އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (ޢާއިޝަތް ބިންތި އަބޫބަކުރު)

މިއީ އެބެއިކަނބަލެއްގެ ދިރިއުޅުއްވުން ފިރިހެނުންގެ މައްޗަށް އަންހެނުންގެ ޢިލްމުވެރިކަމާއި ޙިލްމުވެރިކަން އަދި މާތްކަން ދައްކުވައިދިން މަންމަ ޢާއިޝަތް ގެފާނުންގެ ވާހަކައެވެ. އެ ބެއިކަނބަލެއްގެ ޢިލްމުގެ ބޮޑުމިން މިޔަދާއި ހަމަޔަށް ޢިލްމުވެރިން ވިދާޅުވަމުން ދަސްކުރައްވަމުން އަންނަ ޢިލްމުވެރިޔާއެވެ. ޔުނިވާރސިޓީ އަކަށް ނުވަނެއް ކަމަކު ރަސޫލުﷲ ގެފާނުންގެ ގެކޮޅުގައި އެ ދާރުލް ޢުލޫމުގައި ކިޔަވާ ވިދާޅުވި މި އުންމަތަށް ފެންނާނެ އެންމެ ބޮޑު އެއް މުޙައްދިޘެވެ. އެންމެ ބޮޑު އެއް ޙާކިމެވެ. އެންމެ ބޮޑު އެއް ޣާޒީއެވެ. އެންމެ ބޮޑު އެއް ފިޤުޙުވެރިޔާވެސް މެއެވެ. އަންހެނުންނަށް ބޮޑުވެގެން ވާ ފަޚުރެކެވެ.

ޣާޒީ އޭ ބުނުމުން ކޮށި އަރައިގަތީ ތޯއެވެ؟ އާދެ އެއީ ޤާޟީއެކެވެ. ނަމަވެސް އެ މަޤާމް އަދާ ކުރައްވަވާން ހުއްދަ ނެތެއްކަމަކު ޚުދު ޢަލީ ބިން އަބީ ތާލިބް ފަދަ މި އުންމަތުގެ އެންމެ ބޮޑެތި ޣާޒީން ވެސް ކަމަކާއި މެދު ޙުކުމެއް ކުރައްވަން އުނދަގޫ ވެއްޖެ ނަމަ އެ ޙާދިސާގެ މައްޗަށް ވާ ޙަދީޘް ޢިލްމު ތައް އެކަމަނާގެ އަރިހުން ދަސްކޮށް އެއިން ޙުކުމް އިސްތިންބާތު ކުރައްވަވާ ހައްދަވައެވެ. ޤާޟީ އޭ މިދެންނެވީ އެހެންވެ އެވެ.

ރަސޫލުﷲ ގެފާނުންނަށް ފަހުގައި ވެސް މުސްލިމުން ގެ މައްޗަށް މުދާވެރިކަން ލިބުމުން އެކަމަނާއަށް ހަދިޔާއެއްގެ ގޮތުގައި އެއްޗެއް ލިބިވަޑައިގަތަސް އެ އަކީ އެކަށް ފަޤީރުންނަށް ބައްސަވާލައްވައެވެ. އެހެނީ އެކަމަނާގެ ގެކޮޅުގައި ކާނެފަދަ އެކައްޗެއްވެސް ނުވާ ޙާލުގައެވެ. އެންމެ 10 ވަރަކަށް އަހަރު އެކީ ގައި އުޅުއްވަވާފައި ރަސޫލުﷲ ގެފާނުން ސުވަރުގެ ވަޑައިގަތެވެ. އެ 10 އަހަރު އެކަމަނާ އުޅުއްވެވީ ޢިލްމު އުނގެނި ވަޑައިގަތުމުގައެވެ. އެޔަށްފަހު ބާކީ 50 އަކަށް އަހަރު އުޅުއްވީ ކިޔެވި ތަކެތިން މީހުންނަށް ފައިދާކޮށްދެއްވުމަށެވެ. އެކަމަނާ ވީ ރަސޫލުﷲ ގެފާނުންގެ އަނބިކަނބަލުން ކުރެން މުޅި ޤުރުއާން އެކީ ހިތު ދަސްކުރެއްވި ތިންބެއިކަނބަލުންގެ ތެރެއިން ނެވެ.(އަނެއް ދެ ބެއިކަނބަލުން ނަކީ: އުންމު ސަލަމަތުގެފާނުން ނާއި ހަފްސާގެފާނުން ނެވެ). ސައްޙަ ޙަދީޘް ތައް ރިވާކުރެއްވި އުންމަތުގެ އެންމެ ބޮޑު 4 ރާވީންގެ ތެރެއިން މިކަމަނާ ވެވަޑައިގަތެވެ (އަނެއް ބެއިކަލުން ނަކީ އަބޫ ހުރައިރާ، ޢަބްދުﷲ ބިން ޢުމަރު، އަނަސް ބިން މާލިކް).

އަލް-އަހްނަފް ވިދާޅުވިއެވެ “ތިމަން ކަލޭގެފާނުން އަބޫބަކުރުގެފާނުންނާއި، ޢުޘްމާނުގެފާނުންނާއި، ޢަލީގެފާނުން ނާއި އެހެނިހެން ދޫހެލޭ ބޮޑެތި ޚަލީފާވެރިންގެ ދަރުސްތައް އަޑު އެހީމެވެ. އެހެނަސް އެ ވާހަކައެއްގައި ބުރަދަނާއި، އަސަރާއި، ޢިލްމާއި ޙިލްމުވެރިކަން ހުރި ދަރުސްތަކެއް ޢައިޝަތް ގެފާނުންގެ ދަރުސްތަކުގައި ވާ ފަދައިން ނީވެއެވެ” އިސްލާމްދީނުގައި ޚަދީޖަތުގެފާނުންނާއި ފާތިމަތުގެފާނުންގެ ފަހަށް 3 ވަނައަށް އެހެން މާތް ބެއިކަނބަލަކު ޢައިޝަތު ގެފާނުން ފިޔަވާ ނުވެއެވެ.

ނަމަވެސް ކާފަރުންގެ ސުވާލުތަކައް މި ލޯ ނުހުޅުވޭ މުސްލިމު ތަކުންނަށް ކުރިމަތި ކުރަމުން ދެއެވެ. އޭގެއިން ސުވާލެއް ދަންނަވާލަމެވެ.

ރަސޫލުﷲ صلى الله عليه وسلم ސައްޔިދްނާ ޢާއިޝަތް ގެފާނުން ގެ ހަނގު އުމުރުފުޅުގައި ގައި ކައިވެނި ކުރެއްވެވީ ކީތްވެތޯއެވެ؟ (ހިތާމަޔާއި އެކީ ދަންނަވާލަން ޖެހެނީ މި ސުވާލު މި ދިވެހިފަސްގަނޑުގެ ދީން ދޫކޮށްލި ސޮރަކު ވެސް އަޅުގަނޑާއި ކުރި ވާހަކައެވެ)
ޖަވާބުގައި އެހަށް ދަންނަވާލަން ބޭނުންވަނީ ބޮލާއި ސިކުނޑި ކޮބައި ހެއްޔެވެ. އެއިން އެއްޗެއް ވާނަމަ ހުޅުވައިގެން އިނދެ ކިޔާށެވެ.

1. ރަސޫލުކަމުގެ ޒިންމާ އަކީ އިންސާނަކަށް ލިބޭނެ އެންމެ ބޮޑު ޒިންމާއެވެ. އެހެން ކަމުން އެކަމުގެ ފަސޭހަޔަކަށްޓަކައި ރަސޫލުއްﷲ ގެފާނުން އެކަލޭގެފާނުންގެ ބޮޑެތި ދުޝްމިނުންގެ (ޤުރައިޝް ވަންހައިގެ ބޮޑުންގެ) ތެރެއިން ބައެއް މީހުންގެ ދަރިކަނބަލުންނާއި ކައިވެނި ކުރެއްވެވިއެވެ. އޭރުގެ ޤުރައުޝުންގެ އާދަކާދައިގައި ޅީދަރި އަކީ އާއިލާގައި ވަރަށް ބޮޑު މަޤާމެއް ދެވިފައި ވާ މީހަކެވެ. މިކަމުން އެމީހުންނާއި ގާތްކަން އުފެދުމަށާއި އެހެން މީހުންގެ ނުރައްކަލުން ސަލާމަތްވުމަށް ބާރުލިބޭނެކަން ޤަބޫލު ނުކުރެވޭހެއްޔެވެ. އޭގެ އެއް މިސާލަކީ އަބޫސުފްޔާނުގެ ދަރިކަނބަލުން ނާއި ކައިވެނި ކުރުވުމުން ޚުދު އަބޫސުފްޔާނު އެކަމަނާ ރަސޫލުﷲ ގެފާނުންގެ ގެކޮޅަށް ގެނެސްދެއްވެވިކަމެވެ.

2. އަނެއް ކަމަކީ ސަޢޫދީ ޢަރަބިއްޔާގެ މޫސުމުގެ ގޮތުން އެތާނގެ ކުދިން ވަރަށް އަވަހަށް ފުރާވަރަށް އަރައެވެ. (ނޭންގޭ ނަމަ އެތާ ކިޔަވަން އުޅޭ ކުދިން ކުރެން އައްސަވާށެވެ. އިވޭ ތަނުން ދެކޮޅު ހަދައި ގަތުމަކީ 21 ވަނަ ގަރުނަށް އަރުވާ ހުތުރެއްކަން ދަނެގެން އިނދެ ކިޔުން އެދެމެވެ) 9 އަހަރުގެ އަނހެން ކުއްޖެއްވެސް މި ދިވެހި ރާއްޖޭގެ 20 ނުވަތަ 22 އަހަރުގެ އަންހެނަކާއި ހަށިގަނޑުގެ ގޮތުން އެއްވަރެވެ. އިމާމް ޝާފިޢީގެފާނުންވެސް އެކަލޭގެފާނުންނަށް މުސްކުޅި އެއްކަމަށް ހީކުރެވުން 25 އަހަރުގެ އަންހެނެއްގެ ވާހަކަ ވިދާޅުވި އެވެ. ވީމާ ބުނަން މިއުޅެނީ އެއީ ޤުރައިޝުންގެ ވައްޓަފާޅި އާއި އެއްގޮތަށް އޮތް ކަމެއްކަމެވެ.

4. އަދި ރަސޫލުﷲ ގެފާނުން ޢާއިޝާ ގެފާނުންނާއި ކައިވެނި ކުރެއްވެވީ އަބޫޖަހުލާއި އަބޫލަހަބުގެ ދުވަސްވަރު ހަމަ އެ މައްކާގައި ދުނިޔޭގައި ނުލަފާކަން މަތީ ތިއްބައެވެ. މި ނަންގަނެލީ އުންމަތުގެ ދެ ފިރުޢައުނުންގެ ނަމެވެ. ނަމަވެސް އެއިން މީހަކުވެސް އަދި އެހެން ޤުރައިޝަކުވެސް އެކައިވެންޏާއިމެދު އުފް ވެސް ބުނެލާފަ އެއް ނެތެވެ.

5. ޢަމްރު ބުނުލް ޢާސް ގެފާނުން (ކުރިން އިސްލާމް އެއް ނޫން) ވެސް އެކަލޭގެފާނުންގެ ބައްޕާފުޅާއި އުމުރުގެ ތަފާތުގައި އުޅުއްވަނީ އެންމެ 9 އަހަރެވެ. ނަމަވެސް އަޅުގަނޑުމެން 25 އަހަރުގެ ތަފާތު އެބަ އުޅެމުއެވެ.

6. އުމުރުގެ ތަފާތު ބޮޑުނަމަވެސް ކައިވެނި ދެފަރާތުންވެސް ރުހޭނަމަ އޭރުވެސް އަދި މިހާރުވެސް އެ ބިމުގައި އެ ކައިވެނި ކުރެވެއެވެ. އޭގެތެރެއިން އަޅުގަނޑުގެ އަޚަކުވެސް އެފަދަ ކައިވެންޏަކަށް ދިޔަވާހަކަ ބުންޏެވެ.

7. ރަސޫލުﷲ ގެފާނުންގެ ހަމައެކަނި ތި ކަންބޮޑުކޮށްގެން އުޅެނީ އެކައިވެނި އެކަނިން ތޯއެވެ؟ އެކަލޭގެފާނުން ފުރިހަމަ ފިރިހެނެތްގެ ގޮތުގައި ހުންނެވި އިރު މައްކާގެ ޤުރައިޝުންގެ ތެރޭގައި އެޔަށްވުރެން މާތް، އެޔަށްވުރެން އަމާނާތްތެރި، ވަފާތެރި، ހެޔޮލަފާ، ރީތި، ބަރަކާތްތެރި ބެއިކަލަކުނުވެއެވެ. “މުޙައްމަދުލް އަމީނޭ” (صلى الله عليه وسلم) އޭ އޭރުވެސް އެމީހުން ކިއެވެ. މިފަދަ ބެއިކަލަކަށް ތިމާގެ އަންހެންދަރިޔަކު ދިނުމަކީ ފަޚުރެއްކަމުގައި ނުދެކޭނެ މޮޔަކު ވާނެހެއްޔެވެ؟ ސިކުނޑި ކޮބައިހެއްޔެވެ؟ ނަމަވެސް އަލަތު ކައިވެނި ވެސް ވީ ހުވަފަތް އަންހެން ސާހިބަކާއިއެވެ. އޭރު އެކަމަނާގެ އުމުރުފުޅުން 40 ކަމުގައި ވެސް ބުނެވެއެވެ. މިވާހަކަ ނުދެއްކުނީ ކީއްވެބާއެވެ؟

މިއަކީ މުންކިރުވާންޖެހޭ ވަރުގެ ކަމެއްތޯއެވެ؟. ދަންނަވާލަމެވެ. ރަސޫލުﷲ ގެފާނުންގެ ކައިވެނިފުޅުތައް ވީ ތިޔަ (ނޫނީ އެ) ހީކުރާ ގޮތާއި ތަފާތުކޮށެވެ. 23 އަހަރުގެ ބުރަ މަސްއޫލިއްޔަތުގައި މުޅި ރޭގަނޑުހެން އުޅުއްވެވީ ފައިންޕުޅު ދުޅަވަންދެން ދަމުނަމާދު ކުރެއްވުމުގައެވެ. ދުވާލު ވެއްޖެނަމަ ދީނަށް ގޮވާލާ ދީން އުނގަންނަވައި ދެއްވުމުގައެވެ. އެފަދަ ޙާލުކޮޅެއްގައި 60 އަކަށް އަހަރު ދުވަހު ހުންނަވާ އެކަލޭގެފާނުންނާއި ޙަވާލު ކުރެވުނު މަސްއޫލިއްޔަތު އަދާކުރައްވާ އިސްލާމްދީނަށް އުޅުމަށް އަޅުގަނޑުމެނާއި ޙަވާލުކޮށް ވަސިއްޔަތް ކުރައްވަވާ ސުވަރުގެ އެ ވަޑައިގަތް ސާހިބާގެ މުޅި ޙަޔާތުން އެންމެ ކުށެއްވެސް ނިކަން ދައްކަ ބަލާށެވެ.

އިމާމް މާލިކް ގެފާނުން ވިދާޅުވިއެވެ. “ޢާއިޝަތު ގެފާނުންނަށް މަލާމަތް ކޮށް ފުރައްސާރަ ކުރާ މީހާ އަކީ ޤުރުޢާނާއި އިދިކޮޅު ހަދައިފި މީހެކެވެ. އަދި ޤުރުއާނާއި އިދިކޮޅު ހަދައިފި މީހަކީ މެރުމުގެ ޙުކުމް އައިސްފި މީހެކެވެ” (މާނައީ ދީނުން ބޭރުވެއްޖެ މީހެއްގެ ޙުކުމް އައީ އެވެ)

އިބްން ހަޒްމް ވިދާޅުވިއެވެ. “އިމާމް މާލިކްގެ އެބަސް ތެދެވެ. އެހެނީ ޤުރުއާނުގައި ކަނޑައެޅިގެން އެކަމަނާގެ ކުށެއް ނުވާކަމަށް އައިސްފައިވާތީއެވެ”

ދަންނާށެވެ. ޢާއިޝަތުގެފާނުންގެ ކައިވެނިވީ އުންމަތަށް ލިބުން ނަސީބަކާއި ނަސްރަކަށެވެ. އެހެނީ އެކަމަނާގެ ހަގު އުމުރުފުޅުން ފެށިގެން ޢިލްމުވެރިކަމާއި މާތްކަމުގައި އަރާވަޑައިގެންނެވިއެވެ. އިތުރު އެކަލޭގެފާނުން ސުވަރުގެ ވަޑައިގަތުމަށްފަހު އެފަދަ ޢިލްމު ވެރި އަންހެނަކު މިބިންމައްޗަކު ނުވެއެވެ. ޚުދު އަބޫބަކުރުގެފާނުން ފަދަ އަރިސް އަސްޙާބު (ފިރިހެން ބެއިކަލުން) މައްސަލަ ތަކުގަޔާއި ޢިލްމު ހޯދުމަށް އެކަމަނާގެ އަރިހަށް ވަޑައިގަތެވެ.

ރަސޫލުﷲ ގެފާނުން ޙަދީޘް ކުރެއްވެވިއެވެ. “(ތިމަން ކަލޭގެފާނުންނަށް ފަހު) ތިޔަބައިމީހުން ދީނުން ބައެއް މި ހުމައިރާގެ ގާތުން ދަސްކުރާ ހުށިކަމެވެ.” ހުމައިރާ އަކީ ޢާއިޝަތުގެފާނުންގެ ކުންނިއްޔާއެކެވެ.

މުޅި ޙަޔާތް ފަޤީރު ކަމުގައި ހޭދަކުރައްވާފައި ވަޑައިގަތީ ހިތްވަރާއި ކެތްތެރިކަމާއި ޢިލްމާ ޙިލްމުގެ މައްޗަށް ފިރިހެން ބޮޑެތި އިމާމުވެރިންނާއި މުޖާހިދުންގެ މައްޗަށް ގޮންޖައްސަވާލައްވާފައެވެ.

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިފަދަ އިބުރަތްތެރި ވާހަކަތަކުން އިބުރަތްލިބުމުންވެސް އެމީހުން އެވަނީ ގާފިލްވެފަ. ﷲގެ ހިދާޔަތުން ބޭރުކޮއްލާފި މީހަކަށް ހިދާޔަށްދެއްވާނެ އެހެން ފަރާތެއްނުވާނެ، ހުދު ރައީސް ނަސީދު އަށްވެސް އެކަމެއްނުވާނެ. އެކަމަކު ދެރައީ މިބައިމީހުން ނަސީދު ބުނާވާހަކައަކީ ރަގަޅުވާހަކައެކޭ ހިތާ އަތްޖަހަޖަހާ ތިިބިނަމަވެސް އެއިން މީހަކާއި މަރުބައްދަލުވެއްޖެނަމަ ﷲފިޔަވާ އެހެންފަރާތަކައްބާރެއްނެއްކަން، މަލަކުލް މައުތަށް ނަސީދު އަމުރެއްނުކުރެވޭނެ. ވީއިރު މިބިންމަތީގަ ކޮންބޮޑާކަމެއްދައްކާކައްތަ؟ ﷲގެ ނިޔާ އްއުމުނަ ދާންޖެހޭނެ. ބުނެބަލަ ނިކަން މީދިޔާއަށް އަރާފަ ﷲ އަށް ގޮންޖަހާފަ އެމް ޑީ ޕީ އެކަކުވެސަ ނުދާނަމޭ ނަސީދު ބުނިއްޔާއޭ ދާނީ ، ނަސީދުވެސް ދާންޖެހޭނެ. ﷲގެ ރަސޫލާގެ ޝަފާއަތް ފިޔަވާ އެހެންފަރާތެއްގެ ޝަފާއަތެއް ﷲ ގަބޫލެއްނުކުރައްވާނެ.

  2. ﷲ މެނުވީ ހައްގު ވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވޭ. ﷲ ގަންދީ ބުނަން ނަޝީދުވެސް ޖެހޭނީ ހަމަދާން. ހިތަށް އަރާހާ އެއްޗެއް ތި ކިޔަނީ ބަލަ ނަޝީދު ﷲ ޞުބްހާނަހޫ ވަތައާލާ އެއި ކަލެއަށް ތިއިއްޒަތް ދެއްވި ރަސްކަލާންގެ. އެކަލޭގެފާނަށް ބަދުބަސް ބުނާމީހާ ﷲ ގެއްލެނި ކުރައްވާނެ! މާދަމާ ޤިޔާމަތްދުވަހުން އެކަލޭގެ ފާނުގެ ޝަފާއަތް ބޭނުންނަމަ ހިތަށް އައިހައި އެއްޗެއް ނުކިޔާ. ﷲ އަކީ އަޒާބުގައި ގަދަފަދަ ރަސްކަލާނގެ. ކަލޭ ހިތުން ޖައްބާރުވާންތަ ތިއުޅެނީ. ޖައްބާރު ވަންތަ ﷲ ކަލޭ ނެތުމުގެ ތެރެއިން ވުޖޫދަށް ގެންނަވައި ކަލެއަށް މިޤައްމުގެ ވެރިކަން ދިނީމާ އެކަލާނގެއަށް ޝުކުރު ކުރުމުގެ ބަދަލުގައި އެކަލާނގެ އަޅާއަށް (މުހައްމަދު ސައްލައްﷲ) މަލާމާތް ކުރަނީތަ. ތައުބާވޭ ނަޝީދު..

  3. ޢާއިޝަތުގެފާނު ފަދަ ބޭކަނބަލުންގެ އާދައިގެ ދިރިއުޅުއްވުން ބެހެއްޓެވިގޮތާއި އުޅުއްވި އުޅުއްވުން އެނގޭނޭފަދަ ލިޔުމެއް ގެނެސްދެއްވުން އެދެން. އެކަމުން އަޅުގަނޑުމެން އަންހެނުންނަށް ރަނގަޅު ހެޔޮ ބަދަލުތަކެއް ގެނެވޭނެތީ އެވެ.

  4. ރަސޫލުﷲ ގެފާނާއި އަބޫބަކުރަކީ ކުޑައިރުން ސުރެއް ގާތް ދެރަހުމަތް ތެރިންނަށް ވުންވެސް މީގެތެރެއިން ހިމެނޭ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!