ދޮން ރިހަ

 

ބޭނުންވާ ތަކެތި
ކަނޑުމަސް ( ކުދިކޮށްކޮށާފައި )
1 ފިޔާ ( ކޮށާފައި )

2 ލޮނުމެދު
1 އިންޗި އިގުރު

ހިކަނދިފަތް
2 ސައިސަމުސާ ދިރި

2 ސައިސަމުސާ ދަވިއްގަނދު
1 ސައިސަމުސާ އަސޭމިރުސް

ރާނބާފަތް

1 ޖޯޑު ހުނި
1 ޖޯޑު ބޯކިރު

3 ޖޯޑު ފެންކިރު

2/1 ސައިސަމުސާ މުގުރި ކާފޫރުތޮޅި

2/1 ސައިސަމުސާ މުގުރި ފޮނިތޮށި
ކުލަހިފާ ވަރަށް ރީނދޫ

1 ގިތެޔޮ މިރުސް

3 ބިލިމަގު

ރަހަލާ ވަރަށް ލޮނު

ތެޔޮ

 

ތައްޔާރުކުރާނެ ގޮތް

ހުނި، ދެބައިކުޅައެއްބައި ފިޔާ، ލޮނުމެދު، އިގުރު، ދެބައިކުޅައެއްބައި ހިކަނދިފަތް، ދިރި، ދަވިއްގަނދު، އަސޭމިރުސް، ރީނދޫ އަދި ލޮނު ފުނޑާ ލައްވާށެވެ ނުވަތަ މިކްސްޗަރުން ހިމުން ކޮށްލައްވާށެވެ. އެއައްފަހު ބާކީ ހުރި ފިޔާ، ހިކަންދިފަތް، ބިލިމަގު، ގިތެޔޮ މިރުސް، ރާނބާފަތް އަދި ތެޔޮ އަޅުއްވާ މީރުކޮށްލައްވާށެވެ. ފިޔާކޮޅު ރަތްވުމުން އޭގެތެރެއަށް ކާފޫރުތޮޅި، ފޮނިތޮށި އަޅުއްވާ އެއްކޮށްލައްވާށެވެ. ރަންގަޅައް އެއްވުމުން މަސްކޮޅު އަޅުއްވާ 5 މިނެޓް ވަންދެން ކައްކާލައްވާށެވެ. ދެން ހިމުންކުރި ހަވާދު އަދި ފެންކިރު އަޅުއްވާ މަސްކޮޅު ރޯފިލަންދެން ކައްކަވާލައްވާށެވެ. މަސްކޮޅު ރޯފިލުމުން ލޮނުހެޔޮވަރު ކުރައްވާ ބޯކިރު އަޅުއްވާ ކެކިގަތުމުން އުދުންމަތިން ބާލުއްވާށެވެ.

7 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ނާސިގޯރެން ހަދާގޮތް ގެނެސް ދެވިދާނެތޯ

  2. ދޮންއަނބު ރިހަ ހަދާގޮތް ބުނެލަދީފާނަންތޯ؟؟؟

  3. ފަރާޓާ ހަދާގޮތް، އަދި ކަނޑު ކުކުޅު ހަދާގޮތް ގެނެސް ދެއްވިއްޔާ ވ.ރަނގަޅު

  4. ގިތެޔޮބޯކިބާ އަޅާނެގޮތް ގެނެސްދެވިދާނެތަ

  5. ދޮންރިހަ އަށް އާންމުކޮށް ދިރި އެއް ނާޅާނެ.

  6. ފަރާޓާ
    http://dhiislam.com/archives/34962

  7. ކޮއްތުރޮށި ހަދާގޮތް ބުނެދީފާނަންތަ؟

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!