ސުވާލު: ގެއްލިފައިވާ ރޯދައިގެ އަދަދު ނޭނގޭނަމަ ކަންތައްކުރާނެ ގޮތް

ސުވާލު:ގެއްލިފާ ވާ ރޯދާގެ އަދަދު ނޭގޭނަމަ ހަދާނީ ކިހިނެއް ތޯ އެވެ؟ ކުރީގައި އަޅުގަޑަކީ މަސްތުވާތަ ކެ ތި ބޭނުން ކުރި މީ ހެ ކެވެ. އޭ ރު ދޫ ކުރިވިފާ ވައި ރޯދާގެ އަދަދު ނޭގޭތީ އެވެ.

ޖަވާބު:

الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:

ގެއްލިފައިވާ ރޯދަ އަކީ ﷲ ސުބްޙާނަހޫ ވަތަޢާލާ އަށް އަދާ ކުރަން ޖެހޭ ދަރަންޏެކެވެ. އެހެންކަމުން، އެދަރަނި އަދާ ކުރެވުނު ކަމާއި މެދުގައި ޝައްކުވާނަމަ ޝައްކު ފިލުވާލުމަކީ އެންމެ ރައްކާތެރިކަން ބޮޑު ގޮތެވެ.

މީގެ އިތުރުން ﷲ ގެ މަގުގައި ރޯދަ އެއް ހިފާ ކޮންމެ ދުވަހަކު ރޯދަވެރިޔާގެ މޫނު ހަތްދިހަ ހާސް ޚަރީފްގެ ރާސްތާ އަށް ނަރަކައިން ދުރުކުރައްވާނެ ކަމުގައި ޞައްޙަ ޙަދީޘްގައި އައިސްފައިވެއެވެ. ވީމާ، ރޯދަ ހިފުމަކީ ބުރަ ކަމެއް ކަމުގައި ނުހައްދަވާށެވެ. والله أعلم

ޖަވާބު: އެމްވީއިސްލާމް ކިޔުއޭ

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!