ތިލާވަތުގެ ސަޖިދަ

 

ސުވާލު:
ތިލާވަތުގެ ސަޖިދަ އަކީ ކޮބައިތޯ؟

ޖަވާބު:
الحمد لله والصلاة والسلام على رسول الله وعلى آله وصحبه، أما بعـد:
ޤުރުއާން ކިޔަވަމުންދާއިރު ސަޖިދަ ޖަހަންޖެހޭ ތަންތަނުގައި ކިޔާދުޢާ އަކީ މިއެވެ

{ سَجَدَ وَجْهِي لِلَّذِي خَلَقَهُ وَشَقَّ سَمْعَهُ وَبَصَرَهُ بِحَوْلِهِ وَقُوَّتِهِ، فَتَبَارَكَ اللَّهُ أَحْسَنُ الْخَالِقِينَ} أخرجه الترمذي وقال : حديث حسن صحيح .މާނައީ:”އެފަރާތެއްގެ ކުޅަދުންވަންތަކަމާއި، ބާރުފުޅުން މިއަޅާގެ މޫނުހައްދަވައި އެމޫނުގެ އިވުމާއި ފެނުން ހާމަކުރެއްވި ފަރާތަށް މިއަޅާގެ މޫނު ސަޖިދަކޮށްފިއެވެ. ފަހެ ﷲގެ މަތިވެރިކަމާއެވެ! އެއީ އެންމެ ރިވެތިކޮށް ހައްދަވާ ޚަލްޤުކުރައްވާ ފަރާތެވެ”.

އަދި މިދުޢާ ކުރިނަމަވެސް ރަނގަޅެވެ.

{ اللَّهُمَّ اكْتُبْ لِي بِهَا عِنْدَكَ أَجْرًا ، وَضَعْ عَنِّي بِهَا وِزْرًا ، وَاجْعَلْهَا لِي عِنْدَكَ ذُخْرًا ،وتَقْبَلْهَا مِنِّي كَمَا تقَبلْتهَا مِنْ عَبْدِكَ دَاوُدَ } حسن صحيح الترمذي މާނައީ:”އޭ ހައްދަވާބޮޑުކުރެއްވި ރަސްކަލާކޮ! މިއަޅާގެ މިސަޖިދައިގެ ސަބަބުން އިބަﷲގެ ޙަޟްރަތުގައި އަޖުރެއް ލިޔުއްވާނދޭވެ! އަދި މިސަޖިދައިގެ ސަބަބުން މިއަޅާގެ ކިބައިން ފާފަފުއްސަވާނދޭ! އަދި މިއަޅާއަށްޓަކައި ފަހަށް ރައްކާކުރެވިފައިވާ ހެޔޮޢަމަލެއްކަމުގައި މިސަޖިދަލައްވާނދޭވެ! އަދި އިބަރަސްކަލާނގެ އަޅާ ކަމުގައިވާ ދާވޫދުގެފާނު ކިބައިން މިސަޖިދަ ޤަބޫލުކުރެއްވިފަދައިން މިއަޅާގެ ކިބައިންވެސް މިސަޖިދަ ޤަބޫލުކުރައްވާނދޭވެ!”.

ޢިލްމުވެރިން އަރިހުގައި ރާޖިޙްގޮތަކީ (އެންމެ ރަނގަޅު ގޮތަކީ) ތިލާވަތުގެ ސަޖިދައިގައި ސަލާމްދޭކަށެއްނުޖެހޭނެވެ. އެއީ އެކަމާއި ބެހޭގޮތުން އެއްވެސް ދަލީލެއް ވާރިދުވެގެން އައިސްފައިނުވާތީއެވެ. އަދި ސަޖިދަ ކުރުމަށް ޓަކައި ހަށަމް ބަންނާކަށްވެސް ނުޖެހޭނެއެވެ. ސަޖިދައިގެ އާޔަތް ކިޔައިނިމުނީމާ ސަޖިދަ އަށް ތިރިވެ، އިސްވެ ބަޔާން ކުރެވުނު ދުޢާ ތަކުން ދުޢާ އެއް ކިޔުއްވީމާ ރަގަޅުވާނެއެވެ. والله أعلم.

ޖަވާބު ދެއްވީ:
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ސަޖިދަ ޖަހަން ޖެހޭ ތަންތަން ފާހަނގަ ވާނެ ގޮތަކީ ކޮބައިތޯ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!