ހަމައެކަނި ﷲ އަށް ޓަކައި

ބަނީ އިސްރާއީލުން ގެ ތެރޭގައި އަބަދުހެން އަޅުކަން ކުރުމައިގެން އުޅުން ވަރަށް ބޮޑު އަޅުވެރިޔަކުގެ ގާތަށް އެއްދުވަހަކު ބަޔަކު އައެވެ. އެމީހުން އައިސް ޚަބަރު ދިނީ އެމީހުންގެ މީހުންގެ ޤަބީލާއެއްގެ ބަޔަކު ގަހަކަށް އަޅުކަން ކުރާ ވާހަކައިން ނެވެ. މިޚަބަރުން މިއަޅުވެރިޔާ ވަރަށް ބޮޑަށް ދެރަވެ އެ ގަސް ކަނޑާލުމަށްޓަކައި ފުރޯއެއް ހިފައިގެން ދާން ހިނގައިގަނެފިއެވެ. ދިޔަމަގުމަތިން މުސްކުޅިއެއްގެ ސިފައިގައި ހުރި އިބިލީހާއި ދިމާވެއްޖެއެވެ. އިބިލީސް އެމީހާކުރެން އެދާތަނަކާއި މެދު ސުވާލު ކުރިއެވެ. އެމީހާ ތިމަން މިދަނީ މިވެނި ތާކު ހުންނަ އެވެނި ގަހެއް ކަނޑާލަންވެގެންނޭ ބުނެފިއެވެ. އެވަގުތު

އިބިލީސް “ކަލެޔާ ދެން އެ ގަހާއި ކީ ކީތް ހެއްޔެވެ؟ ކަލެޔާ ނުބެހޭކަމަކަށް ވިސްނުމަށް ވުރެން ކަލޭގެ އަޅުކަމައިގެން އުޅުން މާ ކަލެޔަށް ރަނގަޅުވާނެއެވެ.”

އަޅުވެރިޔާ: “މިއީ ވެސް އަޅުކަން”

ދެން އެހައިރުން މި އިބިލީސް ވަރަށް މަސަތްކަތް ކޮށްގެންވެސް އޭނާ އެކަން ނުކުރާނެ ގޮތެއް ނުފެނިގެން އެންމެ ފަހުން ދެމީހުން ތަޅައިވެސް ގަނެއްޖެއެވެ. ނަމަވެސް އަޅުވެރިޔާ ހިނދުކޮޅެއްތެރޭ އެ އިބިލީސް ބަލިކޮށް ސަލާމަތް ނުވެވޭވަރުކުރުމުން ދޫކޮށްދޭށޭ ކިޔާ އާދޭސް ގޮވަން ފަށައިފިއެވެ.

ހަމަ ދޫކޮށްލާއިރަށް އަނެއްކާ ފަށައިގެންފި އެވެ ” ﷲ ކަލޭގެ މަށްޗަށް އެގަސް ކަނޑާކަށެއް ނާންގަވައެވެ. ކަލޭ އެގަސް ކެނޑިޔަސް ނުކެނޑިޔަސް އެޔަކުން ކަލެޔަށް ލިބޭނެ ގެއްލުމެއް ނެތެވެ. ކޮންމެހެން އެގަސް ކަނޑަން ޖެހޭނަމަ ކޮންމެސް ރަސޫލަކު މެދުވެރި ކުރަށްވާ ﷲ އެކަން ކުރެއްވީހެވެ (ނުވަތަ ކުރައްވާނެއެވެ)”

ނަމަވެސް އަނެއްކާވެސް އަޅުވެރިޔާ ހަމަ ކުރިންވެސް ހުރި ގޮތަށް އެ ގަސް ކަނޑަން ބޭނުންވި އެވެ. އަނެއްކާވެސް ހަނގުރާމަ އަކަށް ދާންޖެހިގެން ތަޅާ ފޮޅައިގަނެއްޖެއެވެ. އަނެއްކާވެސް އިބިލީސް ބަލިވެއްޖެއެވެ.

އެހައިރުން: އިބިލީސް “އާން އަޑުއަހާ” “މަ ގޮތެއް ދައްކާނަން ކަލެޔަށް މާ ފައިދާ ކުރާނެ”

އަޅުވެރިޔާ އެއްބައިވެ އަހައިފިއެވެ. އަނެއްކާ އިބިލީސް: “ކަލޭ ތިޔައީ ފަޤިރު އެހެން މީހުންނަށް އުނދަގުލެއް ކަހަލަ މީހެއް. ކަލޭ މި (ގަސްކެނޑުމުން) ދުރުވެއްޖެ ނަމަ މަ ކަލެޔަށް 3 ރަން ލާރި (ފޮތި) ދޭނަން. ކަލޭ ހޭލާއިރު ބާލީސް ދަށުގަ އެ އޮންނާނެ. އެއިން ކަލޭ ބޭނުންތަށް ފުއްދާފައި އަދި ގާތް ތިމާގެ މީހުން ނަށް ވެސް އެހީވެދީ އެހެން ހެޔޮ ކަންކަން ވެސް ކުރެވޭނެ. އެކަމަކު އެ ގަސް ކެނޑިޔަސް އެމީހުން ބޭނުންވެއްޖެ ނަމަ އެހެން ގަހެއް ވެސް އިން
ދަން ވީ ހަމަ (އަޅުކަން ކުރަން)”

މި ގޮތާ އަޅުވެރިޔާ ރުހި ޤަބޫލުވެގެން ހިނގައްޖެއެވެ. ފުރަތަމަ ދެ ދުވަހު އޭނަ ހެދުނު ތެދުވި އިރު ބާލިސް ދަށުން އެ ފައިސާ 3 ފޮތި އޮއްވައި ފެނުނެވެ. 3 ވަނަ ދުވަހު އެ ނެތެވެ. މިކަމާއި ހުރެ އަޅުވެރިޔާ ވަރަށް ރުޅިއައިސްގެން ފުރޯ ހިފައިގެން އަނެއްކާ އެގަސް ކަނޑަން ހިނގައިގަނެފިއެވެ. މިފަހަރުވެސް ހަމަ މުސްކުޅިއެއްގެ ސިފައގައި އިބިލީސް އައިސް ދަނީ ކޮންތާކަށްތޯ އަހައިފިއެވެ.

ރުޅިއައިސް ހަލޭލަވައިގަނެފައި މިދަނީ ގަސްކަނޑާލާށޭ ބުނެފިއެވެ.

ތިހެން ތިކަން ވިޔަކަ ނުދޭނަމޭ ބުނެ އަނެއްކާ މިޔަދުވެސް ހަނގުރާމަ ކޮށްގަނެފިއެވެ. ނަމަވެސް މިފަހަރު އިބިލީސް އަޅުވެރިޔާގެ މައްޗަށް ގަދަވެގަނެއްޖެއެވެ. މިކަމުން އަޅުވެރިޔާ ހައިރާންވެ އިބިލީސްކުރެން ކަލޭ މިފަހަރު ގަދަވީ ކީތްވެތޯ އަހައިފި އެވެ.

އިބިލީސް: “ފުރަތަމަ ދުވަހު ކަލޭ ރުޅިއައީ ﷲ އަށްޓަކައި. އެހެންކަމުން ﷲ ކަލޭ މަގޭ މައްޗަށް ގަދަވެ ގަތުމުގައި އެހީ ތެރިވެ ވޮޑިގަތީ. އެކަމަކު މިޔަދު ކަލޭ (ގަދަނުވީ ސަބަބަކީ) ކަލޭ ތިހުރީ އެ ފައިސާ ފޮތީގެ ވެސް ކޮންމެސް ވަރެއްގެ ބޭނުމުގަޔާއި ވެސް އެކީގަ ވީމަ”

އިމާމް ޣަޒާލީގެ “އިޙްޔާއުލް ޢުލޫމުއް ދީން” އިން ނެގިފައިވާ ވާހަކައެއް

އިނގިލަށްވާތަ؟ މި އިބިލީސް ނިކަން ބޯ ބޮޑުވާނެ. އަހަރެމެން މި ހީކުރާ ގޮތާ އެސޮރު ކަންތަށް ކުރާ ގޮތާ ތަފާތުވާނެ. އެ ނޫނީ ދުނިޔޭގައި އާދަމްގެފާނާއި ހަމައިން ފެށިގެން އަދ އަދަށް ދާންދެންވެސް އުޅުން މީހަކު ނެތް. ދެން ބޯވެސް ހުންނާނެއެއްނު. ކުރިންވެސް އެހާ ބޯބޮޑު މީހެއް އެއީ. މީހުން ހައްލައިލާނީ އެމީހަކު އެންމެ ހިންއެދޭ ކަންތަށް ތަށް ކުރިމައްޗަށް ގެނެސްގެން.

3 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިކަހަލަ ވާހަކަތއް ގިނައިން ގެނެސް ދިނުން ވަރަށް އެދެން

  2. މިފަދަ މާތް މަތިވެރި ވާހަކަތަކުން އަނޅުގަޑު މެން ވީ އިބްރަތް ހޯދަން

  3. Alhamdulillah Ya ALLAH
    Maasha ALLAH ibraitheri warah
    JazakALLAH khayr

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!