ޗޮކޮލެޓް ސްޕޮންޖް ކޭކް

 

ބޭނުންވާ ތަކެތި

4 ބިސް
3 / 2 ޖޯޑު މުގުރި ހަކުރު
3 /2 ޖޯޑު ފުށް
2 މޭޒުމަތީ ސަމުސާ ކޮކޯ
100 ގ. ބަޓަރ ދިޔާކޮށްފައި
2 އަލުވި ( މަޑުކޮށް އަދި ހިމުންކޮށްފައި )

2 ސައިސަމްސާ ބޭކިންޕައުޑަރ

1 މަތިގަނޑު ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފުށް، ކޮކޯ، ބޭކިންޕައުޑަރ އެއްކޮށް ފުރާނާލާށެވެ. ދެން ބިހާއި ހަކުރު ކޮޅު އެއްކޮށްފައި ހަކުރު ރަނގަޅަށް ވިރެންދެން ގިރާފައި ބަޓަރވެސް އެއްކޮށްފައި އޮމާންވަނދެން ގިރަލާށެވެ. ދެން ފުށް، ކޮކޯ، ބޭކިންޕައުޑަރ އެއްކޮށް ލާށެވެ. ރަނގަޅަށް އޮމާންވަންދެން ގިރުނީމާ އަލުވި އަދި އެސެންސްވެސް އެއްކޮށްލާށެވެ. ޓްރޭގައި ބަޓަރު ހާކާފައި ޓްރޭއަށް ފުށްގަނޑު އަޅާފައި އަވަނުން ފިހެލަށެވެ.

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. Konmehen aluvi alhanjeheynetha, aluvi naalhaa hadhaanee kihineh

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!