ތަންދޫރީ ކުކުޅު، މިވަރެއްނެތް

 

ބޭނުންވާނެ ތަކެތި
500ގ ކުކުޅު (ކަށި ނެތް)
2   މޭޒުމަތީ ސަމުސާ ތަންދޫރީ ޕޭސްޓަ
2   ލޮނުމެދު (ޗަސް ކޮށްފައި)
2   މޭޒުމަތީ ސަމުސާ ލުނބޯ ހުތް
11/2  ސައި ސަމުސާ ގަރަމް މަސާލާ
1 1/2   ޖޯޑުޕްލައިން ޔޯގަޓު

ހައްދަވާނެ ގޮތް
ހުރިހާ ތަކެތި ބޯތައްޓެއްގައި ރަނގަޅަށް އެއްކޮށްލެއްވުމަށް ފަހު ކުކުޅުގައި އުނގުޅާލައްވާށެވެ. (ކުކުޅުގެ ހުރިހާ ހިސާބެއްގައި އެއްވަރަށް އުނގުޅުމަށް ސަމާލުކަން ދެއްވާ)    ބޯތަށި މަތިން ރަބަރު އެޅުމަށްފަހު އައިސް އަލަމާރިއަށް ލައްވާށެވެ. މެރިނޭޓް ކުރުމައް މަދުވެގެން 1 ގަޑި އިރު ވަންދެން އަލަމާރީގައި ބަހައްޓަވާށެވެ.  ބާބެކިއު ގްރިލްގައި ނުވަތަ އާދައިގެ ގްރިލްގައި މެދުމިނެއްގެ ހޫނުގައި ކުކުޅު ރޯފިލަންދެން ގްރިލް ކުރައްވާ ނުވަތަ 180 ޑިގްރީގައި 30 – 40 މިނެޓް ވަންދެން އަވަނުގައި ފިހެލައްވާށެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކޮންތާކުން ތަންދޫރީ ޕޭސްތް ލިބެނހުރީ

  2. ޕޭސްޓް ލިބޭނީ ކޮންތާކުންތަ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!