އެންމެ ފަހުން براءة ވެސް إنا لله وإنا إليه راجعون ! (ޙަޤީޤީ ހާދިސާއެއް)

މިއީ براءة ނަމަކަށް ކިޔާ އުމުރުން އެންމެ 10 އަހަރުގެ ކުޑަ އަންހެން ކުއްޖެއްގެ ވާހަކައެވެ. މި ކުއްޖާގެ މައިންބަފައިންނަކީ މިސްރުގެ 2 ރައްޔިތުންނެވެ. އެއީ ޞާލިޙް 2 ޑޮކްޓަރުންނެވެ. އެގޮތުން ރަނގަޅު ދިރިއުޅުމެއް ހޯދުމަށްޓަކައި براءة ގެ މައިންބަފައިން ސައުދީ ޢަރަބިއްޔާއަށް ހިޖުރަކުރިއެވެ.

براءة ކުޑައިރުވެސް ފާހަގަ ކުރެވިފައިވަނީ ވަރަށް ތޫނުފިލި ކުއްޖެއްގެ ގޮތުގައެވެ. މިގޮތުން براءة ވަނީ ވަރަށް ކުޑައިރު އިރު ކީރިތި ޤުރުއާން ހިތުދަސް ކޮށްފައެވެ. ޕްރައިމަރީ ގްރޭޑްތައް ކަޑައްތުކުރަމުން ދިޔަ براءة ގެ އުސްތާޛުން ވިދާޅުވި ގޮތުގައި، براءة އަށް މިޑްލް ސްކޫލުގައި ކިޔެވޭނެހާ ތޫނުފިލިކަން ލިބިފައިވެއެވެ.

ކޮންމެއަކަސް ދުވަސްތައް ވޭތުވަމުން މަޒީގެ ތެރެއަށް ވަންނަމުން ދެއެވެ. އެއްދުވަހަކު براءة ގެ މަންމަގެ ބަނޑުގައި ވަރަށް ބޮޑަށް ރިއްސަން ފެށިއެވެ. މި ކަމުގެ ސަބަބު ހޯދުމަށް ކުރެވުނު ތަޙްލީލު ތަކުގެ ނަތީޖާވީ براءة ގެ މަންމަގެ އަޒަލުގެ ގޮވާލުން ގާތްވެއްޖެ ކަމުގެ ނިޝާނެއް ކަމުގައެވެ. އާދެ، ކެންސަރެވެ. އޭގެ އެންމެ ފަހުގެ މަރުޙަލާގައެވެ. މި ވާހަކަ براءة ގާތު ބުނާނެ ގޮތަކާމެދު އޭނާގެ މަންމަ ވިސްނަމުން ދިޔައެވެ. އެއީ ފަހަރެއްގައި އެ ތުއްތު ކުއްޖާ ހެނދުނު ހޭލާ އިރު، މަންމަ ކައިރީގައި ނެތުމުން ވާނެ ދެރަ براءةގެ މަންމަ އަށް އިޙްސާސް ކުރެވުމުންނެވެ. އެންމެ ފަހުން براءةގާތު براءة މަންމަ ބުންޏެވެ.

“براءة، ދަރިފުޅަށްވުރެ ކުރިން މަންމަ ސުވަރުގެއަށް ދާނެ، ނަމަވެސް މަންމަ ބޭނުން ވަނީ ދަރިފުޅު ކޮންމެ ދުވަހަކުވެސް ކީރިތި ޤުރުއާން ކިޔަވަން. އެއީ މިދުނިޔޭގައި ދަރިފުޅަށް ހުރި ސަލާމަތަކަށް އެކަން ވާނެތީ”

براءةގެ ޅަ ސިކުނޑިއަށް އެ ބަސްތަކުގެ ހަޤީޤީ ފުންމާނަ ފަހުމް ވާ ގޮތެއް ނުވިއެވެ. ނަމަވެސް، براءةގެ މަންމަގެ ބަލިހާލަތު ބޮޑުވަމުން ދިޔުމުގެ ސަބަބުން ދާއިމީ ގޮތަކަށް ހަސްފަތާލުގައި އެނދުމަތި ކުރެވުމުން މަންމަގެ ބަލިހާލަތު براءةއަށް އިޙްސާސް ކުރެވުނެވެ. އެ ދުވަހުގެ ފަހުން ، براءة ސްކޫލުގެ ކިޔެވުން ނިންމުމަށްފަހު ކޮންމެ ދުވަހަކުވެސް މަންމަ އާ ބައްދަލު ކުރަން އާދެއެވެ. އަދި ހަވީރު ބައްޕަ މަސައްކަތުން އަވަދިވެ އަންނަންދެން މަންމަ އަށް އިވޭ ވަރަށް ޤުރުއާން ކިޔަވާ ދެއެވެ.

براءةގެ ޙަޔާތުގެ ޞޮފްޙާތައް ގުނެމުން އުކެމުން ދެއެވެ. އެއްދުވަހު ވަރަށް ކުއްލި ގޮތަކަށް ހަސްފަތާލުން براءةގެ ބައްޕައަށް ގުޅިއެވެ. އަދި ވީހާވެސް އަވަހަކަށް ހަސްފަތާލަށް އައުމަށް އަންގައިފިއެވެ. އެއީ އޭނާގެ އަންހެނުންގެ ހާލަތު ދަށަށް ދާން ފެށުމުންނެވެ. އެހެން ކަމުން، براءة ސްކޫލުން ގޮވައިގެން ހަސްފަތާލާ ދިމާލަށް މިސްރާބު ޖަހައިފިއެވެ. ހަސްފަތާލާ ހަމައަށް ދިއުމާއެކު براءة ކާރުގައި އިހަށް މަޑު ކުރުމަށް ބައްޕަ އިރުޝާދު ދިނެވެ. މި ގޮތަށް براءةގެ ބައްޕަ ކަންތައް ކުރި ސަބަބަކީ براءة ހަސްފަތާލަށް ވަންނައިރު ކުއްލިއަކަށް براءةގެ މަންމަގެ ފުރާނަނެތް ހަށިގަނޑު އެ މައުސޫމް 2 ލޮލަށް ފެނުމުން ކުރާނެ އަސަރު ބައްޕައަށް އިޙްސާސްކުރެވުމުންނެވެ. ކޮންމެ އަކަސް………………….براءةގެ ބައްޕްގެ 2 ލޯ  ކަރުނައިން ތެމި ފޯ ވެފައިވާ ޙާލު ކާރުން ފައިބައިގެން ހަސްފަތާލާ ދިމާލަށް ހިނގައިގެން ފިއެވެ. ކުއްލިއަކަށް ވަރަށް ބާރަށް ދުއްވާފައި އައި ކާރެއް براءةގެ ބައްޕަގެ ގައިގައި ޖެހިއްޖެއެވެ. އެ ވަގުތު ކާރުން ނިކުމެގެން، ތުއްތު މައުސޫމް براءة، ރޮމުން ރޮމުން އޭނާގެ ބައްޕަކައިރިއަށް ދުވެފައި އަތުވެއްޖެއެވެ. ނަމަވެސް……………… إنا لله وإنا إليه راجعون براءة ގެ ކުރިމަތީގައި ، براءةގެ ބައްޕަ މި ދުނިޔެއާ އަލްވަދާއު ކިޔައިފިއެވެ.

براءةގެ ބައްޕަގެ މަރާގުޅިގެން براءةއަށް ވަނީ ވޭނުން ފުރިފައިވާ އިޙްސާސްތަކެއް ކުރެވިފައެވެ. މީގެ އިތުރުން براءةގެ ބައްޕަގެ މަރުގެ ވާހަކަ ވަނީ براءةގެ މަންމައަށް ސިއްރު ކުރެވިފައެވެ. ނަމަވެސް އޭގެ ގާތް ގަނޑަކަށް 5 ދުވަސް ފަހުން براءةގެ މަންމަވެސް، އަޖަލުގެ ގޮވާލުމަށް އިޖާބަދީފިއެވެ. އަދި މި ފަނާ ކުރަނިވި ދުނިޔެއަށް އަބަދަށް އަލްވަދާޢު ކިޔައިފިއެވެ. إنا لله وإنا إليه راجعون

ތުއްތު براءة ގެ ޙާލުތޯއެވެ. ނިކަމެތިވެއްޖެއެވެ!، ޔަތީމުވެއްޖެއެވެ! އެކަނިވެރި ވެއްޖެއެވެ!

ކޮންމެ އަކަސް، براءةގެ މައިންބަފައިންގެ އެކުވެރިން ނިންމީ براءةގެ އާއިލާގާތަށް މިސްރަށް ފޮނުވާލުމަށެވެ. ނަމަވެސް ޤުދުރަތުގެ ނިޔާ އިނގޭނީ ކާކަށްތޯއެވެ. براءةގެ ބަނޑުގައި ރިއްސަން ފަށައިފިއެވެ. ކުއްލި އަކަށެވެ!. ބޮޑަށެވެ! ވަރަށް ބޮޑަށެވެ! އޭނާގެ މަންމަގެ ބަނޑުގައި ރިއްސި ފަދައިންނެވެ!!!!!!

މިކަމުގެ ސަބަބު ދެނެގަތުމަށްޓަކައި ތަޙްލީލްތަކެއް ކުރެވިއްޖެއެވެ. ޓެސްޓްތަކެއް ހެދިއްޖެއެވެ. ނަތީޖާއަކަށް ވީ…….. ނަތީޖާއަކަށްވީ …. އެންމެ ފަހުން براءةވެސް…………………………………… ނަތީޖާ އަކަށްވީ އެންމެ ފަހުން براءةއަށްވެސް ކެންސަރު ބަލި ޖެހުނުކަން ޔަޤީން ވުމެވެ.

މި އާ ހިސާބަށް އާދެވުމުން އަޅުގަނޑު މި ލިޔުން ވިދާޅުވާ ފަރާތަށް ސުވާލެއް ކޮށްލާން ބޭނުމެވެ. ތިބާ އަކީ براءة ކަމުގައިވާނަމަ، ދެން ހައްދަވާނެ ގޮތަކީ ކޮބައިތޯ އެވެ؟

އަޅުގަނޑަށް ޔަޤީނެވެ. ތިޔަ ހުރިހާ ބޭފުޅުންވެސް މާޔޫސްވެ މޮޅިވެ، ދުނިޔޭގައި ދިރިއުޅެން ފޫހިވާނެއެވެ. ނަމަވެސް براءة ގެ ދުލުން ބޭރުވެގެން ދިޔަ ބަސްތަކަކީ އެތާގައި ހާޒިރުވެ ތިބި ހުރިހާ އެންމެން ސިއްސުވާލި ބަސްތަކެކެވެ.

“الحمد لله …. މިހާރުދެން އަހަރެންގެ މައިން ބަފައިންނާ ބައްދަލުވެދާނެ

ހިތާމަޔަކަށް ފަހު ހިތާމައެއް، ހިތް ދަތި ކަމަކަށް ފަހު ހިތް ދަތިކަމެއް ކުރިމަތިވަމުން ދިޔައެވެ. ނަމަވެސް براءة ދިޔައީ މާތް ﷲ ގެ ނިޔާފުޅުގެ ކުރިމަތީގައި ކެތްތެރިވަމުންނެވެ. އަކަލާންގެ މިންވަރުފުޅަށް ރުހެމުންނެވެ.

ދުވަސް ކޮޅަކުން براءةގެ ވާހަކަ މަޝްހޫރުވެއްޖެއެވެ. އަދި އޭނާގެ ވާހަކައިން އަސަރުކުރި ސައުދީގެ ރައްޔިތަކު براءة ބެލުމުގެ ޒިންމާއާ ހަވާލުވެއެޖެއެވެ. އަދި براءةއަށް ބޭސްފަރުވާ ކުރުމަށްޓަކައި ޔޫކޭ އަށް ފޮނުވިއެވެ.
ދުވަސްތައް އޭގެ ހަލުއި މިނުގައި ކުރިއަށް ދެއެވެ، ބައެއް މީހުންނަށް އުފާވެރި ދުވަސް ތަކެކެވެ. ނަމަވެސް براءةގެ ހާލަތު އަންނަނީ ދުވަހަކަށް ވުރެ ދުވަހެއް ގޯސް ވަމުންނެވެ. އަދި ކެންސަރު މިހާރު މިތުއްތު ކުއްޖާގެ މުޅި ހަށިގަނޑުގައި ފެތުރިއްޖެއެވެ.އިތުރަށް ކެންސަރު ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ޑޮކްޓަރުން براءةގެ 2 ފައި ބުރިކޮށްލިއެވެ.

ޙާލަތަކަށް ފަހު ޙާލަތެއް ކަޑައްތު ކުރަމުން ދަނީއެވެ. ނަނަމަވެސް براءةގެ ޝަކުވާއެއް ނެތެވެ. އޭގެ ދުވަސް ކޮޅެއް ފަހުން براءةގެ ސިކުނޑިއަށް ކެންސަރު ފެތުރެން ފަށައިފިއެވެ. އެހިސާބުން ޑޮކްޓަރުން ނިންމީ ސިކުނޑީގެ ސަރޖަރީއެއް ހެދުމަށެވެ.

މި އޮޕަރޭޝަންނަށްފަހު براءةއަށް ވަމުން ދިޔަތަދާއި، އެ ތުއްތު ހަށިގަނޑުގައި އަޅަމުންދިޔަ ވޭން ދުލަކުން ގަލަމަކުން ބަޔާން ކޮށްދިނުމަކީ ދަތިކަމެކެވެ. ކޮންމެ އަކަސް…………………………………

ކޮންމެއަކަސް ، ކޮންމެ އިންސާނަކީ މަރުގެ ރަހަ ދެކޭނެ އެއްޗެކެވެ. އެންމެ ފަހުން 27 ޖޫން 2010 ވަނަ ދުވަހު براءة ވެސް މި ދުނިޔެއާވަކިވެއްޖެ ހަބަރު ދުނިޔެއަށް އާންމު ވިއެވެ.إنا لله وإنا إليه راجعون

މާތް ﷲ އެ ތުއްތު މައުސޫމް ފުރާނައަށް ހެޔޮރަޙްމަތް ލައްވާށިއެވެ. އަދި އޭނާގެ މައިންބަފައިންނާއެކުގައި ސުވަރުގޭގައި ލަހައްޓަވާށިއެވެ.

އެންމެހާ ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. براءة ގެ ފަޖުރުތަރި އެރުމާއެކު އޮއްސިއްޖެއެވެ. މުޅި ދުނިޔެއަށް ރީތި މިސާލެއް ދައްކާދީފައެވެ.ކެތްތެރިކަމާއި، ޤަޟާ ޤަދަރަށް އީމާންވުމުގެ މަތިވެރި މިސާލެކެވެ. ބަސް އެހުމާއި ކިޔަމަންތެރިވުމުގެ ރިވެތި މިސާލެކެވެ.

އޭ ލޮބުވެތި އަޚާއެވެ. އެ ތުއްތު ކުއްޖާގެ ހިތްވަރު ގަދަކަމާއި، ކެތްތެރިކަމުގެ މައްޗަށް ތިބާ ހައިރާނެއް ނުވޭތޯއެވެ.
އޭގެ ސަބަބަކީ ތޯއެވެ؟ އާދެ، އޭގެ ސަބަބަކީ براءةގެ ހިތުގައި ވާ ނުގުޑާފަދަ ވަރުގަދަ އީމާންކަމެވެ. މުޅިކައުނު ހެއްދެވި ހުރިހާއެއްޗެއްގެ މިލްކުވެރި ﷲ އަށް ކުރާ އިތުބާރެވެ.

ތިބާއަށް އެފަދަ އިތުބާރެއް އެކަލާންގެ އަށް ކުރެވިދާނެ ހެއްޔެވެ! އޭ އަޚާއެވެ. ޤުރުއާނުގައި ހިފަހައްޓާށެވެ. براءةއަކީ 10 އަހަރުގެ ޙާފިޒެކެވެ. ދެން ތިބާ އަކީ ؟؟؟؟؟؟؟

براءة ގެ ޤުރުއާން ކިޔެވުން އަޑު އެއްސެވުމަށް ފިއްތަވާލައްވާ


Yatheem kudhinna behey gothun Bara kiyaafaa vaa nasheedh eh.

English translation:

O tear of the Orphan
O painful letters
My father has died,
so tell the merciful souls
O tear of the Orphan

O tear of the Orphan
O painful letters
My father has died,
so who is there for me,
to throw love around me

O tear of the Orphan
Tell them so that I may,
Get generous hands
Get generous hands
O tear of the Orphan
O painful letters
My father has died,
so tell the merciful souls
O tear of the Orphan
Tell them the story of the young,
Who have gone to bed without guardian,
O broken tears
O tear of the Orphan
O painful letters
My dear fathers;
the speech has frozen in the mouth
And we are left with an orphaned tears…
with an orphaned tears…
with an orphaned tears…
with an orphaned tears…

15 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މައުޞޫމް ބަރާ އަށާއި ބަރާގެ މަށްމައާއި ބައްޕަ އަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރަށްވާށި އާމީން….

  2. މަށްމަ އާއި ބައްޕަގެ އޯގާތެރި ހިޔަވައްސެއްގައި ލޯތްބާއި އެކު ރަނގަޅު ތަރުބިއްޔަތެއް ދެވިފައިވާ އެމަޢުޞޫމް ބަރާ އަށާއި ބަރާގެ މަށްމަ އާއި ބައްޕަ އަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާދޭވެ އަދި އަހަރެމެންގެ ދަރީންނަކީވެސް މި މިޘާލެއް ނެތް ބާރާ ފަދަ ދަރީން ކަމުގައި ލައްވައިފަނދޭވެ.އާމީން ޘުއްމަ އާމީން ……

  3. Where ever we are, we are one, and we are muslims.

  4. baraa ashai baraage aaila ah hurihaa gothakunves Allahge russevumaai, suvarugeyge dhaaimi niumai lavvandheyve.aamin!إنا لله وإنا إليه راجعون !…
    adhi alhugadumenge dharinge hiythakugaives mifadha eemaantherikameh lavvandheye..

  5. inaillah vaina ilaihi raajiyun
    may allah bless her and her family for the courage and pain in her life
    insha allah

  6. މާތްﷲ އެމަޢުޞޫމު ދަރިފުޅަށާއި އޭނާގެ މައިންބަފައިންނަށް ހެޔޮ ރަޙުމަތް ލައްވާށި! އެދަރިފުޅުގެ މަންނައާއި ބައްޕައާއެކު ސުވަރުގެއިން ބައްދަލުވުމުގެ ނަޞީބު އެދަރިފުޅަށް ދެއްވާށި! އާމީން….

  7. baraa ashaa baraage mainbafainah suvarugeyge dhaaimee niumaiy minvaru kurahvaashi.aamin

  8. ޔާﷲ މައުސޫމުބަރާއަށްހެޔޮ ރަހުމަތް ލަށްވާދޭ ބަރާކަހަލަ ހެޔޮލަފާ ދަރީންތަކެއް މިގައުމުގައި ލަށްވާދޭ ބަރާއަށް އެލޮބުވެތި އާއިލާއަށް ހެޔޮރަހުމަތް ލަށްވާނދޭ

  9. baraa ashaai baraage mainbafainnah suvarugeyge dhaaimeeniumai minvarukoh dhehvvaandheyve AAMEEN

  10. إنا لله وإنا إليه راجعون އެ ތިން މަހުރޫމުނަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވާންދޭވެ.މިއަކީ އިންސާނާއް އެކަލާނގެ ދެއްވި އިބުރަތެއް…..އެއްމެމްވެސް ވިސްނާލާ އާމީން

  11. Maah Allah Baraa aashaai Baraage mainbafain nah suvarugeige dhaaimy niumah dheva faan dheey ve
    adi aharemen naki ves Baraa fadain keh theri, azum varugada adi galhaa gadarah furihama gothugai emaan vaa bayaku kamugai lah vafaan dhey ve ! AAMEEN

  12. allah akbar allah akbar allah akbar e thuthu baraage hiy varu gada kamaa ey mausoom baraage eemaan therikan gada kamaaey alhamenna vs efada hiyvarakaaa eemaan terikan dehvaandey

  13. إنا لله وإنا إليه راجعون ބަރާގެ މަށްމަ އާއި ބައްޕަ އަށް ސުވަރުގޭގެ ދާޢިމީ ނިޢުމަތް މިންވަރު ކުރައްވާދޭވެ އަދި އަހަރެމެންގެ ދަރީންނަކީވެސް މި މިޘާލެއް ނެތް ބާރާ ފަދަ ދަރީން ކަމުގައި ލައްވައިފަނދޭވެ.އާމީން ޘުއްމަ އާމީން ……

  14. މާތް ﷲ މިއަޅާ އައްވެސް ބަރާ ފަދަ ބަސްއަހާ ސޯލިހް ދަޜިއަކު ދެއްވާށި…އާމީން……މައުސޫމް ބަރާ އާއި ބަރާ ގެ ސޯލިހް މަންމަ އާއި ބައްޕަ އައް ސުވަރު ގޭގެ ދާއިމީ ނިއުމަތް ދެއްވާށި..އާމީން

  15. Alhamdulillah Ya ALLAH aameen
    Maasha ALLAH Warah ibraitheri rangalhu waahaka
    JazakALLAH khayr

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!