ބެޓިކް ކޭކް

ބޭނުންވާ ތަކެތި
1 ޕެކެޓް މާރީ ބިސްކޯދު

2 ޖޯޑު މައިލޯ
1 ދަޅުގެރިކިރު
2 ސައިސަމުސާ ވެނީލާ އެސެންސް

4 ބިސް

150ގ ބަޓަރ

ތައްޔާރުކުރާނެ ގޮތް

މައިލޯ ، ގެރިކިރު އަދި ބިސް ތައްޓަކަށް އަޅާލުމަށް ފަހު ރަގަޅަށް ގިރާލާށެވެ. ގިރުއްވި ބިސްތައްކުގެ ތެރެއަށް ބަޓަރު ކޮޅު އެޅުމަށްފަހު ފުލުގައި ހިފިޔަނުދީ މަޑުގިނީގައި ކައްކާށެވެ. ހިކިކޮށް ހުންނަވަރަށް ( ކަސްޓަޑު ގޮތަށް ) ކެކުމުން އުދުން ނިއްވާލާށެވެ. އެއަށްފަހު ޓްރޭގެ ތެރެއަށް ( 2/1 އިންޗި ) ވަރުގެ ފަށަލައަކަށްވާ ގޮތަށް ޓްރޭގެ ތެރެއަށް މައިލޯ އޮއްސާލާށެވެ. ދެން އޭގެ މަތީގައި މާރީ ބިސްކޯދުތައް އަތުރާށެވެ. އެއަށްފަހު ބިސްކޯދު ތަކުގެ މައްޗަށް މައިލޯ އެތި އޮއްސާލާށެވެ. އެއަށްފަހު އޭގެ މަތީގައި ބިސްކޯދު ތައް އަތުރާށެވެ. މިގޮތަށް ބިސްކޯދުތައް (އެއްފަށަލަ މައްޗަށް އަނެއްފަށަލަ ) ހުސްވަންދެން ތަކުރާކޮށް އަޅަމުން ގެންދާށެވެ. އެއަށްފަހު ޓްރޭގެ މަތިބަންދު ކުރުމައްފަހު ފްރިޖްގައި ( މި ކޭކް ބޮޑައް މީރުވާނީ ރޭގަނޑު ހައްދަވާފައި ފްރިޖްގައި ބެހެއްޓެވުމުން ) ބަހައްޓާށެވެ.


8 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މީތި ހަދަން އުލެގެން ނުހެދުނު.އޮލައެއް ނުވި.މި ރެސެޕީ ގައި އިން 7 ތަށިފެން ބޭނުން ކުރަން ޖެހެނީ ކޮން އިރަކުކަން ބުނެދީފަ އެއް ނެތް.ތަންކޮޅެއް ތަފްސީލުކޮށް މިހަދާ ގޮތް ބުނެދީފިއްޔާ ރަގަޅު.

  2. މީތި ހަދަން އުލެގެން ނުހެދުނު.އޮލައެއް ނުވި.މި ރެސެޕީ ގައި އިން 7 ތަށިފެން ބޭނުން ކުރަން ޖެހެނީ ކޮން އިރަކުކަން ބުނެދީފަ އެއް ނެތް.ތަންކޮޅެއް ތަފްސީލުކޮށް މިހަދާ ގޮތް ބުނެދީފިއްޔާ ރަގަޅު.

  3. މީތި ވަރަށް މީރު.

  4. މީތި ވަރަށް މީރު.

  5. 7 ތަށި ފެން އަޅަން އިނީ ކޮންރެސިޕީއެއްގަތޯ؟؟؟

  6. 7 ތަށި ފެން އަޅަން އިނީ ކޮންރެސިޕީއެއްގަތޯ؟؟؟

  7. ރަގަޅަށް ކިޔާލާ

  8. Meega fenige vaahaka ebaintha 4 bihuge vaahaka liyefa inee keekey dhw bunaanee

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!