ތިނެއް ނޮވެމްބަރުގައި ދިވެހި ސިފައިން ބިރުން ފިލީ: މާރިޔާ

 • ނޮވެމްބަރު 3، 2011 ގައި ސިފައިން ޖަމާއަތުގައި ނަމާދުކުރަނީ – ފޮޓޯ : އެމްއެންޑީއެފް

ދިވެހި ސިފައިންނަކީ ފިނޑި ބައެއް ކަމަށް ވިދާޅުވެ ރާއްޖެއަށް 3 ނޮވެމްބަރު 1988 ގައި ދިމާވި ބޮޑު އުދުވާނުން ރާއްޖެ ސަލާމަތްކުރުމަށް ދިވެހި ސިފައިން ވެފައިވާ ގުރުބާނީއަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖްލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ހަޖޫޖައްސަވައިފިއެވެ.

ހއ. ދިއްދޫގައި މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ސިފައިންނަކީ “ފިނދަނަތަކެއް” ކަމަށް ސިފަކޮށް މާރިޔާ ވިދާޅުވީ 3 ނޮވެމްބަރު 1988 ގައި ތިރީހަކަށް ތަމަޅައިން އައީމަ އެމީހުން ހަތިޔާރު އަޅައިގެން ތިބި ބަޔެކޭ ކިޔާފައި ދިވެހި ސިފައިން ފިލާފައިވާ ކަމަށެވެ. އަދި ސިފައިންނަށް މިގައުމު ސަލާމަތްކުރުމަށް ނުކުޅެދުނު ކަމަށާއި ރާއްޖެ ސަލާމަތްކުރަން އަންނަން ޖެހުނީ އިންޑިއާ ސިފައިން ކަމަށް މާރިޔާ ވިދާޅުވިއެވެ.

“ތިބޭފުޅުން ފޭލްވެއްޖެ. ތީ ފިނޑި ބައެއްކަން ދައްކައިފި. ހަތިޔާރުތަކެއް ހިފައިގެން ބަޔަކު އަންނަންޏާ ފިދަނަތަކެއްހެން ތިބެނީ ފިލާ.” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ އަދި ވިދާޅުވީ ސިފައިންނާއި ފުލުހުން ޚިދުމަތެއް ކޮށްދީފިއްޔާ ވަރަށް ލޯބިން ބަލައިގަންނާނެ ކަމަށާއި އައްޑޫގައި ކޮންވެންޝަން ސެންޓަރާއި މަގުތައްހަދަން އުޅުނުއިރު ސިފައިންނާއި ފުލުހުންގެ ފަރާތުން އަލިކަމެއް ފެނުނު ކަމަށެވެ. އަދި އެމީހުންގެ ފަރާތުން ހިދުމަތެއް ލިބުނު ކަމަށް އޭރު ގަބޫލުކުރެވުނު ކަމަށް މާރިޔާ ވިދާޅުވިއެވެ.

ރާއްޖެއަށް 3 ނޮވެމްބަރު 1988 ގައި ބަޔަކުދިން ނުރައްކާތެރި އުދުވާނުގައި ބައިވެރިވުމުގެ ސަބަބުން ކޯޓުތަކުން ކުށްސާބިތުވެފައިވާ މީހުންނަށް ކުރީގެ ރައީސް ނަޝީދުގެ ސަރުކާރުގެ އިސްމަގާމުތަކެއް ދީފައިވެއެވެ.

މާރިޔާ ވަނީ އެމްޑީޕީން ކުޅުދުއްފުށީގައި ރޭ ބޭއްވި ޖަލްސާގައިވެސް ފުލުހުންނާއި ސިފައިންނަށް ހަޖޫޖައްސަވާފައެވެ.

ރޭގެ ޖަލްސާގައި މާރިޔާ ވިދާޅުވީ ފުލުހުންނަށާއި ސިފައިންނަށް ކާންދީ ޔުނީފޯމުދީ އަދި ނިދާނެތަންދީ ހަދަނީ ރައްޔިތުންގެ ފައިސާއިން ކަމަށާއި ރައްޔިތުންނަށް ކަމެއް ޖެހޭއިރު ފުލުހުންނާއި ސިފައިން ފޭލްވެފައިވާކަމަށެވެ. އަދި ހަތިޔާރު ނެތް ބަޔަކާ ނޫންގޮތަކަށް ފުލުހުންނަށް ބަޔަކާ ކުރިމަތިލާން ނުކެރޭ ކަމަށާއި ބަސްނާހާ ތިބި ހަތްދިހަ ވަރަކަށް ފުލުހުން މައިތިރި ނުކުރެވުނު ކަމަށްވެސް މާރިޔާ ވިދާޅުވިއެވެ.

ގުޅޭ :

35 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. މިމާރިޔާގެ އަނގަ ދޮންނަންވެއްޖެ ހާދަހުތުރުވާހަކަދައްކާ މީހެކޭ މީ

 2. ހަޖޫޖައްސަވައިފިއޭ ހަޖޫ ޖެހީ ރީތި ބަހުރުވަ ބޭނުން ކުރާނީ އެފެން ވަރުގެ މީހުންނައް…

 3. މާރިޔާ އެބުނީ ހަމަ ތެދެއް،

 4. ތިޔަ މާރިޔާ އަކީ ވަރަށް ދޫނުބައި އަންހެނެއް.

 5. މާރިޔާމެންނަކަށް ދެން އެކަކުވެސް ރަގަޅެއްނުވާނެ… އަނެއްކާވެސް ވެރިކަމަށް އެރުނީމަ ބުނާނެ އެއީ އޮޅުމަކުންނޭ……….. އެހެނެއްނޫނޭ…… ކީކޭ ކިޔަން އުޅޭ ބައެއްތަމީ؟؟؟؟؟؟؟؟؟؟

 6. ބައްޔެއްނުން… ސިފައިންނަކީ ބަންގާޅިންތަކެއްތަ؟ ހިތިހުރިހާ ގޮތެއް ހަދަން… އެއީ މިޤައުމުގެ ފަޚުރޭ!
  ލާދީނީ ވެރިކަމެއް ލޭ އޮހުރުވުމެއްނެތި ތިރިއަރުވާލީ… ކޮންތާކު ހިނގާދިޔަ ކަމެއްތަ އެއީ؟

 7. މާރިޔާ އަކީ ރަނގަޅއް ވާހަކަ ވެސް ނުދެއްކޭ މީހެއްނު، މަގުމައްޗައް ނިކުންނަ އިރު ހުންނާމީ ފަންސޫރެހެން،، ޗީ ޗީ ، ތީ މޫނުމައްޗަށް ކުޅު ޖަހަން ވެސް ކަމުނުދާ ފަދަ ފޮރަސްޓްރޭޓެޑް (ވިޗް) އެއް.

 8. އެއީ ތެދެއްނަމަ އިންޑިޔާއިން ބަޔަކު އަންނަން ވާއިރަށް އެންމެން މަރާ ހުސްކުރީސް، އައްނި ބައްޕަ އަށް ވެރިކަން ލިބުނީސް……………

 9. އަޅާނުލާ! 2013 ކާމިޔާބުވިޔަސް ހުވާކުރާކަށް ލާހިކެއް ނޫނޭ! ތިހުންނަށް ދައްކާލާނަން ދިވެހި ސިފައިންނާއި ފުލުހުންގެ ހަޤީޤީ ބާރު. ބަލަންތިބޭ.

 10. މާރިޔާއަކީ އަންހެނޭ ބުނާތީ ވެސް ލަދުގަނޭ. 7 ފެބްރުއަރީ 2012ގައި ފުރާނަ ސަލާމަތް ކޮށްދިނީ ވެސް ތިޔަ ބުނާ ފިޑި ސިފައިން. މާރިޔާމެން އަދިވެސް ކަމެއް ދިމާވެއްޖާ ހިމާޔަތަށް އެދި ހަމަ ދާނީ ސިފައިންނާއި ފުލުންގެ ގާތަށް. ދިވެހި ސިފައިންނާއި ފުޅުންނަށް ކެތްތެރިކަމާއި ސާބިތުކަން ދެއްވާށި.

 11. 3 ނޮވެމްބަރ 1988 ގައި ދިވެހިރާއްޖެއަށް ހަމަލާ ދިނީ ކެނެރީގެ ޢާއިލާއިން އަޑީގަ ތިބެގެން. އެހެންވެ އެމީހުންނަށް ކާމިޔާބުނުވީމާ ސިފައިން ފިނޑިވީ. އަދި 7 ފެބުރުއަރީ 2013 ގައި ސިފައިން އަމާންދީ އެއްބާރުލުން ދިނީ ދީނާއި ޤައުމާއި ޤާނޫނުއަސާސީ ހިމާޔަތްކުރަން އިހުތިޖާޖު ކުރި ފުލުހުންނާ އެހެންވެ މި ފަހަރުވެސް ފިނޑިވީ. އެއްފަހަރު ހަމަލާދީ ބަލިކޮށްލުމުން އަނެއްފަހަރު އަމާންދީ އެއްބާރުލުންދިނުމުން ފިނޑި ކަނބިލި ތަކެއްގެ ލަގަބުތިޔަދިނީ. އަހަރެންދަނަނަވާނީ ކުޚުދުއްފުއްޓަށް ރީނދޫޕާޓީ އެރުމަށް ހިމާޔަތްދިން ފުލުންނާއި އެމީހުންނަށް އެހީތެރިވި ސިފައިން މާ ފިނޑިޔޭ.

 12. އެޓާނީ ޖެނެރަލް ކަން ނުދިނީމަ ސަރުކާރުން ވަކިވީ… ތިމާގެ ފިރިމީހާ ކޮށްފަހުރި ކަންތައްތައް ފޮރުވަން ވެގެން އެމްޑީޕީގަ ތިއުޅެނީ… އާއިލާއަށް މަތީމަގާމާއި، ސަރުކާރުގެ އިންވެސްޓުމަންޓް ތައް ހޯދަދިނީ… މިހާރު ތިކުރަމުން ދަނީ ޓެރަރިސްޓް އަމަލުތަކެއް އެހެންނޫންތޯ؟

 13. މާރިޔާއާއި މެދު ޤާނޫނީ ފިޔަވަޅު އަޅަން ގޮވާލަން. ނިކަން ދެން ނަޝީދު ވެރިކަމަށް ކުރިމަތިވެސް ލާބަލަ. ކުޅި ދައްކާނަން. ހީވަނީ މިހާރު މާރިޔާމެން ދެރަވެގެން އުޅޭހެން 3 ނޮވެމްބަރުގައި ހިންގި ޓެރަރިސްޓު ހަރަކާތް އެމީހުންނަށް ކާމިޔާބު ނުވީމަ.

 14. ބަފާގެ ދުނިޔޭގައި ސަރުކާރުގެ (މައުމޫން ދައުރުގައި)ފައިސާއިން މުޅި ކޮމްރެޑްވިލާ އާއިލާއަށް ކިޔަވައިދިނީ، އެމް ޑީ ޕީ ވެރިކަމުގަ ރައްޔިތުންގެލާރިގަޑު ބަޑުއަޅައިލައިގެން ވިޔަފާރިފެށީ، މި ރަންނަމާރިޔާ ތަންތަނަށް އަރާ ރައްޔިތުންގެ ލާރީގައޭ ސިފައިންނާ ފުލުހުންނަށް ކާންދީ ބޯންދީ ނިދާނެތަންދެނީ ގޮވާއިރު ހިތަކަށް ނާރާބާ މިގޮވެނީ ގުދޯ ގުދޯ ކަމެށް.

 15. ނޮވެމްބަރ 3 ގެ އުދުވާނީ ހަމަލާޔާ ދިވެހި ސިފައިން ކުރިމަތިލާ ގައުމަށް ނަސްރުހޯދައިދީ ގައުމަށްޓަކައި ފުރާނަ ގުރުބާންކުރިކަން އެއީ ހަޤީޤީ ދިވެއްސަކަށް އޮޅިފައި އޮންނާނެކަމެއް ނޫން. އެދުވަހުގެ ވާހަކަ އޮޅުވާލައިގެން ދައްކަން ނަހަދާ. މާރިޔާ ތީ ކާކު ސިފައިންގެ އަބުރަށް އަަރަން. ލަދުހަޔާތް ކުޑަ ކަމުގެ ނަމޫނާއެއް. މާރިއާ ގައުމުން ބޭުރުކުރަން ގޮވާލަން. ދިވެހި ފުލުހުންނާ ސިފައިންނަށް އައްސަރިބަހާ ސާބަސް.

 16. މާރިއާ ދައްތައަށް ދަންލަލަލާއޭ ލާހިކެއްނޫނޭ ދެނެއް އޮޅިގެންވެސް ވެރިކަމާ ކައިރިވާކަށް، ބޯލައިގެން ތިއްބަވާށޭ

 17. ސިފައިންނާއި ފުލުހުންނަކީ މި ޤައުމުގެ ފަޚުރު. އެމީހުނަށްޓަކައި ހަމަބުއްދިހުރި ކޮންމެ ދިވެހިދަރިއަކު ފަޚުރުވެރިވާންޖެހޭނެ.

 18. ބަލަ މާރިޔާ މޮޔަވީތަ! އަހަރުމެން ނެތުމުގެ ތުރެއިން ވުޖޫ ގެންނެވި، އަހަރުމެންގެ ވެރި ރަސްކަލާންގެ އަހަރުމެން ރައްކާތެރި ކުރެއްވީ. އެހެންވީމާ އަދި އިރާދަކުރެވިއޔާމު، ތިމީހުންގެ ނުބައި ކަމުންވެސް މިރާއްޖެ ސަލާމަތް ވާނެ ކަމުގެ އުއްމީދުކޮށް، އަހަރުމެން އެކަންވޭތޯ މަސައްކަޔް ކުރާނަން.

 19. އެރޭގަ މާރިޔާ އެވާހަކަ ދައްކަމުންދިޔައިރު އަޅުގަނޑުވެސް އިނީ ޓީވީ ބަލަން. އަދި އެޖަލްސާގަ އަންހެން ބޭކަބަލުންވެސް ތިއްބެއްވި. މާރިޔާގެ އެވާހަކަ އަޑުއަހަމުން ދިޔައިރު އަޅުގަނޑު ހިތަށްއެރި ނޫނޭނާވާ ދެން މިތިބަމީހުން ދައްކާފަ ނުދައްކާނީ ކޮން ވާހަކައެއްބާއޭ. އެރި ރުޅިއަށްވުރެ ވީދެރަ މާބޮޑު. އަޅުގަނޑުގެ ލޮލުން ކަރުނައައި. އަޅުގަނޑުމެންގެ ޤައުމުގެ ފަޚުރުންކަމުގައި ދެކެމުންއައި ސިފައިންނާ ފުލުހުންނަށް އެފަދަ ނިކަމެތި ދަށުތަޖައިގެ ޢިބާރާތުން މަލާމާތްކޮށްހެދި.

 20. އެރޭގަ މާރިޔާ އެވާހަކަ ދައްކަމުންދިޔައިރު އަޅުގަނޑުވެސް އިނީ ޓީވީ ބަލަން. އަދި އެޖަލްސާގަ އަންހެން ބޭކަބަލުންވެސް ތިއްބެއްވި. މާރިޔާގެ އެވާހަކަ އަޑުއަހަމުން ދިޔައިރު އަޅުގަނޑު ހިތަށްއެރި ނޫނޭނާވާ ދެން މިތިބަމީހުން ދައްކާފަ ނުދައްކާނީ ކޮން ވާހަކައެއްބާއޭ. އެރި ރުޅިއަށްވުރެ ވީދެރަ މާބޮޑު. އަޅުގަނޑުގެ ލޮލުން ކަރުނައައި. އަޅުގަނޑުމެންގެ ޤައުމުގެ ފަޚުރުންކަމުގައި ދެކެމުންއައި ސިފައިންނާ ފުލުހުންނަށް އެފަދަ ނިކަމެތި ދަށުދަރަޖައިގެ ޢިބާރާތުން މަލާމާތްކޮށްހެދި އިރު، ހަމަރަގަޅަށްވެސް މިދަންނަވަނީ އަޅުގަނޑު މާރިޔާއަށް ބަދު ދުޢާ ކުރިން.

 21. ފުލުހުން ފިލާކަށްނުދޭ. އަހަރެންްގެ ބައްޕަ އަކީ އެދުވަހު ސިފައިންގެ ތެރެއިން ނިކުތް 9 މީހުންގެ ތެރޭން އެކެއް. އެހެންވީމަ ތިހެނެއް ނުބުނެވޭނެ.

 22. މީދެންކާކުތަ އަނގަހުޅުވަފަ މިވާހަކަދައްކަނީ އަންހެނެއްގެ ސިފަވެސްޖަހާއިންސާނެއްނޫންމީނަޔަކީ …..
  ނޮވެންބަރ 3 ގަ މިގައުމު ހިމާޔަތްކުރަންނިކުތީ ސާހިދު އާއި ކެރަފާނަސީމް އާއި މައިޒާންއަލިބެ އާއި
  އެމްޑީޕީ ރޫހާނީލީޑަރު ގެ ދޮންބެއާއި ތުއްތުބޭ އާއި ބައްޕަ އާއި ކާފަ މިހާވަރުން ދެންމިލިސްޓް ކުރުކޮށްލީ އޯކޭދޯ……………………

 23. ދެންކިޔާނެ އެއްޗެއް ނެތިގެން އުޅޭބައެއް އެމް ޑީ ޕީ މީހުންނަކީ. އެމް ޑީ ޕީ ދެން ލަލަލާ. ތިއޮތީ އަތަށް ގޮވާފަ.

 24. ޢިއްޒަތްތެރި ފުލުހުންނާއި ސިފައިންނަށް ހަޖޫޖަހަން މި،މާރިޔާމެން މީއީ ކޮންބައެއްތަ؟ ބަލަގަ އެއީ މި ދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިންނޭ، އެއީކީ އަނެއްދިވެހިރާއްޖޭގެ ފުލުހުންނާއި ސިފައިންނެއް ނޫނޭ، ތިޔަ ބައިގަނޑުގެ ތެރޭގައި ތިބިބަޔަކު ރާވައިގެން 3 ނޮވެމްބަރ 1988ގައި ގެންނަންއުޅުނު ބަޣާވާތް ނާކާމިޔާބުކޮށްލީ، ދިވެހި ސިފައިންނޭ، އެހެންވީމަ އޭގެ ބަދަލު ހިފުމުގެގޮތުން ތިޔަ ބައިގަނޑުން މަސައްކަތްކުރީ އެބޭފުޅުންލައްވާ ތާއަބަދު އަޅުމަސައްކަތް ކުރުވަން، އެގޮތުން އެބޭފުޅުންލައްވާ ނާޖާއިޒްގޮތުގައި ވަރަށްގިނަ މަސައްކަތްތަކެއް ކުރުވި، އަދި ވަރައްގިނަ މަސައްކަތް ކުރިޔަށް ރާވާފައިވެސްއޮތް، އެގޮތުން ރައްރަށުގެ ނަރުދަމާއެޅުވުންފަދަ ބުރަމަސައްކަތްތައް، އެކަމަކު އޭގެ ހުރިހާފައިދާއެއް ލިބޭގޮތަށްއޮތީ ފައްޅިކުލައިގެ ސަރުކާރު ހިންގަންތިބި ބޮޑުންނަށް، މިބައިމީހުން މިއުޅެނީ ޤައުމު ދިރުވާލަން، ލޮބުވެތި ރައްޔަތުންނޭ ހޭއަރާތިބޭށެވެ. މިބައިމީހުންނަކީ ސީދާ އިނގިރޭސި ފައްޅީގެ އެޖެންޓުންނެވެ. މިބައިގަނޑުގެ އެންމެ އިސް ޥާޖިބަކީ މިޤައުމުގައި ބޭނުންދީނަކަށް އުޅުމުގެ ފުރުޞަތުހޯދުމާއި، ޤައުމުގެ މުއްސަނދިކަމެވެ. ވިސްނައިފި ބަޔަކަށް މިކަން ކަށަވަރުވާނެއެވެ. އެކަމަކު ފައްޅިކުލައިގެ މީހުންނަކަށް މިކަމެއް ފަހުމެއް ނުވާނެއެވެ. އަހުރެންގެ ދުޢާއަކީ މިބައިމީހުންނަށް ހެޔޮވިސްނުން ދެއްވައި، ފައްޅިކުލައިން މިޤައުމު ސަލާމަތް ކުރެއްވުމެވެ. ކޮންމެ ކަމަކަށް ﷲސުބުޙާނަހޫ ޥަތަޢާލާ ކުޅަދުންވަންތައެވެ. ﷲ އަކްބަރ!

 25. 3 ނޮވެމްބަރު 1988 ޝަހީދުވި “ހުސެން އާދަމް” އަކީ ކުޅުދުއްފުށީ ދަރިއެއް ކަމެއް މާރިޔާ އަށް ނޭގުނީ ބާ؟ ކުޅުދުއްފުށީގައި ތިވާހަކަ ތި ދެއްކެވީ….

 26. ހައްދަވާ ބޮޑުކުރެއްވި ރަސްކަލާކޮ…. ޢަދުއްވުންގެ ދުލާއި އަތުގެ ނުބައިކަމުން އަޅަމެން ސަލާމަތްކޮށްދެއްވާންދޭވެ! އިބަސުވާމީންގެ ރުހިވޮޑިގެންވާނަމަ އެބައިމީޙުންނަށްވެސް ތެދުމަގު ދައްކަވާންދޭވެ! ދީނަށްޓަކައި ޤައުމަށްޓަކައި ޝަހީދުވި މުޖާހިދުންގެ ފުރާނަތަކަށް ރަޙުމަތްލައްވާންދޭވެ!

 27. ލޮބުވެތި ފުލުހުންނާއި ސިފައިންނަކީ އެމީހުންގެ ހުވާގައި ދެމިތިބޭ ވަރަށް ފަޙުރުވެރި ޢިއްޒަތްތެރިބައެއް. މިފަސްގަނޑަކީ ޝަޙީދުންގެ ލޭ ހުރި ފަސްގަނޑެއް. އެލޭ އެބަހުރި ލޮބުވެތި ފުލުހުންނާއި ސިފައިންގެ ގައިގައި.

 28. ކާންގެންގުޅުނު ކާށިކިބަ ގެއްލުނީމާ ކާޅުތައް ހަމަ ގޮވަނީ !!!!

 29. އާ އައްޑޫ އާއި ފުވައްމުލަކުގައި ފުލުހުންނާއި ސިފައިން ލައްވާ މަސައްކަތްކުރުވާފަ، ލާރި ކާލެވުނީމަ ހިތްހަމަޖެހޭނެތާދޯ މާރިޔާމެން. އެމީހުން ކޮށްފަހުރި ވައްކަންތައް ފަޅާ އަރާނެތީވެ ބިރުން އެއުޅެނީ މިހާރު

 30. އަޅެ ކުޅުދުއްފުށީގަ ތިބީ އެމީހުންގެ ޟަމީރު މަރުވެފަ ތިބި ބައެއްތަ؟؟؟؟ އެރަށައް އުފަން އެރަށުގެ ލޮބުވެތި ދަރިއެއް ޝަހީދު ކޮއްލީ މި އަންނިގެ ޢާއިލާ މީހުން މިތަނަށް ބާޣީން ގެނެސްގެން. އެކަމަކު މިހުރިހާ އެއްޗެއް ކިޔާ، ޝަހީދު ހުސެން ޢާދަމް އަށް ޖޯކު ޖެހިއިރުވެސް، އެތާންގަ ތިބެގެން އަތް ޖަހަނީ. ވަރަށް ތާހިރު!!!!!

 31. މާރިޔާ ވިދާޅުވި ފަދައިނ ސިފައިންގެ ތެރެއިން “ބަޔަކު” ފިލިކަމަށްވޭ. އެއިގެ ތެރެއިން އެކަކީ މާރިޔާގެ ފިރިކަލުން. ކޮންވެންޝަން ސެންޓަރުގެ މަސައްކަތް ކުރިއިރު އެކަން ބަލައިގަތްކަމަށް ވިދާޅުވީމަ ވަރަށް ހިނިއާދޭ. އެމަސައްކަތް ކުރިއިރު ދުއްމީހުން އެކަމަށް ހެކިވާނީ.

 32. ބޫޓު ލައިގެންތަ ނަމާދު ކުރަނީ……

 33. މާރިޔާ ކަލޭގެ އަނގަ ބަންދުކުރަން ވެއްޖެ ކަލޭގެ ތިޔަ ބުނި އެއްޗަކުން ފެންކަޅިވެގެންދިޔަ ، ކަލެޔަށް ހީވޭތަ އެމީހުން ފިލިނަމަ މިއަދު ކަލެއަށް ތިޔަހެން އުޅެވޭނެހެން އެންމެ ދުވަހަކަށް އެމީހުންގެ މަސައްކަތް ހުއްޓާލިނަމަވެސް ވާނެގޮތް އެނގިދާނެތާ ނަޝީދު ނުފިލާ ދޯ ކެރިގެން ހުރީ ކަލޭ ތީ ހާދަހާ ވާބޮޑު މުސީބާތެކޭ އަދިވެސް ބުނަން ނަޝީދު އާއި ކަލެޔާ ދެމީހުން ފިލަންވެގެން ގޮސް ތިބިތަން ވެސް އެބައިނގޭ އެކަކު އަނެކަކަށް ބިރުން ބައްދާލައިގެން ތިއްބާނުންތަ ފެނުނީ

 34. މާރިޔާއަށްވެސް މުސާރަ ދެނީ ރައްޔިތުން އެކަމަކު މާރިޔާ ހަމަ މިގައުމަށް ގައދާރުވިމީހެއް. މާރިޔާއަކީވެސް ގާގީންނާއިބައުވެރިވި ބާގީއެއް. ދެން 7 ފެބުރުަރީ ކަހަލަ ދުވަހެއް މިރާއްޖެއަށް އައިސްޔާ އެގޭނެ ތި މާރިޔާގެ ހުރި ހިތްވަރު.

 35. ހީހީ ! ހަމަ ފިތުނަ ކުރެވެން އޮތިއްޔާ އެވާހަކަ އެއް މި ނޫޙުގައި ލިޔެވޭތޯ ބަލާތި ! ފިލި އަސް ނުފިލިޔަސް ވީ ކަމެއް ވެ ނިމިއްޖެ . އެކަމުގެ ފޮނިމީރުކަން ނަގާނެ ބަޔަކު ނަގާ ނިމިއްޖެ / މަރުވި މީހުން ނަކީ ޝަހީދުން ކަމުގައި އަޅުގަނޑުމެން މިދެކެނީ އަދި އެދޭ ގޮތަކީވެސް ހަމަ އެއީ / ނަމަވެސް ހިތާމަ އަކީ އެކަމުން ލިބުނީ ކޮން އިބުރަތެއްތޯ !

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!