ގިތެޔޮ ބޯކިބާ

 

ބޭނުންވާ ތަކެތި

2 ޖޯޑު ހަނޑޫ ( ވ ހިމުންކޮށް ފުނޑާފައި )

2 ޖޯޑު ހަކުރު

2 ފިޔާ ( ތުނިކޮށް ކޮށާފައި )

2 ޖޯޑު ކާށި ކިރު

2 އިންޗި ފޮނިތޮށި

5 ކާފޫރު ތޮޅި

5 އިންޗި ރާނބާފަތް ( ބުރިބުރިކޮށްފައި )

2/1 ޖޯޑު ކަނަމަދު ( ދެފަޅި ކޮށްފައި )

1 ޖޯޑު މާފެން ( ނުވަތަ އެސެންސް. ބޮޑަށް މީރުވާނީ މާފެން )

2 މޭޒުމަތީ ސަމްސާ ގިތެޔޮ

ތައްޔާރުކުރާނެ ގޮތް

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ރާނބާފަތް ރަހަނިކުންނަންދެން ފެނުގައި ކައްކާލައްވާށެވެ. ފޮނިތޮއްޓާއި ކާފޫރު ތޮޅި މުގުރާ ފުރާނާލައްވާށެވެ. ގިތެޔޮކޮޅުގައި ފިޔާ ރަތްކޮށްފައި ބަހައްޓަވާށެވެ. އެއައްފަހު ކިރާއި ހަނޑޫފުށް، ހަކުރު، މާފެން އަދި ރާނބާފަތުފެން ތެއްޔަކަށް އަޅާ ގިރާލުމައްފަހު ދޭފަތުން ހަލަމުން މަޑުގިނީގައި ކައްކާށެވެ. އޮލަވާން ފެށުމުން ރަތްކުރި ފިޔާ، ކަނަމަދު އަދި ފޮނިތޮށި ކާފޫރު ތޮޅީގެ ދެބައިކުޅަ އެބައި އަޅާ ފުށްރޯފިލުމުން އުންދުން މަތިން ބާލާށެވެ. ޓްރޭއެއްގައި ގިތެޔޮ ހޭކުމައްފަހު ކެއްކި ފުށްގަނޑު ޓްރޭއަށް އެޅުމައްފަހު ބާކީހުރި ފޮނިތޮށި ކާފޫރު ތޮޅި މައްޗައް ބުރުވާލާށެވެ. އަދި ބާކީހުރި ފިޔާ އަދި ކަނަމަދު ވެސް ފުށްގަނޑުގެ މައްޗައް ބުރުވާލުމައްފަހު މަޑު ބަރައުން ކުލަ އަރަންދެން ފިހެލާށެވެ.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ލިޔުމުގައިވާ ފޮޓޯ ނެގި އިރު ކެމެރާގެ ޑެޕްތް އޮފް ފީލްޑް ( އެޕާރޗަރ ކުޑަކޮށް) ނެގިނަމަ މުޅި ފޮޓޯ ފޯކަސްވާނެ. މި ބޯކިބާ ގޭގައި ޓެސްޓް ކޮށްލައިފިން. ވަރަށް ރަނގަޅު.

  2. ރާނބާފަތް ކައްކަން ވީ ކިހާފެނެއްގައި ތޯ؟

  3. ފެންނައިރު ހީވަނީ ބޯކިބާ ފިހެ ނިމިގެން މައްޗަށް ކަނަމަދު އަޅާފައި ހުރިހެން. ކަނަމަދު އަޅާފައި ފިހުނު ނަމަ ކަނަމަދު ހުންނާނީ ބްރައުން ކުލަ އަރާފައި. އަދި 2ޖޯޑު ހަނޑުލަށް 2ޖޯޑު ހަކުރު އެޅީމަ ވަރަށް ފޮނިވެސް މަޑު.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!