ތަރުކާރީ ބަތްޕެން

ބޭނުންވާ ތަކެތި

2 ޖޯޑު ޅަހަނޑޫ

1 ފިޔާ ( ކުދިކޮށް ކޮށާފައި )

4 ބީންސް ( ކުދިކޮށް ކޮށާފައި )

1 ކެރެޓް ( ކުދިކޮށް ކޮށާފައި )

1 ލޮނުމެދު

1 ރޯމިރުސް

1 ސައިސަމްސާ އަސޭމިރުސް

1 ސޫޕް ޕެކެޓް

ހިކަނދިފަތް

ރާނބާފަތް

ތައްޔާރުކުރާނޭގޮތް

ހަނޑޫ ކޮޅު ދޮވެލުމައްފަހު ފެން އެޅުމައްފަހު ރާނބާފަތް އަދި ހިކަނދިފަތް ލުމައްފަހު ކައްކަން އުދާށެވެ. ހަނޑޫމަޑުވުމުން ފިޔާ، ބީންސް، ކެރެޓް، ލޮނުމެދު، ރޯމިރުސް އަދި ބާކީ ހުރި ހުރިހާއެއްޗެއް އަޅާ ރަނގަޅައް ކައްކާލާށެވެ.

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ކޮންކަހަލަ ސޫޕް ޕެކެއްތްެއްތޯ، ބުނެދީބަލަ ، ހާދަ މީރވާނެ ހެން ހީވެޔެ، ޔަމް ޔަމް

  2. ނޫޑުލުސް ސުޕް

  3. އަދި ފެލިވަރު މަސްކޮޅެއްލީމަ ހީވަނީ ވަރަށް މީރުވާނެހެން

  4. ފެން އަޅަންވީވަރު ވެސް ވިދާޅިވިނަމަ ރަގަޅުވީސް

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!