މާޒީގެ ޞަފްޙާތަކުން : ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ޝާނީގެ ބަސްދީގަތުން

 

މިއުޒިކާއި ލަވައިގެ ދާއިރާގައި މަސައްކަތްކުރުން ހުއްޓާލިކަން އައިމިނަތު ޝާނީޒް (ޝާނީ) މީޑިއާތަކުގައި އިޢުލާންކޮށްފައިވަނީ މިދިޔަ އަހަރު އޭޕްރީލް މަހުގެ ތެރޭގައެވެ.
މާޒީގެ ޞަފްޙާތަކުން މިފަހަރު އަލިއަޅުވާލާނީ ޝާނީ މިއުޒިކްގެ ދާއިރާ ދޫކޮށްލުމަށްފަހު ދީފައިވާ ބަސްދީގަތުމަކަށެވެ. މިއީ އޭޕްރީލް 11، 2011 ވީ ހޯމަދުވަހުގެރޭ ސަން އެފްއެމްއިން ފޮނުވި “ޢިލްމީ ޚަޒާނާ” ޕްރޮގްރާމްގައި ބްރޯޑްކާސްޓްކޮށްފައިވާ ބަސްދީގަތުމެކެވެ.
ޝާނީއާ އިންޓަވިއުކޮށްފައިވަނީ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ އަދި “ޢިލްމީ ޚަޒާނާ” ޕްރޮގްރާމްގެ ޕްރެޒެންޓަރ، ޢަލީ ރަމީޒެވެ.

 

1- މިއުޒިކާއި ލަވަ ހުއްޓާލީ ކީއްވެތޯ؟

 

ޝާނީ : މިއުޒިކީ ދާއިރާގައި މަސައްކަތްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއްނޫން
ޝާނީ ބުނެފައިވަނީ، މިއުޒިކް ދާއިރާގައި 13 އަހަރުވަންދެން އުޅުނުއިރު އެންމެ ފުރަތަމަ ދުވަހުއްސުރެ ފަށައިގެން ދުވަހަކުވެސް ހިތްހަމައެއްނުޖެހޭ ކަމަށެވެ. ވަރަށް ހިތްނުތަނަވަސްވާ ކަންތައްތައް ދިމާވަމުންދިޔަ ކަމަށެވެ. މައްސަލަތަކާއި އުނދަގޫތައް ވަރަށް ބޮޑަށް ކުރިމަތިވަމުންދިޔަ ކަމަށެވެ. އެހެންވުމުން ލަވަކިޔަން ފެށިތާ ދެއަހަރެއްވަރުވެފައި ވަނިކޮށް، މަޑުމަޑުން އެކަމަކީ ކޮންކަހަލަ ކަމެއްތޯ ދިރާސާތައް ކުރަން ފެށިއެވެ. އިންޓަނެޓުން މިއުޒިކާއި ބެހޭ އެކި މަޢުލޫމާތު ހޯދަންފެށިއެވެ. ނަމަވެސް އޭރު މިއުޒިކާއި ލަވައިގެ ތެރޭގައި އުޅޭތީ ދިރާސާ ކުރުމަށް އެހާބޮޑަކަށް ނޫޅެވުނު ކަމަށް ޝާނީ ވަނީ ބުނެފައެވެ.
ޝާނީ ބުނެފައިވަނީ އެދާއިރާގައި އުޅޭތާ 3 އަހަރު ނުވަތަ 4 އަހަރުވެފައި ވަނިކޮށް ޝައިޚެއްގެ ފަރާތުން މިއުޒިކަކީ ޙަރާމް އެއްޗެއްކަން އެނގުނު ކަމަށާއި، އޭރުއްސުރެ އެންމެ ހިތުގެ އަޑިން މިއުޒިކަކީ ޙަރާމް އެއްޗެއްކަން ޤަބޫލުކުރާމަށެވެ. ނަމަވެސް އެއްވެސް މީހަކު ގާތުގައި އެވާހަކަ ޝާނީ ނުބުނެއެވެ. އޭރު އޭގެ ތެރޭގައި އުޅުނީމަ ޝަނީގެ ހިތަށް އަރަމުން ދިޔައީ ކުރާނެ އެނޫން ކަމެއްވެސް ނެތް ކަމަށެވެ. އޭރުގައި އިނދެގެން އުޅުނު މީހާ އަކީ ވެސް މިއުޒިކީ މީހަކަށްވެފައި، އެގޮތުގެ މަތިންވެސް ދެމީހުން އެއްކޮށް އެކަމުގައި އުޅެވުނީ ކަމަށް ޝާނީ ވަނީ ބުނެފައެވެ.
ޝާނީ ބުނީ ދިރާސާކުރަމުން ދިޔައިރު، އެތައް ބައެއްގެ، އެތައް ޝައިޚުންގެ ވާހަކައިންނާއި، ޝާނީ މަދުން ކިޔާފައިވާ ލިޔުންތަކުންވެސް މިއުޒިކީ ދާއިރާގައި މަސައްކަތްކުރުމަކީ ކުރަން ހެޔޮވާވަރުގެ ކަމެއް ނޫން ކަމަށް ޤަބޫލުކުރެވިފައިވާ ކަމަށާއި، އަބަދުވެސް ހިތުގައި ހުއްޓާލުމުގެ ވިސްނުން އޮންނަ ކަމަށާއި، ޝާނީ އިތުރަށް ބުނި ގޮތުގައި ފެށުނީއްސުރެ ވިސްނަމުން އައި ގޮތާއި އެއްގޮތަށް މިއަދު ކަންތައް ކުރެވުނީމަ އޭނާ ހުރީ ވަރަށް އުފާވެފައި، ވަރަށް ހިތްހަމަޖެހިފައެވެ.
2- ވަރަށް ގިނަ މީހުން މިއުޒިކުން ހިތްހަމަޖެހުން ލިބޭ ވާހަކަ އާއި މިއުޒިކަކީ ފުރާނައިގެ ކާނާ އޭ މިފަދަ ވަރަށް ފޮނި ފޮނި ބަސްތައް ބުނަމުންދޭ. މިއުޒިކުން ހިތްހަމަނުޖެހޭ ވާހަކަ ޝާނީ ބުނަނީ ކީއްވެގެންތޯ؟ ފެށުނީއްސުރެވެސް މިއުޒިކުން ހިތްހަމަޖެހުން ނުލިބޭތޯ؟

 

ޝާނީ : މިއުޒިކްގެ ސަބަބުން ހަމަ ހިތަށް އުނދަގޫވަނީ، ބޮލަށްވެސް އުނދަގޫވަނީ 

 

 

ޝާނީ ބުނެފައިވަނީ ހަމައެއްގޮތަކަށްވެސް ބުނެދޭކަށްވެސް ނޭނގޭ ކަމަށާއި، އޭގެ ސަބަބުން އެންމެ ކުރީއްސުރެވެސް “ހަމަ ހިތަށް އުނދަގޫވަނީ، ބޮލަށް އުނދަގޫވަނީ” ކަމަށެވެ. އޭނާ ބޭންޑެއްގައި އުޅުނަސް، ނޫނިއްޔާ ޓީވީއެއްގައި އިންޓަވައިއުއެއް ދޭން، ލވައިގެ ކަމެއްގައި، ޝޯއެއްގެ ކަމެއްގައި އުޅޭއިރުވެސް ދުވަހަކުވެސް ހިތްހަމަޖެހުމެއް ލިބިފައެއް ނެތް ކަމަށެވެ. އަދި 13 އަހަރުވަންދެން ސްޓޭޖްތަކަށް އެރިއިރު ލަވަކިޔަން މައިކް ކައިރީގައި އިންނައިރުވެސް އަސްލުގައެއް މީހުން ޤަބޫލެއް ނުކުރާނެއޭ، އަދި މިތަނަށް އަރާ ކީއްކުރަންހޭ މިހުންނަނީ، މީދެން ކޮންކަމެއްހޭ ހިތަށްއަރާ ކަމަށާއި ތުރުތުރުވެސް އަޅާ، އުނދަގޫވެސްވާކަމަށް ޝާނީ ބުނެފައިވެއެވެ. މިއުޒިކުން ހިތްހަމަޖެހުން ލިބޭ ވާހަކަ މީހުން ބުނަމުންދަނީ ކީއްވެގެން ކަމެއް ނޭނގޭ ކަމަށާއި އޭނާ އަށް އެއްގޮތަކަށްވެސް އޭގެން ހިތްހަމަޖެހުމެއް ލިބިފައިނުވާ ކަމަށްވެސް ޝާނީ ވަނީ ބުނެފައެވެ.
3 – މަޝްހޫރު ލަވަކިއުންތެރިޔަކު 13 އަހަރުވަންދެން މިއުޒިކް ތެރޭގައި އުޅުމަށްފަހު ހުއްޓާލުމާއި ގުޅިގެން ވަރަށް ގިނަމީހުންގެ ފުރައްސާރަތައްވެސް އަންނާނެ. ފިއްތުންތައްވެސް އަންނާނެ. ބައެއް ލަވަކިއުންތެރިން އެބަހުރި ހުއްޓާލާފައި. އަނެއްކާ ފައްޓާފައި. ބައެއް މިއުޒިޝަނުންވެސް ހަމަ އެގޮތަށް އެބަތިބި. ޝާނީއާ މެދުވެސް މިކަހަލަ މިކަހަލަ ވާހަކަތައް ދެކެވޭނެ ކަމަށް އަޅުގަނޑު ޔަޤީންކުރަނީ. އަޅުގަނޑުވެސް އެކަން ތަޖުރިބާކޮށްފައިހުރި މީހެއް. ކިހިނެއްތޯ ޝާނީ މިކަމުގައި ދެން ކުރިއަށް އޮތީ؟

ޝާނީ : މިއުޒިކާއި ލަވައިން ހިތްހަމަޖެހުން ނުލިބުނު މީހަކު، ދެން އަނެއްކާ އަނބުރާ ކީއްކުރަންތޯ ދާންވީ؟

 

 

ޝާނީ ބުނެފައިވަނީ ވަރަށް ގިނައިން ފިއްތުންތައް އަންނަމުންދާ ކަމަށާއި، ޚާއްޞަކޮށް މިއުޒިކާއި، މުނިފޫހިފިލުވުމުގެ ދާއިރާގައި އުޅޭ މީހުންނާއި ޢާއްމުންގެ ފަރާތުންވެސް ވަރަށް ފާޑުފާޑުގެ ނޭދެވޭ ބަސްތައް އިވެމުންދާ ކަމަށެވެ. ކުރު ޗުއްޓީއެއް ނެގީ ކަމަށް ބައެއް މީހުން ބުނަމުންދާކަމަށާއި، އެނބުރި މިއުޒިކީ ދާއިރާއަށް އަންނާނެ ކަމަށް ބުނަމުންދާކަމަށެވެ.
“އެކަމަކު 13 އަހަރުވަންދެން މިކަމުގައި އުޅަފައި، މިކަން އެކްސްޕީރިއަންސް ކޮށްފައި، މިކަމުން ހިތްހަމަޖެހުން ނުލިބުނު މީހަކު، ދެން އަނެއްކާ އަނބުރާ ކީއްކުރަންތޯ ދާންވީ؟ އަނެއްކާ ހުއްޓާލުން މިއީ ކޮންމެހެން ވަކި އެޖެންޑާއެއްގެ ދަށުން ކުރި ކަމެއް ނޫން. ބައެއް މީހުން ބުނޭ ބަޔަކު އެއްޗެއް ކީހޭ. ރަނގަޅަށް ރިސާޗް ހަދައިގެންހޭ ތިހުއްޓާލީ” ޝާނީ ބުނެފައިވެއެވެ.
ޝާނީ ބުނެފައިވާ ގޮތުގައި އެނިންމުމަކީ އޭނާ އަމިއްލަޔަށް ނިންމި އަމިއްލަ ނިންމުމެކެވެ.
4- ޝާނީގެ ވަރަށް ގިނަ ފޭނުން ތިބޭނެ ރާއްޖޭގައި. ކޮބައިތޯ ޚާއްޞަކޮށް މިއުޒިކްގެ ފޭނުންނަށް ނޫނީ މިއުޒީޝަނުންނަށް ދޭން ބޭނުންވާ މެސެޖަކީ؟ އަދި ޢާއްމުކޮށް ދިވެހި ހުރިހާ މުސްލިމުންނަށް ދޭންވާ މެސެޖަކީ ކޮބާ؟

 

ޝާނީ : މިއުޒިކީ ދާއިރާގައި އުޅުމަކީ އެއްވެސް ފައިދާއެއް ނެތް ކަމެއް
ޝާނީ ބުނެފައިވަނީ 13 އަހަރު މިއުޒިކީ ދާއިރާގައި އުޅުނުއިރު ރޭޑިއޯ، ޓީވީ، ނޫސް ތަކަށް މިހާތަނަށް ވަރަށް ގިނަ އިންޓަވިއުތައް ދެވިފައި ހުންނާނެ ކަމަށާއި، އެފަދަ އިންޓަވިއުތަކުގައި ރާއްޖޭގެ މިއުޒިކް ދާއިރާ އަށް ވަންނަން ބޭނުންވާ ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ ކޮބައިހޭ އެހުމުން އަބަދުވެސް ބުނެފައި ހުންނާނީ މިކަމަކީ ރާއްޖޭގައި ކުރާކަށް އެންމެ ރަނގަޅު ކަމެއް ނޫނޭ ކަމަށެވެ. މިއުޒިކީ ދާއިރާއަކީ ވަރަށް ބޮޑު އާމްދަނީ އެއް ނޫނީ ހިތްހަމަޖެހުމެއް ލިބޭ ކަމެއް ކަމުގައި މީހުން ބުނާ ބުނުމަށް ޝާނީ ވަނީ އިންކާރުކޮށްފައެވެ.
ޝާނީ ބުނިގޮތުގައި މިއުޒިކަކީ އާމްދަނީގެ ގޮތުން ބަލާއިރުވެސް، ދާއިމީ ގޮތެއްގައި އެއްވެސް ރަނގަޅު އާމްދަނީއެއް ލިބޭ ކަމެއް ނޫން ކަމަށާއި، ގޮތް ނޭނގޭ ދާއިރާއެއް ކަމަށެވެ. އެކި ދުވަހު އޮންނާނީ އެކި ގޮތަށް ކަމަށެވެ. އޭގެ އިތުރުން މީހަކު ކަމެއް ކުރަންޏާ “ޖޮބް ސެޓިސްފެކްޝަނޭ” ކިޔާ އެއްޗެއްވެސް އޮންނަން ޖެހޭނެ ކަމަށާއި، އެމީހާ އެކުރާ ކަމަކުން ހިތްހަމަޖެހުމެއް ލިބެންޖެހޭނެ ކަމަށް ޝާނީ ބުނެފައިވެއެވެ. އަދި މިއުޒިކީ ނުވަތަ ފިލްމީ ދާއިރާއިން އޭނާ އާއި ދިމާވެފައިވާ އެންމެން ވެސް ތިބެނީ ހިތްނުތަނަވަސް ކަމެއްގައި ކަމަށާއި، އެކަކަށްވުރެ އަނެކަކު މޮޅުވާން، ނޫނިއްޔާ ކޮންމެވެސް ހަސަދަވެރިކަމެއްގެ ތެރޭގައި ކަމަށް ޝާނީ ވަނީ ބުނެފައެވެ.
ޝާނީ ބުނެފައިވަނީ ގިނަ މީހުންނަށް މުހިންމުވަނީ މަޝްހޫރުކަން ކަމަށާއި، މިއުޒިކް ކުޅެ، ނުވަތަ މުނިފޫހިފިލުވުމުގެ ދާއިރާއަކީ އެއްވެސް ހިތްހަމަޖެހުމެއްވެސް ލިބޭނެ ކަމެއް ނޫން ކަމަށެވެ. މީހާގެ އުމުރުން ދުވަސްވެ ވަކި އުމުރަކަށް ދިއުމުން އެކަމަކުން ކުރިއަކަށްވެސް ނުދެވޭނެ ކަމަށާއި ދެން މީހާއަށް ވަރަށް އެހެން ކަހަލަ ޕްރެޝަރވެސް އަންނާނެ ކަމަށެވެ. އަދި ހުރިހާކަމެއްވެސް އެކަމުގެ ތެރޭގައި އުޅޭ މީހުންނަށް އެނގޭނެ ކަމަށް އެކަމަކު އެއްވެސް ބަޔަކު އެކަމަށް އިޢުތިރާފުވާން ބޭނުން ނުވަނީ ކަމުގައި ޝާނީ ބުނެފައިވެއެވެ.
“އެހެންވީމަ، އެއްވެސް ފައިދާއެއް ނެތް ކަމެއް މިކަމަކީ ކުރަން.” ޝާނީ ބުނެފައިވެއެވެ.

 

5- އަޅުގަނޑުމެންގެ ތެރޭގައި ވަރަށް ގިނައިން މިއުޒިކް ކުރިއެރުވުމަށް ތަފާތު ބޮޑެތި ހަރަކާތްތައް ބާއްވާ، މޮޅެތިހާ ނަން ކިޔައިގެން މިއުޒިކް ކުރިއެރުވުމަށް ވަރަށް ގިނަ ބަޔަކު އެބައުޅޭ. ވަރަށް ބޮޑު ޚަރަދުތަކެއްވެސް އެބަ ކުރޭ. ކޮބައިތޯ މިބައިމީހުންގެ އެޖެންޑާ އަކީ؟

 

ޝާނީ : ހުރިހާވެސް އެއްޗަކީ ހަމަ ވިޔަފާރި

“އަޅުގަނޑު ހަމަ ވަރަށް ތެދަށް ބުނާނީ. އަޅުގަނޑު މިހެން ބުނެގެން ވަރަށް ބޮޑު ކަމަކަށްވެސް ވެދާނެ. ރާއްޖޭގައި މުނިފޫހިފިލުވަން ބާއްވާ ގިނަ ކަންތައްތަކަކީ ހަމަ ހުރިހާވެސް އެއްޗަކީ ހަމަ ވިޔަފާރި. ކޮންމެ ކަމެއްވެސް ނިމިފައި އިންނާނީ ހަމަ ވިޔަފާރިއަށް” ޝާނީ ބުނެފައިވެއެވެ.
ޝާނީ ބުނެފައިވަނީ ގިނަ ފަހަރު އެފަދަ ކޮންމެވެސް އިވެންޓެއް ނޫނީ ކޮންމެވެސް ޝޯއެއް ބާއްވަނީ ކުއްލިއަކަށް ބައިވަރު ފައިސާ ހޯދުމުގެ ނިޔަތުގައި ކަމަށާއި، އެހަރަކާތެއް ބާއްވާއިރު ސްޕޮންސަރޝިޕާއި، ވިޔަފާރީގެ ބައިވަރު ބައިތައް ހުޅުވިގެންދާ ކަމަށެވެ. ނަމަވެސް، ގިނަފަހަރު އަސްލު ފަންނާނުންނަކަށް އެކަށީގެންވާވަރުގެ އެއްވެސް އެއްޗެއްވެސް ނުލިބޭ ކަމަށާއި، އިވެންޓްގައި އެންމެ ބޮޑު ފައިދާ އެއް ނަގާ ބަޔަކީ މިބާއްވާ ބޮޑު ޝޯތަކާއި ހަރާކާތްތައް އިންތިޒާމް ކުރާ ފަރާތް ނޫނީ ކޮމްޕެނީ ކަމަށެވެ.
އަދި ބުނެފައިވަނީ، ފަންނާނުން އެހަރަކާތެއްގައި ބައިވެރިވަނީ އެބައެއްގެ ޕަބްލިސިޓީއަށް ކަމަށާއި، އެއްވެސް ހާލެއްގައި މިއުޒިކާއި މުނިފޫހިފިލުވުމުގެ ދާއިރާ ޕްރޮމޯޓްކުރުމަށްޓަކައި ބާއްވާ އެކި ޝޯތަކާއި އެފަދަ ހަރަކާތްތަކުން އެކަމުގައި ބައިވެރިވާ އެއްވެސް ފަންނާނަކަށް އޭގެން އެއްވެސް ފައިދާއެއް ކުރާނެ ކަމެއް ކަމުގައި ޝާނީ ނުދެކޭ ކަމަށެވެ.
“ފައިދާއެއް ނުކުރާނެ. ހަމަ ނުކުރާނެ.” ޝާނީ ބުނެފައިވެއެވެ.

 

6- މިއުޒިކާއި ލަވައިގެ ދާއިރާ އިން ކުރިއަށް އޮތްތާގައި ފެނިދާނެތޯ؟

 

ޝާނީ : ކުރިއަށް އޮތްތާގައި މުނިފޫހިފިލުވުމުގެ ދާއިރާގެ އެއްވެސް ކަމަކުން، އެއްވެސް ހައިސިއްޔަތަކުން ނުފެންނާނެ އިންޝާ ﷲ

 

“ދެން އިންޝާ ﷲ އެގޮތަށް އެކަން ހަމަ ދާނީ. މިހާރު ނިންމާފައިވާ ގޮތަށް، ހަމަމިގޮތުގައި ހުންނާނީ އިންޝާ ﷲ . ހުންނަން ބޭނުންވަނީވެސް މިގޮތުގެ މަތީގައި” ޝާނީ ބުނެފައިވެއެވެ.
**********************************************
ޝާނީގެ އިންޓަވިއު އަޑުއެއްސެވުމަށް :

10 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިހާރު މުމްތާޒުވެސް ލަވަކިޔުން ހުއްޓާލާފިޔޯ!

  2. އެހެންތަ! ތީގެ ހަގީގަތަކީ ކޮބާ؟ ދިއިސްލާމުން މިޚަބަރު ލިޔެލަދީބަލަ ..ޖަޒާކައްﷲ ޚައިރަން

  3. މާތްﷲ ތިޔައުޚުތާޔަށް ރަހުމަތް ލައްވާށިއެވެ. އާމީން…..

  4. ޝާނި ގެ ނިންމުން ވަރަށް ރަނގަޅު..

  5. އުއްމީދު ކުރަނީ ކުރަނީ އަޅުގަނޑު އަޙް ކުޑަ އިއްމެ ހުއްޓާ ލާނެ ކަމަށް ….. ޝާނީ އަށް މަރްޙަބާ

  6. ސާނީ ގެ ޖަވާބް ތަށް ވަރަށް ސީދާ ސާދާ. ހަގީގަތަކީ ޝަހާދަތް ނުކިޔާމީހުންގެ އެއްޗެއް މިއުޒިކާ ލަވަޔަކީ، މުސްލިމުންގެ އެއްޗަކީ ކީރިތިގުރްއާނާ ޒިކުރުތަށް. ސާނީގެ ތިޔަނިއްމުމަށް ހަމަސާބަސް ހައްގު… ވިސްނުންތެރި އަކީ ހައްގު ފެނިޔަގީންވުމުން ފަހަތަށް އެބުރި ބެލުމެއްނެތި ކުރިއަރައި ގޮސް ކާމިޔާބު ކަމާއި އެކު ދުނިޔޭގެ ދަތުރު ނިއްމާލާނެމިހާ

  7. ޝާނީ އަށް މަރްހަބާ

  8. މަށަކަށް މިކަން އޮތީކީ މިހެނެއް ކަމަކަށް ގަބޫލެއް ނުކުރެވޭ! އެންމެ ބޮޑުސަބަބކީ؛ ޒަމާނީ ޝެއިޚް ޑރ. އަފްރާޝީމް ވިދާޅުވަނީ އެމަނިކުފާނު ލަވަ ވިދާޅުވެ މިޔުޒިކް އަޑުއައްސަވާ އަދި މިޔުޒިކް ކުރިއެރުވުމަށް މަސައްކަތްޕުޅު ކުރާނަމޭ! ވީމާ، މިޔުޒިކަށް ލޯބިކުރާ މީހެއް ކަމުވާތީ މިއީ ގަބޫލުކުރެވޭ ވަރުގެ ވާހަކައެއް ނޫން! އަހަރެން މިޔުޒިކް އަޑުއަހަނީވެސް ކުޑަކޮށް ހައިޕާރ ވެލައިގެން ހުރެ…. އޭރުން ކިކް ވަރަށް ގަދަވޭ!

  9. ޝާނީގެ ފައިތިލަ ﷲ ޡާބިތުކުރައްވާށި.. ދެން ވަތަންގެ ލެ އަށް ބުނެލަން އޮތީ ކަލޭގެ ތިބަހަކީ ޖާހިލު ބަހެކޭ، އަހަރުމެން އަޅުކަން ކުރަނީ ޑރ.އަފްރާޝީމަކަށްނޫނޭ…ﷲ ތަޢާލާއަށޭ…ކަލޭމެން ކަހަލަ ޖާހިލުނާ ޒުވާބު ކުރުމަކީ ބޭކާރު ކަމެއްކަމާ ކަލޭމެންގެ ކިބައިން ދުރުވެތިބުމަށް ﷲ އަހަރުމެންނަށް އަމުރުކުރައްވައެވެ…އޭގެ ދަލީލަކީ އަލް-އައުރާފް ސޫރަތުގެ 199 އާޔަތުގައިވާފަދައިން
    …………. وَأَعُرِضُ عَنِ آلْجَآهِلِينَ (އަދި ޖާހިލުންނާ އެއްކިބާވެ ވަޑައިގަންނަވާށެވެ)

  10. އަބޫ ނުހާސް މާ ފާޑުފާޑަށް މީހުންނަށް އިންޒާރުދޭން އުޅެންޏާ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ގެންގޮސް ސުވާލުކުރީމަ ކިޔާނެ ހައިވާނު މަޖިލީހޭ އަނެކައްޗެކޭ. މީހުންނާއި ވާހަކަދައްކާއިރުވެސް ތަންކޮޅެއް ބަހުރުވަ ރީތިކޮށް ވާހަކަ ދައްކަން ދަސްކޮށްބަލަ. ހަމަ ހިތަށްއަރާހާ މީހަކު ކާފަރުކޮށްފައި އަނެއްބަޔަކީ އެންމެ ރަނގަޅު ބަޔަށް ހަދާލުމަކީ އެންމެ ރަނގަޅުގޮތެއް ނޫނޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!