“ސިފައިންނާއި ފުލުހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ނުދޭނެ”ކަމަށް ބުނެ އޭސީޕީ ހަބީބުގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންކާރުކޮށްފި

 • އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ހަސަން ހަބީބު

“ސިފައިންނާއި ފުލުހުންގެ ދަރިންނަށް ޤުރުއާން ކިޔަވައި ނުދޭނެ”ކަމަށް ބުނެ އޭސީޕީ ހަބީބުގެ ދަރިފުޅަށް ޤުރުއާން ކިޔަވައިދޭން އިންކާރުކޮށްފިއެވެ.

އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް (އޭސީޕީ) ހަސަން ހަބީބުގެ 10 އަހަރުގެ އަންހެން ދަރިފުޅަށް ‘މއ ފޮރަސްޓް’އަށް ފޮނުވަމުން އަންނަތާ 4 އަހަރު ވެފައިވަނިކޮން އިއްޔެ ހެނދުނު ދަރިފުޅު ބަލާ ދިއުމުން އެކުއްޖާއަށް ޤުރުއާން ކިޔައިދޭ ޤުރުއާން ޓީޗަރު ނައީމާ ބުނެފައިވަނީ ފުލުހުންނާއި ސިފައިންނަކީ ވަކި ބަޔަކަށް ޚިދުމަތްކުރާ ބައެއް ކަމަށާއި އެމީހުންގެ ދަރިންނަށް ގުރުއާން ކިޔަވައި ނުދޭނެކަމަށެވެ.
ދިއިސްލާމްއަށް މަޢުލޫމާތު ދެއްވަމުން އޭސީޕީ ހަސަން ހަބީބު ވިދާޅުވީ “ޤުރުއާން ޓީޗަރު ބުނެފައިވަނީ ތިމަންނާއަކީ އިއްތިހާދުގެ މީހެއް ނޫން ކަމަށާއި ފުލުހުންނާ ސިފައިންނަކީ ވަކި ބަޔަކަށް ހިދުމަތްކުރާ ބައެއް ކަމަށާއި އެމީހުންގެ ދަރިންނަށް ގުރުއާން ކިޔަވައި ނުދޭނެ.”ކަމަށެވެ. އަދި އޭސީޕީ ހަބީބު ވިދާޅުވީ “އެވާހަކަތައް ދަރިފުޅު ބަލާ އަންހެނުން ދިޔުމުން މިވާހަކަތައް ދެއްކީ އެހެން ކުދިންނާއި ދަރިފުޅުގެ ކުރިމަތީގައި.” ކަމަށެވެ. އިއްޔެ ހިނގި މިހާދިސާ އާއި ބެހޭގޮތުން ދިއިސްލާމް އަށް އޭސީޕީ ހަބީބު އިތުރަށް ވިދާޅުވީ “އަޅުގަނޑަށް ފަހުން ޚަބަރު ލިބިފައިވާގޮތުގައި އެޓީޗަރު އެހެން ކުދިންނާއި ސިޔާސީ ވާހަކަ ދައްކާ.”ކަމަށެވެ. އަދި “މިކަހަލަ ކަމެއްގެ އިޝާރާތެއް މީގެ ކުރިން ވެފައި ނެތް ނަމަވެސް ފަހުން ދަރިފުޅާއި ސުވާލުކުރުމުން ދަރިފުޅަށް ކިޔަވައިނުދޭތާ ދުވަސްތަކެއް ވެފައިވާކަން އެނގިފައިވާ.” ކަމަށެވެ.

ފަހަކަށް އައިސް ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައިސްފައިވާ ބަދަލުގެ ސަބަބުން ތަޢުލީމީ ދާއިރާތަކުގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ ޢަމަލު ހުންނަ ގޮތައް ގިނަ ބައެއްގެ ނުރުހުން ދަނީ އަމާޒުވަމުންނެވެ.

35 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. ވަރަށް ދެރަ ކަމެއް.

 2. ތީ ޒާތީ ކަމެއް ……….. އަދި އެޓީޗަރު ކުދިންނަށް ޤުރުޢާން ކިޔަވާ އެދެނީ ކޮންމެހެން އެއީ ސަވާބާ ދަރުމަ ލިބޭ ކަހަލަ ކަމަކަށް ބަލާފަ އެއްނޫންހެން ހީވަނީ … ފައިސާގެ ބޭނުމުގަ …….

 3. ވަރަށް ހެއްވާކަމެށް

 4. ސުބުޙާނަﷲ! ތިއީ ކޮންތަނަކުން ފާސްނަގައިގެންހުރި ޓީޗަރެއްތަ؟ ޤުރުއާނުގެ އެންމެ އަކުރެއް މީހަކަށް އުގަންނައިދިން މީހަކަށް ލިބޭނެ ޘަވާބު އޭނަޔަށް އެގޭނަމަ ތިހެން ނުހަދާނެ، އެކަމަކުވާ! ތިވާނީ ﷲ ވެސް ޤަބޫލުނުކުރާ މީހަކަށް ، ތިފަދަ މީހުންގެ ކިބައިން ޅަދަރިންތައް ސަލާމަތްކުރޭ! އެހެންނޫނީ އެކުދިންވެސް މަގުރުދޭނެ. ޙަބީބުގެ ދަރުޅަށް ކިޔަވައިދޭން އަޅުގަނޑުމެން ތައްޔާރު ، އަޅުގަނޑުގެ ގޭގަވެސް އެބަތިބި ކުއްލިޔާއިން ޣްރުއާން ޑިޕްލޮމާ ހަދާފައިރިބުި މީހުން

 5. ޕާޓީތަށް އުވާލާ؟…………………………………………………………………..

 6. އިސްލާމީ ތަރުބިއްޔަތަކީ ވަކި ބަޔަކަށް ނޫނީ ވަކި ނަސްލަކަށް ކޮށްދޭންޖެހޭ ކަމެއްނޫން. ކޮންމެ ގޮތަކުން ވިޔަސް އެއަމަލަކީ އުގަންނައިދޭ އެދުރެއްގެ ކިބައިން ފެންނަން ޖެހޭ ކަމެއްނޫން.

 7. ރާއްޖޭގައި ސިޔާސީ ޕާޓީތައް އުވައިލުން ނޫން ގޮތެއް ނެތް

 8. ދެން ފުލުހުންގެ ދަރިން މިގައުމުގަ އުޅޭނެކަމެއްވެސް ނެތްތާދޯ؟

 9. ނައީމާ (ގުރުއާން ކިޔަވަދޭ މީހާ) ކައިރީ އަހާލަން ބޭނުންވަނީ އޭނައަށް ލިބިފައިވާ ގުރުއާން ކިިޔަވައިދިނުމުގެ ހުނަރު ކުއްލިއަކަށް ހަނދާން ނެތި، މީހާ މަންމަނުވެ ވާހަކަ ނުދެއްކޭފަދަ ހާލަތެއް މެދުވެރި ވެދާނެކަމަށް ނައީމާ ގަބޫލުކުރައްވަން ތޯއެވެ؟

 10. ތިޔަހުރީ ސިޔާސީ ވެވިފަ! ބަލަގަ ޕުލުހުންގެ ދަރިންވީމަ ކީއްތަވަނީތަ؟؟ އެވެސް ހަމަ މުސްލިމުންނޭ!!

 11. ަތިދެން ބޮޑުވަރު! ޤުރްއާނަކީ ﷲގެ ކަލާފްފުޅަށްވީއިރު، އެޤުރްއާން ކިޔަވައިދޭން އިންކާރު ކުރީމާ ތަޢައްޞުބާއި ޖާހިލިއްޔަތު މިޤައުމުގައި އޮތްވަރު މިއޮތީ ފެންނަން! ބަލަގަ އެޤުރްއާނުގައިއޭ އޮތީ، ﷲއާއި އެއިލާހުގެ ޝަރީޢަތަށް ގޮންޖަހައި ހިތުހުރިހާ ވާހަކައެއްދާ މީހުންނަކީ ޙަޤީޤީ ބާޣީންކަމުގައި!!އެވަރުންވެސް ކެނެރީގޭ އަބޫ ލުއުލުއު އަށް ޖާނުދީ ފިދާވޭ..!! އެއީ ތިޔަފަދަމީހުންގެ ކަލާނގެ…!

 12. އޭސީޕީ ހަބީބް : ސީ ހަރ އިން ކޯރޓް ޕްލީޒް

 13. ފުލުހުންވެސް މި ޤައުމުގަ ނޫޅެންވީ އޭރުން މި މީހުން ހޭވަރި ވާނީ… ސުބުހާނަﷲ…. އ މީހާގަނޑަށް ނުވިސްނުނު އޭނަ ހެޔޮ ނިޔަތުގަ އެކަން ކުރުމަީ ކިހާ މާތް މަތިވެރި ކަމެއް ކަންވެސް…..

 14. ހިތަށް އަރަނީ މިހަބަރަކީ މީ ތެދު ހަބަރެއްބާވޭ ތެދުނަމަ މިއީ ވަރަށް ހިތާމަހުރިކަމެއް

 15. އެހެންނޭވާނީ ބަޤާވާތް ކޮންގެން ސަރުކާރު ވައްޓާލީމަ..އޭރުއެމީހުންނަކަށް ވެސް ނޭގޭ މިކުރެވުނީ ހަރާމް ކަމެއްކަމެއް،،،،ރައްޔިތުން ނަށް ހާދައަނިޔާއެއް ފުލުހުން ކުރިޔޭ…ބަލަ އެއީ މުސްލިމުން ނެއްނޫންތަ؟ދެން އެކަމުގެ ރުޅީގަވެސް މިކަހަލަ ކަންތަށް ނުކުރުން ރަަގަޅުވާނީ…

 16. މީ ދެން ބޮޑުވަރޭ ބުނެވޭނީ…އެ ޓީޗަރުގެ ދަރިން ނެތީބާ؟؟؟؟؟؟

 17. ްޤުރުއާން ގަބޫލު ނުކޮށް ބަޢާވަތް ކުރި ބަޔަކު..ދެން ކޯޗެކޭ ކިޔާކަތްތަ؟

 18. ހަބީބުމެން ހިތަކަށް ނާރާ މިގައުމުގަ އެހެން މީހުންގެ ދަރީން ވެސް ތިބޭކަމެއް.މުޅިގައުމު ފަސާދަކޮށްލާފަ ދެން ކޮންވާހަކައެއް ދައްކާކަށް. ގައުމު ގަ ދިމާވާކޮންމެ ރަގަޅުކަމަކާއި ނުބައިކަމެށް ހަމަ ހަބީބުގެ ދަރީންނާވެސް ދިމާވާނެ. ވަކިބަޔަކަށް ގުރުއާން ކިޔަވައިދޭން އުޒުރު ވެރިވުމަށް ބައެއްގެ ހިތަށް މިއަދު އަންނަންޖެހުނު ސަބާމެދު ފުންކޮށް ވިސްނާލަބަލަ. އޭނަ އެކުރީކުށެއް. އެކަމަކު އެފަދަ ކުށްތަކަށް މީހުން އަރައިގަންނަން ފުރުސަތު ލިބޭ ކަހަލަ މާހައުލެއް އުފެއްދުމުގަ އިސްރޯލެއް އަދާކުރިކަމަށް ގިނަބަޔަކު ގަބޫލުކުރާ ބަޔަކީ ފުލުހުންނާއި ސިފައިން. މިއީހަޤީގަތް….

 19. ބަލަ އިސްލާމްދީން އެއީ ވަކި ބަޔަކަށް އޮތް ދީނެއްނޫނޭ. އެއީ ހުރިހާ އެންމެންނަށް އުޅެން އަންގަވާފައޮތް ގޮތް

 20. ކިޔަވައިދިނުމުގެ ދާއިރާގައި މަސައްކަތްކުރާ މީހުންނަކީ ހުރިހާކުދީންނަށް ހަމަހަމަ ބަޔަކަށް ވާންޖެހެއެވެ. ވަކިމީހެއްގެ ދަރިއަކަށްވީތީ ތަފާތުކުރުން ގެންގުޅޭނަމަ އެއީ ފުރިހަމަ ޓީރަކަށް ނުވެއެވެ. މިފަދަމީހުނަށް ރަނގަޅުގޮތަކީ ވީހާވެސް އަވަހަކަށް މިދާއިރާ ދޫކޮށް ދުރަށް ދިއުމެވެ. ތިމާއަކީ ވަކި މީހަކަށް ނުވަތަ ވަކިބަޔަކަށް ތާއީދުކުރާ މީހަކަށްވިޔަސް ދަރިވަރުންގެ މެދުގައި ތަފާތުކޮށްގެން ނުވާނެއެވެ. ނަޢީމާއަށް ބުނެލަންއޮތީ ﷲއަށް ބިރުވެތިވާށޭ

 21. ފުލުހުންނަށް ހާދައަނިޔާއެއް ކުރިޔޭ ރައްޔިތުން ..

 22. ހަމަ ބާގީން އެއީ ސަރުކާރު ވެއްޓި އިރު ދީން ކޮބާ ބޮޑު ބާގީން

 23. މިދެން ބޮޑުވަރު މިވަބާއިން މިގައުމު ސަލާމައްކުރަން އެއްމެން އަތުގުޅާލަމާ.. ޕާޓީ ސިސްޓަމަކީ ޖަހިލިއްޔަ ޒަމާނުގައި ދުނިޔޭގައި އޮތްކަހަލަ ގަބީލާ ސިސްޓަމެއް …….

 24. ޖާހިލު ކަމުގެ އިންތިހާ..

 25. މިކަހަލަޓީޗަރުން އެބަޖެހޭ ދިވެހިރައްޔިތުންނައް އިގެން ދިއިސްލާމުން މިޓީޗަރުގެ ފޮޓޯޖަހައިދީފިއްޔާ ވަރައްރަނގަޅު
  އަދިސަރުކާރުން ނާއި މިނިސްޓުރީއޮފް އެޑްއިކޭޝަނުން ބަލަންޖެހޭނެ. މީބޮޑުމައްސަލައެއް. މީބޮޑުވަރު ދެންދޯ ޓީޗަރުންނޯ އަދި ޤުރުއާން ކިޔަވައިދޭމީހުންނޯ

 26. އިސްލާމްދީނުގައި މި ބިންމަތީ ފަސާދަ ކުރާ މީހުންގެ ހުކުމަކީ މެރުން! ކެނެރީގޭ ނަޝީދަކީ ކަޑައެޅިގެން މިކަން ކުރަމުންދާ މީހެއް! އޭނަ ވެރިކަމުން ބަޔަކު ވައްޓާލި ނަމަ، އެ ބަޔަކީއިސްލާމްދީނާއި ގައުމުގެ ހައްގުގައި މަސައްކަތް ކުރެއްވި ޣާޒީން!

 27. އެއީ ހަމަ ހުސް ދޮގު.އަހަރެން އެ ދައްތަ ދަންނަން..އަހަރެންގެ ދަރިންވެސް އެގެޔަށް ކިޔަވަން ދޭ..ތި ހަބީބުގެ ސަބަބުން އަހަރެންގެ ދަރިންގެ ކިޔެވުން ވެސް ދިޔައީ..އިއްޔެ އެ ދައްތަ ހުރިހާ ކުދިންނަށް ކިޔަވާ ދިނުން ހުއްޓައިފި.އަދި މިމަހުގެ ފީ ވެސް އަނބުރާ ދިން..އަހަރެން މީ ވަކި ސިޔާސީ ފިކުރެއް ގެންގުޅޭ މީހެއް ނޫން ނަމަވެސް އެ ދައްތަގެ ވާހަކަ އަޑު އިވުމުން އެ ދައްތަ ގެ ހިތަށް ކޮަަައްފަ ހުރި އަސަރު އެގުނު.އަހަރެން ހިތަށް މި އަރަނީ އަޅެ އެއްފަހަރުވެސް މި ހަބަރު ޖެހުމުގެ ކުރިން އެ ދައްތަ ކައިރިންނާ އެގެޔަށްދާ އެހެން ބެލެނިވެރިން ކައިރިންވެސް މައުލޫމާތު ހޯދި ނަމައޭ..ހަމައެކަނި ހަބީބު ބުނި ބުނުމަކަށް އެގޮތަށް ނިންމޭނެ ބާ އޭ..

 28. ބަލަ ސިފައިންނަކީ، ހަމަ ވަކި ބަޔަކަށް ފޭވަރ ކުރަން ތިބި ބައެއްކަމަށް ވެގެންނުވާނެއެވެ. ޤުރުއާން ޓީޗަރ ފަހަތުން ދުއްވައުގަތުމުގެ ކުރިން ޙަގީގަތަށްވެސް ބަލަން ވާނެ ނޫން ހެއްޔެވެ.؟ އޭނަ އެހެން ބުނަންޖެހުނު ސަބަބެއްވެސް އެގެން ވެއްޖެނޫންހެއްޔެވެ؟ ރާއްޖޭގައި ދިމާވެގެން މި އުޅެނީ ކުޑަކަމެއްނޫނެވެ.

 29. އިބްރާހިމް އާސިމް އަށް ބުނެލަން އޮތީ ބަޣާވާތް ކުރިޔަސް ނުކުރިޔަސް، ޤުރުއާން ކިޔަވައިދޭން އިންކާރު ކުރުމަކީ ކޮށްގެންވާނެކަމެއްނޫން. އެހެން ނޫނަސް ބަޔަކު ކުރާ ކަމަކުން އެމީހުންގެ ދަރިންނަށް އަނިޔާ ދޭނެކަމެއް ނެތެއްނު. އެކުއްޖާގެ ކުށަކީ ކޮބާ؟ އެ އޮފިސަރުގެ ދަރިއަކަށް ވުންތަ؟ ބަލަ އެކަން އިރާދަ ކުރެއްވީ މާތް ﷲ. އޭގަ އެކުއްޖާގެ ނުވަތަ މައިން ބަފައިންގެ އެއްވެސް ބާރެއް ނުއޮންނާނެ. މާތް ﷲ އަޅަމެން އެންމެންނަށް ހެޔޮ ވިސްނުން ދެއްވާށި.

 30. ތިޔައީ ކޮންފަދަ ޤުރުއާން މުދައްރިސެއް! އިޚްލާސްތެރިކަމާ މެދު ސުވާލުއުފެދޭ! އެހެންމީހުންގެ ވާހަކަ ދައްކާއިރު ތިމާ މީހާ ވަކިބަޔަކަށް ކިޔަވައިދޭން ނިންމިއިރު ޤުރުއާނަކީ ވަކިބަޔަކަށް އުގަންނައިދޭން ޖެހޭ އެއްޗެއްތޯ؟

 31. އެ ކިޔަވައިދޭ މީހާ ގެ އީމާން ތެރިކަން ކުޑަކޮންވެސް ނެތީ މަ ވީ ގޮތް…………………….

 32. ދެން މަސަކަށް ކުރޭ އަހަރެމެން މިތަނުން ބޭރު ކުރަން..މާދަން ސުވާލް ކުރެވޭނެ…..!!ތިވެސް ގޮތެށް…

 33. ވަރަށް ހަރުކަށިކޮށް މިކަންތައް ބެލެން ޖެހޭނެ. އިސްލާމީ ތަރުބިއްޔަތުގެ ތެރެޔަށް ސިޔާސީ ކަންތައް ވަދެވިގެން ނުވާނެ. ތި ނަޢީމާގެ ހިތުގަ ޤުރުއާނަށް ލޯބި ވާނަމަ އެފަދަ އަމަލެއް ނުކުރާނެ. ލާރި ހޯދަން ކުރާކަމަކަށް ވާތީ ތިހާ ދެރަކޮށް ކަންތައް ތިކުރީ… ޤުރުއާން ކިޔަވާދިނުމަކީ ހެޔޮ ސަވާބު ލިބޭ ކަމެއް….

 34. ފުލުހުންދެކެ އަންނަ ރުޅީގައި މިސްކިތްތަށްވެސް ތަޅާލާ. ކެނެރީގެ ވަގު މިޤައުމުގަ ކްރިސްޓިއަން ދީން ފަތުރަން އުޅޭތީނު ވައްޓާލަންޖެހުނީ. ފުލުހުންނާއި ސިފައިންގެ ތެރޭ ތިބޭނެ ޤުރްއާން ކިޔަވާދެވޭވަރުގެ ޤާބިލްލު މީހުން .ކިޔަވާދޭން އުޅެފިޔާ ކިޔަވާވެސް ދެވޭނެ. ދެން މިޤައުމުގަ ކެނެރީގޭ ވަގު ވެރިކަން ކުރަން ހަނދާން ނައްތާލާ. ފުލުހުންނާއި ސިފައިންގެ އާއިލާ މަދެއްނުވާނެ. ވޯޓާ ހަމަޔަށް ދިޔައިމަ އެނގޭނީ. އަދި އެރިޔަސް ވިރާދަފުޅުން ވައްޓާލާނަން. ދިވެހި ރާއްޖޭގަ އެއް މުއައްސަސާއެއްގަ އެންމެ ފާސްގިނަ މީހުން ތިބޭނީ ފުލުހުންގެ ތެރޭ. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ ! އިބަކަލާންގެ ބަސްފުޅު މީސްތަކުންނަށް އުނގަނައިދުނުމަށް އެ ދެކޮޅުހެދި މީހާއަށް ނުބައި ބައްޔެއް ޖައްސަވާ އޭނާ މަގުމަތި ކުރައްވާ ފާންދޭވެ! އޭނާއީ އިބަކަލާންގެ ކަލާންފުޅު އިޙްލާސްތެރިކަމެއްނެތި އަމިއްލަ ފައިދާއަށް ވަކިބަޔަކަށް އުނގަންނާދޭމީހެއް! އޭނާގެ ހިތް ގާކުރައްވާ މީސްތަކުން ކައިރި ނުވާފަދަ ނަޖިސްކަމެއް ލައްވާ ފާންދޭވެ! އަދި އޭނާގެ ހިތުން އިބަކަލާންގެ އިލްމު ނެތިކުރައްވާ ފާނދޭވެ! މި ޤައުމުގަ އުފެދޭ މިފަދަ އިލްމުއުނގަންނާ ދޭމީހުންގެ ނުބައި ރޭނުން ތަކުން ޤައުމު ސަލާމަތް ކުރްއވާ ފާނދޭވެ!
  رَّ‌بِّ اغْفِرْ‌ لِي وَلِوَالِدَيَّ وَلِمَن دَخَلَ بَيْتِيَ مُؤْمِنًا وَلِلْمُؤْمِنِينَ وَالْمُؤْمِنَاتِ وَلَا تَزِدِ الظَّالِمِينَ إِلَّا تَبَارً‌ا
  އާމީން

 35. ޓީޗަރު ކުރިޔަސް އެކުރީ ރަނގަޅުކަމެއް މިގައުމުގައި މިހާރު ސައްހަ އެއްވެސް މުއައްސަސާއެއް ނެއް މިނިވަން ސަރުއީ ނިޒާމެއް އޮތް ނަމަ މިހާރު ނަސީދު އަނބުރާ ރައީސްކަމަށް އަރައިފީސް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!