ޝައިޚް އިލްޔާސް މިސްކިތަކަށް އަރައިވަޑައިގެންފިއްޔާ އެންމެން ފައިބައިގެންދިއުމަށް ރީކޯ މޫސަ ގޮވާލައިފި

ޢަދާލާތު ޕާޓީގެ ދީނީ ޢިލްމުވެރިންގެ މަޖިލީހުގެ ރައީސް ޝައިޚް އިލްޔާސް ހުސައިން އެއްވެސް މިސްކިތަކަށް ދީނީ ތަޤްރީރްކުރައްވަން އަރައިވަޑައިގެންފިއްޔާ ހުރިހާ މީހުންވެސް އެމިސްކިތަކުން ފައިބައިގެންދިއުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެމްބަރު އަދި އިދިކޮޅު މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ގޮވާލަފިއެވެ.

ރީކޯ މޫސަ މިހެން ގޮވާލާފައިވަނީ އެމްޑީޕީން ރާޅުގަނޑު ސަރަހައްދުގައި ކުރިއަށްގެންދާ “އިންސާފުގެ ދަތުރު” އެއްވުމުގައި ރޭ ވާހަކަދައްކަވަމުންނެވެ.

ޝައިޚް އިލްޔާސް ރާއްޖޭގެ އެއްވެސް މިސްކިތެއްގައި ތަޤްރީރް ދެއްވަން ނޫޅުއްވުމަށް މޫސާ މަނިކު ވަނީ ޝައިޚް އިލްޔާސަށް އިންޒާރުދިނެވެ.

“އަޅުގަނޑު ގޮވާލަން އިލިޔާސް މިސްކިތައް އަރައިފިއްޔާ އެންމެން ވެސް ފައިބައިގެން ދާން، ޝެއިޙް އިލިޔާސް ބޮނެކުއާ ފެންފުޅި ހިފައިގެން ދާންވީ ކޮންމެވެސް ތަނަކަށް” މޫސަ ބުންޏެވެ.
މޫސަ ރައްޔިތުންނަށް މިހެން ގޮވާލައްވަންޖެހުނު ސަބަބެއްކަމުގައި އޭނަ ބުނީ އެމްޑީޕީގެ ސަރުކާރު ވެއްޓިގެންދިޔައީ ފުލުހުންނާއި ސިފައިންނަށް ޝައިޚް އިލްޔާސް ދެއްވި ދީނީ ތަޤްރީރުތަކުގެ ސަބަބުން ކަމަށެވެ.

މޫސަ މިހެން ގޮވާލާފައިވާއިރު މިދިޔަ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި ހުކުރު ޚުޠުބާ ވިދާޅުވުމަށް ޝައިޚް އިލްޔާސް މިންބަރަށް އެރުއްވުމާއެކު ބަޔަކު މީހުން ވަނީ މިސްކިތުން ފައިބައިގެން ގޮސްފައެވެ.

52 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. ރީކޯ ހަމާގަ ހުރެގެންބާ މިހުން މި ގޮވާލީ..

 2. އިސްލާމްދީނަށް ލޯބިކުރާ އެއްވެސް މީހަކު ޝައިހް އިލްޔާސް މިސްކިތަކަށް އަރާ ތަޤްރީރު ކުރަށްވަނިކޮށް ފައިބައިގެންނެއް ނުދާނެ

 3. މޑޕ ގެ ގިނަމީހުންނީ މިސްކިތަށް ތަޤުރީރު އަޑުއަހަންދާބައެއް ކަަމަށް އަހަރެން ނުދެނަހުރިން.

 4. ޝެއިޙް އިލްޔާސް މިސްކިތަކަށް އަރައިފިއްޔާ މިސްކިތުން ފައިބައިގެން ދާނީ ތިޔަކަހަލަ ލާދީނީފިކުރުގެ މީހުން. ތިޔައީ ދީނަށް ފުރައްސާރަކުރާ ޙިޔާނާތްތެރި ޢައްދާރުން. ތިއީ އިސްލާމްދީނުގެ ދުޝްމަނުންކަން. ރާއްޖެޓީވީއޭ ކިޔާފައި އެޗެނަލްގެ ބޭނުން ނަހަމަގޮތުގައި ހިފައިގެން އެމްޑީޕީ ޕްރޮޕެގަންޑާ ފަތުރައިގެން ދޮގުޙަބަރު ފަތުރަމުން މުޅިގަޢުމު ފަސާދަކުރަމުން ގެންދަނީ. ބްރޮޑްކާސްޓިން ކޮމިޝަނަށް މިތަންނުފެންނަނީ ކީއްވެބާ؟ ބްރޮޑްކާސްޓިންކޮމިޝަނުން ޖެހޭނެ މިކަން ހުއްޓުވަން. އަދި ނުވިތާކަށް ކުއްލިއަކަށް މުޅިރާއްޖެތެރެއަށް މިޗެނަލްދަނީ ދޫކުރަމުން. ރޭގަނޑުގެ މަޢުރިބުނަމާދާއި އިޝާނަމާދުގެ ދެމެދުގެ ވަގުތުގައިވެސް ތަފާތު ދޮގުވާހަކަދެއްކުން ނޫންކަމެއް މިޗެނަލުން ނުކުރޭ. އަދި މިހާތަނަށްވެސް މިކަން ހުއްޓުވާފައެއް ނުވޭ.

 5. ވެރިކަމަކީ ޝެއިޚް އިލްޔާސް ދެއްވާ އެއްޗެއްނޫން، އެއީ ﷲ ތަޢާލާ ދެއްވާއެއްޗެއް، އެއީވެސް ތިޔަބައި މީހުންނަން އިމްތިހާނަކަށް އެހެންނަމަވެސް އެކަމަށްވެސް ނުކަސިޔާރުވީމަ ﷲ ތަޢާލާ އެކަން އެގެންދެވީ، ދެންވެސް ވެވުނު ކަންތަކާ ހިތާމަކޮށް ﷲ ތަޢާލާގެ ކިބަފުޅަށް ތަވްބާވެ ތިމާމެންގެ ނަފުސް ތާހިރުކުރަންވީ، ޝެއިޚް ދަރުސްވެސް ދެއްވާނެ އަދި އަޅުގަނޑުމެން ދަރުސް އަޑުއަހަންވެސް ދާނަން، ތިބާގެ ޢަމަލުތައް އެންމެ މޮޅަށްދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ޝެއިޚުގެ މަސައްކަތުގައި ﷲ ތަޢާލާބަރަކާތްލައްވައި ކެތްތެރިކަން ދެއްވާށެވެ. ޝެއިޚްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް. އިންޝާ ﷲ

 6. ﷲ އަކްބަރު، ޝެއިޚް އިލްޔާސްގެ ދަރުސްތަކުން ޢިބްރަތް ހާޞިލް ކުރާ މީހުންވެސް ތިބޭކަން ރާކޯ މޫސަ…. މާފް ކުރައްވާ… ރީކޯ މޫސަވެސް ޤަބޫލުކޮއްފިތާ، މިހާރު ރިޝްވަތުގެ ވާހަކަ އޮއްބާލީދޯ؟ އަދި، ޤަބޫލްކޮއްފިންތާދޯ ލާދީނީ ކަންކަން ފެތުރުނުކަން، މިހާރު ތިގޮވާލަނީ ދަރުސްތަކަށް ނުދިއުމަށް، ސުބްޙާނަﷲ، ﷲ ގެ ކޯފާއަށް އަމިއްލައަ ތިހިރަގެން ހުށައެޅިގެންދަނީ

 7. އެމްޑީޕީ އަށް އަޅުކަންކުރާ ތިކަހަލަ ދެތިން މީހުން ނުދިޔަޔަސް އަހަރަމެން މިތިބީ ޝެއިޚް އިލްޔާސްގެ ދަރުސްތަކަށް ދާން. މިހާރި މިފެންނަނީ މިބައިގަނޑުގެ އަސްލު ސޫރަ. ކަލޭމެންގެ ބޭނުމަކީ މީހުން މިސްކިތްތަކާ ދުރުކުރުން. ހެޔޮ ނަސޭޙަތާ ދުރުކުރުން. އިސްލާމްދީނާ ދުރުކުރުން. ތިޔަ އެމްޑީޕީ އަކީ ހަމަ ލާދީނީ ބައިގަނޑެއް.

 8. ރީކޯ މޮޔަގޮވަން ފެށީ ދޯ. އެމްޑީޕީ މީހުން ދަރުސް އަޑުއަހަން ދޭތަ އެއްވެސް އިރަކު؟ ދަރުސް އަޑުއަހަން ބޭނުންނުވާ މީހަކު ނޭހީމަ ނިމުނީ. ކޮންމެހެން ތިޔަ ސިޔާސީ ކުޅިގަނޑު މިސްކިތަށް ވައްދާނެކަމެއް ނެތް.

 9. ރީކޯމޫސަމެން އަދިވެސް ހާދަ ޅައޭދޯ؟ އެމްޑީޕީ ގަ ދީނީދަރުސްއަޑުއަހަންދަނީ މަދުބައެއް އެމީހުން ރާކޯމޫސަ ތިހެންބުންޏަކަސް މިސްކިތަކުންނުފައިބާނެ އެމީހުންނަށް އެނގޭ މަރުވީމަ ޖަވާބުދާރީވާންޖެހެނީ ރާކޯމޫސައާއި މާރިޔާ އާއި އަނަންނިއަށް ނޫންކަން ވީމާ ބުނެލަންއޮތީ އަނގަމަޑުންލައިގެންހުންނާށޭ…………

 10. ރީކޯ މޫސަ ވާހަކަދައްކަން ފަށައި ފިއްޔާ ހުރިހާ އެންމެން ޖަލްސާ ދޫކޮށް ދާންވީ ، ޓީވީ ލައިވްކުރަން ތިބޭ ފަރާތް ތަކުން ލައިވް ކަވަރޭޖް މެދު ކަނޑާލާ

 11. މިކިޔާ އެއްޗެއް އަޅެ އެބަ އިނގޭތަ؟ އެއްފަހަރުބުނާނެ ގާސިމް ލާރި ދީގެންނޭ އަނެއްފަހަރަކު ބުނާނެ ރައީސް ވަހީދު އަޑީގަ ހުރެގެނޭ މިހާރު ޝެއިޚް އިލްޔާސްގެ ދަރުސް މިކަމާ އަޅުވައިފި!! މި އުޅެނީ އަޅެ ދެބަންދިހާރަވެގެންބާއޭ އަޅުގަނޑު ހިތަށް އަރާ. ބަލަ މިތިބަ ބޮޑާ އިންސާނުންތަކާ ވެރިކަމަކީ ﷲ ދެއްވާއެއްޗެކޭ! ބައެއް މީހުނަށް ރަޙްމަތެއް ކަމުގަ. އަނެއް ބަޔަކަށް އިމްތިޙާނެއް ކަމުގަ. ﷲ މި ދިވެހި ދީބު މި ރީނދޫބައިގަނޑުގެ ކިބައިން ސަލާމަތް ކުރައްވާށި އާމީން! ޝެއިޚް އިލްޔާސަށް ފުރިހަމަ ތާޢީދު! ދުވަހަކަުވެސް ޝެއިޚް ދަރުސެއް ދެނިކޮށް މިސްކިތުން ފައިބައިގެން ނުދާނަން! އިންޝާﷲ!

 12. ހީހީ ހަލާކު… މިހާރު ދެން ކިޔާފާނެ ކޮންމެ އެއްޗެއްވެސް.

 13. ހަމަހޭ ޖެހޭ މީހަކު ތިގޮވެލި އަޑުއެހިއްޔާ ރަނގަޅު.

 14. އަދިވެސް ކަލޭމެން ބޮޑާ ކަން ދައްކަނީތަ؟؟ މިހާރު އިނގިއްޖެ ތި ޕާރޓީ ނޫން އެހެން ބަޔަކަށް ވެރިކަން ލިބިއްޖެޔާ ކަލޭމެންގެ ޙާލަތު..

 15. މާތްﷲ ޝެއިޚް އިލްޔާސްގެ މަސައްކަތުގައި ބަރަކާތް ލައްވާ ކެތްތެރިކަން ދެއްވާށީ. ޝެއިޚްގެ މަސައްކަތްތަކުގައި ކުރިއަށް ވަޑައިގަންނަވާ. އިލްޔާސްގެ ފަހަތުގައި ނަމާދުކުރުމުން ނުވަތަ އިލްޔާސް ދެއްވާ ދަރުސެއް އަޑުނޭހުމުން އިލްޔާސް ގެއްލޭނެ ހަމަ އެކަޗެއް ވެސް ނޯންނާނެ. އެކަން އޮގޮތަށް ކުރިމީހަކަށް ލިބެން ހުރި ދަރުމައާ ޘަވާބު ބީވެގެން ދާނީ. މި ބައިމީހުންނަށް މާތްﷲ ހެޔޮ ވިސްނުން ދެއްވާށި. އާމީން.

 16. އަހަރެމެން ﷲ އަށް އަޅުކަންކުރަނީ ރީކޯ މޫސާ ބުނެގެނެއްނޫން.

 17. އެއްމެފުރަތަމަ މާލެ ފޭބިގޮޮތައް ބުނީ މައުމޫން ކުރިކަމެކޭ..ދައްކާނެ ވާހަކައެއްނެތިގެން ފަހަރަކުދޮގެއް ހަދަމުން ތިދަނީ..މޫސައާއި ތިޔަ ޕާޓީގައި އުޅޭ ގިނަމީހުންނަކީ ދަރުސް ކީއްކުރަން މިސްކިތައްވެސް އަރާ ބައެއްނޫން..

 18. މީގެ ތިންދުވަސް ކުރިން ލަންކާގެ ޕާލްސިޓީ ހޮޓެލްގައި ހީހީފައި މީހުންނާ ވާހަކަ ދައްކައި އުޅުނުއިރު ބޮލުގައި ބެންޑޭޖެއްނެތެވެ. އަދި އެއްވެސް ޒަހަމެއް ބޮލަކުން ފެންނާކަށްނެތެވެ. އެކަމަކު މި ފޮޓޯއިން މިފެންނަ ބެންޑޭޖް މީ ފިލްމެއްގެ މަންޒަރެއްތޯ؟

 19. އަބޫޖަހުލުވެސް ބުނީ އެ ގުރުއާން އަޑުނޭހުމަށް. މޫސަ ބުނީ އިލުމުވެރިންއަޑުނޭހުމަށް. ވިސްނާފިކުރުކޮއްބަލަ އިލުމުވެރިންނަކީ އަހަރެމެންނައް ދީން އުނގަންނާދޭމީހުން. މިގޮވާލަނީ ކޮންކަމަކަށް. މުސްލިމު މިއުއްމަތް ވިސްނާތި މޫސަ މާކަންތައްބޮޑު ތިޔަވަނީ. މީގާތްމީހެއްގެ ގޮތުން ދޭނަސޭހަތެއް

 20. ދެން މީނަ ދަރުސްދޭން ވީނުން އަހަރަމެން ދާނަމޭ އަޑުއަހަށް ރަނގަޅަށް ވެއްޖެޔާމުން ފާތިހާ ސޫރަތްވެސް ކިޔަވަން ނޭގޭނެ. އަޅުގަނޑު ހިތަށްއަރާ މާތްވެގެންވާ އިސްލާމް ދީނުގައި އިލުވެރިންނަށާއި ނުވަތަ ސުނަތަށް އުޅޭމީހުންނަށް ޙަރާންވެފައި އެހެން އާއްމު މުސްލިމުންނަށް ހުއްދަ ކަންތަތައް ހުރޭބާއޭ ދީނުގައި ޙަރާން ހުރިހަކަމެއް ހުރިހާ މުސްލިމުންގެ މައްޗަށްވެސް ޙަރާންކަން އަޅުގަނޑުމެންނަށް އެނގިފައި އޮންނަނީ ވަކި ބަޔަކު އިސްތިސްނާ ނުވާކަން. އަޅުގަނޑަށް މާފުކުރައްވާ އަޅުގަނޑު ހަނދުމަށް ނެތުނީޔޭ މިވެރިންނަކީ މެދުމިނުގެ މީސްކޮޅެއްކަން އެވެދާނެ އެދީނުގައި އޮންނަ ގޮތްކަމަށް ސުކުރިއްޔާ.

 21. ފަހުޒަމާނަށްއައިސް ރީކޯމެންކަހަލަ ކިތަންމެ އިބިލީހުންނެއް ފައުޅުވާނެ، ދުނިޔޭގެ އެއްވެސް ޤައުމެއްގެ ވެރިޔަކު، ﷲ ސުބުޙާނަހޫ ވަތަޢާލާއަށާއި، ކީރިތި ރަސޫލާ މުޙައްމަދުން ޞޮލަﷲ ޢަލައިހި ވަސައްލަމައަށް ނުކުރާހާ ފުރައްސާރަ ނަޝީދުވެސްވަނީ ކޮށްފަ! އަދި އަލްހާންވެސް! އެހެންވީމަ އަޅުގަނޑުމެން އެހެން ކިޔަނީ، އަދިވެސް ކިޔާނަން! ރައްޔަތުންނަށް ހެޔޮ ވިސްނުންދެއްވާ، މިބައިގަނޑާއި ދުރުކުރައްވާށި! އަލްޙަމްދު ލިﷲ، ﷲއަކްބަޜް!

 22. އަޅެފަހެ ކޯންޗެއް ވެފަ ހުންނަ އާދަމުގެ ދަރިއެއްބާއޭ މަގޭ ހިތައް އަރާ މީ!!! އެހެންޏާފަހެ، ތިޔައަށްވުރެ ތި އެމް.ޑީ.ޕީ މީހުން ގޮވާ އެތިވަރު އަޑުއަހަން ނުދާން މީސްތަކުންނަށް ގޮވާލަބަލަ… މީނާ ހިތުން މީނާ ވަރުގެ ގަދަމީހެއް ދެން މި ބިންމަތީގަ ނެތް! މިމީހުންގެ މީހުން ނޫން ބަޔަކު މިތާ އުޅެގެނެތް ނުވޭ! އެންމެފަހުން ކިޔާނެ ހުރިހާއެއްޗެއް ކިޔާ ނިމުނީމަ ދީނީ އިލްމުވެރިންނާދޯ ތި ދިމާކޮށްލީ!!! ހުރިހާކަމަކަށްވުރެ ގަދަފަދަވަންތަ ފަރާތެއް ވާކަން ހަނދާންކޮށް ގޭގަ ދެންވެސް މައިތިރިވެގެން އޮވެބަލަ!! ހީވާ ކަހަލަ މީނާއާ މީނާގެ އައުވާނުންނޭ މިތާއުޅެން ޖެހޭނީ!!!!

 23. މި ރީކޯމޫސަ މީ އައްޝައިޚް އެއްތަ މިކަހަލަ ކަންކަމަށް ގޮވާލަން މީދެން ކާކު ކޮންމެދުވަހަކު އިރުއޮއްސޭގަޑީގަ ތަންތަނަށް އަރާ ދޮގުވާހަކަ ދައްކަނީ ހުވަރަފުއްޓަށް ގޮސް ތެޅިބާލަބަލަ މާތްﷲ ށް ބިރުވެތިވެބަލަ. މީނާ މާރިޔާ ގޮވައިގެން ހުކުރުކޮށްބަލަ، މިކަހަލަ މީހަކު ގޮވާލާ ގޮވާލުމަށް އިޖާބަދޭނީކާކު

 24. ވެރިކަމަކީ ޝެއިޚް އިލްޔާސް ދެއްވާ އެއްޗެއްނޫން، އެއީ ﷲ ތަޢާލާ ދެއްވާއެއްޗެއް، އެއީވެސް ތިޔަބައި މީހުންނަން އިމްތިހާނަކަށް އެހެންނަމަވެސް އެކަމަށްވެސް ނުކަސިޔާރުވީމަ ﷲ ތަޢާލާ އެކަން އެގެންދެވީ، ދެންވެސް ވެވުނު ކަންތަކާ ހިތާމަކޮށް ﷲ ތަޢާލާގެ ކިބަފުޅަށް ތަވްބާވެ ތިމާމެންގެ ނަފުސް ތާހިރުކުރަންވީ، ޝެއިޚް ދަރުސްވެސް ދެއްވާނެ އަދި އަޅުގަނޑުމެން ދަރުސް އަޑުއަހަންވެސް ދާނަން، ތިބާގެ ޢަމަލުތައް އެންމެ މޮޅަށްދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ޝެއިޚުގެ މަސައްކަތުގައި ﷲ ތަޢާލާބަރަކާތްލައްވައި ކެތްތެރިކަން ދެއްވާށެވެ. ޝެއިޚްގެ މަސައްކަތަށް އައްސަރިބަހާ ސާބަސް. އިންޝާ ﷲ

 25. ރީކޯ މޫސާމަނިކު އަކީ ދީނީ ގޮތުން މާމަތީ ފާހެއްއޮތް މީހެއްތަ އިލްޔާސްމެން ކަހަލަ ޝެއިޚުންނާ ތިޔަކުޅުއްވަން އުޅުއްވަނީ ދީނީ އިލްމް ވެރިންނަށް ގޮންޖައްސާ ތިޔަފަދަ ގޮތްގޮތަށް މަލާމަތް ކުރަންޏާމުން ރާކޯމޫސަގެ ހާލަތު ތިޔަށްވުރެވެސް ބޮޑަށް ދަށަށް ދިއުމަކީ ވެދާނެކަމެއް. އަދިވެސް މާތްތިރި ނުވަންތޯ ތިޔަ މަސައްކަތްކުރަނީ މިގައުމުން އިސްލާމްދީން ނައްތާލަންތޯ.. ރާކޯމޫސަ ރާޅުގަނޑު ސަރަހައްދުގައި ހުރެ ތިޔަފަދަ ވާހަކަ ދައްކަން ބިރުވެތިވެބަލަ… ތިމާއަށް ލިބިދާނެ ނިކަމެތި ކަމަކަށް ﷲ އަށް ބިރުވެތިވާން ނުދައްނަ މީހަކަށް ކޮންކަމެއް ކުރެވޭނީ ދޮގުހެދުމާ މަކަރާ ހީލަތާ އަދި ކޮރަޕްޓް ފަދަ އެތައް ޢަމަލުތަކެއް ހިންގާ މީހަކަށް އިސްލާމްދީނަށް ލޯބިކުރާނީ ކިހިނެތް

 26. ވެރިކަންވައްޓާލީ އިލްޔާސްގެ ތަޤުރީރުތަކުން ކަމަށް ބުނާނަމަ ރީކޯ އަށް ހިދުކޮޅު އައީ. އަސްލު ޙަޤީގަތުގައި ވެރިކަން ވެއްޓިގެން ދިޔަ ވަގުތު ކޮޅަކީ ވަރަށް އާދަޔާއި ޙިލާފް ވަޤުތުކޮޅެއް. ދޮގު ހެދުމުގެ ޗެމްޕިއަން އަށް ދޮގެއް ހަދާނުލެވުނުތާގައި ރިޓަޔާރޑް ޕޮލިސް ކޮމިޝަނަރ ފަޞީޙް އަށް ޤާނޫނާއި ޚިލާފަށް އަމުރެއް ނުކުރާނެ ކަމަށްވެސް ނުބުނެވި ދޫ ބަންދުވި. ކަމެއް ވުމަށް އިރާދަ ކުރެއްވީމާ އެކަމެއް ވާނެ. ޔާސީން ސޫރަތުގެ އެންމެ ފަހަތުން ދެވަނަ އާޔަތުގެ މާނަ ބައްލަވާ. ދެން ޠަހާރަތުވެސް ނޭގޭ މީހުން މިކަހަލަ ވާހަކަ ދެއްކުމީ އާކަމެއް ނޫން. ﷲގެ ދީނާއި މުސްލިމް ބިމެއްދެކެ އިލްޔާސް އަށްވުރެ ބޮޑަށް ރީކޯ މޫސަ ލޯބިވާނެބާ؟ މޫސަ މެންނަށް ކޮން ކަމެއްތަ ދީނީގޮތުން އެނގިގެން އިލްޔާސް އަށް ތި ފާޑުކިޔަނީ. ޝައިޙް އިލްޔާސްއަކީ މޫސަ ޕޮއް ގޮއްވާލީ ސިހޭކަހަލަ ޝަހްސިއްޔަތެއް ނޫން. ﷲ ޝައިޙަށް ޡާބިތުކަން ދެއްވާށި.

 27. ކީއްވެގެންތޯ ފައިބައިގެންދާން ތި ގޮވަނީ.. ތިކަހަލަ އީމާންތެރިކަމެއްނެތް ޖާހިލުން ކުރާކަންތައްކުގަ ބައިވެރިވާންތޯ ދާންވީ… ރީކޯ މޫސާ މީ ކަލޭ ކުޅުނު ކަހަލަ ފިލްމެއް ނޫނޭ….

 28. އަޅުގަނޑު ދަންނަވާނީ ރީކޯ މޫސާ މަނިކުފަދަ މީހުން ތިކަހަލަ ވާހަކަ ދައްކަން މިހާރު ލަދު ގަންނަން ޖެހޭނެޔޭ ޝައިޚް އިލިޔާސް ގެ ދަރުސް އަޑުއަހަން ދާމީހުންގެ ޢަދަދު ގިނަވާތީ އެކަމާ ބިރުގަންނަނީ މާތް ﷲ ރީކޯ މޫސާ މަނިކުފަދަ މިޤައުމުގައި ލާދީނީ ޢަމަލުތަށް ހިންގުމަށް މަސައްކަތް ކުރާ ފަރާތް ތަކުން މިޤައުމާއި ދިވެހިން ސަލާމަތް ކުރަށްވާށި “އާމީން”

 29. ރީކޯ މޫސާ މެންގެ ލާދީނީ ފިކުރު ހުރި ވަރު މިއީ!! ބަލަ ތި އިލްޔާސް ހުސޭނޭ ކަލޭމެނަށް ވެރިކަން ހޯދަދޭން އުޅުން އިރުވެސް ޖަލްސާ ނިންމާފަ ވާރޭ ތެރޭ ދުޢާ ކުރަން ހުރީ.. ވެރިކަން ލިބުނީމަ ސަރުކާރުގެ މަޤާމެއް ވެސް ޤަބޫލެއް ނުކުރެ އޭ!! މިއީ ނޫންތޯ އިޚްލާސްތެރި ކަމަކީ

 30. ބިރު ގަތީދޯ! ބަޔަކު އިޞްލާޙުވެ ކައެމެން ދައްކާ ވާހަކަ ޤަބޫލުނުކުރާ ހިސާބަށް ހިނގައިދާނެތީ… އަހަރެން ފައިބަިގެން ދާކަށް ޤަޞްދެއް ނުކުރަން.. އަހަންނަށް އެންމެ އަޑު އަހައިލަން ފަސޭހަ ގޮތަކަށް ތަޤުރީރު ކުރައްވަނީ އިލްޔާސް.

 31. މިސަރުކާރުކާރާ ދެކޮލަށް ވާހަކަަދެަށްކިކޮށްމެމިިީހަކީ ދޮގުހަދާމީހެއް އަދި މީޑިޔާއަކުން އެފަދަ އެއްޗެއްބުނެފިނަމަ މީޑިޔާ ވެސް އެހިސާބުން ދޮގުހާދާމީޑިޔާ އަކަށް ބަދަލުވީ

 32. ެއެއީ ގޮަވައިލުމަކަށް ވުރެ ބޮޑަށް ދީނީ ފަތުވާއެއް..
  ނުކިޔަވާ ތިއްބަސް ހުރިހައި މައިދާނެއްގައި ބަސް ބުނާ ހިތްވަނީދޯ..
  ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރާ ގާނޫނުގެ ދަށުން މިކަހަލަ މީހުނަށް އަދަބު ހައްގުވާން ޖެހޭނެ..

 33. މިހާރު ޔަޤީން ކުރެވިއްޖެދޯ ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީ ބަޣާވާތަކުންނޫންކަން. ޝައިޚު އިލްޔާސްގެ ޙައްޤުގެ ބަސްތަކުން ސިފައިންނާއި ފުލުހުންގެ ސިނކުޑީގެ އެންމެ އެތެރެއާއި ހަމައަށް އެ ސިނކުނޑިތަކުގެ ވެރި ﷲ ތަބާރަކަ ވަތަޢާލާ ވައްދަވައި އެ ފަރާތްތަށް މެދުވެރި ކުރައްވައި ޙައްޤަށް ނަޞްރު ލިބިގެންދިޔައީކަމަށް. ތިގޮތަށް ﷲ އަށް ފުރައްސާރަކޮށް ﷲ ގެ މަގަށް ގޮވާލައި ދެއްވާ ވަޢޫޡާއި ނަޞީޙަތް އަޑުނޭހުމަށް ގޮވާލާއިރު މިއަދު ވެސް ތިބާގެ ފުރާނަ ރައްކައުތެރި ކޮށްދެއްވި ﷲ ގެ ކޯފާއާއި ޢަޛާބަށް ބިރުވެތި ނުވާތީ ހައިރާންވެއްޖެ.

 34. ބަލަ މައުމޫނުގެ ސަރުކާރު ވެއްޓި ރީކޯމެންނަށް ވެރިކަން ލިބުނީ ކާކު ދެއްވި ދީނީ ތަޤްރީރުތަކުގެ ސަބަބުން ހެއްޔެވެ. ބަލަ ތިޔަބޭފުޅުންނަށް ވެރިކަން ލިބުމުން މައުމޫނު ނުވަތަ މައުމޫނަށް ތާއީދު ކުރައްވާ ބޭފުޅުން އިލްޔާސު މިސްކިތަށް އަރާވަޑައިގެންފިނަމަ އެ މިސްކިތަކުން ފައިބައިގެން ދާކަށް ނުވަތަ ދަރުސު ދެއްވަން މިސްކިތްތަކަށް އަރާވަޑައިނުގަންނަވާށޭ ބުނެ އިންޒާރު ދީފައެއް ނުވެއެވެ. އެހެންކަމުން މިހިރަމިހިރަ ކަންކަމުން އެނގި ހާމަވެގެން ދަނީ ހަމަ ރީކޯމެންގެ ފެންވަރެވެ.

 35. ައަހަރެންވެސް ކުށްވެރިކުރަން މިގޮތަށް ކަންތައް ކޮށް މިކަހަލަ ވާހަކަ ރާއްޖޭގެ އެންމެންގެ ހިތްތަކުގެ ލޯބި ލިބިފައިވާ އިލްމުވެރި އެކޭ ކިޔައިގެން ދެައްކީމަ……އެކަމަކު އިލްމުވެރިން މިހާރު މާ ސިޔާސީ……

 36. ރީކޯ މޫސަ ހަދާން ނެތުނީތަ 2008ވަނަ އަހަރު ވިއްސާރައިގެ ތެރޭގައި ދުއާ އިސްވެ ވިދާޅުވީ ޝެއިޙް އިލްޔާސްކަން. އެދުވަހު ޝެއިޙް އިލްޔާސް ވަރެއްނެތް. މިއަދު ޝެއިޙް ދޭ ދަރުސްތައްވެސް ގޯސް. އަދިވެސް ބޮޑާ ވެގެންނަނީ. އިބުރަތެއް ހާސިލް ކުރަން ނުވޭ ދޯ؟ ކާމިޔާބީގަ ބޮޑާ ވެގަނެ ނާކާމިޔާބީގައި އެއަށް ވުރެ ބޮޑާ ވެގަންނަނީ. އިންޝާﷲ އަހަރުމެން މިތިބީ ޝެއިޙް މެންނާ އެކީ. ޝެއިޙް ދޭ ދަރުސް ތަކަށް ދާނަން. ދާނަން. ދާނަން.

 37. މިހިރަ ފެންނަނީ މިނުފަލާ ލާދީނީ ބައިގަނޑުގެ އަސްލު ސިފަ. ނަބިއްޔާއަށް މަލާމާތްކޮށްފަ ދިވެހި ރައްޔިތުންނަށް މަލާމާތްކޮށްފަ ގުއިނުދޮންނަ ދޮން ކާފަރުން ރުއްސައިގެންތިބެ އެމީހުންގެ އެޖެންޑާ ފަތުރަން ވެރިކަމުގައި ނުތިބެވޭނެތީ ލޮނުޒިޔާރަތްކޮޅުގާ ތިބެގެން ތިޔޮލަނީ. ވެރިކަން ލިބުމުން ކާފަރުންނާއެކު ހެދި އެއްބަސްވުންތައް ވެރިކަން ވެއްޓުނުއިރުވެސް ފުރިހަމަ ކޮށްދެވިފައި ނުވާތީ ބޭރުގެ އަދުއްވުން މިހާވަރަކަށް ތެޅިފޮޅެނީ. އެހެންތާވާނީ. އެސޮރުމެން އަތުން ލައްކަ ޑޮލަކު މިލާދީނީ ގުރޫޕްވަނީ އަތުލާފަވިއްޔަ. ބަލަ ހީކުރަނީ ކަލޭމެން ދީނާއި ދެކޮޅަށް ކުރާހާކަމެއް ބަލަން ސިފައިންނާއި ފުލުހުން ތިބޭނެކަމަށްތަ؟ އެމީހުންގެ ވާޖިބެއްއެއީ މިމަތިވެރި ދީން ދިވެހި ގައުމުގާ ހިމާޔަތްކުރުން. ހޭބަލިނުވެބަލަ.

 38. މީދެން ކާކުތަ. މިރާއްޖޭގެ ލާދީނީ ޕާޓީގަ ފިތުނަ ފަސާދަ އުފައްދަންއުޅޭ މަޝްހޫރު ފިލިމޫސަ.

 39. އަދިވެސް ހެޔޮ ބުއްދިއެއްދެއްވާތޯއެއްނޫންދޯ އުޅެނީ، ބަލަތިޔަބައިމީހުންގެ އަތުން ވެރިކަން ބީވެގެންދިޔައީވެސް ދީނަށް ފުރައްސާރަކޮށް އުޅުމުން، އަދިވެސް މީހުންގެ ހޭޖެހޭވާހަކަ ދަައްކާކަށްނޭކުގުނުދޯ، ކީއްކުރާނީ ތިހިރީ މަގުފުރެދިގެންގޮއްސާ، ދެންވެސް ލިބިފައިވާ މެމްބަރުކަން އަތުންދޫވެގެން ނުދަނީސް، މާތްﷲއަށް ޝުކުރުކޮށް ބަހާއި އަމަލު ރަގަޅުކުރޭ،،،،،،،،،،،،،،،،،،،،،،،،،،،،،

 40. މީނަ މަރު ނުވެ މިހުރީ މީނަގެ ނުބައި އަމަލުތައް މަތީ ދެމިހުރުމަށްބާ؟

 41. ދީނާއި ސިޔާސަތު އެއީ ވަކި ނުކުރެވޭނެ ދޭއްޗެވެ. ވަކިކުރަން އުލޭބަޔަކީ ‘ސެކިއުލަރ’ މީހުންނެވެ.

 42. އެމްޑިޕީމީހުން ސިޔާސީ މީހުންގެ ދިފާއުގަ ޕާޓީއަށް އަޅުކަންކުރާ އެމްޑިޕީ މީހުން މިސްކިއްތަކުން ފައިބައިގެން ދިޔަޔަސް އަހަރެމެން މިތިބީ އިސްލާމް ދީނުގެ ދިފާއުގައި އަދި އަހަރެމެން މާތް ﷲ ގެކޮޅުކަމައްވާ މިސްކިތްތަށް ދޫކޮށް ޖާހިލުންގެ އަޑަށް ހެއްލި ގެނެއްނުދާނަން.

 43. އިސްލާމްދީނަށް ވުރެ ފުރިހަމަޔަށް ސިޔާސަތުވާ އެއްވެސް ދީނެއްނުވޭ، ރީކޯމެންކަހަލަ ލާދީނީ ފިކުރުގެ މީހުންނަކަށް މިކަމެއްނޭނގޭނެ، މިހާރު މިމީހުންނަށް މިމީހުންގެ ބޭރުގެ އެޖެންޓުންގެ އެހީތެރިކަން އެކަށީގެންވާވަރަށް ނުލިބުމުން މިހާރު މިބައިމީހުންގެ ވިސްނުމުގައި މިހިރީ ދީނީ ޢިލްމުވެރީން މަގުމައްޗަށް ނެރެ ހާޖާނު ހައްދުވާ މިއީ ޓެރަރިސްޓުންކަން ދައްކަން، ކުރީގައިވެސް މި ފައްޅިކުލައިގެ ބައިގަނޑު މަސައްކަތްކުރީ މިގޮތަށްވޭތޯ، ނަމަވެސް އެފަހަރު އެކަންނުވެ އެހެންގޮތަކަށް ވެރިކަން ވެއްޓުނީ، ބަލަގަ އަހަރެމެން އިންސާނުންނަކީ އަމިއްލަބާރުގައި ކުޑަކުޑަ ހަރަކާތެއްވިޔަސް ކޮށްލެވޭ ބައެއްނޫނޭ! ﷲ ސުބުޙާނަހޫ ވަތަޢާލާ މިޔަދު ތިޔަބައިމީހުން ތިޔަވަނީ ނިކަމެތިކުރައްވާ، ތަޚުތުން ބޭރުކުރައްވައި، ގަދައަތްވާއި ވިއްސާހާލޮނަކަށް، ސަހަރާއެއްފަދަ ތަނަކަށް ލައްވަވާފައި، ދެންވެސް މިކަމުން ޢިބުރަތެއް ލިބިގަނެ ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ބިރުވެތިވެބަލަ!

 44. ލަންކާ ހޮޕިޓަލުގައި އޮވެގެން ކިޔާކަމަށް ރާކޯ މޫސައަށް ޒިޔާރަތް ކުރިމީހަކު ކިޔައިދިން. ތަންތަން އެންދުމަށާއި، މައުމޫނު ހައްޔަރު ކުރުމަށް. މީނަ އެހާލުގަވެސް އޮވެގެން ނުބައިކަންތަކަށް މިގޮވާލަނީ. ކީއްތަވާނީ ޝަހާދަތުގެ ދެކަލިމަ އެވަގުތުގައި ތަކުރާރު ކުރިއްޔާ… މީދެން މިމީހުންގެ ހާލު ހުރިގޮތް. ލާދީނީ ވެގެންގޮސް އެންމެ އުހުގައި….،.

 45. ކިޔާފަ ނުކިޔާނި އެއްޗެއް ރިީކޯ އަކަށް ނޭގެދޯ…….ހެހެހެހެހެ

 46. …އަހަރެން ޝެއިޙް އިލްޔާސް އަށް ވަރަށް ތާއީދުކުރިން،، އެކަމު މިހާރު ދެން މާ ސިޔާސީ ވެއްޖެ،،، އަދާލަތު ޕާޓީއަށް ވެސް ހުތުރު… މިވީހާކަމެއް ވެގެން ދިޔައިރު ކުޑަމިނުން ނެތޭ އަދުލް އިންސާފާ ބެހޭ ގޮތުން ދީނުގައި އަންގަވާފައިވާ ގޮތާ ބެހޭގޮތުންވެސް މިރާއްޖޭގެ އިލްމުވެރިޔަކު ދަރުހެއް ދީފަވެސް..މާތްﷲ އަހަރުމެން އެންމެންނަށް ހެޔޮ ވިސްނުންދެއްވާށި!!!

 47. ރީކޯ ހާސް ނުވޭ. ތަޤުރީރު އަޑު އަހަން ބޭނުން ނުވާ މީހުން އެއް އިރަކުވެސް އެއްވެސް މީހެއްގެ ތަޤުރީރެއް އަޑެއް ނާހާނެ. އެހެންވީމާ ތިކަމާ ބިރުން އުޅޭނެ ކަމެއްނެތް. ދެން އަޑު އަހާ މީހަކު އަޑު އަހާނެ ރީކޯ އުޑުޖެހިފަ ބިމު ޖެހުނަސް..

 48. ހެހެހެ…އެހެންޔާ ދޯ…!

 49. ރީކޯމޫސަ ބޭނުންވާ ކަންތައްކޮަައްދޭން މިހިރީ ތައްޔާރައް. ޝަރުތަކީ، ރީކޯ މޫސަ ﷲ ދެއްވި ބިމުން ބޭރުގަ ހުރެ ﷲ ދެއްވި ގުނަވަން ތަކުގެ ބޭނުން ނުކޮށް ތިގޮވާ ގޮވެލި ގޮވުން. ކަލެޔަށް އެއްޗެއް ވިސްނޭނެބާ؟؟؟ ތިމާއަކީ މުސްލިމެކޭ ބުނެ މީސްތަކުނަށް އިއްވާއިރު، ހަމައެކަނި ދުލުން ބުނެލުމަކުން ނުފުދޭނެ. އަމަލުން، ކީއްކުރަންތޯ މީހާ ފެނުނީމަ މުސްލިމެއްކަން އެގެންޖެހޭނެ. އަޅުގަނޑުﷲ އައްޓަކައި ޝައިޚް އިލްޔާސް ދެކެ ލޯބިވޭ.

 50. ސިޔާސީ މީހުން ގޯސް ހަދާނަމަ އެވާހަކަތައް ދީނީގޮތުން އޮންނަ ގޮތް ބުނީމަ އެއީ ސިޔާސީ ވުމެއް ނޫން…އެ މާހައުލެއްގަ ހިނގާ ކަންކަމަށް އަލި އަޅުވާލާއިރުގަ އެހެން ވާނެ… ދީނާ ސިޔާސަތަކީ ވަކި ކުރެވޭނެ އެއްޗެއް ނޫން.. އިސްލާމީ މުޖުތަމަޢުތަކުގަ އިގްތިސޯދީ ،ސިޔާސީ. އިޖްތިމާއީ ،މުައާމަލާތުތައްވެސް ހުންނަން ދީނާއެއްގޮތައް ގުޅި ލާމެހިފަ… ސެކިއުލަރ ވިސްނުމުގެ މީހުން މި ދޭތި ވަކި ކުރާނީ… ދީން އޮންނަން ޖެހޭނީ މިސްކިތުގަ،،،

 51. ރީކޯ ދަރި ފޭބީ މިސްކިތުން…….

 52. ތީ ތެދެއް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!