ރާއްޖޭގެ ޚަބަރު

އެހަނދާނުގައި ޝޯގައި ހެދުން އެޅުނު ގޮތާއި މެދު އަޝްރާ މަޢާފަށް އެދެފި

ލިޔުނީ: އައިޝާ ޝަހޫ

 

އެހަނދާނުގައި ޝޯގައި ހެދުން އެޅުނު ގޮތާއި މެދު އަޝްރާ މަޢާފަށް އެދެފިއެވެ.

މިއަހަރުގެ އެހަނދާނުގައި ރިމިކްސް ޝޯގައި ލަވަކިޔާފައިވާ އަޝްރާ އޭނާގެ ލައިގެން ހުރި ހެދުން 'ތުނިވެފައި ބާރުކަމުން' އެމްއެންބީސީ 1 އިން މިއަދު ދެއްކި 'މިވަގުތު' ޕްރޮގްރާމް މެދުވެރިކޮށް ބެލުންތެރިންގެ ކިބައިން ވަނީ މަޢާފަށް އެދިއްޖެއެވެ. އަދި އެކަމާއި އޭނާ 'ދެރަވާ ކަމަށާއި އެފަދަ ކަމެއް ނުވާނެ' ކަމަށެވެ.

އަޝްރާ ބުނެފައިވާގޮތުގައި "އަޝް ބެލުންތެރިންގެ ކިބައިން މަޢާފަށް އެދެން ބޭނުން އަޝް ޑްރެސް ކޮށްފައިހުރި ގޮތުން. އަޝް ވަރަށް ދެރަވޭ އެގޮތައް ޑްރެސް ކުރެވުނީމަ. އިރާދަކުރެއްވިއްޔާ އެކަހަލަކަމެއް ނުވާނެކަމަށް ހުރިހާ ބެލުންތެރިންނަށް އަޝް ބުނަން ބޭނުން.' ކަމަށެވެ.

މިއަހަރުގެ އެހަނދާނުގައި ޝޯގައި އަޝްރާ ތިރިން ލާފައިވާ ހަރުވާޅު ބާރުވެފައި ތުނިކަމުން ގިނަ ބަޔަކު ވަނީ ފޭސްބުކް ފަދަ ތަންތަނުގައި ނުރުހުން ފާޅުކޮށްފައެވެ. އަދި އާންމުންގެ ތެރޭގައި އެކަމާއި ހިތްހަމަނުޖެހި ވާހަކަތައް ވަނީ ވަރަށް ބޮޑަށް ދެކެވިފައެވެ. އަދި ހާއްސަކޮށް ބުރުގާ އަޅައިގެން ހުރި ކުއްޖަކު އެފަދަ ތުނި ހަރުވާޅެއް ލާފައިހުރުމުން ގިނަ ބަޔަކު ވަނީ އަޝްރާއަށް ފާޑުކިޔާފައެވެ.

ރާއްޖޭގައި ހެދުން އެޅުމުގެ މިންގަނޑު ވަނީ ހައްދުފަހަނައަޅާގޮސްފައިކަން ގިނަ ބަޔަކު ގަބޫލުކުރެއެވެ.

މަޢާފަށް އެދުނު ވީޑީއޯ ބައްލަވާ!

ގުޅުންހުރި

46 ޚިޔާލު

  1. ތިވަރައްދެރަކަމެއް އެކަންއެނގިހުރެ ޓީވީއިން މަންޒަރުދެއްކިތީ އެކަން ކުއްވެރިކޮށް ޓީވީއިންވެސް މާފައް އެދެންޖެހޭ

  2. thikamuga MNBC in ves maafa edhen jeheyne, emme furathama efada viyaanudhaa hedhume laigen aran MNBC in huddha dhineegen nuvaane/?

  3. މައާފަށް އެދުމަކީ ރިވެތި އަހުލާގުގެތެރެއިން ވާކަމެއް..ހެދުން އެޅުމުގެ މިންގަނޑުތަކެއް އަމުދުން ބަންޑާރަ ޓީވީގައި ގެންގުޅުމަކީ ވަރަށް ރަނގަޅު އުސޫލެއް.. އަޅުގަނޑުމެން ނޭވާގެ ދެކޮޅު މިކިޔާ އެމެރިކާގައިވެސް 'އިންޑީސެންޓް އެކްސްޕޯޝަރ' އޭ ކިޔާ ކަމެއް އޮވޭ.. ލަވައެއް ހުށަހެޅިޔަސް، އޮފީހަކަށް ދިޔަސް އަދި ޕާޓީއަކަށް ދިޔަޔަސް ހެދުން އެޅުމުގައި މިންގަނޑުތަކެއް ގެންގުޅެންޖެހޭ.. މިކަމުން އެމްއެންބީސީ ވަން ވެސް ފިލާވަޅެއް ލިބިގަތުން މުހިއްމު..

  4. eyna ge foto hide kurumun thi site ekamah thaa eedhu kuraakamah fenaneee! liyaanu kuraa meehaa ves ehmenah fena gothah eynage adhabu deyn ohaneee.eygen ves iburatheh ehen meehunah dhinumah!

  5. theeden thankolhei boduvaru buruga elhiyas……………vaanuva boigen kanneyge arahuri.. buruga ehenmeehunves alha ekam ti thankolei boduvaru…..

  6. ekmu assra ge mimudu dhaaru amalu zamaan thakakah dhemigen dhaane kan assra ya neygeneebaa……
    ehenass maafa edhumun ufaakuran……….

    assra ge lavaa ga bunefa vaahen……..

    …( meega badhunaam othy kaakah hey……..
    assthaa magey neygumeh noonhey…….
    aadhey hey kuri roiroifaa meegaa vanee kon sirreh hey…….
    dhuniye dhass v hey dhassve baa v hey……
    sirreh yageeney oyhy ey……..)

    meege zamaan thakeh fahun assra ya milava fnunass ldhu gannan jeheyne…..hagee gathuga vess assra migotha hedhun elhumun badhunaam ve ladhugathee assra……..dhen lalalalaaaaaaaaa

  7. އަޝްރާ ތައުބާވި ބާ!!!!!

  8. އަސްރާ ކުށްޤަބޫލް ކުރީތީވެ އަހަރެން މަރުހަބާ ކިޔަން. އަސްރާ ވިއްޔާ އެހުރީ އައުރައިގެ ބޮޑުބައި ނިވައި ކޮށްފަ، ހަމަ އެރޭ ލަވަކިއި އަންހެން ކުދިންގެ ތެރޭގައި ބުރަކަށިމަތިންނާއި ،މޭމަތިންނާއި އަދި ކިއްޕައްޗަށްދާންދެން ހާޔަށްލައިގެން އައުރަ ނިވާނުވާ ޙާލުގައި ތިބިކުދިން ހަމަރަގަޅު ދޯ . އެކަމާ ފޭސްބުކުގަ ނުރުހުން ފާޅުކުރާނެ ހަމަ އެކަކުވެސް ނެތްދޯ . ސުބްޙާނަﷲ. މިއޮތް ޤައުމެއްދޯ!

  9. asraage kuhgaboolukoh maafah edhunythee varah ufaavi. goaheekee asraaehnoon, dheenee ilmuverin vanee gaigoalhive lavakiyun ey huhdhakameh noonkamah ethahfaharaku vidhaalhuvefa. vee iru mnbc medhunukedi konme roadhamahaku mikan kuriyah gendhaakan alhugandu kuvverikuran.

  10. TV IN EYNA MAAFAH NEYDHEY… HUS DHOGU THI HADHANEEE… EYNA KON IRAKU TV ANEREEE…

  11. bunan beynun vanee hedhun elhi iru e elhi hedhun hurigotheh neyguny kyhve baa ey,aslu meehun ehchehi kiyaathyve dho maafah edhuny.aharenves enme furathama loluga alhaigathy hedhumuga

  12. bala eyna ekamah maafah edhifa ebunynu dhen ekahala kameh nuwaaneyeyy?? eyna ah wisnen medhuweriwi sababeh kamah ekan ewy..dhenwes rangalhah ulheyne kamah unmydhu kuraany. adhi bunan..konme myhakahwes fennaany ehen myhehge kuh..ehen myhehge kameh nama adu haru koh ekamehge waahaka dhakkaane..mikamunwes wisnaa fikuru kuraa bayaku iburaiy hoadhaane..

  13. ma dhekey gothugai thaubaa wi kamah waany lawa kiyun wes huttaalyma….

  14. rangalhu..mnbc inwes dress code eh gengulhey nama rangalhu waane..mikamunwes wisneyne dhen waki rule eh othumuge muhinmu kan

  15. mnbc ge program ehga eyna wany maafah edhifa..mi video u tube ga wes ebaoiy

  16. މިކަމުން އިބުރަތެއް ދެއްވާށި

  17. ma link jehyma nufeney:s u tube ba search kohbala

    Ashraa maafah edhun (thuni hedhun lun kada kameh girls)

  18. keekey bunaaneee… me nuun habareh nulibunee tho? me habaruge sababun e video balaa hih vaa meehun dhanee gina vamunn… e vedio lava mihaaru dhanee mashooru vamunn… adhi eyge 1 sababakah vaane blog thakugai aai facebook ga me vaahaka tha jehun… .

  19. thi kahala ethath kameh mi gaumiga fennamun midhanee, dheenaa ves hilaafu , dhivehi raajjeyge gaanoonaaves hilaafu, mi kahala kamakaa halhaylavamun nikunnaane meehaku ves nuvay, ekam iru kolhu kolhun gaanoonay kiyaigen halhay lavaane, mi in ves ingenee dheenah meehun alhaalun kuda minvaru, MNBC in ekuranee (dheenaa adhi gaanoonaa) ves hilaafu kameh,,, alhu gandu hithah araa mi thanthanuge verinna mi thibenee gamaarun baa ey,,,

  20. thaubaa vumakee lava kiunves huhtaa lun dho! rangalhu aeyna hedhun aelhifa huri gothun dhera vikan aekamakuves dheeenee gothun lava kiumakee haraam kameh dho

  21. މާފުކުރުމަށް އެދުމަކީ ދެން އެކަމެއް ނުކުރުން…..އެހެންވެއްޖެއްޔާ ރަގަޅު

  22. އޭނާ ހެދުން އަޅާފައިވާ ގޮތް އެއްގޮތަކަށްވެސް ކަމަކު ނުދޭ. އެކަމާ ބެހޭގޮތުން ވާހަކަ ދެއްކުން ރަގަޅު. ނަމަވެސް ލަވަކިޔުން ހުއްޓާލާކަށް އަދި ނުވޭ. މިދާ ގިނަ މީހުން ލަވަ ކިޔުމަކީ ހަރާން ކަމަކަށް ހަދައިގެން އުޅުނަސް އަޅުގަނަޑު އެކަން ގަބޫލެއް ނުކުރާނަން. މިސައިޓްގަ އެއިން ފޮޓޯ ސެންސަރު ވެފަ ދޯއޭނި.

  23. lavakee iru alhaafahuri hedumuge vaaha ka mi site ga bunaairu furathama lavakiyumuge hukumuge vaahaka dhakamaa

  24. އަޝްރާ އެކަނި ހެދުން އަޅާފައި ހުރިގޮތުގެ ވާހަކަ ދައްކާކަށް މާ ރީއްޗެއްނޫން… އަޝްރާ ވާ ރަނގަޅުތާ މަތިން ބައެއްވެސް ފޮރުވާފައި ހުރިކަން.. ލަހުފާ ފާއިޒު ލާފައި ހުރިއެއްޗެއްސަށް ފާޑު ކިޔުން މާރަނގަޅު… ލަވަކިޔަކިޔާ ހުރިއިރުވެސް ކޮނޑާއިތަންތަން އޮތީފެންނަން.. އަތް އޮތީ ފައިބައިފައި.. އެމްއެންބިސީމީހުން މިފަދަކަންކަން ކުރުމުގައި އެދުންއެޅުމުގައި ވަކި ހުދޫދެއް ކަނޑައެޅުން ރަނގަޅުވާނެ.. ރީބްރޭންޑު ކުރުމުގެ މާނައަކީ އޮރިޔާން ނިވާނުވާވަރުގެ ހެދުން އަޅުވައިގެން މީހުން ލައްވާ ލަވަ ކިޔުއްވުމެއްނޫން…. ހެޔޮނުވާނެ އެކަހަލަ ހެދުންއެޅުމަށް ފުރުޞަތު ތަނަވަސް ކޮށްދޭކަށް… ކީކޭ ދެން ބުނާނީ.. މީ މީހުންގެ ޙާލަތު ހުރިގޮތް…

  25. ދޮގެއް؟ މި ނޫހުގައި ޖަހާވަރުގެ ވާހަކައެއްނޫންމީކީ

  26. މިތާނގައި ޖުމްލަކޮށް ކޮމެޓްކޮށްފައިވަނީ ވަރަށް ގަޅި ބަޔެއް. އެއްބަޔަކު މިކިޔަނީ ލަވަ ހަރާމޭ، އަނެއް ބަޔަކު މިސައިޓުގައި މިހަބަރު ޖަހަން ނުވާނެކަމަށް ބުނޭ. ހިތައް އަރާ ހަބަރު ވަނީ ހަބަރަކަށް ނޫންހޭ، ހަބަރުގައި ހަރާމް ހަލާލް ކިޔައިދިނީމި ކަޑަވާނެކަމަށް ފެނޭ. ދެން ބަޔަކު އެބަބުނޭ އަދިވެސް މައާފަށް ނޭދެއޭ، އެދުނޭ ބުނީމާ ދެން މަގަބޫލުކުރަން. ގަޅިންތަކެއްގެ ކޮމެންޓްތައް ފެނިފައި ކޮމެންޓް މިކުރީ މިސައިޓަށް ފުރަތަމަ ފަހަރަށް.

  27. މިއީ ހަބަރެއް ނޫންތަ އިބްރާހިމާ، ދެން ހެދުން އެޅިގޮތުގެ ވާހަކަ މިސައިޓުގައި ނުޖެހީސް ކަންނޭނގެ މައާފަށް ނޭދުނު ނަމަ. ބަލާ ލަހުފާ، އޭނަ ހެދުން އެޅި ގޮތުގެ ވާހަކަ މިސައިޓުގައި ނުޖަހާނު. އެހެންވީމާ މައިތިރިވެބަލަ މިއީ ހަބަރޭ ކޮއްކޯ. ހަބަރު ޖަހާއިރު ހަރާމް ހަލާލު ކިޔަވައިދިނީމި އެވާނީ ބޮޑު މަޒުމޫނަކަށް. މިއީ ކުރު ހަބަރެއް. ގަޅިގަޔަސް ތިއީ ބޮޑުވަރު. ދެން ލަލަލާ

  28. ތިއީ އަނެއް ފިކުރުގެ ސޮރެއްދޯ؟ ފޮޓޯ ސެންސަރުކުރީމަ ހާދަހާވާ އަސަރެއްތިޔަ ކުރީ. ދެން މިފަދަ ސައިޓެއްގައި އަޝްރާގެ ފޮޓޯ ޖެހިނަމަ މުޒާހަރާވެސް ކުރީމުސް.

  29. ނެތެއްނު ދެން ސަލާމަތެއް. ހަބަރު ޖެހީމަ މާގޯސްމިވީ. މިކަން ވީމަ ގޯހެއް ނުވި. މީހަކު މައާފަށް އެދުނުކަން ވީހާވެސް ގިނަ ބަޔަކަށް އެނގެން ޖެހޭނެ.

  30. ތެދެއް ތިޔަ. މަވެސް ބަލައިފިން ފަޓާސްޓީވީ އިން…

  31. އެންއެންބީސީ ރީބްރޭންޑް ކުރީ ތޯއްޗެއް.

  32. އޮރިޔާމުން އެރިޔަސް ސެންސަރެއް ނުކުރާނެ…

  33. އަސްރާގެ ކުށް އަސްރާއަށް އިޙްސާސްކުރެވުނުކަން އެއީ ވަރަށް ރަގަޅުކަމެއް. ނަމަވެސް ކުރެވިފައިވާ ކުށުގެ ސަބަބުން މަޢާފަށް އެދެންޖެހެނީ ބެލުންތެރިންގެ ފަރާތަކުންނޫނެވެ. މަޢަފަށް އެދެންޖެހޭނީ ﷲ ގެ ޙަޟުރަތުންނެވެ. އެއަށްފަހު ތައުބާވެ މީގެފަހުން މިފަދަކަމެއް ނުކުރުމަށް ޢަޒުމްކަނޑައަޅަންވީއެވެ.

  34. hairan vavaru kameh noo aey kafarun ves hijbu alha niva vegen kura kameh noon aey lavakia miuzik kulhu maky adhi aey muslimunge ehchehves noon

  35. ރާއްޖޭގެ ޤައުމީ ޓީވީން އެފަދަ ޙަޔާތްކުޑަ ގޮތައް ހެދުންއަޅައިގެން ގޮސް ލަވަކިއުމުގެ ފުރުޞަތު ދެއްވީތީ އެކަމަށް އެޓީވީ ހިންގުމާއި ޙަވާލުވެގެން އުޅުއްވާ ބޭފުޅުން މަޢާފަށް އެދެންޖެހޭނެނޫންތޯ ؟
    އިސްލާމްދނުގެ ހެދުންއެޅުމުގެ ޤަވާޢިދު ޤަބޫލުނުކުރާ ފަރާތްތަކަށްވެސް އެމީހުންހެދުންއެޅުމުގެ ޤަވާޢިދެއް އެމްއެންބީސީން ގެންގުޅުމީ މުސްތަޤްބަލްގައި މިފަދަކަންކަން ހައްލުކުރެވޭނެ ގޮތްކަމަށް އަޅުގަނޑު ޤަބޫލުކުރަނީ….

  36. eyna maafah edhifa in video eba in youtube gaves, eyna maafah edhunee rodhamahu anna mivaguthugai.

  37. masha mihaaru mi fenunee.. subuhaanahlah eyna thirin ehcheh laigentha huree…. kulalaigennu ehuree

  38. bodubaeh kudabaeh noanaane a sin is a sin buruga alhaigen hunna meehege atha moonu noon huriha thane foruvenjehe .anybody who reveals more than that is commitin a great sin.

  39. im surprised at this coment about her not seeing its transparency due to diml light..ppl its a stocking she must be blind not to know that.and through dim light she didnt know how tight it was too?? a

  40. ހަރުވާޅު ލުމުގެ ކުރިން ތިރި ބަލާލިނަމަ………….

  41. ތައުބާވިނަމަ އެތަނަށް އަރާމާފަށް އެދުނުއިރުވެސް ބަލާބަ ލާފައިން ކުރުހެދުން ނުވިތާކަށް ބުރުގާއަޅާފަހުރިގޮތް ތައުބާވިނަމަ އެހެދުން ނުލާނެ ދޯ

  42. އަހުމަދު ތިބުނީކީ މުޅިއަކުން ރަނގަޅަކަށްނޫން…އަސްރާ ހެދުން އަޅާފަހުރި ގޮތެއް ދެންތިބި މީހުންނާ ތިޤޮތަށް އަޅާކީގެން ނުވާނެ…ގޯސްކޮށް ހެދުން އަޅާފަ ހުރީމަ އޭގެ މާނައަކީ ގޯހޭ…އަސްރާގެ އައުރަ އެއްވެސް ވަރަކަށް ނިވާވެފައެއްނެތް….

  43. mnbc in mikamaa maafah edhen jeheyne..dheenuga seedha haraam koffaivaa kamakun bodu program eh hadhaa adhi meehun lahvaa lava kiyuhvaa faadu faaduge hedhun alhuvaa adhi nuvi thaakah tv in iru iru kolhun mi lavathah genes cd hadhaigen vikka….kihaa baeh mikamuge sababun magu furedhugen dhiyatho….meekee kuda kameh noon…

  44. އަޅުގަނޑަށް ހިއެއް ނުވޭ އެމް. އެން. ބީސީއިން ތިކަމަށްޓަކާ މާފަށް އެދޭނެހެން. އެއީ ކުރިއަށް އޮތްތާގައި ތިއަށްވުރެ މާ ކުރު، މާ ނިވާކަންކުޑަ ހެދުން އަޅައިގެން ތިބޭ އަންހެން ކުދިން ފެންނާނެ ޕްރޮގްރާމްތައް އެ ޗެނަލުން ފޮނުވަން ތައްޔާރުވަނީ ހެން ހީވާތީ. މިހާރުވެސް އިޝްތިހާރު އެބަ ކުރޭ ކަންނޭގެ އެކަހަލަ ކޮންމެވެސް ޕްރޮގްރާމެއް..

  45. mnbc meehun eiy islam dheenugai haraam kurahvaafaivaa kanthah kuran tibi baeh.

  46. ނޯ ކޮމެންޓް.. :)

Your email address will not be published. Required fields are marked *