މައްކާގެ މުޝްރިކުން “ދިވެހިރާއްޖޭގައި”

އިސްލާމް ދީން ދެތުރުމާއި ދެކޮޅު ހެދުމަކީ، މިއުންމަތުގައި އިއްޔެއަކު މިއަދަކު ފެށިގެން އުޅޭ ކަމެއް ނޫނެވެ. މިކަމަކީ، މައްކާގެ މުޝްރިކުންގެ ޒަމާނުން ފެށިގެން ކޮންމެ ޒަމާނެއްގައިވެސް ހިންގަމުން އަންނަ ލާދީނީ ޖަރީމާ އެކެވެ. އެކި ދުވަސްވަރު އެކި ނަންނަމުގައި އެކިމީސްމީހުންނެވެ. ރަސޫލާގެ ދުވަސްވަރުގައި މައްކާގެ މުޝްރިކުންނެވެ. އެއަށްފަހު ޚަވާރިޖުންނާއި ޝީޢީންނާއި ސަލީބީންނާއި ޔަހޫދީންނާއި ކޮމިއުނިސްޓުންވެ. މިއަދު، ޑިމޮކްރަސީއާއި އެއާއި ގުޅިފައިވާ ލާދީނީ ފަރާތްތަކެވެ. މިބައިމީހުންގެ މައިގަނޑު ދަޢުވާއަކީ އެއް ދަޢުވާއެކެވެ. އިސްލާމް ދީން ފެތުރޭވަރަކަށް، ތިމަންމެންގެ އާރާއި ބާރު ނެތިގެން ހިނގައިދާނެ ކަމުގެ ދަޢުވާއެވެ. ވެރިކަމުގެ ބާރުތައް އެމީހުންއަތުން ގެއްލި މުސްލިމުންގެ އަތްދަށަށް ހިނގައިދާނެ ކަމުގެ ދަޢުވާއެވެ.

މައްކާގެ މުޝްރިކުންވެސް އިސްލާމްދީނުގެ ދަރުސް ދިނުމަށް ހުރަސް އެޅިއެވެ. ރަސޫލާގެ ދޫފުޅުން ކީރިތި ޤުރުއާން ކިޔަވައި ވިދާޅުވެދެއްވިއިރު ހަޅޭލަވައި އަޑުގަދަކޮށް ހެދިއެވެ. މުޒާހަރާކުރިއެވެ. ތަފާތުއެކިއެކި ދުއްތުރާތައް ކުރިއެވެ. އަދި އެކަލޭގެފާނުގެ އަގު ވައްޓާލައި ޝަޚްސިއްޔަތު ގެއްލުވާލުމަށްޓަކައި، ތަފާތުއެކި ދޮގު ވާހަކަތައް ފެތުރިއެވެ. އެކަލޭގެފާނަކީ މޮޔަފުޅު ބޭފުޅެއް ކަމަށާއި ސިހުރުވެރިއެއް ކަމަށާއި މިފަދަ އެތައް ވާހަކަތަކެއް، އެނަބިއްޔާއާއި ބެހޭގޮތުން އެމީހުންގެ “މީޑިއާތަކުން” ފެތުރިއެވެ. އަދި އެމީހުން ބުނަމުންދިޔައީ، އެކަލޭގެ ފާނުގެ ދަޢުވަތު ފުޅާވެއްޖެނަމަ އެމީހުންގެ އާރާއި ބާރު ނެތިގެން ހިނގައިދާނެ ކަމަށެވެ. އެމީހުންގެ ވެރިކަން ވެއްޓި ކީރިތި ރަސޫލާއަށް ވެރިކަން ލިބިދާނެ ކަމަށެވެ. އާޚިރުގައި ކަންތައް ވީވެސް އެހެންނެވެ. މަދީނާއަށް ހިޖުރަ ކުރެއްވުމަށް ފަހު، އެތަނުގައި އިސްލާމީ ވެރިކަމެއް ޤާއިމުކުރެއްވިއެވެ. އަދި ހިޖުރައަން 8 ވަނަ އަހަރު މައްކާވެސް ފަތަޙަ ކުރައްވައި، މައްކާގެ ވެރިކަންވެސް ހޯއްދެވިއެވެ. ސިޔާސަތު ޤާއިމު ކުރެއްވިއެވެ. ހަމައެކަނި ދަރުސް ދެއްވަދެއްވައި ހުންނެވީކީ ނޫނެވެ.

އެއަށްފަހު، ދިވެހިރާއްޖޭގެ މިހާރުގެ ޙާލަތަށް ބަލައިލަމާތޯއެވެ. މައްކާގެ ޙާލަތާއި މާބޮޑު ތަފާތެއް ނެތެވެ. އިސްލާމްދީން ފަތުރަން މަސައްކަތް ކުރާ ބަޔަކުވެސް އެބައުޅެއެވެ. އަދިހަމައެއާއެކު މިދީނަށް ހުރަސް އަޅައި، ޤުރުއާނާއި ސުންނަތުގެ ބަސް، މީސްތަކުންގެ ކަންފަތްތަކާއި ހަމަޔަށް، ހިނގައިދާނެތީ، ކަންބޮޑުވެގެން އުޅޭ ބަޔަކުވެސް އެބަތިއްބެވެ. ދީނީ ޢިލްމުވެރިންގެ އަގުވައްޓާލުމަށްޓަކައި ބޮޑެތި ކެމްޕޭންތައް ހިންގަމުން އެބަދެއެވެ. މައްކާގެ މުޝްރިކުން ރަސޫލާގެ ޝަޚްސިއްޔަތު ގެއްލުވާލައި އެކަލޭގެފާނުގެ އަގުވައްޓާލަން މަސައްކަތް ކުރި ފަދައިންނެވެ. މުޝްރިކުންނެކޭ އެއްގޮތައް، އިސްލާމްދީނުގެ އަޑުއުފުލާ ޢިލްމުވެރިންނަށް ދުއްތުރާކޮށް އެބޭފުޅުންނަށް ހުރަސް އެޅުމުގެ މަސައްކަތް ރޭވުންތެރިކަމާއި އެކު ކުރެވެމުން އެބަދެއެވެ. ޢިލްމުވެރިން ދަރުސް ދެއްވާ މިސްކިއްތަކުގެ ބޭރުގައި މުޒާހަރާކޮށް، ﷲ ގެ ގެކޮޅަށް ގާއުކައި، އަބޫޖަހުލުމެން ކުރިކަންތައް އެހެން ނަންނަމުގައި ކުރެވެމުން އެބަދެއެވެ.

ކަންމިހެން ހުރުމާއެކު، މިބައި މީހުން މިކުރާ ކަންތައް ވަރައް ސާފެވެ. އިސްލާމްދީން ފެތުރުމާއި ދެކޮޅުހަދަނީއެވެ. އިސްލާމްދިނުގެ ހުޅުކޮޅު ނިތްވާލުމައްޓަކައި މަސައްކަތް ކުރަނީއެވެ. ސަރުކާރުގެ ގިނަ ކަންކަން ބަލައިގަނެ، އެކަންކަމާއި ދެކޮޅު ނަހަދާއިރު، އިސްލާމްދީން ފެތުރުމާއި ދެކޮޅުހަދަނީއެވެ. ދެން އުފެދޭ ސުވާލަކީ މިކަމަށްޓަކައި އަޅުގަނޑުމެންނަށް ކުރެވޭނީ ކޮންކަމެއް ތޯއެވެ؟ ޖަވާބު ވަރައް ސާފެވެ. ﷲ ދީން، ﷲ ޙިމާޔަތް ކުރައްވައި، އެދީނައް ނަސްރުދެއްވާނެއެވެ. އަޅުގަނޑުމެން އަޅުގަނޑުމެންގެ ވާޖިބު އަދާކުރަންވީއެވެ. އަޅުގަނދުމެންނަށް ވެވުނު ޙިއްސާއެއް ވާންވީއެވެ. ކެތްތެރިކަމާއެކު މަސައްކަތް ކުރަންވީއެވެ. މުއުމިނުންގެ އެއްމެ ވަރުގަދަ ހަތިޔާރަކީ ދުޢާއެވެ. ޔާ ﷲ އިބަ އިލާހުގެ ދީން ފެތުރުމަށް ހުރަސް އަޅަމުންދާ މީހުން އިބަ އިލާހު މޮޅަށް ދެނެވޮޑިގެންވެއެވެ. ޔާ ﷲ އެބައިމީހުންނަށް ތެދުމަގު ދައްކަވާފާނދޭވެ. ނަވަތަ ވަރުގަދަ ބައްޔަކުން އެބައިމީހުން ބަލިކުރައްވައި، ނިކަމެތިކުރައްވައި، އިބަ އިލާހުގެ ދީނަށް ވަރުގަދަ ނަސްރެއް ދެއްވާފާނދޭވެ. އާމީން.

7 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. އާމީން.

  2. ކެނެރީގޭ ނަޝީދު ވެރިކަމަށްއައިސް ދިވެހިރާއްޖެއިން އިސްލާމްދީން ނައްތާލުމަށާއި ޣައިރު ދީންތަކަށް ފުރުޞަތު ހުޅުވާލުމަށް ކުރަންއުޅުނު މަސައްކަތްތައް ކާމިޔާބުނުވެ ވެރިކަމުން ފައިބަން ޖެހުމުން ދެން ތިމަންނާއަށް އެކަންކުރުމަށްޓަކާ ވެރިކަމަށް ނާދެވޭނޭހެން ހީވީމާ ކައިރީގައިއުޅޭ ލާދީނީ ކުދިންކޮޅު ލައްވާ ފާޅުގައި އިސްލާމްދީނާއި ދެކޮޅު ހަރަކާތައް މިވަނީ ނިކުމެފައެވެ. އެފިނޑި ނުބައިނުލަފާ ޖައްބާރު އެއޮއްނަނީ ހަރުގާ ފިލައެވެ. ހުރި ޔަހޫދީކަމާއެވެ…!!!

  3. އާމީން

  4. އާމީން ޔާރައްބަލް ޢާލަމީން އާމީން!

  5. ަިަާއާމީން

  6. އާމީން !

  7. ކެނެރީގެ ނަޝީދާއި އޭނާގެ ބައިއަތު މީހުންނަށް ހެޔޮވިސްނުން ދެއްވައި އެބައިމީހުންގެ ހިތްތަކުގައި އިސްލާމްދީނާމެދު ލޯބިޖައްސަވައިފާދޭވެ. އާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!