ސާގު ޕިރިނީ ބޯނަންތަ؟ މިއޮތީ ރެސިޕީ

 

ބޭނުންވާ ތަކެތި

3 ޖޯޑު ސާގު
1 ދަޅު ގެރިކިރު
2/1 ޖޯޑު ހަކުރު
2/1 ޖޯޑު ކަޖޫނަޓް ( ކޮށާފައި)
1 ޖޯޑު ހިކިމޭބިސްކަދުރު
1 ސައި ސަމުސާ ވެނީލާ އެސެންސް

ތައްޔާރުކުރާނެ ގޮތް

ތެއްޔަކަށް ފެން އަޅާލުމަށްފަހު ކައްކަން އުދާލާށެވެ. ފެން ކެކިގަތުމުން މަޑު މަޑުން ސާގު އަޅަމުން ދޭފަތުން ހަލަމުންދާށެވެ. ސާގުރޯފިލާ މަޑުވީމާ ފެން އޮއްސާލާފައި ރީތި ފެން އަޅާފައި ސާގު ގަނޑު ދޭފަތުން ހަލާލުމަށްފަހު އަނެއްފަހަރުވެސް ރީތި ފެން އަޅާފައި ފެން އޮއްސާލާފައި ( ގާތްގަނޑަކަށް ދެ ފަހަރު ދޮވެލާނީ) ސާގު ތެލި އުނދުން މައްޗަށް އުދާލާފައި ގެރިކިރާއި ކެޖޫނަޓް އަދި ހިކިމޭބިސްކަދުރު އަޅާފައި ބޮކިޖަހާ ކެކެން ފެށުމުން ވަކިން ތެއްޔެއްގައި ހަކުރު ކޮޅު ބްރައުން ( މާމުއި ކުލަ ހުންނަވަރަށް) ކޮށްފައި އަޅާލުމަށްފަހު އެސެންސް އެއްކޮށްފައި ( ބޭނުން ނަމަ ކުޑަ ކުލަކޮޅެއް އެއްކޮށް ލައްވާށެވެ. ) ކެކި ގަތުމުން އުނދުން މަތިން ބާލާށެވެ.

5 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ހީއެއް ނުވޭ މީރުވާނެހެން ކެޝޫނަޓް އާއި ގްރޭޕްސް އެޅީމަ

  2. ކެޝޫނަޓާއި ހިކި މޭބިސްކަދުރަކީ ރަނގަޅު ކޮމްބިނޭޝަނެއް. އަދި ކެޝޫނަޓާއި ހިކި މޭބިސްކަދުރު ކޮޅު ބަޓަރ ކޮޅެއްގައި (އަންސޯލްޓެޑް) ރޯސްޓް ކޮއްލުމްށްފަހު، ކެއްކި ސާގްގެ ތެރެއަށް އެއްކޮލުމުން ވެސް ރަހަ ވަރަށް ރަނގަޅުވާނެ.

  3. ބޭނުންވާ ތަކެތީގައި ފެނެއް ނެތް ދެން ކިހާވަރަކަށް ފެން އަޅާނީ

  4. ބަލަ ޒާދު ކެޟޫނަޓްގެ ވާހަކައެއް ނެތެއްނުންތަ އޮތީ ކަޖޫނަޓް އަޅާވާހަކަ.

  5. Thi nubaikoh kiyadheefa huree… Furathama fen kakkan jeheny raanba faiy adhi kaafooru tholhi alhaafa rangalhah kekuneema ey ehchehi nagaalan jeheyni… Fenves alhan vakin mineh ovey mithaaku neh evves ingey gothah kiyadheefa eh…

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!