ކުރީގެ މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ “ލޫން” ގެ ޚާއްޞަ ބަސްދީގަތުން

 • ލޫން އިސްލާމްވުމުގެ ކުރިން އަދި އިސްލާމްވުމަށް ފަހު

ބޭޑް ބޯއީސް ރެކޯޑްސް ގެ ކުރީގެ މަޝްހޫރު ލަވަކިއުންތެރިޔާ ލޫން، މިހާރުގެ ނަމުންނަމަ އާމިރު ޖުނައިދު ހޯކިންސްވަނީ އޭނާގެ އުމުރުގައި ފުރަތަމަ ފަހަރަށް ޙައްޖުގެ މަތިވެރި އަޅުކަން މިއަހަރު އަދާކޮށްފައެވެ. “ސަޢޫދީ ގެޒެޓް” ގެ ފަރާތުންވަނީ ލޫން އާއި މިނާގައި ބައްދަލުކޮށް އޭނާގެ ބަސްދީގަތުމެއް ހޯދާފައެވެ. އޭނާގެ ދިރިއުޅުމާއި ތަޖުރިބާއާއި ސަޢޫދީ ގެޒެޓާއި ޙިއްޞާކުރިއެވެ.

އަމިއްލަ ތަޢާރަފެއް ދެއްވަފާނަންތޯ؟

އަހަރެން އުފަންވީ އަދި އުޅެ ބޮޑުވީ އެމެރިކާގެ ނިއުޔޯކް ސިޓީގައި. އަހަރެން އުޅުނީ ހާލެމް ކިއުނު ހިސާބުގައި. އެއީ އެހާ ރީތި ސަރަޙައްދެއް ނޫން. އަހަރެން އިސްލާމްވީ 2008 ވަނަ އަހަރު އެކުވެރި ޢަރަބި ޢިމާރާތަށް (ޔުނައިޓެޑް އެރެބް އެމިރޭޓްސް) ކުރެވުނު ޒިޔާރަތެއްގައި.

ރެޕް ލަވަކިއުންތެރިއަކަށްވީ ކިހިނެއްތޯ؟

ލަވަކިއުންތެރީންނަށް ލަވަ ހަދައި ބަސްތައް އަމުނައިހަދަން އަހަރެންނަށް ވަރަށް ފަސޭހަ. އަހަރެން ލިއުނު ބައެއް ލަވަތަކަކީ މިހާރުވެސް މަޝްހޫރު ލަވަތަކެއް.

އިސްލާމްދީން އިޚްތިޔާރުކުރެވުނީ ކީއްވެތޯ؟

ދުނިޔޭގެ އެކިކަންކޮޅުތަކަށް ދަތުރުކުރުމުގެ ތެރޭގައި މުސްލިމުންނާ އެތައް ފަހަރަކު ދިމާވި. ފަހަރަކަށްވުރެ ފަހަރަކު އަހަރެން ދިޔައީ އިސްލާމްދީނާމެދު ޝައުޤުވެރިވަމުން. ނަތީޖާއެއްގެ ގޮތުން އެކުވެރި ޢަރަބި ޢިމާރާތަށާއި، ސެނެގާލް އަދި ކަޒަކްސްތާނަށް އަހަރެން ދިޔައިން. އަހަރެންނަށް ފާހަގަކުރެވުނީ އެކުވެރި ޢަރަބި ޢިމާރާތުގައި މުސްލިމުން ފާޅުގައި އަޅުކަންކުރަމުން ދިޔަތަން. އެހެންކަމުން، މީޑިއާއިން މުސްލިމުންނާ ދޭތެރޭ އުފައްދާފައިވާ ތަޞައްވުރާއި ޚިލާފު ތަޞައްވުރެއް އަހަރެންނަށް ޙަޤީޤަތުގައި ފެނުނީ. ސެނެގާލްގެ ގިނަ ރައްޔިތުންނަކީ މުސްލިމުންކަންވެސް އެނގުނު. އެއީވެސް ލިބުނު ހިތްވަރެއް. ކަޒަކްސްތާނުގައި އަހަރެންގެ ރައްޓެއްސެއްކައިރީ އެހިން ޢަރަބިން “ހަލޯ” އޭ ބުނާނީ ކިހިނެއްތޯ؟ ޖަވާބުގައި އޭނާ ބުނީ “އައްސަލާމް ޢަލައިކުމް” ކަމަށް. މީގެ އިތުރުން އިސްލާމްދީން ފެތުރިފައިވީ މިންވަރުން މިއީ ޢާލަމްތަކަށް އައި ދީނެއްކަމަށް އަހަރެންނަށް ޤަބޫލުކުރެވުނު.

ފުރަތަމަ ފަހަރަށް ބަންގީގެ އަޑު އިވުމުން ކޮންކަހަލަ އިޙްސާސްތަކެއްތޯ ކުރެވުނީ؟

އަހަރެންނަށް ހުއްޓެމުއް އައި. އަދި ހިތުގެ އެންމެ ފުންމިނަށް އަސަރުކުރި. އަހަރެންނަކީ މީހުންގެ ހިތާއި ކުޅެލެވޭނޭފަދަ މިއުޒިކާއި ލަވަ އުފެއްދޭތޯ ސްޓޫޑިއޯގައި އެތައް ގަޑިއިރެއް ހޭދަކުރި މީހެއް. އެހެނެއްކަމަކު، ބަންގީގެ އަޑަކީ ސާދާ، ޝައުޤުވެރި އަޑެއް. ބުނެދޭން ނޭނގޭފަދަ ގޮތަކަށް އަހަރެންގެ ހިތާއި މިހާރުވެސް ކުޅެލާ.

ޝަހާދަތް ކިއުއްވީ ކޮންތާކުތޯ؟

އެއީ އަބޫ ދާބީގައި އަހަރެން ހުއްޓާ. ފަތިހުގެ އެގަޑިއަކީ ﷲ ގެ އުފެއްދެވުމާމެދު އަހަރެންނަށް ފުރަތަމަ ފަހަރަށް ވިސްނާލެވުނު ވަގުތު. އެވަގުތު ގެއްލުވާނުލުމަށް އަހަރެން ޢަޒުމު ކަނޑައެޅިން. އަހަރެންނަށް ބުނެދެވޭނީ މުސްލިމަކަށްކަން އަހަންނަށް އެނގުނު. އެހެންކަމުން ހޮޓަލުގެ ލޮބީއާއި ދިމާލަށް އަހަރެން ދުއްވައިގަތިން. އަދި ފުރަތަމަ ދިމާވި މުސްލިމް މީހާ ކައިރިން އަހަރެން އިސްލާމްވާނީ ކިހިނެއްތޯ އެހިން. ކަނާއަތް މައްޗަށް ނަގައި، ޝަހާދަތް އިނގިލިން އިޝާރާތްކޮށް، ޝަހާދަތްކިއުމަށް އޭނާބުނި. ޝަހާދަތުގެ ދެކަލިމައިގެ ފަސޭހަކަމުގެ ސަބަބުން ދީނުގެ އޮތް ލުއިފަސޭހަކަން އަހަންނަށް ފެނުނު. ކުރިން އަހަރެން އުޅެމުންދިޔައީ އެއްވެސް ރޭވުންތެރިކަމެއްނެތް ދިރިއުޅުމެއްގައި.

އިސްލާމްވުމުގެ ކުރީގައި ކޮން ދީނަކަށްތޯ އުޅުއްވީ؟

އަހަންނަކީ އޭރު ކްރިސްޓިއަނެއް. އަހަރެންގެ މާމައަކީ ދީންވެރި ކްރިސްޓިއަނެއް. އަހަރެންވެސް ފައްޅީގައި ވަރަށް ހީވާގިކޮށް އުޅުނިން. ހަފްތާއަކު ހަ ދުވަސް އެތާނގައި ހޭދަކުރަން. ޕިއާނޯކުޅެ ބައިބަލް ދަސްކުރިން. ބައިބަލްގައި ހުރި ދެކޮޅުނުޖެހުންތައް އަހަރެންނަށް އެނގުނީ ފައްޅިން. އެހިސާބުން އަހަރެން ވިސްނަން ފެށީ.

އިސްލާމްވުމުގެ ކުރީގައި އިސްލާމްދީނާމެދު ދެކުނީ ކިހިނެއްތޯ؟

އަބަދުވެސް އަހަރެން މުސްލިމުން ދަންނަން. އަހަރެން އުޅޭ ހިސާބުގައި ޔަމަން، ޕާކިސްތާން އަދި އެފްރިކާގެ މުސްލިމުން އުޅޭ. މުސްލިމުންނާއި ދޭތެރޭގައި އެއްވެސް ނޭދެވޭ ގޮތަކަށް އަހަރެން ނުދެކެން. އެހެންނަމަވެސް، ބައެއް މީހުންގެ އުޅުމާއި އަޚްލާޤުގެ ސަބަބުން އަހަރެން އިސްލާމްވުމަށް ހުރަސްއެޅުނު. ނަމަވެސް އިސްލާމްދީނުގެ ފުރިހަމަކަން އެނގުނު ހިނދު، އަހަރެން އިސްލާމްވީ.

މިހާތަނަށް ތިއުޅުއްވީ ވަރަށް މުއްސަނދި ދިރިއުޅުއްވުމުއްގައި. އެހުރިހާކަމެއް ދޫކޮށްލީ ކީއްވެތޯ؟

ވަރަށް ގިނަ މީހުން ކާމިޔާބުވުން ސިފަކުރަނީ މާއްދީގޮތުން މީހާ ކުރިއެރުމަށް. އެހެނަސް އެއީ ޙަޤީޤަތެއްނޫން. އެއްވެސް ގޮތަކަށް ނުގަނެވޭނެ އެއްޗަކީ ނަފްސުގެ ހަމަޖެހުން. އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބުނު. އަހަރެން މަޝްހޫރުވެ ކާމިޔާބުވީ ވަރަކަށް އަހަރެންނަށް އެއްވެސް ހިތްހަމަޖެހުމެއް ނެތްކަން އިހްސާސްވާގޮތް ބޮޑުވި. މަރަކީ ޙަޤީޤަތެއް. އަހަރެންނަށް މާއްދީ ގޮތުން ލިބިފައިހުރި އެއްވެސް އެއްޗެއް މަރާއެއްކޮށް ނުގެންދެވޭނެކަން އެނގޭއިރު އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނީ ކިހިނެއް؟ ﷲ ސުބުޙާނުހާ ވަތަޢާލާ އަހަރެންގެ ދުޢާ އިޖާބަކުރެއްވީ. އަހަރެން ބޭނުންވީ މިދުނިޔޭގެ ދިރިއުޅުމާއި ދުނިޔޭގައި މިބުނެވޭ ކާމިޔާބުތަކުން ދުރުވުން. އަހަރެންނަށް ޙަޤީޤީ މުއްސަނދިކަން އިހްސާސް ކުރެވެނީ ﷲ އަށް އަޅުކަން ކުރުމާއި އިސްލާމް ދީނުގެ މަޢުލޫމާތު ހޯދުމުން.

“ވަރަށް ގިނަ މީހުން ކާމިޔާބުވުން ސިފަކުރަނީ މާއްދީގޮތުން މީހާ ކުރިއެރުމަށް. އެހެނަސް އެއީ ޙަޤީޤަތެއްނޫން. އެއްވެސް ގޮތަކަށް ނުގަނެވޭނެ އެއްޗަކީ ނަފްސުގެ ހަމަޖެހުން. އަހަރެންނަށް ހިތްހަމަޖެހުމެއް ނުލިބުނު. އަހަރެން މަޝްހޫރުވެ ކާމިޔާބުވީ ވަރަކަށް އަހަރެންނަށް އެއްވެސް ހިތްހަމަޖެހުމެއް ނެތްކަން އިހްސާސްވާގޮތް ބޮޑުވި. މަރަކީ ޙަޤީޤަތެއް. އަހަރެންނަށް މާއްދީ ގޮތުން ލިބިފައިހުރި އެއްވެސް އެއްޗެއް މަރާއެއްކޮށް ނުގެންދެވޭނެކަން އެނގޭއިރު އަހަރެންނަށް ހިތްހަމަޖެހުމެއް ލިބޭނީ ކިހިނެއް؟ ﷲ ސުބުޙާނުހާ ވަތަޢާލާ އަހަރެންގެ ދުޢާ އިޖާބަކުރެއްވީ. އަހަރެން ބޭނުންވީ މިދުނިޔޭގެ ދިރިއުޅުމާއި ދުނިޔޭގައި މިބުނެވޭ ކާމިޔާބުތަކުން ދުރުވުން. އަހަރެންނަށް ޙަޤީޤީ މުއްސަނދިކަން އިހްސާސް ކުރެވެނީ ﷲ އަށް އަޅުކަން ކުރުމާއި އިސްލާމް ދީނުގެ މަޢުލޫމާތު ހޯދުމުން.” – ލޫން

ރެޕް މިއުޒަކާއި ލަވަތައް ހެދުމުގައި މަޝްޣޫލުވެފައިވާ ގިނަ ޢަދަދެއްގެ މުސްލިމް ޒުވާނުންނާއި ދޭތެރޭ ދެކެނީ ކިހިނެއްތޯ؟

ﷲ އަހަރެމެން އެންމެންނަށްވެސް ތެދުމަގު ދައްކަވާށި. ﷲ އަށް އަހަރެމެން ބިރުވެރިވާންޖެހޭނެ. މިއުޒިކް އަޑުއަހައި އެކަހަލަ ދިރިއުޅުމެއްގައި އުޅެން މަސައްކަތްކޮށްގެން ލިބޭނޭ އެއްވެސް ފައިދާއެއް ނެތް. މުޅި ދުނިޔޭގައި ޒުވާނުންނަށް ނުފޫޒު ފޯރުވަމުންދާއިރު އެކަހަލަ ނުފޫޒެއްގައި ނުޖެހި ދިއުން ދަތިވާނެ. ތައުޙީދުގެ މިބިމުގައިތިބި ސައޫދީގެ ޒުވާނުންނަށް ބުނެލަން އޮތީ ރެޕް ލަވައެއްގެ ސަބަބުން ހޯދައި ނުގަނެވޭނެ ޝަރަފަކާއި ޢިއްޒަތެއް ތިކުދިންނަށް ލިބިގެންވެއޭ. “ފިފްޓީ ސެންޓަށް” ވުމަކީ ފަސޭހަ ކަމެއް. އެހެންނަމަވެސް، ޢުމަރު ބުނުލް ޚައްޠާބު އަދި އަބޫ ބަކުރު އައް ޞިއްދީޤަށް ވުމަކީ ފަސޭހަ ކަމެއްނޫން. އެހެނީ، އިސްލާމްދީނަކީ އެހެން ހުރިހާ އެއްޗަކުން ލިބޭނޭ ޢިއްޒަތަށްވުރެ މަތިވެރި ޢިއްޒަތެއް ލިބޭނޭކަމެއް.

“ﷲ އަހަރެމެން އެންމެންނަށްވެސް ތެދުމަގު ދައްކަވާށި. ﷲ އަށް އަހަރެމެން ބިރުވެރިވާންޖެހޭނެ. މިއުޒިކް އަޑުއަހައި އެކަހަލަ ދިރިއުޅުމެއްގައި އުޅެން މަސައްކަތްކޮށްގެން ލިބޭނޭ އެއްވެސް ފައިދާއެއް ނެތް. މުޅި ދުނިޔޭގައި ޒުވާނުންނަށް ނުފޫޒު ފޯރުވަމުންދާއިރު އެކަހަލަ ނުފޫޒެއްގައި ނުޖެހި ދިއުން ދަތިވާނެ. ތައުޙީދުގެ މިބިމުގައިތިބި ސައޫދީގެ ޒުވާނުންނަށް ބުނެލަން އޮތީ ރެޕް ލަވައެއްގެ ސަބަބުން ހޯދައި ނުގަނެވޭނެ ޝަރަފަކާއި ޢިއްޒަތެއް ތިކުދިންނަށް ލިބިގެންވެއޭ. “ފިފްޓީ ސެންޓަށް” ވުމަކީ ފަސޭހަ ކަމެއް. އެހެންނަމަވެސް، ޢުމަރު ބުނުލް ޚައްޠާބު އަދި އަބޫ ބަކުރު އައް ޞިއްދީޤަށް ވުމަކީ ފަސޭހަ ކަމެއްނޫން. އެހެނީ، އިސްލާމްދީނަކީ އެހެން ހުރިހާ އެއްޗަކުން ލިބޭނޭ ޢިއްޒަތަށްވުރެ މަތިވެރި ޢިއްޒަތެއް ލިބޭނޭކަމެއް.” – ލޫން

ޢަރަބި ބަސް ދަސްކުރައްވަންތޯ؟

އަހަރެން މިސްރުގައި އުޅޭތާ އަހަރެއްހާ ދުވަސްވެއްޖެ. އަހަރެން ޢަރަބި ދަސްކުރަނީ ޤުރުއާންގެ މާނަ ދެނެގަތުމަށްޓަކައި. އަހަރެން ޤަބޫލުކުރާގޮތުގައި ހުރިހާ މުސްލިމުންވެސް ޢަރަބި ދަސްކުރުމަކީ މުހިންމު ކަމެއް. އޭރުން ޤުރުއާން ފަހުމްކުރަން ފަސޭހަވާނެ.

ކީއްވެތޯ މިޞްރު އިޚްތިޔާރުކުރެއްވީ؟

މިޞްރު އިޚްތިޔާރުކުރީ ބައިވަރު ސަބަބުތަކަށްޓަކައި. ފުރަތަމަ ސަބަބަކީ މިތާގެ ގިނަ ޒުވާނުންނަކީ ހިޕް ހޮޕް ލަވަ ތަކަށް ގެއްލިފައިތިބޭ ބައެއް ނޫން. އެހެންކަމުން ގިނަ ޒުވާނުންގެ ފަރާތުން ސަމާލުކަން ލިބުމާއި ދުރުވޭ. ކުވައިތު، އެކުވެރި ޢަރަބި ޢިމާރާތް ނުވަތަ ސަޢޫދީ ޢަރަބިއްޔާގައި ޒުވާނުން އަހަރެން ދަނޭ. އަހަރެން ބޭނުންވީ މިޞްރުގައި ހުރެގެން އިސްލާމްދީން ދަސްކުރުމާއި އަހަރެންގެ ސަލާމަތްކަންވެސް ހޯދުން. އެހެނީ، މުސްލިމަކަށްވުމުގެ ކުރީގައި އަހަރެންނަކީ އެއްވެސް ރައްކާތެރިކަމެއްނެތް މީހެއް. މުސްލިމް ޤައުމަކަށް އުފަންވުމަކީ މުސްލިމް ޒުވާނުންނަށް ލިބޭ ނަޞީބެއް.

ޙައްޖާ ދޭތެރޭ ދެކިލައްވަނީ ކިހިނެއްތޯ؟

ޙައްޖަކީ ވަރަށް މަތިވެރި ރޫޙާނީ އަޅުކަމެއް. އެއީ އިމްތިޙާނެއް. އެހެނީ އެތައް މިލިއަން މީހުންނާއި އެއްކޮށް އެއް މަޤްޞަދެއްގައި ކުރެވޭ އަޅުކަމެއް މިއީ. ތިބާގެ ނަފްސުވެސް އިމްތިޙާނުކުރެވޭ ދިމާވާ ޙާލަތްތަކާއި ގުޅިގެން. ﷲ އަހަރެމެން އެންމެންނަށްވެސް ފަސޭހަ ކުރައްވާށި.

ޙައްޖުގެ އިންތިޒާމްތަކާއި ދޭތެރޭ ދެކިލައްވަނީ ކިހިނެއްތޯ؟

ޙައްޖުވެރިންގެ ސަލާމަށްޓަކައި ސަޢޫދީ ސަރުކާރުން ކުރާ މަސައްކަތްތަކަށް ﷲ ހެޔޮ ދަރުމަ ދެއްވާށި.

“ރެޕް” ލަވަކިޔަން ބޭނުންވާ ފަރާތްތަކަށް ބުނުއްވާނެ އެންމެ ފަހުގެ ބަހަކީ ކޮބައިތޯ؟

ތިބާއަށް ތިބާގެ ވަގުތާއި، ޒުވާންކަމާއި މުދަލާއި ބެހޭގޮތުން ސުވާލުކުރެވޭނެ. މިއުޒިކާއި ޖެހިގެން މިކަންތައްތައް އިސްރާފުކޮށްނުލާ. އަހަރެން އުޅެ ބޮޑުވިތަނުގައި އުޅޭ ގޭންގްސްޓާރުން އެންމެ ފަހުން ދަނީ ދެތަނަކަށް: ކަށްވަޅަށް ނޫނީ ޖަލަށް. ގެއްލުންދެނިވި ކަންކަމުގައި ތިބާގެ އުމުރު ހުސްކޮށްނުލާ. ޤުރުއާނާއި ސުންނަތަކީ އެއަށް ތަބާވުން އެންމެ އައުލާކަން ބޮޑު މަގު.

“ތިބާއަށް ތިބާގެ ވަގުތާއި، ޒުވާންކަމާއި މުދަލާއި ބެހޭގޮތުން ސުވާލުކުރެވޭނެ. މިއުޒިކާއި ޖެހިގެން މިކަންތައްތައް އިސްރާފުކޮށްނުލާ. އަހަރެން އުޅެ ބޮޑުވިތަނުގައި އުޅޭ ގޭންގްސްޓާރުން އެންމެ ފަހުން ދަނީ ދެތަނަކަށް: ކަށްވަޅަށް ނޫނީ ޖަލަށް. ގެއްލުންދެނިވި ކަންކަމުގައި ތިބާގެ އުމުރު ހުސްކޮށްނުލާ. ޤުރުއާނާއި ސުންނަތަކީ އެއަށް ތަބާވުން އެންމެ އައުލާކަން ބޮޑު މަގު.” – ލޫން

ލޫން އިސްލާމްވުމަށް ފަހު

_________

މަޞްދަރު: ސަޢޫދީ ގެޒެޓް

20 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. سبحان الله الحمدُ لله لا إله إلا الله اللهُ أكبر

 2. މާޝާﷲ ނިކަންދެކިބަލަ ﷲގެ ކުޅަދުންވަންތަކަން ވަރަށްއަސަރުން ފުރިގެންވާބަސްދީގަތުމެއް.

 3. މިޤައުމުގަ އުޅޭ “ޔޯ ސްޓައިލް” ކުދިންނަށް މިބަސްދީގަތުމުން އިބްރަތެއް ލިބޭނެކަމަށް އުންމީދުކުރަން…

 4. ައަޅުގަނޑަށް މިފަދަ ކޮންމެ ލިޔުމެއް ކިޔާލުމުން އީމާންކަން އިތުރުވެ ﷲ ގެ އަމުރުފުޅުތަކާއި ކީރިތި ރަސޫލާގެ މާތް އިރުޝާދުތަކަށް ތަބާވާ ހިތްޖެހިގެން ދޭ، ނަމާދުގެ ފަހުއައްތަޙިޔާތުގައި ގަބުރުގެ އަޒާބުން މިންޖުކުރެއްވުން އެދި ﷲ ދުޢާ ކުރަން ޖެހޭ ކަން ކޮންމެ މުސްލިމަކަށް ވެސް އިނގޭ އިރު ވެސް ނަމާދު ނިމިގެން އާންމު ދިރިއުޅުމުގައި މަސްއޫލުވެ އުޅޭއިރު އަޅުގަނޑުމެން ތެރޭން މަދު ބަޔަކު ނަމަވެސް ދޮގު ހެދުމާއި ޢީބަ ބުނުން ފަދަ އަމަލުކުން ސަލާމަތް ނުވާހާ ހިނދަކު ޤަބުރުގެ އަޒާބުން ނާއި ނަރަކައިގެ ވޭންދެނިވި އަޒާބުންވެސް ސަލާމަތް ވެވޭނީ އެކަމަށް ސަލާމަތް ވުމަށް އެދި ދުއާ ކުރާ ފަދައިން ބަހާއި އަމަލުންވެސް ﷲ ކިޔަމަން ވެގެން ކަމަށް އަޅުގަނޑު ގަބޫލުކުރަނީ

 5. سبحان الله الحمدُ لله لا إله إلا الله اللهُ أكبر

 6. މާޝާ ﷲ އިބްރަތުން ފުރިގެންވާ ބަސްދީގަތުމެއް.. މާތް ﷲ އަޅަމެންނަށް ހެޔޮރަޚްމަތް ލައްވާށި.. އާމީން

 7. سبحان الله الحمدُ لله لا إله إلا الله اللهُ أكبر

 8. އަޅުގަނޑަކީވެސް ހަޔާތުގެ ކުރީކޮޅު އުމުރުން 17އަހަރު 18ގެ ދުވަސްވަރު މިއުޒިކަށް ވަރަށް ސައުގުވެރި ވި މީހެއް ، އޭރު ހީކޮއްގެން ހުރީ ހިތައް ފިނިކަމެއް ގެނެސްދޭ ނަފްސަށް ހިތްހަމަ ޖެހުންލިބެނީ ރީތި ހިތްގައިމް މިއުޒިކަކުންކަމަށް ، އޭރު ލަވަޔާއި މިއުޒިކު ތެރޭގައި އުޅުމުގެ ސަބަބުން ލިބުނު ގެއްލުންތައް މިހާރު އިހްސާސް ކުރެވޭ، ހަޤީޤީ ހިތްހަމަ ޖެހުން ލިބެނީ ﷲ ހަނދުމަކުރުމާއި އެކަލާނގެ އަށް ޙާލިސް ކޮށް އަޅުކަން ކުރުމުން ކަން މިހާރު އަމިއްލަ ނަފްސަށް ގަބޫލު ކުރެވުމުން މިޙާރު އަމިއްލަ ނަފްސަށާއި އަނެކުންނަށް ވެސް ހެޔޮއަމަލު ކުރުމަށް ނަސޭހަތްތެރިވެވެނިވެސް

 9. ވީހާ ވެސް ގިނަ ދީވެހިންނަށް މި ބަސްދީ ގަތުން ވަނީ ޕްރިންޓް ކޮށްފަ ދޭން މިހިރަ ފެންނަމުން ދަނީ އިސްލާމް ދީނުގައި ހުރި ފުރިހަމަ ކަން އެނގި ފާޅުވަމުން މިދަނީ

 10. ﷲގެ ކުޅަދުންވަންތަ ކަމާއެވެ. އެމަތިވެރިފަރާތުގެ ބާރުގަދަކަމާ ދެނެވޮޑިގަތުން ބޮޑުކަމާއެވެ. އިސްލާމްދީނަށް ލިބޭކޮންމެ އުފަލަކާ ހިތާމައަކުން އަޅުގަނޑުގެ ލޮލުން ކަރުނަ އޮހޮރެމުން ދެއެވެ. މިލިޔުން ކިޔަމުންދިޔައިރުވެސް ހިފެހެއްޓުމެއްނެތި ކަރުނަ އޮހޮރެމުން ދިޔައެވެ. ﷲމިދީނަށް ، މިއުންމަތަށް ފަލާޙާއި ނަޞްރުދެއްވައި އަބަދަށް އުފާފާގަތިކަން ދެއްވާންދޭވެ! އާމީން.

 11. މާޝާﷲ.މާތްﷲ އާމިރު ޖުނައިދު އާ އަދި އެންމެހާ މުސްލިމުން މި މާތް އިސްލާމްދީނުގެ ހެޔޮ މަގުގައި ސާބިތުވުމުގެ ހެޔޮތައުފީގް ދެއްވާޝި އާމީން………….

 12. ައިސްލާމް ކަމީ އެކަހަލަ ކަމެއް ތިމާ ކޮންމެ ގޮތަކަށް ކުރިން އުޅުނަސް ރަގަޅު ގޮތްާާާއެގުމުން ކުރީގެ ހުރި ނިފާގުކަން ގޮސް ތިމާ ސާފު ތޯހިރު ވާނެ.

 13. ﷲ ތިބާ އައް ހެޔޮރަހުމަތް ލައްވާށި

 14. މާޝާ ﷲ

 15. varah ufavey muslimun gina vaathy

 16. މި ބަސްދީގަތުން ކިޔަމުންދިޔައިރު ހިފެހެއްޓުމެއްނެތި ފާއިބަމުންދިޔަކަރުނަތަށް ކޮމެންޓް ލިޔަން ފެށިއިރު ހުއްޓިއްޖެ ، އެއީ ކީއްވެބާ ، އަޅުގަނޑުމެންގެ އީމާންތެރިކަން ބަލިކަށީދޯ، އަޅުގަނޑުމެންގެ ކޮންމެ އިވުމަކާއި ފެނުމަކީ މިފަދަގޮތަކަށް ﷲގެ ކުޅަދުންވަންތަކަން ހިތަށްއިހުސާސްވެ ލޮލުން ﷲއަށްޓަކައި ކަރުނައަޅާ ރޮވޭފަދަ މަންޒަރާއި އަޑަށްވާނެނަމަ ކިހާރަންގަޅުވާނެ ،އެއިރުން ﷲގެ ކުޅަދުންވަޏްތަކަމާއިއެކު ސާބިތުވެވޭނެ. މާޝާﷲ

 17. ވަރަށް އަސަރުގަދަ ލިއުމެއް، މައުނައިން ފުރިގެންވި އިންޓަވިއުއެއްމިއީ، އަލުގަނޑުގެ ވެސް ކުރީގެ ފީލްޑެއް މިއުޒިކަކީ މިފަދަ ލިއުންތަށް ކިޔާލުމުގެ ފުރުސަތު ލިބުމުން ކުރު ކޮށް ބުނެލެވޭނީ ބާތިލްގެ މައްޗަށް ހާއްގު ފާޅުވެ ހުރިހާކަމެއް ސާފްވެނިމިއްޖޭ…
  ސަލާމް

 18. މާޝާﷲ.މާތްﷲ އާމިރު ޖުނައިދު އާ އަދި އެންމެހާ މުސްލިމުން މި މާތް އިސްލާމްދީނުގެ ހެޔޮ މަގުގައި ސާބިތުވުމުގެ ހެޔޮތައުފީގް ދެއްވާޝި އާމީން…

 19. އަޅުގަނޑަކީވެސް މިއުޒިކަށް ވވވ ޝައުޤުވެރިކަން ދިން މީހެއް….ވވވ ފަހަކާ ޖެހެންދެންވެސް ހިތްދަތިކަމެއް، ނަފުސަށް ހިތްހަމަ ނުޖެހުމެއް ދިމާވި ކޮންމެ ފަހަރަކު މިއުޒިކު އަޑުއެހި މީހެއް…..އެހެންނަމަވެސް ޙަޤީޤަތުގައި އެ މިއުޒިކުން އަޅުގަނޑަށް ޙަޤީޤީ ހިތްހަމަޖެހުމެއް ނުލިބުނު…..މިހާރު އަޅުގަނޑުގެ ނަފުސުގެ ހުރިހާ ވެސް ހިތްހަމަޖެހުމަކީ، ހިތުގެ ޙަޤީޤީ ފިނިކަމަކީ ނަމާދު އަދި ކީރިތި ޤުރުއާން…ޔާ ﷲ މި އަޅާއަށް ތެދުމަގު ދެއްކެވީތީ އިބަރަސްކަލާނގެ އަށް ޙަމްދުކުރަން…..އަޅަމެންނީ މި ވަގުތީ ދުނިޔެއިން ލިބެމުންދާ ވަގުތީ ހިތްހަމަޖެހުން އެއްކިބާކޮށް އާޚިރަތުގެ ޙަޔާތް ބާއްޖަވެރި ކުރުމަށް މަސައްކަތްކުރާ ބައެއް ކަމުގައި ލައްވާންދޭ!!!!!!! އާމީން!!!!!!!!

 20. I realy like you

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!