ޝިރުކުން ބަރީއަވުމުގައި ގެރި ކަތިލީ މީހުންގެ މަންހަޖުން މުސްލިމުން ދުރުވާން ޖެހޭނެއެވެ. (4 ވަނަ ބައި)

  • ސާކް ސަމިޓާ ގުޅުވައިގެން ކަމަށް ބުނެ އައްޑޫ ސިޓީގައި ބެހެއްޓި ބިނާތަކުގެ ތެރެއިން ފޭދޫ އާއި މަރަދޫފޭދޫ ގުޅޭ ސަރަހައްދުގައި ބަހައްޓާފައިވާ އިންޑިއާގެ ބިނާ

1 ވަނަ ބައި ވިދާޅުވޭ!

2 ވަނަ ބައި ވިދާޅުވޭ!

3 ވަނަ ބައި ވިދާޅުވޭ!

ހަނދާނާއި ތާރީޚަށްޓަކައި އެހެން މިޘާލެއް ދޭނަމެވެ. 20 މާރޗް 2007 އަންގާރަ ދުވަހު ނިކުތް މިނިވަން ނޫހުގައި “އަންހެނުންނަކީ އިޖްތިމާއީ ބަލި ފަތުރާޖަރާސީމެއްތަ؟” މިސުރުޚީގެ ދަށުން މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ އޭރުގެ އަމީން ޢާއްމުގެ ނާއިބު އަދި އެޕާޓީގެ އޭރުގެ ޗެއާޕާސަން މުޙައްމަދު ނަޝީދު (އަންނި) ގެ ޚާއްޞަ ސެކްރެޓެރީ “ޢާއިޝަތު” އާނިޔާ އިސްލާމްދީނަށާއި، ކީރިތި ޤުރްއާނަށާއި، މުސްލިމުންނަށް ފާޅުކަންބޮޑު ގޮތެއްގައި ފުރައްސާރަކޮށް ލިޔެ ހަޖޫޖެހުމުގެ ސަބަބުން އޭނާ ޝައްކެއްނެތި މުރުތައްދުވެފައިވާކަން ބަޔާންވެފައި ވާތީ އެކަމާ އޭރުވެސް އިންކާރުކުރާން ނިކުތް މީހުންގެ ތެރޭގައި މިހާރު މިބަހައްޓައިގެން އުޅޭ ބުދުތަކަށް އިންކާރު ކުރާން ނިކުމެތިބި މީހުންވެސް ތިއްބެވެ.

އޭރުގައި އާނިޔާ އަކީ އޭރުގެ ސަރުކާރާއި އިދިކޮޅަށް އަޑުއުފުލަމުން ދިޔަ އެމްޑީޕީގެ މައި މީހެއް ކަމަށްވެފައި، އޭނާގެ ލިޔުމާ މެދު އިދިކޮޅަށް ތެދުވާންޖެހުނު ބޮޑެތި ފަރާތްތަކަކީ ވެސް އޭރުގެ ސަރުކާރާ މެދު ދީނީ މައްސަލަތަކުގައި ހިތްހަމަނުޖެހިފައި ތިބި، އެމްޑީޕީ “ކޮޅަށް” ވާގިދޭން ތިބި ދީނަށް ލޯބިކުރާ ފަރާތްތަކަށް ވުމުން މިކަމުގައި އުނދަގޫތަކެއް ހުންނާނެކަމީ ޠަބީޢީ ކަމެކެވެ. ނަމަވެސް އިސްލާމްދީން އެއީ އަޞްލު ކަމުގައި ހަދައި، ދީނުގެ ދިފާޢުގައި މަރުދޭން ނިކުމެ ތިބި ފަރާތްތައް އާނިޔާގެ ޙަޔާތެއް ނެތް ލިޔުމަށް އިންކާރުކޮށް، އެމްޑީޕީގެ އިސްފަރާތްތަކާ އިދިކޮޅަށް ވާހަކަދައްކާން ފެށުމުން އެމީހުން އޭރުވެސް ބުނިބަހަކީ މިހާރުވެސް ޢިބްރަތެއްކަމުގައި ހަނދާންކޮށްލަންޖެހޭ ބަސްތަކެކެވެ.

އެއީ  އިހަށް ތިވާހަކަ ބޮޑުކޮށްގެން ނުދައްކާށެވެ. ތިވާހަކަ މާބޮޑަށް ދައްކަން ފަށައިގެން މައުމޫނަށް އޭގެ ފައިދާ މާބޮޑަށް ކުރާނެތީ މިކަން ނިމޭންދެން އިހަށް ތިވާހަކަ ބާއްވާށެވެ. ނިމުނީމާ ތިކަމާ ވާހަކަ ދައްކާނީ އެވެ. ފުރަތަމަ ބޮޑުގަސް ކަނޑައިލިޔަ ދޭށެވެ.” 

އެހެން ކިޔުމަށްފަހު އެއްބަޔަކު ޕާޓީގެ ތަޢައްޞުބުގައި އެވާހަކަ އޮއްބާލިއެވެ. މިޙާދިޘާއިން ހާމަވެގެން މިދަނީ މިމީހުންގެ އަޞްލު މަޤްޞަދަކީ އެއްވެސް ޙާލެއްގައި އިސްލާމްދީނަށް ނަޞްރެއް ދިނުމެއް ނޫންކަމެވެ. ދީނީ މީހުންގެ ދުނިޔެވީ ޣާފިލުކަމާއި، މަޢުޞޫމުކަމުގެ ފައިދާނަގައި ދުނިޔޭގެ ވެރިކަމާއި ޖާހުގެ އަރައިރުމުގައި މިމީހުންގެ ހަނގުރާމަގަނޑު ތެރެއަށް ދީނަށް ލޯބިކުރާ ފަރާތްތައް ވެސް ވައްދައި، ތިމާމެންގެ އަޞްލު މަޤްޞަދު ޙާޞިލްކުރުން ކަމެވެ.

އޭރު ދީނަށް ލޯބިކުރި ފަރާތްތަކުން އޭރުގައި އޮތް މައުމޫނު ސަރުކާރާ ފަހަރެއްގައި ވެސް އިދިކޮޅުވެފައި ތިބީ އޭނާ ވެރިކަމުގައި ހުރެގެން، ރާއްޖޭގެ ވެރިކަން އަހަރުތަކަކު ކުރަމުންދާތީކީ ނޫނެވެ. އަދި ކިއެއްތަ، އެއީ އެމީހުންނަށް ރަސޫލުﷲ ޞައްލައްﷲ ޢަލައިހި ވަސައްލަމަގެ ސުންނަތުގައި ހިފުމަށް ހުރަސްއަޅައި، މުސްލިމް ދިވެހި ޤަޥުމުގައި އިސްލާމްދީނަށް ފުރިހަމައަށް އުޅޭން އުނދަގޫވެ، އިސްލާމީ ތަޢުލީމަށް ހުރަސް އަޅަމުން ގޮސް އެކަމުގައި އެތައްބަޔަކު ހައްޔަރުވެ އަނިޔާ ލިބި، ދަރީންތައް މަސްތުވާތަކެއްޗަށް ގޮސް އަޚްލާޤް ފާސިދުވެދާން ފެށުމުން އެކަންކަން ތަޙައްމަލު ނުކުރެވިގެން އެކަމުން މިންޖުވުމަށްޓަކައި ވާގިވެރިވާ ވަސީލަތްތަކުގައި ހިފައިގެން ޙައްލެއް ހޯދޭނެ ގޮތްތަކާ ދިމާލަށް ފިރާލަމުން ދިއުމުގެ ސަބަބުންނެވެ.

މިހުރިހާ ކަމެއް މިހެން ހުރެފައިވެސް 2004 ގެ ބުރާސްފައްޗާއި، ހުކުރުގެ ޙާދިޘާގެ ފަހުން ވެރިކަމުގެ ބާރުތައް ސަރުކާރުން ކޮންޓްރޯލުން ނެއްޓިގޮސް އެންމެހާ ރައްޔިތުންނަށް ހުރިހާ ގޮތަކުން މިނިވަންކަން ލިބިގެންދިޔަ މައުމޫނު ދަޥުރުގެ ދުވަސްތަކަކީ ދީނީ ގޮތުންވެސް ދިވެހިރާއްޖެ އަދި މިއަދާ ހަމަޔަށް ދުށް އެންމެ މިނިވަން ދުވަސްވަރުކަމީ މިކަމުގެ  ތެރޭގައިތިބެ، ޢަމަލީގޮތުން އުޅެ، ކަންކަން ގާތުން ބަލައި ތަޙްޤީޤުކޮށް، ޙަޔާތުން ހޭދަވީ ބޮޑުބައި އެމަޤްޞަދުގައި ހޭދަކުރި ބަޔަކަށް ރަނގަޅަށް އެނގި އިޤްރާރުވެވޭނޭ ކަމެކެވެ.

ޙަޤީޤަތަކީ މިއީ ކަމުގައިވާއިރު މާޟީން ޢިބްރަތް ލިބި، މިއަދުވެސް ތިމާމެންގެ ޙަޤީޤީ ނިޔަތާއި މަޤްޞަދުގައި ކުރިއަށް ދިއުމުގައި ދިމާވާ ހުރަސްތަކާއި ކުރިމަތިލުމުގައި ހަމަވިސްނުމާއި އިންޞާފުގައި ތިބެގެން ކުރިއަށް ދިއުމަކީ ބުއްދިވެރި ގޮތެވެ. އެހެންކަމުން ތިމާމެން އަމިއްލަ ގޮތުން ޝިރުކަށް އިންކާރުކުރާން ނެތަސް އެހެން މީހުން މުންކަރު މަނާކުރިއަދޭށެވެ. ޝިރުކު ނައްތާލުމުގައި ބައިވެރިވަނީ ކޮންމެ މީހަކަށްވިއަސް އެމީހަކާ އެހީވާން ޖެހޭނެއެވެ. އެހީވާން ބޭނުން ނޫންނަމަވެސް މަޑުން ހަނުހިމޭނުން ހުރުން ކިއެއްހެއްޔެވެ؟ ސިޔާސީ ފަރާތްތަކަކީ މުސްލިމް ފަރާތްތަކެއް ކަމަށް ވަނީނަމަ އެމީހުންނަކަށް އިސްލާމްދީން ދިފާޢުކުރުމުގެ ޙައްޤެއް ނޯންނާނެ ހެއްޔެވެ؟ އެމީހުންގެ މަޤްޞަދާ މެދު ޤިޔާމަތް ދުވަހުން މާތް ﷲ ސުވާލުކުރައްވާނެތެވެ. ޝިރުކު ނައްތާލައި ތަޥުޙީދު ދަމަހައްޓާން އެއްބައިނުވެވޭ މީހުންނާއި އިސްލާމްދީން ކުރިއެރުވުމުގެ މަޤްޞަދުގައި ދެންތިބީން އެއްބައިވެ، އެއްބައިވަންތަވާން އޮންނާނީ ކޮންދާއިރާއެއް ހެއްޔެވެ.

ޙަޤީޤީ ރަޙްމަތްތެރިކަމާއި، ނަފްރަތު ބިނާވެގެންދާނީވެސް ތަޥުޙީދާއި ޝިރުކުގެ ޢަޤީދާގެ މައްޗަށެވެ. އަދި މުންކަރު މަނާކުރާން ނިކުތުމުން އެމަސައްކަތުގައި ބައިވެރި ނުވާތާނގައި އެކަމަށް ފާޑުކިޔާ ފަރާތްތަކާ އެއްބައިވުމުގައި އޮތީ ކޮން ހެވަކާއި ލާބައެއް ހެއްޔެވެ؟ އުޑުތަކާއި ބިންތައް ޤާއިމުވެފައި އޮތުމުގެ އަޞްލު މަޤްޞަދު ޙިމާޔަތްކުރުމީ ހުރިހާ ކަމަކަށްވުރެ މުހިއްމު މަޤްޞަދެކެވެ. އެކަމުގައި ދުޝްމަނަކު މަސައްކަތްކުރި ނަމަވެސް ކުޑަމިނުން ހިތުން އުފާކޮށް ތާއީދުކުރުމީ އިސްލާމްކަން ނިޔާކުރާ ގޮތެވެ. އަދި ކިއެއްތަ ޝިރުކު ނައްތާލުމުގައި ކާފަރަކު އެހީވިޔަސް އެކަމުގައި އޭނާޔަކަށް މަލާމާތެއް މުސްލިމުންގެ ފަރާތުން އޮވެގެން ނުވާނެއެވެ. އޮންނަންވާނީ ހިނިތުންވުމާއި ރައްޓެހިކަމެވެ. އެއީ އިސްލާމްދީނަށް ޢަދާޥާތްތެރިކަން ފާޅު ނުކުރާހާ ހިނދަކުއެވެ. އިންޞާފަކީ މިއީ ނޫންތޯއެވެ.

(ނުނިމޭ)

1 ވަނަ ބައި ވިދާޅުވޭ!

2 ވަނަ ބައި ވިދާޅުވޭ!

3 ވަނަ ބައި ވިދާޅުވޭ!

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މިއަދު ދިވެހި ގައުމަށް ކުރިމަތިވެގެން މިއުޅޭ ލާދީނީ ވަބާއިން މިގައުމު ސަލާމަތްކުރުމަކީ މުސްލިމް
    ކޮންމެ ދިވެހި ފަރުދެއްގެވެސް އެންމެ އިސްވާޖިބު ކަމުގައި ގަބޫލުކުރަން ޖެހޭ،ވުމާއިއެކު ހުރިހާ އެއްކޮޅު އަދި އިދިކޮޅު ފަރާތްތަކަކުންވެސް މުސްލިމުންކަމުގައި ވާމަނަ މިކަމާއި ދެކޮޅަށް ގުޅިގެން އިޚްލާސްތެރި އަސަރުކުރުވަނިވި އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!