ޕިއްޒާ ފުށްގަނޑު

ބޭނުންވާ ތަކެތި

175 ގ. ފުށް
4 / 1 މޭޒުމަތީ ސަމުސާ ލޮނު
1 ސައިސަމުސާ އީސްޓް
150 – 120 މލ ގެ ތާފަނާ ފެން

1 މޭޒުމަތީ ސަމްސާ އޮލިވްއޮއިލް ( އާދައިގެ ތެޔޮވެސް ބޭނުން ކުރެވިދާނެ )

 

ތައްޔާރުކުރާނެ ގޮތް

ފުށާއި ލޮނުފުރާނާލައްވާ އީސްޓްއަޅުއްވާށެވެ. ފުށުގެ ތެރެއަށް ތާފަނާފެނާއި އޮލިވްއޮއިލް އަޅުއްވައި ފުށްގަނޑު މޮޑެލައްވާށެވެ. ކޮތަޅަކަށް ލައްވާ ބާރަށް އައްސާލުމަށްފަހު ގަޑިއެއްހާއިރު ބާއްވާށެވެ. އަނެއްކާވެސް ފުށްގަނޑު ކުޑަކޮށްމޮޑެ ލެއްވުމަށްފަހު ރޮށި ދަމާގޮތައް ދަމާލާށެވެ. ފުށްގަނޑުގެ ދެފަރާތުގައި އޫ ހަރައި ކުދި ލޯވަޅުތަކެއް އެޅުމަށްފަހު ކުޑަކޮށް ފިހެލައްވާށެވެ. މިގޮތަށް ޕިއްޒާ ފުށްގަނޑު ހެއްދެވުމަށްފަހު އައިސް އަލަމާރިއައްލައިގެން ދެތިން ދުވަހު ބޭނުން ކުރެވިދާނެއެވެ.

*ޕިއްޒާއަކީ އެއް ފުށްގަނޑެއް ބޭނުން ކޮށްގެން އެކިބާވަށްތަކުގެ ޓޮޕިންގް އަޅައިގެން ތައްޔާރުކުރެވިދާނެ އެއްޗެކެވެ.

6 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އީސްޓް އަޅަނީ ގިރާލާފަތަ؟.. ނޫނީ ހަމަ ހުންނަ ގޮތައްތަ؟..

  2. އީސްޓް އަޅާނީ ކުޑަ ފެން ފޮދެއްގައި ގިރާލާފަ.

  3. 175 ގ. ފުށް މީ ގާތްގަނޑަކަށް ކިތައް ލާހިކަން ބުނެދީބަލަ…

  4. އެއޯ ނާޅިއެއްގެ 4 ތޯލާ ބައި

  5. ބިސް ނާޅާތަ؟

  6. one laahi . e ee felivaru masdhalhehge fuh. yeast kolhu giraa iru 1 table spoon hakuruves alhaathi. eyrah fuhganduge raha meeruvaane.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!