ކުކުޅުޕައި

 

ބޭނުންވާ ތަކެތި

1 ފިޔާ ( ހިމުންކޮށް ކޮށާފައި )
2 ލޮނުމެދު ( ގާނާފައި )
500 ގ. ބޯންލެސް ޗިކަން ( ކުދިކޮށް ކޮށާފައި )
3 މޭޒުމަތީ ސަމުސާ ޗިލީ ސޯސް
4 / 1 ޖޯޑު ޓޮމާޓޯ ޕޭސްޓް
250 ގ. މަޝްރޫމް ( ކޮށާފައި )
2 ލޮނުމެދު ( ގާނާފައި )
1 ފިޔާ (ހިމުންކޮށް ކޮށާފައި )
2 /1 2 ޖޯޑުފުށް
185 ގ. ބަޓަރު
1 ބިސް
ތާފަނާ ފެން

ތައްޔާރުކުރާނެ ގޮތް

ފުށާއި ބަޓަރު އެއްކޮށް ބްރެޑް ކްރަމްބްސްއަށް ވަންދެން މޮޑެފައި ބިސްވެސް ކުޑަކޮށް ގިރާފައި އެއްކޮށްލާށެވެ. ދެން ތާފަނާފެނުން ފުށްގަނޑު މޮޑެފައި ކޮތަޅަކަށްލާފައި ބާއްވާށެވެ. އެއަށްފަހު ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު ރަތްވަންދެން މަޑުގިނީގައި ދޭފަތުން ހަލަމުން ދާށެވެ. ދެން ލޮނުމެދު، މަޝްރޫމް ، ޓޮމާޓޯ، ޗިލީ ސޯސް، ލޮނު އަދި ކުކުޅު އެއްކޮށްފައި ރޯފިލުމުން އުދުންމަތިން ބާލާށެވެ. ދެން ފުށްގަނޑުދެބައިކޮށްފައި ދެބައިވެސް 4 /1 އިންޗިއަށް ދާމާލާށެވެ. އެއައްފަހު ޕައި ފިހޭ ޓްރޭގައި ފުށްގަނޑު ފަތުރާލާފައި މަސްގަނޑު ފަތުރާލާފައި އަނެއްފުށްގަނޑު މަސްމަތީގައި ބާއްވާފައި ކާރިފަށް ތަތްކޮށްލާށެވެ. ( މަސްފަތުރާނީ ފުށްގަނޑުގެ ކާރީފަށުން ތަތްކުރެވޭހާ ހުސްތަން ބާއްވާފައި) ދެން ފުށްގަނޑުގެ މަތީގައި ބުރުހަކުން ބަޓަރު ހާކާލާފައި އަވަނުން ފިހެލާށެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. 1ފިޔާ ހިމުންކޮށް ކޮށާފައި 2ލޮނުމެދު ގާނާފައި ރިޕީޓްވެފައި ކަމަށް ހީވޭ ނޫނީ ހަމަ ރަގަޅަށްބާ

  2. Minganda flour n butter alhaigen nuvi. So i added 1 more cup of flour. And it taste well. Thanks.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!