މިރޭ ބާއްވާ ހަވަނަ އިޙްޔާ ފޯރަމްގައި ވާހަކަފުޅު ދައްކަވާނީ ޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން އަދި އޮގަރު އިބްރާހީމް ވަޙީދު

ޝައިޚް ޢަބްދުލް އަޒީޒް ޙުސައިން އަދި އޮގަރު އިބްރާހީމް ވަހީދު / ލިޔުނީ : ޙަސަން ޝިޔާޒް

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން އިންތިޒާމްކޮށްގެން ބާއްވާ 1432 ވަނަ އަހަރުގެ ރަމަޟާން މަހުގެ ހަވަނަ ވަނަ އިޙްޔާ ފޯރަމް މިރޭ އިސްލާމީ މަރުކަޒްގެ ޖަލްސާކުރާ މާލަމްގައި އޮންނާނެ ކަމަށް އެމިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި މިރޭ 21:30 ގައި އޮންނަ މި ފޯރަމްގައި ވާހަކަފުޅުދައްކަވާނީ އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން އަދި އޮގަރު އިބްރާހީމް ވަޙީދު އެވެ. މިރޭގެ މައުޟޫއަކީ “ދުނިޔެ މަތީގައި ތިމާ ކުރާ ކަންތައްތަކަށް ޒިންމާދާރުވުމާއި އާޚިރަތް ދުވަހަށް އީމާންވުން” މިއެވެ.

ފޯރަމްގެ ބައިވެރިންނަށް މައުޟޫއާއި ބެހޭ ގޮތުން ސުވާލު ކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލެވިފައެވެ. ސުވާލުތަކަށް ޖަވާބު ދެއްވާ ޕެނަލްގައި ތިއްބަވާނީ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީ އާއި އައްޝައިޚް ޢަބްދުލް ޢަޒީޒް ޙުސައިން އަދި އޮގަރު އިބްރާހީމް ވަޙީދު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ފޯރަމް އެމްއެންބީސީ ވަން އަދި ރާއްޖެ ރޭޑިއޯ އިން ލައިވްކުރުމަށް ވަނީ ހަމަޖެހިފައެވެ.

2 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. ތި އޮގަރު ތީ ކާކުތަދެން. ﷲ ޙަރާމް ކުރެއްވި ކަންތައްތައް ޕްރޮމޯޓްކުރާ މީހެއް މީ. މީއަޅެ ދޮގެއްތޯ؟

  2. ޖެލަސީ!!!!!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!