ޕާން ބޯކިބާ

 

ބޭނުންވާ ތަކެތި

4 ބިސް
1 ދަޅު ގެރިކިރު
1 ކުޑަ ޕާން
4/1 ޖޯޑު ހަކުރު
1 މަތިގަނޑު ވެނީލާ އެސެންސް
2 ޖޯޑު ފެން

ތައްޔާރުކުރާނެ ގޮތް

އެތެރެ ފުން އެއްޗަކަށް ޕާން އަދި ފެން އެޅުމައްފަހު ރަނގަޅަށް އަތުން މޮޑެލާށެވެ. އެއަށްފަހު ބިހާއި، ކިރު، ހަކުރު އަދި އެސެންސް އަޅާ ރަނަގަޅަށް ގިރާލާށެވެ. ޓްރޭގައި ތެޔޮ ހޭކުމައްފަހު ގިރާފައި ހުރި ބައި ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. ނުވަތަ އާވިން ކައްކާލާށެވެ.

ނޯޓް: ސޭންޑްވިޗް ތައްޔާރުކޮށްފައި ބާކީވާ ޕާނުގެ ކައިރިފަށް އުކާނުލާށެވެ. ބްރެޑްޕުޑިންގ އަދި ބޯކިބާ ކަހަލަ ބާވަތަކަށް ބޭނުން ކުރެވޭނެއެވެ. ދެތިން ދުވަސް ވެފައި ހުންނަ ޕާން ނުވަތަ ބަނަސް ފަދަ ތަކެތިން ވެސް ބޯކިބާ، ޕުޑިންގ އަދި ބަނަސް ބޯކިބާ ވެސް ހެދިދާނެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!