ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 2

ފުރަތަމަ ބައި: ނަބަވީ ބޭސްވެރިކަމުގެތެރެއިން – ޙިޖާމާ 1

الحَمْدُ لِلَّهِ رَبِّ العَالَمِيْنَ ، الحَمْدُ لِلَّهِ الَّذِيْ أَنْزَلَ الدَّاءَ وَالدَّوَاءَ ، وَالصَّلَاةُ وَالسَّلَامُ عَلَى خَيْرِ وَلَدِ آدَمَ أَجْمَعِيْنَ سَيِّدُ الأَطِبَّاءِ ، وَعَلَى آلِهِ الطَّاهِرِيْنَ وَصَحْبِهِ الغُرِّ الْمَيَامِيْنَ وَعَلَى مَنْ تَبِعَهُمْ وَوَالَاهُمْ بِإِحْسَانٍ إِلَى يَوْمِ الدِّيْنِ. أَمَّا بَعْدُ

ޙިޖާމާއަކީ ކޮބާ؟
ޙިޖާމާއަށް ދިވެހިން ކިޔަނީ ކަވާޖެހުމެވެ. އެއީ އިންސާނާގެ ގައިގައިވާ ބޭކާރު، ފާސިދު ލޭ ކަނޑައެޅިފައިވާ ގޮތެއްގެ މަތިން ނެރުމަށް ކިޔާނަމެކެވެ. އެއީ ސުންނަތުން ސާބިތު، ބޭސްވެރިކަމުގެގޮތުން މިހާރުގެ ޑޮކްޓަރުންވެސް އެއްބަސްވާ ފަރުވާއެކެވެ.

ޙިޖާމާޖެހުމުގެ ބައެއް ފައިދާތައް
•    ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަގެ ސުންނަތަށް ތަބާވުން.
•    ލޭ ސާފުވުން
•    ހިތުދަސްކުރުމުގެ ބާރު ގަދަވުން
•    އަންނަނިވި ކަންތައްތަކުން ސަލާމަތްވުން.
o    މަސްގުޅަކެއުން
o    ނޭވާހިއްލުމާއި އެތެރެހަށީގެ އެހެނިހެން ބަލިތައް.
o    ބޮލުގަ ރިއްސުމާއި ދަތުގައި ރިއްސުމާއި ޓިއުމަރު އުފެދުންފަދަ ކަންތައް
o    ރަޙިމުގެ އެކިބަލިތަކާއި ޙައިޟުގެ މައްސަލަތައް
o    ލޭމަތިވުން
o    މެޔާއި ބުރަކަށްޓާއި ކޮނޑުފަދަ ތަންތާގައި ރިއްސުން
o    ނިދިގިނަވުމާއި ކަންނެތްކަން
o    ހަމުގެ މައްސަލަތައް
o    ޒަޚަމުވެފައިވާތަންތަން ދޮސްގަތުން
o    ވައިއުފެދުމުގެ(ގެސްޓްރިކް) މައްސަލަތައް
o    ކެއްސުން
o    ބަނޑުހަރުވުމާއި ބަނޑުދިޔާވުން
o    ހިތުގެ ބަލިތައް
o    ހަކުރުބަލި
o    ލޮލުގެ ބަލިތައް
o    ވާގިނެތޭބަލި
o    ސިޙުރު
އަދިވެސް އެތައް ފައިދާތަކެއް ޙިޖާމާ ޖެހުމުގައިވެއެވެ. އެކިކަންކަމުން ސަލާމަތްވުމަށްޓަކައި ޙިޖާމާޖަހާނީ އެކިތަންތާގައެވެ. ކޮންމެކަމަކަށްވެސް ޖަހަންވާތަން ހިޖާމާޖަހާނެގޮތް ކިޔަވައިގެންތިއްބަވާ ބޭފުޅުންނަށް އެނގިލައްވާނެއެވެ.

ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާޖެއްސެވީ ކޮންތަނެއްގައި؟
އެކަލޭގެފާނު (ޞައްލަﷲ ޢަލައިހިވަސައްލަމަ) ބޮލާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ޙިޖާމާޖެއްސެވިކަމަށް ޞައްހަކޮށް ސާބިތުވެފައިވެއެވެ. عن أنس أن النبي صلى الله عليه وسلم احتجم في الأخدعين وعلى الكاهل  ” އަނަސް ރަޟިޔަﷲ ޢަންހުގެ އަރިހުން ރިވާވެގެންވެއެވެ. ބޮލުގެފަހަތުން ދެކަންފަތް ކައިރިއާއި ބުރަކަށިބަދައިގެ އެންމެ މަތީގައި ނަބިއްޔާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙިޖާމާޖެއްސެވިއެވެ.” عن ابن عباس رضي الله عنهما أن رسول الله صلى الله عليه و سلم احتجم في رأسه  ” އިބްނު ޢައްބާސް ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހިވަސައްލަމަ، އެކަލޭގެފާނުގެ ބޮލުގައި ޙިޖާމާޖެއްސެވިއެވެ.”
————————————————————-

4 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ޙިޖާމާ ޖަހާނެގޮތް ނުވަތަ އެކަން ކުރާނެގޮތް ތަންކޮޅެއް ތަފްޞީލްކޮށް ގެނެސްދިންނަމަ ވަރަށް ރަގަޅުވީސް، އޭރުން މިލިޔުން ވަރަށް ފުރިހަމަވީސް. އަދި ޙިޖާމާ ޖަހާނެގޮތް އެގޭނެފަދަ ފުރިހަމަ ލިޔުމެއް ގެނެސްދޭނެކަމަށް އުއްމީދުކުރަން. އަދި އެކަން ދަސްކުރަންވެސް ބޭނުންވޭ.

  2. ބޮލުގައި ޙިޖާމާ ޖަހާނެގޮތް ތަފުސީލުކޮށް ދެވިދާނެ ތޯ؟ ލިޔުން ރަނގަޅު ތަންކޮޅެއް ތަފުސީލުކޮއް ބޭނުން ވަނީ…

  3. ހިޖާމާ ޖަހާނޭ ގޮތް ނޭގި ކިހިނެތް ތިކަން ކުރާނީ. އަމިއްލަ އަށްވެސް ތިކަން ކުރެވޭނީ ކުރާނޭ ގޮތް ބުނެދިން ނަމަދޯ. ކޮންމެ މީހަކީ ޗައިނީސް ކްލިނިކަަށް ދެވޭނެ ފެންވަރުގެ ބައެއް ނޫން. މައުލޫމާތަށް ވަރަށް ބޮޑަށް ޝުކުރިއްޔާ.

  4. ވަރަށްބޭނުން ތިކަންކުރަން. އެކަމަކުވެސް މާލޭގައި ތިކަންކޮށްއުޅޭފަރާތެއް ދަންނަމީހަކާ ދިމަލެއްނުވި. ތި ހާބަރު ލިޔާއިރު ތިކަންކުރާ ފަރާތެއްގެ މައުލޫމާތުވެސް ލިޔެދެއްވުން ވަރަށް ބޮޑަށް އެދެން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!