެވެ. ﷲ ވަޙީ ކުރައްވަނީ މިފަދައިންނެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ) البقرة/186. މާނައީ: “އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ”.

އެހެންކަމުން އެމީހަކު ބޭނުން ކޮންމެ ކަމަކަށް އެދި ދަންނަވަންވީއެވެ. ދިވެހި ބަހުން ދެންނެވި ނަމަވެސް، އެހެންބަހަކުން ދެންނެވިނަމަވެސް ﷲ މޮޅަށް ދެނެވޮޑިގެންވެއެވެ. ޢަރަބި ބަހުން ދުޢާ ކުރުން ލާޒިމެއް ނޫނެވެ.

ވުމާއި އެކު ދުޢާ އިޖާބަކުރައްވާ ވަގުތާއި ތަންތަން ދެެނެ ގަތުމަކީ މުހިއްމު ކަމެއްކަމުގައި ދެކި ކުރުގޮތަކަށް އޭގެ ތެރެއިން ބައެއް ބަޔާން ކުރެވޭތޯ ބަލާނަމެވެ. وبالله التوفيق.

1. ލައިލަތުލް ގަދްރި ވިލޭރޭ، فَقَدْ وَرَدَ عَنِ النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ أَنَّهُ قَالَ لِعَائِشَةَ لَمَّا قَالَتْ لَهُ : أَرَأَيْتَ إِنْ عَلِمْتُ أَيُّ لَيْلَةٍ لَيْلَةُ الْقَدْرِ ، مَا أَقُوْلُ فِيْهَا ؟ قَالَ : قُوْلِيْ ” اَللَّهُمَّ إِنَّكَ عَفُوٌّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ”، ޢާއިޝާ-ރަޟިޔަﷲ ޢަންހާ- ކީރިތި ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހުން ސުވާލު ދެންނެވިއެވެ. ލައިލަތުލް ގަދްރި ވިލޭރެ އާއި ބައްދަލު ވެއްޖެނަމަ ކިޔަންވީ ކޮން ދުޢާ އެއްތޯއެވެ؟ ޙދީޘް ކުރެއްވިއެވެ. ވިދާޅުވާށެވެ. “اَللَّهُمَّ إِنَّكَ عَفُوُّ تُحِبُّ الْعَفْوَ فَاعْفُ عَنِّيْ”. މާނައަކީ:”ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ހަމަކަށަވަރުން އިބައިލާހީ ޢަފޫކުރެއްވުމަށް ލޯބިކުރައްވާ ޢަފޫވަންތަ އިލާހެވެ. މިއަޅާގެ ކުށްފާފަތައް މާފްކޮށްދެއްވާފާންދޭވެ”.

 

2. ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން، “يَنْزِلُ رَبُّنَا كُلَّ لَيْلَةٍ إِلَى السَّمَاءِ الدُّنْيَا، حِيْنَ يَبْقَى ثُلُثُ اللَّيْلِ الْأَخِيْرِ، فَيَقُوْلُ: مَنْ يَّدْعُوْنِيْ فَأَسْتَجِيْبَ لَهُ، مَنْ يَّسْأَلُنِيْ فَأُعْطِيَهُ، مَنْ يَّسْتَغْفِرُنِيْ فَأَغْفِرَ لَهُ، حَتَّى يَطْلُعَ الْفَجْرُ” މާނައަކީ: “ކޮންމެ ރެއެއްގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށް ފައިބައިވަޑައިގެން ބަސްވަޙީ ކުރައްވާނެއެވެ. “ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ. އެމީހެއްގެ ދުޢާ އިޖާބަ ކުރައްވާނަމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ. އެމީހަކަށް އެކަމެއް ދެއްވާނަމެވެ. ފާފަ ފުއްސެވުން އެދި ތިމަން ﷲ ގެ ޙަޟްރަތަށް ދަންނަވަނީ ކާކުތޯއެވެ. އެމީހެއްގެ ފާފަ ފުއްސަވައި ދެއްވާނަމެވެ، އެގޮތުގައި ފަތިސްވަންދެން ދެމި ހުންނަވައެވެ”.

 

3. ފަރްޟުނަމާދު ތަކަށްފަހުގައި، عَنْ أَبِيْ أُمَامَةَ ” قِيْلَ يَا رَسُوْلَ اللهِ أَيُّ الدُّعَاءِ أَسْمَعُ؟ قَالَ جَوْفُ اللَّيْلِ الْآخِرِ ، وَدُبُرَ الصَّلَوَاتِ الْمَكْتُوْبَاتِ ” މާނައަކީ: އަބޫއުމާމާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އަށް ދެންނެވުނެވެ. “ﷲ ގެ ޙަޟްރަތުގައި އެނެްމެ އައްސަވާވޮޑިގަތުން ބޮޑީ ކޮންގަޑިއެއްގައި ކުރާ ދުޢާ އެއް ތޯއެވެ؟”، ޙަދީޘް ކުރެއްވިއެވެ. ” ރޭގަނޑުގެ ފަހުބައިގައްޔާއި، ފަރުޟު ނަމާދު ތަކަށްފަހުގައި ކުރާ ދުޢާ އެވެ”.

 

4. ފަރްޟު ނަމާދުތަކަށް ބަންގި ގޮވާ ގަޑި، އަދި ހަނގުރާމައިގެ މައިދާނުގައި ލަޝްކަރު ބައްދަލުވާ ގަޑި، “ثِنْتَانِ لَا تُرَدَّانِ ، أَوْ قَلَّمَا تُرَدَّانِ، الدُّعَاءُ عِنْدَ النِّدَاءِ وَعِنْدَ الْبَأْسِ حِيْنَ يَلْحَمُ بَعْضُهُمْ بَعْضًا” “މާނައަކީ: ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. “ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ނުވަތަ މަދުން ނޫނީ ރައްދު ނުކުރެވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ލަޝްކަރުބައްދަލުވާ ގަޑީގައި ކުރާ ދުޢާ އެވެ”.

 

5. ވާރޭވެހޭ ގަޑީ ގައި ކުރާ ދުޢާ، “ثِنْتَانِ مَا تُرَدَّانِ : ( اَلدُّعَاءُ عِنْدَ النِّدَاءِ وَتَحْتَ الْمَطَرِ ( ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. “ދެކަމެއް ރައްދުކުރެވިގެން ނުވެއެވެ. ބަންގިގޮވާ ގަޑީގައި ކުރާ ދުޢާ އާއި ވާރޭވެހޭ ގަޑީގައި ކުރާ ދުޢާ އެވެ”.

 

6. ރޭގަނޑުގެ ކޮންމެވެސް ވަގުތެއް، “إِنَّ فِيْ اللَّيْلِ سَاعَةً لَّا يُوَافِقُهَا مُسْلِمٌ يَّسْأَلُ خَيْرًا مِّنْ أَمْرِ الدُّنْيَا وَالْآخِرَةِ إِلَّا أَعْطَاهُ إِيَّاهُ وَذَلِكَ كُلَّ لَيْلَةٍ” މާނައަކީ: “ރޭގަނޑުގައި ވަގުތެއްވެއެވެ. ދުނިޔެ އާއި އާޚީރަތުގެ ހެވަށްއެދި މުސްލިމަކު އެވަގުތުގައި ދަންނަވައިފިނަމަ މާތް ﷲ އެކަމެއް ދެއްވާނެއެވެ. އެގޮތުގައި ކޮންމެ ރެެއަކުވެސް ވޮޑިގެންވެއެވެ”. މާނައަކީ ކޮންމެ ރެއަކުވެސް އެވަގުތު ކޮޅެއްވެއެވެ.

 

7. ހުކުރު ދުވަހުގެ ވަގުތުކޮޅެއް، فَقَدْ ذَكَرَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَوْمَ الْجُمُعَةِ فَقَالَ : “فِيْهِ سَاعَةٌ لَّا يُوَافِقُهَا عَبْدٌ مُّسْلِمٌ قَائِمٌ يُّصَلِّيْ يَسْأَلُ اللهَ تَعَالَى شَيْئًا إِلَّا أَعْطَاهُ إِيَّاهُ”. މާނައަކީ: ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހުކުރު ދުވަހާއި ގުޅޭ ގޮތުން ޙަދީޘް ކުރެއްވިއެވެ. “އެދުވަހުގައި ވަގުތުކޮޅެއްވެއެވެ. އެވަގުތުގައި މުސްލިމަކު ތެދުވެހުރެ ކަމަކަށް އެދި މާތްﷲ އަށް ދުޢާކޮށްފިނަމަ އެކަމެއް ފުއްދަވައިދެއްވާނެއެވެ”. ދެންެއެކަލޭގެފާނުގެ އިގިލިކޮޅުން އެވަގުތުކޮޅުގެ ކުރުކަމަށް އިޝާރާތް ކުރެއްވިއެވެ.

 

8. ޒަމްޒަމް ފެންބޯގަޑީގައި، ” مَاءُ زَمْزَمْ لِمَا شُرِبَ لَهُ ” މާނައަކީ: “ޒަމްޒަމް ފެންވަނީ އެބުއި ކަމަކަށެވެ”. މާނައަކީ ޒަމްޒަަމް ފެންބޮމުން އެދުނު ކަމެއް ފުއްދަވައި ދެއްވާނެއެވެ.

 

9. ސަޖިދާގައި އޮންނަ ވަގުތު، “أَقْرَبُ مَا يَكُوْنُ الْعَبْدُ مِنْ رَّبِّهِ وَهُوَ سَاجِدٌ فَأَكْثِرُوْا الدُّعَاءَ “މާނައަކީ: “އަޅާ އާއި ﷲ އެންމެ ކުއްތަންވާނީ ސަޖިދާގައި އޮންނަ ވަގުތުގައެވެ. އެވަގުތުގައި ދުޢާ ކުރުން ގިނަކުރާށެވެ”.

ނޯޓް: ނަމާދު ތެރޭގައި ސަޖިދާގައި ދުޢާ ކުރާނަމަ ކުރަންވާނީ ޢަރަބި ބަހުންނެވެ. ހަމައެހެންމެ، ފަރްޟު ނަމާދެއްގައި ވާރިދު ދުޢާ އެއް ނޫން ދުޢާ އެއް ނުކިޔޭނެއެވެ. ނަމަވެސް ސުންނަތް ނަމާދެއް ނަމަ ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ޛިކުރު ކިޔާ ނިމުމަށްފަހުގައި ބޭނުން ދުޢާ އެއް ކުރެވިދާނެއެވެ. އެހެންނަމަވެސް ޢަރަބި ބަހުންނެވެ.

 

· ސަޖިދާގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާތައް ހިމަނައިލާނަމެވެ.

1. سُبْحَانَ رَبِّيَ الْأَعْلَى (ތިން ފަހަރު)

2. سُبْحَانَكَ اَلَّلهُمَّ رَبَّنَا وَبِحَمْدِكَ، اَلَّلهُمَّ اغْفِرْ لِيْ

3. سُبُّوْحٌ قُدُّوْسٌ رَّبُّ الْمَلَائِكَةِ وَالرُّوْحِ

4. اَللَّهُمَّ لَكَ سَجَدْتُّ، وَبِكَ آمَنْتُ، وَلَكَ أَسْلَمْتُ، سَجَدَ وَجْهِيْ لِلَّذِيْ خَلَقَهُ، وَصَوَّرَهُ، وَشَقَّ سَمْعَهُ وَبَصَرَهُ، تَبَارَكَ اللهُ أَحْسَنُ الْخَاِلِقِيْنَ

5. سُبْحَانَ ذِيْ الْجَبَرُوْتِ وَالْمَلَكُوْتِ وَاْلكِبْرِيَاءِ وَالْعَظَمَةِ

6. اَللَّهُمَّ اغْفِرْ لِيْ ذَنْبِيْ كُلَّهُ، دِقَّهُ وَجِلَّهُ، وَأَوَّلَهُ وَآخِرَهُ وَعَلَانِيَّتَهُ وَسِرَّهُ

 

10. ހެނދުނު ހާ ގޮވާގަޑި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ” إِذَا سَمِعْتُمْ صِيَاحَ الدِّيْكَةِ فَاسْأَلُوْا اللهَ مِنْ فَضْلِهِ ، فَإِنَّهَا رَأَتْ مَلَكًا “މާނައަކީ: “ތިޔަބައިމީހުންނަށް ހާ ގޮވާއަޑު އިވިއްޖެނަމަ އޭގެ މާތްކަން ލިބިގަތުމަށް ދުޢާކުރާާށެވެ. ހަމަކަށަވަރުން އެތަކެތި އެގޮވަނީ މަލާއިކަތަކު ފެނިގެންނެވެ”.

11. ” لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ”، މާނައަކީ “ޙައްގުވެގެން އަޅުކަންވެވޭފަރާތެއް ﷲ މެނުވީ ނުވެއެވެ. އިބަ ﷲ ގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން މިއަޅާވަނީ އަނިޔާވެރީންގެ ތެރެއިންނެވެ”، މިފަދައިން ދުޢާ ކުރާ ހިނދުގައި، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ” دَعْوَةُ ذِيْ النُّوْنِ إِذْ دَعَا بِهَا وَهُوَ فِيْ بَطْنِ الْحُوْتِ : لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ ، لَمْ يَدَعْ بِهَا رَجُلٌ مُّسْلِمٌ فِيْ شَيْءٍ قَطُّ إِلَّا اسْتَجَابَ اللهُ لَهُ “މާނައަކީ: “ޛިއްނޫން (ޔޫނުސް ޢަލައިހިއްސަލާމް) މަހުގެ ބަނޑުތެރޭގައި އޮންނަވައިގެން ” لَا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ” އޭ ވިދާޅުވެ ދުޢާކުރެއްވިއެވެ. މުސްލިމަކު އެއްވެސް ކަމަކަށް އެދި މިފަދައިން ދުޢާކޮަށްފިނަމަ މާތް ﷲ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާނެއެވެ”.

މިޙާދިޘާ އަށް އިޝާރާތް ކުރައްވާ ކީރިތި ގުރްއާނުގެ އަލްއަންބިޔާ ސޫރަތުގެ 87 އަދި 88 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.( وَذَا النُّوْنِ إِذْ ذَّهَبَ مُغَاضِباً فَظَنَّ أَنْ لَّنْ نَّقْدِرَ عَلَيْهِ فَنَادَى فِيْ الظُّلُمَاتِ أَنْ لَّا إِلَهَ إِلَّا أَنْتَ سُبْحَانَكَ إِنِّيْ كُنْتُ مِنَ الظَّالِمِيْنَ فَاسْتَجَبْنَا لَهُ وَنَجَّيْنَاهُ مِنَ الْغَمِّ وَكَذَلِكَ نُنْجِيْ الْمُؤْمِنِيْنَ ) މާނައަކީ: “އަދި ޛައްނޫނި (ޔޫނުސް ޢަލައިހިއްސަލާމް) އެކަލޭގެފާނުގެ ގައުމުގެ މީހުންދެކެ ކޯފާވެގެން ވަޑައިގަތްހިނދު އަދި އެކަލޭގެފާނުގެ މައްޗަށް ތިމަން ﷲ ގެ ކުޅަދުންވަންތަވެގެން ނުވާ ކަމަށް ހީކުރެއްވިހިނދު ތިމަން ﷲ އިރާދަކުރެއްވި ގޮތަށް ބޮޑުމަހެއްގެ ތެރޭގައި ބަންދުވިއެވެ. ދެންފަހެ، އަނދިރިތަކުގެ ތެރެއިން އެކަލޭގެފާނު ނިދާކުރައްވައި ވިދާޅުވިއެވެ. އިބަ އިލާހު ފިޔަވައި ޙައްގުވެގެން އަޅުކަންވެވޭ އިލާހަކު ނުވެއެވެ. އިބަ އިލާހުގެ ހުސްޠާހިރުވަންތަކަމާއެވެ. ހަމަކަށަވަރުން ތިމަންކަލޭގެފާނުވީ އަނިޔާވެރިންގެ ތެރެއިންނެވެ. ދެންފަހެ ތިމަން ﷲ އެކަލޭގެފާނަށް އިޖާބަދެއްވައި ހިތާމަ އާއި ދެރައިން އެކަލޭގެފާނު ނަޖާކުރެއްވީމެވެ. އަދި އީމާންވި މީހުން ތިމަން ﷲ މިންޖު ކުރައްވަނި އެފަދައިންނެވެ”.

މިއާޔަތުގެ ޝަރަޙާގައި އަލްއިމާމް އަލްގުރްޠުބީ-ރަޙިމަހުﷲ- ވިދާޅުވިއެވެ. ” ދުޢާ އިޖާބަވުމުގެ ޝަރްޠެއްގެ ގޮތުގައި ޔޫނުސް ޢަލައިހިއްސަލާމް ދުޢާ ކުރެއްވިފަދައިން ދުޢާކުރުން މިވަނީ ލައްވާފައެވެ. އެފަދައިން ދުޢާކޮށްފިނަމަ ދުޢާ އިޖާބަކުރައްވާ، ދިމާވެގެން އުޅޭ ދަތި އުނދަގޫ ކަންތަކުން ސަލާމަތް ކުރައްވާނެކަން މިވަނީ އަންގަވާފައެވެ”.

12. މުޞީބާތެއް މެދުވެރިވާ ހިނދުގައި (إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا) މާނައަކީ: “ހަމަކަށަވަރުން އަހަރުމެންވަނީ ﷲ އަށެވެ. އަދި އަހަރުމެން އެނބުރިދިއުންވެސް ވަނީ ﷲ ގެ ޙަޟްރަތަށެވެ. ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް މެދުވެރިވި މުޞީބާތުން މިއަޅާ ސަލާމަތް ކުރައްވާފާންދޭވެ. އަދި މިޔަށްވުރެ ހެޔޮ ރަގަޅު ކަމެއް މިއަޅާ އަށް ދެއްވާ ފާންދޭވެ”، عَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا أَنَّهَا قَالَتْ: سَمِعْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ يَقُوْلُ : “مَا مِنْ مُسْلِمٍ تُصِيْبُهُ مُصِيْبَةٌ فَيَقُوْلُ مَا أَمَرَهُ اللهُ : إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْرًا مِّنْهَا إِلَّا أَخْلَفَ اللهُ لَهُ خَيْرًا مِّنْهَا” މާނައަކީ: އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ގެ ކިބައިން ރިވާ ވެގެންވެއެވެ. ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވި އަޑު ތިމަން ކަމަނާ އެއްސެވީމެވެ. “މުސްލިމަކަށް މުޞީބާތެއް މެދުވެރިވާ ހިނދުގައި “إِنَّا لِلّهِ وَإِنَّا إِلَيْهِ رَاجِعُوْنَ اَللَّهُمَّ أَجِرْنِيْ فِيْ مُصِيْبَتِيْ وَأَخْلِفْ لِيْ خَيْراً مِّنْهَا” މިފަދައިން ކިޔައިފި ނަމަ މާތް ﷲ އެއަށް ވުރެ ރަގަޅު ގޮތެއް އެމީހަކަށް މެދުވެރިކޮށްދެއްވަތެވެ.

 

13. މައްޔިތާގެ ފުރާނަ ދާ ހިނދުގައި މީސްތަކުން ކުރާ ދުޢާ، فَفِيْ الْحَدِيْثِ أَنَّ النَّبِيَّ صَلَّى اللهُ عَلَيْهِ وَسَلَّمَ دَخَلَ عَلَى أَبِيْ سَلَمَةَ وَقَدْ شَقَّ بَصَرَهُ فَأَغْمَضَهُ ثُمَّ قَالَ : ” إِنَّ الرُّوْحَ إِذَا قُبِضَ تَبِعَهُ الْبَصَرُ ، فَضَجَّ نَاسٌ مِّنْ أَهْلِهِ فَقَالَ : لَا تَدْعُوْا عَلَى أَنْفُسِكُمْ إِلَّا بِخَيْرٍ ؛ فَإِنَّ الْمَلَائِكَةَ يُؤَمِّنُوْنَ عَلَى مَا تَقُوْلُوْنَ “މާނައަކީ: ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކިބައިން ރިވާވެގެންވެއެވެ. އެކަލޭގެފާނު އަބޫސަލަމާ އަވަހާރަވެފައިވަނިކޮށް ވަޑައިގެންނެވި އިރުގައި އެކަލޭގެފާނުގެ ލޯފުޅުވަނީ ހަރުވެފައެވެ. އެހިނދު ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެކަލޭގެފާނުގެ ލޯފުޅު މަރުއްވާލެއްވިއެވެ، އަދި ޙަދީޘް ކުރެއްވިއެވެ. ފުރާނަގޮސްފިނަމަ ލޮލުގެ ފެނުންވެސް އެޔާ ތަބާވެއެވެ. އެހިނދު އަބޫސަލަމާ-ރަޟިޔަﷲ ޢަންހު- ގެ އަހްލުވެރިނގެ ތެރެއިންބަޔަކު ހަޅޭއްލަވައިގަތުމުން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ތިޔަބައިމީހުންގެ އަމިއްލަ ނަފްސުގެ މައްޗަށް ހެޔޮކަމަކަށް މެނުވީ ދުޢާ ނުކުރާހުށިކަމެވެ. ތިޔަބައިމީހުންގެ ދުޢާ އަށް މަލާއިކަތް ބޭކަލުން އާމީން ކިޔުއްވައެވެ”.

14. ބަލިމީހުންގެ ކައިރި އަށް ޒިޔާރަތް ކުރާ ހިނދުގައި ކުރާ ދުޢާ، عَنْ أُمِّ سَلَمَةَ رَضِيَ اللهُ عَنْهَا قَالَتْ: قَالَ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ: “إِذَا حَضَرْتُمُ الْمَرِيْضَ فَقُوْلُوْا خَيْرًا فَإِنَّ الْمَلَائِكَةَ يُؤَمِّنُوْنَ عَلَى مَا تَقُوْلُوْنَ .. قَالَتْ : فَلَمَّا مَاتَ أَبُوْ سَلَمَةَ أَتَيْتُ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ فَقُلْت ُ: إِنَّ أَبَا سَلَمَةَ قَدْ مَاتَ، فَقَالَ لِيْ : قُوْلِيْ : اَللَّهُمَّ اغْفِرْ لِيْ وَلَهُ وَأَعْقِبْنِيْ مِنْهُ عُقْبًى حَسَنَةً ” قَالَتْ : فَقُلْتُ فَأَعْقَبَنِيْ اللهُ مَنْ هُوَ خَيْرٌ لِّيْ مِنْهُ ، مُحَمَّدًا صَلَّى اللهُ عَلَيْهِ وَسَلَّمَ” .މާނައަކީ: އުންމު ސަލަމާ-ރަޟިޔަ ﷲ ޢަންހާ- ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ތިޔަބައިމީހުން ބަލިމީހެއްގެ ކައިރި އަށް ޒިޔާރަތްކޮށްފިނަމަ ހެޔޮބަހެއް ނޫނީ ނުބުނާ ހުށިކަމެވެ. ހަމަކަށަވަރުން މަލާއިކަތްބޭކަލުން ތިޔަބައިމީހުން ދައްކާ ވާހަކައަށް އާމީން ވިދާޅުވެއެވެ”. އުންމު ސަލަމާ-ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. އަބޫސަލަމާ- ރަޟިޔަﷲ ޢަންހު- އަވަހާރަވީ ހިނދުގައި ތިމަންކަމަނާ ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ އަރިހަށް ގޮސް އެޚަބަރު ދިނީމެވެ. އެހިނދު ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ކަމަނާ ވިދާޅުވާށެވެ. “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ތިމަންނާގެ ފާފައާއި އޭނާގެ ފާފަ ފުއްސަވާދެއްވާފާންދޭވެ. އަދި އޭނާ އަށް ވުރެ ހެޔޮމީހަކު ދެއްވާފާންދޭވެ”. އުންމު ސަލަމާ- ރަޟިޔަﷲ ޢަންހާ- ވިދާޅުވިއެވެ. މާތް ﷲ ތިމަން ކަމަނާ އަށް އެޔަށްވުރެ ހެޔޮގޮތް މެދުވެރިކޮށްދެއްވިއެވެ. މާތް ﷲ ތިމަންކަމަނާ އަށް މުޙައްމަދު-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ދެއްވިއެވެ.

 

15. އަނިޔާ ލިބުނު މީހާގެ ދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ” وَاتَّقِ دَعْوَةَ الْمَظْلُوْمِ فَإِنَّهُ لَيْسَ بَيْنَهَا وَبَيْنَ اللهِ حِجَابٌ “މާނައަކީ: “ތިޔަބައިމީހުން އަނިޔާލިބުނުމީހާގެ ދުޢާ އިން ރައްކާތެރިވާށެވެ. ހަމަކަށަވަރުން އަނިޔާލިބުނުމީހާގެ ދުޢާ އާއި ﷲ އާއި ދެމެދު ޙިޖާބެއް (ފަރުދާ) އެއް ނުވެއެވެ”.

އަދިވެސް އެހެން ޙަދީޘެއްގައި އައިސްފައިވެއެވެ. ” دَعْوَةُ الْمَظْلُوْمِ مُسْتَجَابَةٌ وَإِنْ كَانَ فَاجِرًا ؛ فَفُجُوْرُهُ عَلَى نَفْسِهِ “މާނައަކީ: “އަނިޔާލިބުނު މީހަކީ ފާޖިރެއް ކަމުގައިވީނަމަވެސް އޭނަގެ ދުޢާ އަކީ މުސްތަޖާބު (އިޖާބަކުރައްވަނި) ދުޢާ އެކެވެ. އޭނާގެ ފާޖިރުކަން އޮތީ އޭނާގެ އަމިއްލަ ނަފްސުގެ މައްޗަށެވެ”.

 

16. ބައްޕަ އަކު ދަރިފުޅަށްޓަކައި ހެވެއް އެދިގެން ކޮށްދޭ ދުޢާ، ރޯދަވެރިޔާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަދީޘް ކުރެއްވިއެވެ. ” ثَلَاثُ دَعَوَاتٍ لَّا تُرَدُّ : دَعْوَةُ الْوَالِدِ لِوَلَدِهِ ، وَدَعْوَةُ الصَّائِمِ وَدَعْوَةُ الْمُسَافِرِ ” މާނައަކީ: ތިންމީހެއްގެ ދުޢާ މާތް ﷲ ރައްދު ނުކުރައްވައެވެ. ބައްޕަ އަކު ދަރިފުޅަށް ޓަކައި ކޮށްދޭ ދުޢާ، އަދި ރޯދަވެރިޔާގެ ދުޢާ، އަދި ދަތުރުވެރިޔާގެ ދުޢާ”.

 

17. ބައްޕަޔަކު ދަރިފުޅުގެ މައްޗަށް ކުރާ ދުޢާ، (ދަރިފުޅަށް ގެއްލުމެއް ދެއްވުން އެދި ކުރާ ބަދު ދުޢާ)، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. ” ثَلَاثُ دَعَوَاتٍ مُّسْتَجَابَةٍ : دَعْوَةُ الْمَظْلُوْمِ ، وَدَعْوَةُ الْمُسَاِفرِ ، وَدَعْوَةُ الْوَاِلِد عَلَى وَلَدِهِ ” މާނައަކީ: “ތިންމީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަނިޔާލިބިފައިވާ މީހާގެ ދުޢާ، ދަތުރުވެރިޔާގެ ދުޢާ، ބައްޕަ އަކު ދަރިފުޅުގެ މައްޗަށް ކުރާ ބަދު ދުޢާ”.

 

18. ޞާލިޙް ދަރިޔަކު ބައްޕަ އަށް ޓަކައި ކުރ ހެޔޮދުޢާ، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. إِذَا مَاتَ ابْنُ آدَمَ انْقَطَعَ عَمَلُهُ إِلَّا مِنْ ثَلَاثٍ : صَدَقَةٌ جَارِيَةٌ ، أَوْ وَلَدٌ صَالِحٌ يَّدْعُوْ لَهُ أَوْ عِلْمٌ يُّتْفَعُ بِهِ ( މާނައަކީ: “އާދަމުގެ ދަރިޔާ މަރުވުމަށްފަހުގައި ތިންކަމަކުން މެނުވީ އޭނާގެ ޢަމަލުތައް ހުއްޓިގެންދެއެވެ. ދެމިހުންނަނިވި ޞަދަގާތެއް، ދުޢާކޮށްދޭނެ ޞާލިހް ދަރިއެއް، ފައިދާކުރަނިވި ޢިލްމެއް”.

19. މެންދުރުނަމާދު ވަގުތުވަދެ ނަމާދު ކުރުމާއި ދެމެދުގައިވާ ވަގުތު، فَعَنْ عَبْدِ اللهِ بِنْ السَّائِبِ – رَضِيَ اللهُ عَنْهُ- أَنَّ رَسُوْلَ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ كَانَ يُصَلِّيْ أَرْبَعًا بَعْدَ أَنْ تَزُوْلَ الشَّمْسُ قَبْلَ الظُّهْرِ وَقَالَ : ” إِنَّهَا سَاعَةٌ تُفْتَحُ فِيْهَا أَبْوَابُ السَّمَاءِ وَأُحِبُّ أَنْ يَصْعَدَ لِيْ فِيْهَا عَمَلٌ صَالِحٌ ” މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުއްﷲ ބިން އައްސާއިބް ގެ ފަރާތުން ރިވާވެގެންވެއެވެ. “މެންދުރުވަގުތުވެ، ނަމާދު ކުރެއްވުމުގެ ކުރިން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ހަތަރު ރަކްޢަތް ކުރައްވައެވެ. އަދި ޙަދީޘް ކުރައްވައެވެ. “އެވަގުތަކީ އުޑުތަކުގެ ދޮރުތައް ހުޅުވޭގަޑިއެވެ. އެހެންކަމުން ހެޔޮޢަމަލެއް އުފުއްލެވުމަށް ތިމަންކަލޭގެފާނު ލޯބިކުރައްވަމެވެ”.

 

20. ރޭގަނޑުގެ ނިދިން ހޭލާގަޑިގައި ދުޢާ ކުރުން. އަދި ނިދިން ހޭލާގަޑީގައި ކިޔުމަށް ވާރިދުވެފައިވާ ދުޢާ ކިޔުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. مَنْ تَعَارَّ ( أَيْ : اِسْتَيْقَظَ ) مِنَ اللَّيْلِ فَقَالَ : ” لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلً وَلَا قُوَّةَ إِلَّا بِاللهِ ثُمَّ قَالَ : اَللَّهُمَّ اغْفِرْ لِيْ – أَوْ دَعَا – اُسْتُجِيْبَ لَهُ فَإِنْ تَوَضَّأَ وَصَلَّى قُبِلَتْ صَلَاتُهُ ” މާނައަކީ: “ރޭގަނޑުގެ ނިދިން ހޭލުމަށްފަހުގައި لَا إِلَهَ إِلَّا اللهُ وَاللهُ أَكْبَرُ وَلَا حَوْلَ وَلَا قُوَّةَ إِلَّا بِاللهِ އޭ ކިޔާ، މި އަޅާގެ ފާފަ ފުއްސަވާފާންދޭވެ، މިހެންކިޔާ ދުޢާކޮށް، ނުވަތަ އެނޫންވެސް ދުޢާ އެއް ކޮށްފި މީހެއްގެ ދުޢާ އިޖާބަ ކުރައްވާނެއެވެ. އަދި ވުޟޫކޮށްގެން ނަމާދުކޮށްފިނަމަ އެނަމާދެއް ގަބޫލުކުރައްވާނެއެވެ”.

 

ދުޢާ ކުރުމުގެ އަދަބުތައް:
1. ދުޢާ ކުރާމީހާ އަކީ ﷲ ގެ އެއްކައުވަންތަކަން ގަބޫލުކޮށްގެން ހުރިމީހަކު ކަމުގައިވުން. ސަބަބަކީ ދުޢާ އިޖާބަކުރެއްވުމުގެ ޝަރްޠުތަކުގެ ތެރޭގައި އަޅާ ﷲ އަށް ކިޔަމަންތެރިކަން އަދާކުރުން ހިމެނިގެންވެއެވެ. އަދި ކުށްފާފަތަކުން ދުރުހެލިވެގެން ހުރުން ހިމެނެއެވެ. ﷲ ވަޙީ ކުރައްވައެވެ. (وَإِذَا سَأَلَكَ عِبَادِي عَنِّي فَإِنِّي قَرِيبٌ أُجِيبُ دَعْوَةَ الدَّاعِ إِذَا دَعَانِي فَلْيَسْتَجِيبُوا لِي وَلْيُؤْمِنُوا بِي لَعَلَّهُمْ يَرْشُدُونَ ) البقرة/186. މާނައީ: “އަދި ތިމަން ﷲ ގެ ރަސްކަންފުޅާމެދު ކަލޭގެފާނުގެ އަރިހުން ތިމަން ﷲ ގެ އަޅުތަކުން ސުވާލު ދަންނަވައިފިނަމަ، ފަހެ ތިމަން ﷲއީ ކުއްތަންވެވޮޑިގެންވާ (ގާތުގައި ވޮޑިގެންވާ) ރަސްކަލާންގެއެވެ. ތިމަން ﷲ ގެ ކިބައަށް ދުޢާކޮށްފިނަމަ ދުޢާކުރާމީހާގެ ދުޢާ ތިމަން ﷲ އިޖާބަކުރައްވަމެވެ”.

 

2. ދުޢާ ކުރުމުގައި އިޚްލާޞްތެރިވުން. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَمَا أُمِرُوْا إِلَّا لِيَعْبُدُوْا اللهَ مُخْلِصِيْنَ لَهُ الدِّيْنَ حُنَفَاءَ) މާނައަކީ: “ބާޠިލްމަގުން އެއްކިބައިވެގެން ތިބެ، މާތް ﷲ ގެ ކިބައަށް އަޅުކަން ޚަލާޞް ކުރާ ޙާލު، ﷲ ގެ ކިބައަށް އަޅުކަން ކުރުމަށާއި، ނަމާދު ގާއިމް ކުރުމަށާއި، ޒަކާތް ދިނުމަށް މެނުވީ، އެބައިމީހުންނަށް އަމުރު ނުވެވެއެވެ”. (ސޫރަތުލް ބައްޔިނާ ގެ 5 ވަނަ އާޔަތް)، ދުޢާ ކުރުމަކީ އަޅުކަމެއް ކަމުގައި ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބަޔާންކޮށްދެއްވާފައިވެއެވެ. އެހެންކަމުން ދުޢާ ގަބޫލު ކުރައްވާނީ އިޚްލާޞްތެރި ވުމުންނެވެ.

 

 

3. ﷲ ގެ އިސްމުފުޅުތައް ބޭނުންކޮށްގެން ދުޢާ ކުރުން. ވަޙީ ކުރައްވާފައިވެއެވެ. (وَلِلّهِ الْأَسْمَاءُ الْحُسْنَى فَادْعُوْهُ بِهَا وَذَرُوْا الَّذِيْنَ يُلْحِدُوْنَ فِيْ أَسْمَائِهِ) މާނައަކީ: “އެންމެ މާތް، އެންމެ މަތިވެރި އިސްމުފުޅުތައް (ނަންފުޅުތައް) މާތް ﷲ އަށް ޚާއްޞަވެ މިލްކުވެވޮޑިގެންވެއެވެ. ފަހެ، އެ އިސްމުފުޅުތަކުން، ތިޔަބައިމީހުން އެކަލާނގެ ކިބައަށް ދަންނަވައި، ދުޢާ ކޮށް އުޅޭށެވެ”. (ސޫރަތުލް އަޢްރާފް ގެ 180 ވަނަ އާޔަތް).

 

4. ދުޢާ ކުރުމުގެ ކުރިން ﷲ އަށް ޘަނާ ދެންނެވުން. عَنْ فَضَالَةَ بْنِ عُبَيْدٍ رضي الله عنه قَالَ : بَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَاعِدٌ إِذْ دَخَلَ رَجُلٌ فَصَلَّى فَقَالَ : اللَّهُمَّ اغْفِرْ لِي وَارْحَمْنِي ، فَقَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( عَجِلْتَ أَيُّهَا الْمُصَلِّي ، إِذَا صَلَّيْتَ فَقَعَدْتَ فَاحْمَدْ اللَّهَ بِمَا هُوَ أَهْلُهُ ، وَصَلِّ عَلَيَّ ، ثُمَّ ادْعُهُ ) وفي رواية له : ( إِذَا صَلَّى أَحَدُكُمْ فَلْيَبْدَأْ بِتَحْمِيدِ اللَّهِ وَالثَّنَاءِ عَلَيْهِ ثُمَّ لْيُصَلِّ عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ثُمَّ لْيَدْعُ بَعْدُ بِمَا شَاءَ ) . قَالَ : ثُمَّ صَلَّى رَجُلٌ آخَرُ بَعْدَ ذَلِكَ فَحَمِدَ اللَّهَ وَصَلَّى عَلَى النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، فَقَالَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( أَيُّهَا الْمُصَلِّي ، ادْعُ تُجَبْ ). މާނައަކީ މާތް ﷲ ރުއްސުން ލެއްވި ފަޟާލަތު ބިން ޢުބައިދު ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- މިސްކިތުގައި އިށީނދެވަޑައިގެން އިންނަވަނިކޮށް މީހަކު ވަދެ ދުޢާ ކުރަން ފަށައިފިއެވެ. “ހައްދަވާ ގެންގުޅުއްވާ އިލާހެވެ، މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތްލައްވާފާންދޭވެ”، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. އޭ ދުޢާ ކުރާމީހާއެވެ. އަވަސް އަރައި ނުގަންނާށެވެ. ދުޢާ ކުރަންވީމާ އިށީނދެ، ﷲ އަށް ޙައްގުވާ ގޮތުގައި ޙަމްދުކޮށް، ތިމަންކަލޭގެފާނުގެ މައްޗަށް ޞަލަވާތް ކިޔެވުމަށްފަހުގައި ދުޢާކުރާށެވެ”. އެހެން ރިވާޔަތެއްގައި އައިސްފައިވެއެވެ. “ތިޔަބައިމީހުން ދުޢާ ކުރަން ބޭނުންވެއްޖެނަމަ ﷲ އަށް ޙަމްދު ޘަނާ ކިޔުމުން ފަށާށެވެ. އެއަށްފަހު ނަބިއްޔާގެ މައްޗަށް ސަލަވާތް ކިޔަވާށެވެ. އެއަށްފަހު އެމީހަކު ބޭނުން ދުޢާ އެއް ކުރާާާށެވެ”. އެހެންމީހަކު މިސްކިތަށް އަރާ ﷲ އަށް ޙަމްދުކޮށް ރަސޫލާގެ މައްޗަށް ޞަލަވާތްކިޔެވި ހިނދު ޙަދީޘް ކުރެއްވިއެވެ. “އޭ ދުޢާ ކުރާމީހާ އެވެ. މިހާރު ދުޢާ ކުރާށެވެ. އިޖާބަ ކުރައްވާނެއެވެ”.

5. ރަސޫލާ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުން. ޙަދީޘް ކުރައްވާފައިވެއެވެ. (كُلُّ دُعَاءٍ مَحْجُوْبٌ حَتَّى تُصَلِّيَ عَلَى النَّبِيِّ صَلَّى اللهُ عَلَيْهِ وَسَلَّمَ) މާނައަކީ: “ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ މައްޗަށް ޞަލަވާތް ކިޔެވުމަށް ދާންދެން ހުރިހާ ދުޢާ އެއްވެސް ވަނީ ހިފެހެއްޓިފައެވެ”.

6. ގިބްލަ އަށް ކުރިމަތިލުން. عن عُمَرَ بْنِ الْخَطَّابِ رضي الله عنه قَالَ : لَمَّا كَانَ يَوْمُ بَدْرٍ نَظَرَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ إِلَى الْمُشْرِكِينَ وَهُمْ أَلْفٌ وَأَصْحَابُهُ ثَلاثُ مِائَةٍ وَتِسْعَةَ عَشَرَ رَجُلا ، فَاسْتَقْبَلَ نَبِيُّ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْقِبْلَةَ ثُمَّ مَدَّ يَدَيْهِ فَجَعَلَ يَهْتِفُ بِرَبِّهِ : ( اللَّهُمَّ أَنْجِزْ لِي مَا وَعَدْتَنِي ، اللَّهُمَّ آتِ مَا وَعَدْتَنِي ، اللَّهُمَّ إِنْ تُهْلِكْ هَذِهِ الْعِصَابَةَ مِنْ أَهْلِ الإِسْلامِ لا تُعْبَدْ فِي الأَرْضِ ) فَمَا زَالَ يَهْتِفُ بِرَبِّهِ مَادًّا يَدَيْهِ مُسْتَقْبِلَ الْقِبْلَةِ حَتَّى سَقَطَ رِدَاؤُهُ عَنْ مَنْكِبَيْهِ)، މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢުމަރު ބިން އަލްޚައްޠާބް ގެ ފަރާތުން ރިވާވެގެންވެއެވެ. “ބަދުރު ހަނގުރާމައިގެ ދުވަހު މުޝްރިކުންގެ ލަޝްކަރު އެެއްހާހެވެ. އަދި އަޞްޙާބުންގެ ޢަދަދު ތިންސަތޭކަ ނަވާރައެވެ. މިތަން ފެނިވަޑައިގެން ކީރިތި ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގިބްލަ އަށް ކުރިމަތިލައްވާ، ދެއަތް މައްޗަށް ނަންގަވާ ދުޢާ ކުރައްވަން ފެއްޓެވިއެވެ. ” ހައްދަވާ ގެންގުޅުއްވާ އިލާހެވެ. މިއަޅާ އަށް އިބަ ﷲ ވަޢުދުވެލެއްވި ކަންތައްތައް ފުރިހަމަ ކޮށް ދެއްވާފާންދޭވެ. ހައްދަވައިގެންގުޅުއްވާ އިލާހެވެ. މުސްލިމުންގެ މި މަދު މީސްކޮޅު ހަލާކުވެގެން ހިނގައްޖެނަމަ މި ބިންމަތީގައި އިބަ ﷲ އަށް އަޅުކަމެއް ނުކުރެވޭނެއެވެ” ގިބްލަ އަށް ކުރިމަތިލައްވާ ދެއަތް މައްޗަށް ނަންގަވައިގެން ދުޢާ ކުރައްވަމުން ގޮސް އެކަލޭގެފާނުގެ ކޮނޑުކޮޅުގައި އޮތް ރިދާ ވެެއްޓުނެވެ”.

އިމާމް ނަވަވީ- ރަޙިމަހުﷲ ވިދާޅުވިއެވެ. “މިއިން ދޭހަވަނީ ދުޢާ ކުރުމުގައި ގިބްލައަށް ކުރިމަތިލާ، ދެއަތް މައްޗަށް ނެގުމަކީ އެދެވިގެންވާ ކަމެއް ކަމެވެ”.

 

7. ދެއަތް މައްޗަށް ނަގައިގެން ދުޢާ ކުރުން. عَنْ سَلْمَانَ رضي الله عنه قَالَ : قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ : ( إِنَّ رَبَّكُمْ تَبَارَكَ وَتَعَالَى حَيِيٌّ كَرِيمٌ يَسْتَحْيِي مِنْ عَبْدِهِ إِذَا رَفَعَ يَدَيْهِ إِلَيْهِ أَنْ يَرُدَّهُمَا صِفْرًا) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ސަލްމާނުލް ފާރިސީގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. “ހަމަކަށަވަރުން ތިޔަބައިމީހުން ހައްދަވައިގެންގުޅުއްވާ އިލާހަކީ ލަދުވެތި ދީލަތިވަންތަ އިލާހެވެ. އެކަލާނގެ އަޅުތަކުން ދެއަތް އުފުލާ ދުޢާ ކޮށްފިނަމަ ސުމަކުން ފޮނުވާލެއްވުމަށް އެކަލާނގެ ލަދުވެތިވެގަންނަވައެވެ”.

އަތްއުފުލުމުގައި ކަމަކަށް އެދި، ދަންނަވާ މީހެއްގެ ގޮތަށް، އަތުގެ ބަނޑުފުށް އުޑާވީދިމާލަށް ބަހައްޓާާށެވެ. މާތް ﷲ ރުއްސުންލެއްވި މާލިކް ބިން ޔަސާރު ގެ ކިބައިން ރިވާ ވެގެންވެއެވެ. ރަސޫލު ﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (إِذَا سَأَلْتُمْ اللَّهَ فَاسْأَلُوهُ بِبُطُونِ أَكُفِّكُمْ وَلا تَسْأَلُوهُ بِظُهُورِهَا) މާނައަކީ: “ތިޔަބައިމީހުން މާތް ﷲ އަށް ދަންނަވާނަމަ، އަތުގެ ބަނޑުފުށުން ދަންނަވާށެވެ. އަތުގެ ބޭރުފުށުން ނުދަންނަވާށެވެ”.

ދުޢާ ކުރުމުގައި ދެއަތް ބަހައްޓާނީ ކައިރި ކައިރީގައެވެ. ދެއަތް ދުރުގައި ބެހެއްޓުމަކީ ސުންނަތުން ޘާބިތުވާ ގޮތެއް ނޫނެވެ.

 

8. ދުޢާ އިޖާބަ ކުރައްވާނެކަމުގެ ޔަގީންކަން ބޭއްވުން. އަދި ދުޢާ ކުރާ އިރުގައި ހިތާއި އެކު ދުޢާ ކުރުން.(އެހެންކަމަކާއި ހިތް މަޝްޣޫލު ކޮށްގެން ނުހުރުން). ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (ادْعُوا اللَّهَ وَأَنْتُمْ مُوقِنُونَ بِالإِجَابَةِ ، وَاعْلَمُوا أَنَّ اللَّهَ لا يَسْتَجِيبُ دُعَاءً مِنْ قَلْبٍ غَافِلٍ لاهٍ) މާނައަކީ: ތިޔަބައިމީހުން ދުޢާކުރާނަމަ، އިޖާބަ ކުރައްވާނެ ކަމުގެ ޔަގީން ކަމާއި އެކުގައި ދުޢާ ކުރާާށެވެ. އަދި ދަންނާށެވެ. ހިތް ޣާފިލުވެފައިވާ، ފަރުވާލެއްނެތި ކުރާ ދުޢާ މާތް ﷲ އިޖާބަ ނުކުރައްވާނެއެވެ”.

9. ގިނަގިނައިން ދެންނެވުން، ދުނިޔެއާއި އާޚިރަތުގެ ހެވަށް އެދި ގިނަގިނައިން ތަކުރާރުކޮށް ދަންނަވަންވީއެވެ. އަދި ދުޢާ އިޖާބަ ނުކުރައްވައިގެން އަވަސް އަރައިނުގަންނަންވީއެވެ. ރަސޫލުﷲ- ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޡް ކުރެއްވިއެވެ. ( يُسْتَجَابُ لِلْعَبْدِ مَا لَمْ يَدْعُ بِإِثْمٍ أَوْ قَطِيعَةِ رَحِمٍ ، مَا لَمْ يَسْتَعْجِلْ ، قِيلَ : يَا رَسُولَ اللَّهِ ، مَا الاسْتِعْجَالُ ؟ قَالَ : يَقُولُ : قَدْ دَعَوْتُ ، وَقَدْ دَعَوْتُ ، فَلَمْ أَرَ يَسْتَجِيبُ لِي ، فَيَسْتَحْسِرُ عِنْدَ ذَلِكَ وَيَدَعُ الدُّعَاءَ) މާނައަކީ: “އަޅާ ނުބައިކަމެއް ކުރުން ދޫކޮށްނުލާހުރުން، ނުވަތަ ރަޙިމްގެ ގުޅުންކެނޑުން، ނުވަތަ އަވަސް އަރައިނުގަންނަ ކަމަށް ވަނީ ނަމަ ދުޢާ އިޖާބަ ކުރައްވާނެއެވެ. ޞަޙާބީން ދެންނެވިއެވެ. އަވަސްއަރައިގަތުމަކީ ކޮބައިތޯއެވެ. ޙަދީޘް ކުރެއްވިއެވެ. އޭނާ ބުނާނެއެވެ. ހަމަކަށަވަރުން ވަރަށް ގިނައިން ދުޢާ ކޮށްފީމެވެ. އެކެމަކު އިޖާބަ އެއް ނުކުރައްވައެވެ. ދެން އެކަމާ މާޔޫސްވެ، ދުޢާ ކުރުން ދޫކޮށްލައެވެ”.

10.ކަނޑައެޅިގެން ދެންނެވުން. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (لا يَقُولَنَّ أَحَدُكُمْ : اللَّهُمَّ اغْفِرْ لِي إِنْ شِئْتَ ، اللَّهُمَّ ارْحَمْنِي إِنْ شِئْتَ ، لِيَعْزِمْ الْمَسْأَلَةَ ، فَإِنَّ اللهَ لا مُكْرِهَ لَهُ) މާނައަކީ: އިބަ ﷲ އިރާދަކުރައްވައިފިނަމަ މިއަޅާގެ ފާފަ ފުއްސަވާ ރަޙްމަތް ލައްވާށޭ ނުބުނާށެވެ. އެދޭ ކަމެއް ކަނޑައެޅިގެން ބުނާށެވެ. ﷲ އަށް އެއްވެސް މަޖްބޫރުކަމެއް ނެތެވެ”.

11. ބިރުވެރިކަމާއި، ތަވާޟުޢުވެރިކަމާއި، ސިއްރު ގޮތުގައި ދެންނެވުން.އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: “މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ”. އަލްއަންބިޔާ ސޫރަތުގެ 90 ވަނަ އާޔަތުގައި ވަޙީ ކުރައްވައެވެ. (إِنَّهُمْ كَانُوْا يُسَارِعُوْنَ فِيْ الْخَيْرَاتِ وَيَدْعُوْنَنَا رَغَبًا وَّرَهَبًا وَّكَانُوْا لَنَا خَاشِعِيْنَ) މާނައަކީ: “އެބޭކަލުންވީ ހެޔޮކަންތައް ކުރުމަށް އަވަސްވެގަންނަ، އަދި ތިމަން ﷲ ގެ ޙަޟްރަތަށް، އެދުމާއި ބިރުވެތިކަމާއިއެކު، އަޅުކަންކުރާ ބަޔަކު ކަމުގައެވެ”.

އަލްއަޢުރާފް ސޫރަތުގެ 205 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައިވެއެވެ. (وَاذْكُرْ رَّبَّكَ فِيْ نَفْسِكَ تَضَرُّعًا وَّخِيْفَةً وَّدُوْنَ الْجَهْرِ مِنَ الْقَوْلِ بِالْغُدُوِّ وَالْآصَالِ) މާނައަކީ: “ކަލޭގެފާނުންގެ ހިތްޕުޅުން، ކަލޭގެފާނުންގެ ސާހިބުވަންތަ އިލާހު ހަނދުމަކުރައްވާށެވެ. ކިޔަމަންވެ (ނިކަމެތިވުމުގެ) ގޮތުގައެވެ. އަދި، ބިރުވެތިވުމުގެ ގޮތުގައެވެ. ބަސްބުނުމުގެ ތެރެއިން، އަޑުހަރުކުރުމަށްވުރެ މަޑުންނެވެ. ހެނދުނުގެ ވަގުތުތަކާއި، ހަވީރުގެ ވަގުތު ތަކުގައެވެ. އަދި ޣާފިލުވެގެންވާ މީހުންގެ ތެރެއިން ކަލޭގެފާނު ނުވާށެވެ”.
12. ތަކުރާރުކޮށް ތިންފަހަރު ދެންެނެވުން. عَنْ عَبْدِ اللَّهِ بْنِ مَسْعُودٍ رضي الله عنه قَالَ : ( بَيْنَمَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يُصَلِّي عِنْدَ الْبَيْتِ وَأَبُو جَهْلٍ وَأَصْحَابٌ لَهُ جُلُوسٌ وَقَدْ نُحِرَتْ جَزُورٌ بِالأَمْسِ ، فَقَالَ أَبُو جَهْلٍ : أَيُّكُمْ يَقُومُ إِلَى سَلا جَزُورِ بَنِي فُلانٍ فَيَأْخُذُهُ فَيَضَعُهُ عَلَى ظَهْرِ مُحَمَّدٍ إِذَا سَجَدَ ، فَانْبَعَثَ أَشْقَى الْقَوْمِ فَأَخَذَهُ فَلَمَّا سَجَدَ النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَضَعَهُ بَيْنَ كَتِفَيْهِ ، قَالَ : فَاسْتَضْحَكُوا وَجَعَلَ بَعْضُهُمْ يَمِيلُ عَلَى بَعْضٍ . وَأَنَا قَائِمٌ أَنْظُرُ لَوْ كَانَتْ لِي مَنَعَةٌ طَرَحْتُهُ عَنْ ظَهْرِ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ . وَالنَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ سَاجِدٌ مَا يَرْفَعُ رَأْسَهُ حَتَّى انْطَلَقَ إِنْسَانٌ فَأَخْبَرَ فَاطِمَةَ فَجَاءَتْ وَهِيَ جُوَيْرِيَةٌ فَطَرَحَتْهُ عَنْهُ ثُمَّ أَقْبَلَتْ عَلَيْهِمْ تَشْتِمُهُمْ ، فَلَمَّا قَضَى النَّبِيُّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ صَلاتَهُ رَفَعَ صَوْتَهُ ثُمَّ دَعَا عَلَيْهِمْ – وَكَانَ إِذَا دَعَا دَعَا ثَلاثًا ، وَإِذَا سأَلَ سَأَلَ ثَلاثًا – ثُمَّ قَالَ : اللَّهُمَّ عَلَيْكَ بِقُرَيْشٍ ثَلاثَ مَرَّاتٍ ، فَلَمَّا سَمِعُوا صَوْتَهُ ذَهَبَ عَنْهُمْ الضِّحْكُ وَخَافُوا دَعْوَتَهُ ، ثُمَّ قَالَ : اللَّهُمَّ عَلَيْكَ بِأَبِي جَهْلِ بْنِ هِشَامٍ وَعُتْبَةَ بْنِ رَبِيعَةَ وَشَيْبَةَ بْنِ رَبِيعَةَ وَالْوَلِيدِ بْنِ عُقْبَةَ وَأُمَيَّةَ بْنِ خَلَفٍ وَعُقْبَةَ بْنِ أَبِي مُعَيْطٍ – وَذَكَرَ السَّابِعَ وَلَمْ أَحْفَظْهُ – فَوَالَّذِي بَعَثَ مُحَمَّدًا صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِالْحَقِّ لَقَدْ رَأَيْتُ الَّذِينَ سَمَّى صَرْعَى يَوْمَ بَدْرٍ ثُمَّ سُحِبُوا إِلَى الْقَلِيبِ قَلِيبِ بَدْرٍ) މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވިއެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެފުޅު ކައިރީގައި ނަމާދަށް ހުންނެވި އެރެއްގައި އަބޫޖަހުލު އޭނާގެ ބައިވެރިން ތަކަކާއި އެކު މިސްކިތުގައި އިށީނދެގެން ތިއްބެވެ. އަދި އިއްޔެގައި ކަތިލި ޖަމަލެއްގެ ވާހަކަ ދެއްކިއެވެ. އަބޫޖަހުލު ބުންޔެވެ. އިއްޔެ ކަތިލި ޖަމަލުގެ ކަރުގޮހޮރުތައް މުޙަންމަދުގެފާނު ސަޖިދައަށް ދާގަޑީގައި އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅާލަން ކެރޭނީ ކޮން ކުއްޖަކަށް ހެެއްޔެވެ؟ ދެން އެމީހުންގެ ތެރޭގައި ހުރި އެންމެ ނުބައި ނުލަފާ މީހާ ލައްވާ އެކަރުގޮހޮރުތައް ގެނެސް، ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ސަޖިދާގައި އޮންނަވަނިކޮށް އެކަލޭގެފާނުގެ ކޮނޑުމައްޗަށް އަޅައިލައިފިއެވެ. ދެން އެބައިމީހުން އެކަކު އަނެކަކަށް ބަލަބަލާފައި ހޭންފަށައިފިއެވެ. އެހިނދު ތިމަންކަލޭގެފާނު މަންޡަރު ބަލަން އެތަނުގައި ކޮޅަށް ހުރީމެވެ. ތިމަންކަލޭގެފާނަށް އެތަކެތި ސާފުކުރެވޭނެނަމަ ރަސޫލަ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ގެ ކޮނޑުކޮޅުން އެތަކެތި އުކާލީމުހެވެ. އެތަނުން މީހަކުގޮސް ފާޠިމަތުގެފާނަށް މިޚަބަރު ދިނުމުން އެކަމަނާ އާއި ޖުވައިރިއްޔަތު ވަޑައިގެން އެތަކެތި ސާފުކުރެއްވުމަށް ދާންދެން ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ބޯފުޅު ހިއްލަވައި ނުލައްވާ ސަޖިދާގައި އޮންނެވިއެވެ. ދެން ފާޠިމަތުގެފާނު މައްކާގެ މުޝްރިކުންނާ މުޚާޠަބު ކުރައްވާ ވަރަށް އެއްޗެތި ކިޔުއްވިއެވެ. ރަސޫލުﷲ -ޞައްލަﷲ ޢަލައިހި ވަސައްލަމަ- ނަމާދުން ނިމިވަޑައިގެން އަޑުހަރުކޮށް އެބައިމީހުންގެ މައްޗަށް ބަދު ދުޢާ ކުރެއްވިއެވެ. އެކަލޭގެފާނު ބަދުދުޢާ ކުރައްވާނަމަވެސް އަދި ކަމަކަށް އެދި ދެންނެވިނަމަވެސް ތިންފަހަރު މަތިން ދަންނަވައެވެ. ދުޢާގައި ދެންނެވިއެވެ. “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ގުރައިޝުން ހަލާކު ކުރައްވާފާންދޭވެ. މިފަދައިން ތިންފަހަރު ދުޢާ ކުރެއްވިއެވެ. އިތުރު އެކަލޭގެފާނުގެ ދުޢާ ގެ އަޑު އިވުމުން މުޝްރިކުން ގެ ހިނުންގަނޑު ހުއްޓި އެބައިމީހުންގެ ހިތްތަކަށް ބިރުވެތިކަން ވަދެއްޖެއެވެ. އެކަަލޭގެފާނުގެ ދުޢާ ގައި ދެންނެވިއެވެ. “ހައްދަވާ ގެންގުޅުއްވާ އިލާހެވެ. އަބޫޖަހުލު ބިން ހިޝާމާއި، ޢުތްބާ ބިން ރަބީޢާއި، ޝައިބާ ބިން ރަބީޢާއި، ވަލީދު ބިން ޢުގްބާ، އުމައްޔާ ބިން ޚަލަފް، ޢުގްބާ ބިން އަބީ މުޢީޠު ހަލާކު ކުރައްވާފާންދޭވެ. އިބްނު މަސްޢޫދު- ރަޟިޔަﷲ ޢަންހު ވިދާޅުވިއެވެ. ހަތްވަނަ މީހެއްގެ ނަންވެސް ރަސޫލާ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ކިޔުއްވިއެވެ. ނަމަވެސް މިހާރަކު ހަނދާނެއް ނެތެވެ. މުހަންމަދުގެފާނު ޙައްގާއިގެން ފޮނުއްވި ކަލާނގެ ގަންދެއްވާ ވިދާޅުވަމެވެ. ރަސޫލުﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- އެދުވަހު ނަންކިޔުއްވި ހުރިހާ މީހުންތައް ބަދުރު ހަނގުރާމައިގެ ދުވަހުގައި ބިންމަތީ ކޭއްތި ކޭއްތި ތިއްބާ ތިމަންކަލޭގެފާނު ދެކެވަޑައިގަތީމެވެ. ދެން އެބައިމީހުން ބަދުރުގައި ކޮނެވިފައިވާ ވަޅުގަޑެއްގެ ތެރެއަށް ދަމާފައިގެންގޮސް ވައްޓާލެވުނެވެ”.
13. ލައިއުޅޭ ފޭރާމާއި ކައިއުޅޭ ކާނާ އަކީ ޙަލާލު ރަގަޅު ތަކެތި ކަމުގައި ހެދުން. އަބޫހުރައިރާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލު ﷲ-ޞައްލަﷲ ޢަލައިހި ވަސައްލަމަ- ޙަދީޘް ކުރެއްވިއެވެ. (أَيُّهَا النَّاسُ إِنَّ اللَّهَ طَيِّبٌ لا يَقْبَلُ إِلا طَيِّبًا ، وَإِنَّ اللَّهَ أَمَرَ الْمُؤْمِنِينَ بِمَا أَمَرَ بِهِ الْمُرْسَلِينَ ، فَقَالَ : ( يَا أَيُّهَا الرُّسُلُ كُلُوا مِنْ الطَّيِّبَاتِ وَاعْمَلُوا صَالِحًا إِنِّي بِمَا تَعْمَلُونَ عَلِيمٌ ) ، وَقَالَ : ( يَا أَيُّهَا الَّذِينَ آمَنُوا كُلُوا مِنْ طَيِّبَاتِ مَا رَزَقْنَاكُمْ ) ، ثُمَّ ذَكَرَ الرَّجُلَ يُطِيلُ السَّفَرَ أَشْعَثَ أَغْبَرَ يَمُدُّ يَدَيْهِ إِلَى السَّمَاءِ يَا رَبِّ يَا رَبِّ ، وَمَطْعَمُهُ حَرَامٌ ، وَمَشْرَبُهُ حَرَامٌ ، وَمَلْبَسُهُ حَرَامٌ ، وَغُذِيَ بِالْحَرَامِ ، فَأَنَّى يُسْتَجَابُ لِذَلِكَ) މާނައަކީ: “އޭ މީސްތަކުންނޭވެ. ހަމަކަށަވަރުން ﷲ އީ އެންމެ ހެޔޮވެގެންވާ އިލާހެވެ. ހެޔޮކަމެއް މެނުވީ އެކަލާނގެ ގަބޫލެއް ނުކުރައްވައެވެ. ރަސޫލުންނަށް އަމުރުކުރެއްވިފަދައިން މުއިމިނުންނަށްވެސް އަމުރުކުރެއްވިއެވެ. ވަޙީ ކުރެއްވިއެވެ. (އޭ އެންމެހައި ރަސޫލުބޭކަލުންނޭވެ. ޙަލާލު ރަގަޅު ތަކެތި ކައި ހަދާށެވެ. އަދި ޞާލިޙް ޢަމަލު ކުރާށެވެ. ހަމަކަށަވަރުން، ތިޔަބައިމީހުން ކުރާކަންތައް ތިމަން ﷲ މޮޅަށް ދެނެވޮޑިގެންވަމެވެ”. އަދިވެސް ވަޙީ ކުރައްވައެވެ. “އޭ އީމާންވެއްޖެ މީސްތަކުންނޭވެ. ތިޔަބައިމީހުންނަށ ތިމަން ﷲ ރިޒްގުކުރެއްވި ޙަލާލު ރަގަޅު ތަކެތި ކައި ހަދާާށެވެ”، އެއަށްފަހު ދިގުދަތުރެއްކޮށް، ވަރުބަލިކަމުން ބޯހޭވިފައިވާ މީހެއްގެ ވާހަކަ ބަޔާން ކުރެއްވިއެވެ. އެމީހަކު ދެއަތް މައްޗަަށް ނަގައިގެން ހުރެ ދުޢާ ކުރެއެވެ. “ހައްދަވައިގެންގުޅުއްވާ އިލާހެވެ. ހައްދަވައި ގެންގުޅުއްވާ އިލާހެވެ”، ނަމަވެސް އޭނާގެ ކާތަކެތި ޙަރާމެވެ. އަދި ބޯތަކެތިވެސް ޙަރާމެވެ. އަންނައުނު ވެސް ޙަރާމެވެ. ކައިގެން ހުރީވެސް ޙަރާމް ތަކެއްޗެވެ. އެފަދަ މީހުންގެ ދުޢާ އިޖާބަ ކުރެއްވޭނީ ކިހިނަކުންހެެއްޔެވެ؟”.
14. އަޑުހަރުކުރުމާއި ނުލައި، މަޑުމަޑުން ދުޢާ ކުރުން. އަލްއަޢުރާފް ސޫރަތުގެ 55 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވައެވެ. (اُدْعُوْا رَبَّكُمْ تَضَرُّعًا وَخُفْيَةً) މާނައަކީ: “މަޑުމޮޅިވެތިބެ އަދި ސިއްރުގޮތުގައި ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހަށް ކުއްތަންވެ ދުޢާ ކުރާށެވެ”. ޒަކަރިއްޔާ ޢަލައިހިއްސަލާމް އަށް ޘަަނާގެ ބަސްވަޙީ ކުރެއްވިއެވެ. (إِذْ نَادَى رَبَّهُ نِدَاءً خَفِيًّا)، މާނައަކީ: “އެކަލޭގެފާނުގެ އިލާހުގެ ޙަޟްރަތަށް މަޑުމަޑު އަޑަކުން ދުޢާކުޅަ ހިނދެވެ”.( ސޫރަތު މަރްޔަމް ގެ 3 ވަނަ އާޔަތް).والله أعلم

 

ޖަވާބު ދެއްވީ:
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ދުަަާަަުަވަަަ ކުރުމުގެ ކުރިނޯ ކިޔާ ދުަވާ ނޭގުނު

  2. ދުޢާ ކުރުމަށް ފަހު މޫނުގައި އަތް އެޅުމަކީ ކޮންކަހަލަ ކަމެއްތޯ؟ އަދި މޫނުގައި އަތްއެޅުމާއި ބެހޭގޮތުން ދީނުގައި ބަޔާންކޮށްފައިވާގޮތް ސާފުކޮށްދެއްވުން އެދެމެވެ. ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!