ޝިރުކުން ބަރީއަވުމުގައި ގެރި ކަތިލީ މީހުންގެ މަންހަޖުން މުސްލިމުން ދުރުވާން ޖެހޭނެއެވެ. (2 ވަނަބައި)

  • އައްޑޫ ސިޓީ ހިތަދޫގައި ބެހެއްޓި ބުދުތައް އަދި އެ ބުދުތަކުގެ ޙިމާޔަތުގައި ފުލުހުން ފޯރިމަރަނީ

1  ވަނަ ބައި ވިދާޅުވޭ!

މުޙައްމަދު ޢަލީ ޖިނާޙްގެ ޞޫރަ އަކީވެސް ހަމަ ބުދެކެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ބުދެކެވެ.

މުޙައްމަދު ޢަލީ ޖިނާޙްގެ ޞޫރަޔަކީވެސް ބުދެއް: މިކަމާއިގުޅިގެން ޕާކިސްތާނު މޮނިއުމެންޓޭ މިކިޔާ ބުދު ބެހެއްޓުމާ ދިމާލަށް އިންކާރުގެ އަޑުތައް އުފުލުމުން ބައެއްފަރާތްތަކުން އޭގައިވަނީ ހަމައެކަނި މުޙައްމަދު ޢަލީ ޖިނާޙްގެ ޞޫރަކަމުގައިބުނެ އެއީ ބުދެއްނޫންކަމުގައި ދިފާޢުވެގަތުމުގެ ބަހަނާތައްވަނީ ދައްކައިފައެވެ. މީގެކުރީގައި ލަނޑާގިރާވަރުގައިބެހެއްޓި ބުދާމެދު އެއީ ފުޅިމަދުން ހަދާފައިހުރި އެއްޗެކޭ ބައެއްމީހުން ބުނިފަދައިންނެވެ. ޙަޤީޤަތުގައި މިފަދަބަސްތައް ބޭރުވާންޖެހެނީ ތަޥުޙީދާއި ޝިރުކާއި އަދި އިސްލާމްދީނުގެ ޢަޤީދާއަކީ ކޮންއެއްޗެއްކަން ނޭނގި ދީނުގެ އަސާސްތަކާއިމެދު ހިތުހުރި ވާހަކައެއް ދައްކަން ހަދައިގެންނެވެ. މިއީ ހިތާމަކުރުން ޙައްޤުކަންކަމެވެ. ދެންވެސް ވަރަށްރަނގަޅަށް ހަނދާން ބަހައްޓާށެވެ.

މުޙައްމަދު ޢަލީ ޖިނާޙު ކަމުގައިވިއަސް، މަހާތުމާ ގާންދީ ކަމުގައިވިއަސް، އަފްލާތޫން އާއި ސޮކްރެޓިސް ކަމުގައިވިއަސް ނުވަތަ ނަޕޯލިޔަންއާއި އިބްނުސީނާ ކަމުގައިވިއަސް ނުވަތަ ލިބަޓީފަދަ ތިމްޘާލެއްކަމުގައިވިއަސް އަދިކޮބައިތޯ ސުލައިމާނު ނުވަތަ ޢީސާ (ޢަލައިހިމާއައްސަލާމު) ކަމުގައިވިއަސް އެފަދަ ޞޫރަތައް މޮނިއުމެންޓުގެ ގޮތުގައި އިޙްތިރާމް ކުރެވޭނޭހެން ބެހެއްޓުމަކީ ޝިރުކުގެ ވަޞީލަތަކަށްނުވާނެ އެއްވެސްގޮތެއް އިސްލާމްދީނުގެ ޢަޤީދާއަކު ނޯންނާނެއެވެ. އެއީ ހަމަ ކަނޑައެޅިގެން ލާޖެހި ޝިރުކުގެ އޯވަރުތަކެވެ. ފުރަތަމަ އޯވަރުގައި ޞޫރަ ބެހެއްޓިފައި ދެވަނަ އޯވަރުގައި އެތަކެއްޗަށް އިޙްތިރާމްދީ މާތްކޮށް ހިތޭންފަށާނީއެވެ. 3 ވަނަ އޯވަރުގައި ﷲ ފިޔަވައި މަންފާއަށް އެދި، އަދި ގެއްލުން ދުރުކުރުމަށް އެދެވޭން ފަށާނެއެވެ. ދެން އެހާރުން އޮންނާނީ ތަޥުޙީދުގެ ވިކެޓް ގޮސް ޝިރުކުރެވޭން ފަށައިފައެވެ.

ދަންނާށެވެ! ދުނިޔޭގައި ޝިރުކު ފެށުނީވެސް މުޙައްމަދު ޢަލީ ޖިނާޙް އަށްވުރެ މާމަތިވެރި މާތް ޝަޚްޞިއްޔަތުންނެއް މަރުވުމަށްފަހު އެމީހުންގެ ޞޫރަ ހެދިގެންނެވެ. އާދެ! މޮނިއުމެންޓު ނުވަތަ ސްޓެޗޫ ތަކަކުންނެވެ. އޭގެމައްޗަށް ޖީލުތަކެއް ވެއަތުވީފަހުން ﷲ ފިޔަވައި އަޅުކަންކުރެވޭ ޝިރުކުގެ މޮނިއުމެންޓުތަކެއްކަމުގައި އެޞޫރަތައް ވެގެންދިޔައީއެވެ. ނޫޙު ސޫރަތުގެ 23 ވަނަ އާޔަތުގައި އެވާ ވައްދާއި، ސުޥާޢާއި، ޔަޢޫޤާއި، ޔަޣޫޘާއި އަދި ނަސްރަކީ އެޒަމާނުގައި އުޅުނުޞޯލިހު މާތް އަޅުންތަކެކެވެ. އެއުރެން ނިޔާވިފަހުން އެމީހުންގެ ހަނދާނަކަށް މޮނިއުމެންޓު ހެދުމަށް ޝައިޠާނާ ވަސްވާސްދީގެން ބަޔަކުމީހުން ހެދީއެވެ. ދެން އެއަށްފަހު އަޅުކަންކުރެވޭން ފެށުނީއެވެ. ހަމައެފަދައިން ޤުރައިޝްވަންހައިގެ މުޝްރިކުން ﷲ ފިޔަވައި އަޅުކަންކޮށް އުޅުނުތަކެތީގެތެރޭގައިވެސް ބޮޑެތީމީހުންނަށް ނިސްބަތްކުރެވިފައިވާ ތަކެއްޗެވެ. އަދި މީހެއްގެ ޞޫރަޔަށް ނުވާތަކެއްޗަށް ބުދޭ ނުހިތުމީވެސް ތަޥުޙީދާއި ޝިރުކަކީ ކޮބައިކަން ރަނގަޅަށް ނޭގޭމީހަކު ނޫނީ ގެންގުޅޭނޭ ވިސްނުމެއްނޫނެވެ. ސަބަބަކީ މީސްތަކުން އަޅުކަންކޮށް ތަޤްދީސް ކުރަމުން ދިޔައީ ވަކި މިވެނިއެއްޗެއް ޚާއްޞަކޮށްގެންކަމުގައި ނުވާތީއެވެ. އެގޮތުން އިރާއި ހަނދާއި، ތަރިތަކާއި، ގެރިއާއި، އަލިފާނާއި، ޝައިޠާނާއާއި މިނޫންވެސް ﷲ އުފައްދަވާފައިވާ ތަފާތު މަޚްލޫޤުންނަށް މީސްތަކުން އަޅުކަންކުރަމުންދިޔަކަމުގައި ކީރިތި ޤުރްއާނުގައިވެސް ބަޔާންކޮށްދެއްވާފައި އެބަވެއެވެ. މައްކާގެ ޤުރައިޝުން އަޅުކަން ކުރަމުންދިޔަ ޢުއްޒާއަކީ އެއްކޮށް ހުރި 3 ގަހެވެ.

ލާތައަކީ ޙައްޖުވެރިންނަށް ކާއެއްޗެހި ހަދައިދޭން އުޅުނު މީހެއްކަމުގައި ތަފްސީރު ޢިލްމުވެރިން ލިޔުއްވާފައިއެބަ ހުއްޓެވެ. ކޮށްފައި އަޅުކަންނުކުރަނީ އިންސާނުން ވަކި ކޮންއެއްޗަކަށްހެއްޔެވެ؟ އަޢުރަ ގުނަވަނަށްވެސް މީހުން އަޅުކަންކުރެތެވެ. ރާއްޖޭގައި ތޮއްޑޫގައިވެސް މިއަޅުކަންކުރިކަން އާޘާރީ ހެކިތަކުން އެހެރީ ފެންނާށެވެ. އަދިކިއެއްތަ؟ ނަބީބޭކަލަކަށްވެސް ﷲ ގެ ދަރަޖަދީ މުޤައްދަސް ނުކުރެވޭހުއްޓެވެ. އެކަންކުރެވޭނަމަ އެއީ ޝިރުކެވެ. އެހެންކަމުން ޕާކިސްތާނު މޮނިއުމެންޓޭ ކިޔަމުންދާ ރާއްޖޭގެ އަމިއްލަ އިޚްތިޔާރުގައި ރާއްޖޭގެ އަމިއްލަ ބިމުގައިބެހެއްޓިގެންދިޔަ މޮނިއުމަންޓަކީވެސް؛ އޭގެވަށައިގެން ތިރީކައިރީގައި އެވާ ފައްޅިބުދުތަކާއި ނުލައިވެސް ބުދެއްކަމުގައިވާނެ ބިނާއެކެވެ. ދަންނައެ، މުޙައްމަދު ޢަލީ ޖިނާޙްގެ ޞޫރަ އަކީވެސް ހަމަ ބުދެކެވެ. ﷲ ގަންދީ ބުނަމެވެ. އެއީ ބުދެކެވެ. އަދި ސަލްޓަންޕާކުގައި އެވާ ބޮޑު ނިކަގަހަކީވެސް ހަމަ މިމާނައިގާ ބައެއްމީހުންގެ ފުށުން ބޭނުންކުރެވެމުންދާ އެއްޗެއްކަން މިއީ ވަރަށް ގިނަ ދިވެހީން ދަންނާނޭ ކަމެކެވެ. އެހެންކަމުން ބުދުތަކަށް ކޮންމެ ނަމެއްކިޔައިގެން ބެހެއްޓިކަމުގައިވިއަސް އެއީ ޝިރުކުގެ ވަސީލަތްތައްކަމުން އެފަދަ އެއްވެސް ވަސީލަތެއް މި ޤަޥުމުގައި އިތުރަށް އާލާކޮށް އަލުން ބެހެއްޓުނަ ނުދިނުމަށް މަސައްކަތްކުރުމީ އިސްލާމުންގެ މައްޗަށް ޥާޖިބުވެގެންވާ ކަމެކެވެ. އަދި އެކަން ވެގެންދާނީ އެކަމަށްޓަކައި ޖާނާއިމާލުން ހޭދަކުރުން ޙައްޤު؛ ﷲ ގެ މަގުގައި ކުރެވޭޖިހާދެކެވެ.

ޝައްކެއްނެތެވެ. މިއީ ޕާކިސްތާނެއްނޫނެވެ. އަދި ސްރީލަންކާއެއްވެސް ނޫންމެއެވެ. ހަމަ އެހެންމެ އިންޑިއާ އެއްވެސް ނުމެ ނޫންމެއެވެ. ޖަޕާނެއް އަދި ޗައިނާއެއްވެސް ނޫނެވެ. އަދި ކިއެއްތަ މިއީ އިނގިރޭސި ވިލާތެއްވެސް ނޫން އިނގޭތޯއެވެ. މިއީ އިސްލާމުންގެ ދިވެހިރާއްޖެއެވެ. އެހެންކަމުން މިތާ އޮންނަންޖެހޭނީ އިސްލާމްދީނެވެ. އިސްލާމީ ޘަޤާފަތެވެ. ކްރިސްޓިއަންދީނެއް ނޫނެވެ. އަދި ބުދުދީނުގެ ޘަޤާފަތެއްވެސް ނޫނެވެ. ދީނެއް، ހަމައެއް ލަމައެއް ނުގެންގުޅޭ؛ އިލާހަކުވެސް ޤަބޫލުނުކުރާ ބަޔަކުގެ އަމިއްލަ އެދުންތަކެއްވެސް ނޫން އިނގޭތޯއެވެ. އަދި ނުބައިކަންކަން މުސްލިމް މުޖްތަމަޢެއްގައި އަލަށް އާލާކުރުމަށްޓަކައި ކުރިއާއިފަސް އަޅާކިޔުމަކީވެސް ޝައިޠާނީ ބަހަނާއެކެވެ. ކުރީގައި ކުރިޔަސް ނުބައެއްވާނީ ނުބަޔަކަށެވެ. އެހެނެކޭކިޔާފައި އަލަކުން ނުބައިކަމެއް އިތުރަކަށް އާލާކުރާކަށް އިސްލާމްދީނުގައި ތަނެއްނުދައްކައެވެ.

ކުރިވެސް އިޞްލާހް ކުރާންވީއެވެ. ހަމައެއާއިއެކު ތިމާމެން އަތްމަތީގައި މިހާރު ވާކަންކަން އެކަންކަމުގެ އަޞްލު ޥަޤުތުގައި އިންކާރުވެސް ކުރާންވާނެއެވެ. އެހެންނޫނީ ޙައްޤު އަބަދުވެސް ކޮންމެވެސް ބަހަނާއަކާހުރެ ވަޅުޖެހޭނީއެވެ. ބާޠިލް އިތުރަށްގިނަވެ ޢާއްމުވާނީއެވެ. ޝައިޠާނުންތައް ބިންމަތި ފަސާދަކުރާނީއެވެ.

( ނުނިމޭ )

1  ވަނަ ބައި ވިދާޅުވޭ!

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ﷲ ގަންދީ ބުނަމެވެ.އެކަލާންގެ މަގުގައި ޖިހާދުކުރުމަކީ އެއްވެސް ހާލަތެއްގައި ހަމައެކަނި ބޮޑު ބައި ގަނޑަކާ ހަނގުރާމަ ކުރުމަށް ބުނެވޭ ބަހެއް ނޫނެވެ. އެންމެ ކުޑަމިނުން ޝައިތާނާ އާއި ކުރާ ހަނގުރާމަތަކަކީވެސް ކުރެވޭ ބޮޑު ޖިހާދެކެވެ. “އެއީ ތިމާގެ ސިކުނޑީގައި ހިނގާ ނުބައި ނުވަތަ ފާހިޝް ހިޔާލުތަކާއި ދެކޮޅަށް ތިމާގެ އަމިއްލަ ނަފުސް ކޮންޓްރޯލްކުރުމެވެ.”އެހެންކަމުން މި އިސްލާމީ ދިވެހި ޤައުމުގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު މިގޮވާލަނީ ބުދުތަށް ހިމާޔަތް ނުކުރުމަށް..އެ ހިމާޔަތް ކުރި ފަރާތްތަށް “ވަރަށް ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.”އަދި މި ޤައުމުގައި ތިއްބެވި ލޮބުވެތި ޣާޒީންނަށް މިގޮވާލަނީ އައްޑޫގައި ބެހެއްޓިފައިވާ ބުދު ނުވަތަ ބިނާ ހިމާޔަތް ކުރަން މަސައްކަތްކުރި އެންމެނަށް ޙުކުމް ތަންފީޒު ކޮއްދެއްވުމަށް! އޭ ލޮބުވެތި އަޙުނާއި އުޙުތުންނޭވެ! ތިޔަބައިމީހުން ﷲ އަށް ބިރުވެތިވާށެވެ.އަދި ނުބައި ފަސާދަތަކުން މިޤައުމު ހިމާޔަތްކުރުމުގައި ތިޔަ އެންމެހާ ރައްޔިތުން ޝާމިލްވާށެވެ.އަޅުގަނޑުވެސް މިހުރީ ﷲ ގެ މަގުގައި ފައިތިލަ ސާބިތުކޮއްގެންނެވެ…….

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!