އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ޢިބާރާތުން އެމްޑީޕީގެ މާރިޔާ ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އާންމުވެއްޖެ

ނަޝީދާއި އެމްޑީޕީގެ ބަޔަކު ނެށުމާއި ލަވަކިއުމުގެ ހަރަކާތުގައި

އިސްލާމްދީނަށް ފުރައްސާރަވާ ފަދަ ޢިބާރާތުން އެމްޑީޕީގެ ކުރީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖްލީހުގެ މައްޗަންގޯޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަޙްމަދު ދީދީ ދައްކާފައިވާ ވާހަކަތަކެއްގެ އޯޑިއޯ އާންމުވެއްޖެ އެވެ.

މާރިޔާ އަޙްމަދު ދީދީގެ އޯޑިއޯ

މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިއޯޑިއޯ އަކީ މާރިޔާ ދާދިފަހުން ރ.ހުޅުދުއްފާރަށް ކުރި ދަތުރެއްގައި އޭނާއަށް ތާޢީދުކުރާ ބައެއްގެ ގާތުގައި ދެއްކި ވާހަކަތަކެއްގެ އޯޑިއޯއެކެވެ. މިއޯޑިއޯގައި މާރިޔާ ދައްކާފައިވާ ވާހަކަތަކުން ދޭހަވަނީ “ވަކި ވައްތަރެއްގެ ވިސްނުމެއް” އޮންނަ ބަޔަކަށް ޖެއްސުން ކުރުމުގެ ގޮތުން އަންހެނުންނާ ފިރިހެނުން މަސްހުނިވެ ލަވަކިޔާ “ނާޗަރަންގީ” ކުޅުން ބާއްވަން އޭނާ ބޭނުންވާކަން ކަމުގައި، ބައެއް ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އެމްޑީޕީ މީހުން ލަވަނުކިޔާނެ ގޮތެއް ނެހެދޭނެކަމަށާއި އެބައިމީހުންނަކީ “އުފާވާޒަމާން” ކިޔާ އުފާކުރަން އަންނަ ބައެއް ކަމަށް މާރިޔާ ބުނެފައިވެ އެވެ.

“އެމްޑީޕީ މީހުން ލަވަނުކިޔާނެ ގޮތެއް ނެހެދޭނެ… އަހަރެމެންނަކީ އުފާވާޒަމާން ކިޔާ އުފާކުރަން އަންނަ ބައެއް…”މިތަނަށް އަންނާނަން އިނގޭ ޢީދުގައި ލަވަކިޔަން… ކިނޮޅަހުގައި ބާއްވާނީ… އަންހެނުންނާ ފިރިހެނުން ލަވަކިޔާފަ…” އެ އޯޑިއޯގައި މާރިޔާ ބުނެފައިވެ އެވެ.

މިހެން މާރިޔާ ބުނުމުން ހުޅުދުއްފާރުން މާރިޔާއާ ވާހަކަދައްކަމުންދިޔަ ފިރިހެނުންތަކެއް “އޭރުން އަހަރެމެންނަށް އޮތީ ކޮން އުފަލެއް؟” މިހެން ސުވާލުކޮށްފައިވެ އެވެ.

“ކިނޮޅަހުގައި އުޅެނީ “ވަކި ވައްތަރެއްގެ” ވިސްނުމެއް އޮންނަ ބައެކޭ….. އޭރަށް ބަޔާން ނެރޭނެއެއްނު؟…. އެތަނުގައި އޮންނަނީ ޢަދާލަތުގެ ކައުންސިލެއްވެސްމެ…. އެހެންވީމަ އެތާނގައެއްނު ބާއްވަން ވާނީ……. އޭރަކަށްނު އެމީހުންނަށްވެސް އެނގޭނީ މިރާއްޖޭގެ މީހުން އުޅޭ ގޮތް…” މާރިޔާ ބުނެފައިވެ އެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި ރ.ކިނޮޅަހަކީ އިސްލާމްދީނަށް ލޯބިކުރާ މީހުން ގިނަ އަދި އިސްލާމީ ފޭރާމުން ނިވާވެގެން ތިބޭ އަންހެނުން ގިނައިން އުޅޭ ކުށްކުރުން މަދު ރަށެކެވެ. އެރަށުގެ ކައުންސިލްގެ މެޖޯރިޓީ އޮންނަނީ ޢަދާލަތު ޕާޓީގެ މެމްބަރުންނަށް ކަމަށް މަޢުލޫމާތު ލިބެ އެވެ.

“ވަކި ވައްތަރެއްގެ ވިސްނުމެއް” ގެ ބަޔަކަށް މާރިޔާ ޖެއްސުން ކުރަން އުޅުމަކީ އިސްލާމްދީނަށް ޖެއްސުންކޮށް ފުރައްސާރަކުރުން ކަމަށް މާރިޔާގެ މިއޯޑިއޯ އާ ގުޅިގެން ފާޑުކިޔަމުންދާ ބައެއް ފަރާތްތަކުން ބުނަމުން ދެ އެވެ.

މީގެ ކުރިންވެސް މާރިޔާ އާއި އެމްޑީޕީގެ ބައެއް ވެރިން އިސްލާމީ ޝަރީޢަތަށް ގޮތްކިޔާ ފާޑުކިޔާ ފުރައްސާރަކޮށް ދައްކާފައިވާ ވާހަކަތައް އާންމުވެފައިވެ އެވެ. މާރިޔާ އާއި ރައީސް ނަޝީދު ބޮޑުބެރު ލަވައަށް ނަށާތަން ފެންނަ ފޮޓޯތަކެއްވެސް މީގެ ކުރިން އާންމުވެފައިވެ އެވެ. ދާދިފަހުން މާރިޔާ އާއި ރައީސް ނަޝީދު އާއި އެމްޑީޕީގެ ވެރިން އއ.ތޮއްޑޫގައި އަންހެނުންނާއި ފިރިހެނުން މަސްހުނި ގޮތުގައި ޑީޖޭގެ ސްޓައިލަށް ނަށާ ލަވަކިޔާ ހަދާފައިވެ އެވެ. އެކަމާގުޅިގެން ބައެއް ފަރާތްތަކުން އެކަންކުށްވެރިކޮށް އެއީ ދަށުދަރަޖައިގެ ޢަމަލެއްކަމަށް ބުނުމުން ރައީސްގެ ޕްރެސް ސެކްރެޓަރީ މުޙައްމަދު ޒުހައިރު ބުނެފައިވަނީ އެފަދައިން ނެށުމަކީ ޢިލްމުވެރިންގެ މެދުގައި ޚިލާފް އުފެދޭ މައްސަލައެއް ކަމަށެވެ.

10 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

 1. އަޅުގަނޑު މިލިޔުން ކިޔާލުމުން ފުރަތަމަވެސް ހިތަށް އައީ ރާސޫލާ (ސ.އ.ވ) ގެ މަތިވެރި ހަދީސް ބަސްފުޅެއް ” ތިބާ ލަދު ހަޔާތް ކެނޑިއްޖެ ނަމަ ކޮންމެ ކަމެއްވެސް ކުރާށެވެ ” މާރިޔާ އަށް ބުނެލަން ބޭނުން ވަނީ އިސްލާމް ދީނާ ކަލޭ ކިތަންމެ ނުރުހުނަސް ﷲ ތާއާލާ އެދިން ހިމާޔަތް ކުރައްވާނޭ ތިބާ ހަމަ ތެޅިތެޅި ހުއްޓާ ރ ކިނޮޅެހާ އެއްގޮތަށް އެހެން ރައްތަށްވެސް ބަދަލްވާތަން އިންޝަ ﷲ ފެނިގެން ދާނެ ތިހެން ތެޅުނީމާ ފައިބާނީ ހުޅުނބު އެމް،ޑީ،ޕީ މީހުން ދެޖިންސް އެއްކޮށް ނަށާނޭ މާރުޔާ ބުނީމަ އަހަރެމެން ހައިރާނެއްނުވޭ ގައުމުގެ ރައީސް ނެށިތަން އަޅުގަނޑު މެންނައް ވެނުނު ( ހައްދަވާ ގެންގުޅުއްވާ އިލާހު މާރިޔާ އަށް ތެދުމަގު ދައްކަވާށި ނޫން ނަމަ އޭނާގެ ބަލާވެރި ކަމުން އަޅަމެން ސަލާމަތް ކުރައްވާށި އާމީން

 2. ހާހާހާހާ ސޫ މާރީ ދޯ

 3. މާރިޔާ ތިކުރާ ކަމަކުން މަ ލަދު ގަނެއްޖެ ހުޅުދުއްފާރު މީހަކަށް ވީތީވެ… ތި ދަތުރުގައި ރައީސް ނަޝީދުވެސް ހުޅުދުއްފާރަށް ދިޔަ.. އެއީ މީގެ ދެތިން ހަފްތާ ކުރިން… ނަސީބެއް ރަށުގައި ނާޒަރަންގީ ނުކުޅުނުކަން.. އަހަރެމެން ކިނޮޅަހު އަޚުންނަށް އެއްބައިވާނަން.. މިހާރު އެމްޑީޕީއާ އެއްވެގެން ތިބެވޭކަށް ނެތް.. ވ ސަލާމް…

 4. http://www.maldivesroyalfamily.com/editorial_mariya_didi.shtml

  ގުޅުން ހުރި ލިންކެއް….

 5. މާރިޔާ ބުނަން، އުފާވާޒަމާންގައި އުފާކުރަން ތިއްބާ މަރު އައިސް ޖެހިދާނެ! އޭރުން ދެން އުފާކެރެވޭނެބާ! މާތްﷲ އަށް ބިރުވެތިވޭ.

 6. އަނެއްކާ އަނެއްކަންތައް ބަލަ މާރިޔާ ބުނީމަތަ ދިއިސްލާމް ޓީމައް އެކަން އެގެނީ ، މާރިޔާ އެބުނީކީ ދޮގެއްނޫނޭ މިގައުމުގައި އަދި މިއައްވުރެ ބޮޑެތި ގައުމު ތަކުގައިވެސް މިއުޅެނީ އެކަން ނުހުޓުވިގެން ، ލަވަކިއުމާ ނެށުން އެއްވެސް ގައުމަކުން ފޮހެނުލެވޭނެ ، ދިއިސްލާމް ޓީމުން ދައްކަބަލަ މިއުޒިކް ކުޅުން ހުއްޓާލާފައޮތް ގައުމެއް ، މިއައްހުރެ މާބޮޑެތި މުސްލިމުގައުމުތައް އެބަހުރި ސައްތައިން ސައްތަ މުސްލިމުން އުޅެމުންދާ އަދި މިގައުމަކީ ސައްތައިން ސައްތަ މުސްލިމްކަމައް ދައުވާކުރާބައެއް އެކަމަކު އެއީ ހަމަނަންބޯޣެއް ، ދިއިސްލާމް ޓީމުން މިގައުމައް ތިހާ ހެޔޮއެދޭނަމަ ތިކަން ހުޓުވަބަލަ ފުރަތަމަ މިއުޒިކު ސާމާނު ވިއްކާތަންތަން ނައްތާލުމާ އެފަދަސާމާނު މިގައުމައް އެތެރެ ނުކުރުމައް ގޮވާލަން ނުކުމެބަލަ ފުށިފަރުވެސް ދާނަމޭ ތިކުދިންނާއެކު ، ތިހެން ލިޔެލާ އާޓިކަލް އަކުން އެކަމެއް ނުހުއްޓުވޭނެ މަގުމައްޗައް ނުކުމެ ހިރިނުލާ ދުވަސްތަކެއްވަނދެން ތިބީމަ އަންނާނެ ދުނިޔޭގެ ބޮޑެތި ނޫސްވެރިން އޭރުން ތަންކޮޅެއް މަންޒަރު ބޮޑުވާނެ ،

 7. މާރިޔާމެން އިސްލާންދީނާ ކިތަންމެ ދުސްމަނަސް އަހަރެމެން ބަލަންވާނީ މާރިޔާއަށް ވެސް ހިކުމަތާ އޯގާތެރިކަމާ އެކު ދީނަށް ގޮވާލާ، މާރިޔާއެއް ކަމަކު އައުރަ ނިވާކުރުވޭތޯ، އެމީހުން ދީނީ މީހުންނާމެދު ދުސްމަނުކަން އިޢުލާންކުރިޔަސް އަހަރެމެން އެމީހުންނަށް ދިއްކުރަންވާނީ އޯގާތެރި މެސެޖެއް އޭރަށް ދޯ މިކަން ވާނީ، އޭގެ ބަދަލުގަ އެމީހުން ފަލީހަތްކޮށް ލަދުގަންނަވާ އެމީހުންގެ އޯޑިއޯތައް ޖާސޫސްކޮށް ހެދީމަ އެމީހުންވާނީ ހައްތާ އަހަރެމެންދެކެ ފޫހި، އޭގެ ނަތީޖާއަކީ މި އޯޑިއޯ ނުކުތްއިރަށް ވުރެ ބޮޑަށް އެމީސްމީހުން ލާދީނީ ވަމުންދިއުން، މި ކޮމެންޓް ޑިލީޓްކުރެއްވިޔަސް މިއީ އަޅުގަނޑުގެ ޚިޔާލު،

 8. މާރިޔާ އަށް ބުނެލަން އޮތީ ވީހާއަވަހަކަށް ތައުބާވާށޭ.ﷲ އަށް ބިރުވެތިވީށޭ.ކަލޭވެސް މަރުވާނޭ.

 9. އަހަރެން ބުނެލަން އޮތީ މާރިޔާ ތިއުޅެނީ މޮޔަބޮޑުވެގެން،ﷲ ގެ ދީނައް ފުރައްސާރަ ނުކުރޭ ، ތިބާ ތިބުނާދ ޑާންސްކުރަން ހުއްޓާވެސް ތިބާގެ މަރު އައިސްދާނެ ވީމާ އަވަހައް ތައުބާވެ! ތިބާ ހެއްދެވީވެސް ﷲ ތިބާ އެންބުރި ދާހުށީވެސް ﷲ ގެ ހަޒުރަތައް، އަދި މާރިޔާއައް ބުނެލަން އޮތީ، އުފާވާޒަމާންގައި އުފާކުރަން ތިއްބާ މަރު އައިސް ޖެހިދާނެ! އޭރުން ދެން އުފާކެރެވޭނެބާ! މާތްﷲ އަށް ބިރުވެތިވޭ. އާދި ތީވީ އަށް އަރާ މީސްތަކުންގެ ކިބައިން މާފަވެސް އެދޭ، ހައްދަވާ ގެންގުޅުއްވާ އިލާހު މާރިޔާ އަށް ތެދުމަގު ދައްކަވާށި ނޫން ނަމަ އޭނާގެ ބަލާވެރި ކަމުން އަޅަމެން މުސްލިމުން ސަލާމަތް ކުރައްވާށި (އާމީން)

 10. އަނެން ދިވެހިރާއްޖޭގައި އޮންނަނީ އަބަދުވެސް އުފާވާ ޒަމާން އައިސްފައި.އެމީހުންގެ ކަމަކީ އުފާކުރުން .. މިއީ އެމީހުންނަށް ނިމުމެއްނެތް ދުނިޔެއެއްފަދަ..މާރިޔާ މެންގެ ކިބައިން މިގައުމު ސަލާމަތްކުރަށްވާށި!!!! އާމީން

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!