މުޙައްމަދު އަލް ފާޠިހް – ދެވަނަބައި

ކޮންސްޓެންޓިނޯޕުލް ފަތަހަކުރެއްވުން

ކޮންސްޓެންޓިނޯޕޯލު ފަތަހަކުރެއްވުމަށް ވާންޖެހޭ އެންމެހާ ތައްޔާރީއެއް ވެވަޑައިގެން ދެ ލައްކަ ފަސްދޮޅަސް ފަސްހާސް ހަނގުރާމަވެރިންގެ ބޮޑު ލަޝްކަރަކާއެކު މުޙައްމަދު އަލް ފާޠިހު ދަތުރު ފެއްޓެވިއެވެ. ލަޝްކަރާއެކު ކުރިން ދެންނެވުނު ބޮޑެތި ބަޑިތަކުގެ އިތުރުން ގިނަ އަދަދެއްގެ އަސްވާރުންވެސް ގެންދެވުނެވެ.

އިސްލާމީ ލަޝްކަރު ގޮސް ކޮންސްޓެންޓިނޯޕުލް ވަށައިގެން ޙިޞާރުކުރުމަށްފަހު، ރަށް ދިފާއުކުރުމަށްޓަކައި ބިނާކޮށްފައިވާ ބޮޑެތި ފާރުތަކަށް އިސްލާމީ ލަޝްކަރުގައިވާ ބޮޑެތި ކެނޮންތަކުން ހަމަލާދޭން ފެށުނެވެ. މުޙައްމަދު އަލް ފާޠިހު ހަނގުރާމައިގައި ބޭނުންކުރެއްވި ކޮންމެ ރޭވުމަކުން ދުޝްމަނުން ހައިރާން ކުރުވިއެވެ. އެންމެ ފަހުން ރަށް ދިފާއުކުރުމަށް ހަނގުރާމަކުރަމުން ދިޔަ ހަނގުރާމަވެރިންނަށް ޖެހުނީ މުސްލިމުންގެ ލަޝްކަރަށް އަމާންދީ، ބަލި ޤަބޫލުކުރާށެވެ.

ހިޖްރީ ސަނަތުން 827 ވަނަ އަހަރުގެ ޖުމާދުލް އޫލާ މަހުގެ 20 ވަނަ ދުވަހުގެ ފަތިހު ކޮންސްޓެންޓިނޯޕޯލުގެ ދިފާއީ ފާރުތަށް ހުރަސްކޮށް މުސްލިމުންގެ ލަޝްކަރު ރަށުތެރެއަށް ވަދެގަތެވެ. ރަށުތެރެއަށް ވަދެގެން އައި ބިޔަ ލަޝްކަރުފެނި ކޮންސްޓެންޓިނޯޕޯލުގެ މީސްތަކުންތިބީ ޙައިރާންވެ އަންތަރީސްވެފައެވެ. އަދި އެދުވަހު މުސްލިމުން އެރަށް ފަތަހަ ކުރިއެވެ. މުޙައްމަދު އަލް ފާޠިހުގެ ނަމުން އެކަލޭގެފާނު މަޝްހޫރުވެގެންދިޔައީ އެ ހިސާބުންފެށިގެންނެވެ.

ރަށް ފަތަހަކުރެއްވުމަށްފަހު އިސްލާމީ ލަޝްކަރު ކޮންސްޓެންޓިނޯޕޯލުގައި ހުންނަ ހަޤިއާ ސޯފިއާ ކަނީސާއާއި ހަމައަށް ދިޔައެވެ. މުޙައްމަދު އަލް ފާޠިހު އަސްކޮޅުގައި އެހިސާބަށް ވަޑައިގެންނެވި އިރު ރަށުގެ މީސްތަކުން ވަނީ އެ ތަނަށް ޖަމާ ވެފައެވެ. އެންމެންވެސް ތިބީ މުހައްމަދު އަލް ފާޠިހު އެމީހުންނާ ދޭތެރޭ ކަންކުރަށްވާނެ ގޮތަކާމެދު، ވަރަށްބޮޑަށް ކަންބޮޑުވެފައެވެ.

މުޙައްމަދު އަލް ފާޠިހު އެތަނަށް ވަޑައިގެން އެކަލޭގެފާނުގެ އަސްކޮޅުން ފައިބައިވަޑައިގެން، މުސްލިމުންނަށް ނަސްރު ދެއްވިކަމަށްޓަކައި މާތް ﷲ އަށް ޝުކުރުކޮށް ދެރަކުއަތުގެ ނަމާދެއްކުރެއްވިއެވެ. އަދި ނަމާދުކޮށް އަވަދިވެގެން ،އޭރު ގިސްލާ ރޮމުން ދިޔަ އެ ރަށުގެ ރައްޔިތުންނާ މުޚާތަބުކޮށް ވާހަކަފުޅު ދައްކަވާން ފެއްޓެވިއެވެ.  މީސްތަކުންނާ މުހާތަބުކޮށް އެކަލޭގެފާނު މިފަދައިން ވިދާޅުވިއެވެ.” އަހަންނަކީ ސުލްތާން މުހައްމަދު. އަހަރުން މިއަދު ތިޔަބައިމީނުހްނާއި، ތިޔަބައިމީހުންގެ އަހުންނާއި، މިއަދު މިތަނަށް ހާޒިރުވެ ތިބި އެންމެހާ މީސްތަކުން ގާތު ބުނަން ބޭނުންވަނީ، އަހަރުމެން ކަލޭމެން އެންމެންގެ ފުރާނަތަކާއި މިނިވަންކަން ސަލާމަތްކޮށްދީފީމެވެ.”

އެއަށްފަހު މުހައްމދު އަލް ފާޠިހު އެ ބޮޑު ކަނީސާ، މިސްކިތަކަށް ބަދަލުކުރެއްވުމަށް މީސްތަކުންނަށް އަމުރު ކުރެއްވިއެވެ. އަދި ކޮންސްޓެންޓިނޯޕޯލުން ފުރަތަމަފަހަރަށް ބަންގީގެ އަޑު އިވިގެންދިޔައެވެ. މީލާދީން  1453 ވަނަ އަހަރުން ފެށިގެހެން 1934 ވަނަ އަހަރާ ހަމައަށް އެތަން މިސްކިތެއްގެ ގޮތުގައި ބޭނުންކުރެވުނެވެ. ނަމަވެސް މިހާރު އެތަންވަނީ ދާރުލް އާސާރަކަށް ބަދަލުކުރެވިފައެވެ.

ކޮންސްޓެންޓިނޯޕޯލު ފަތަހަކުރެއްވުމަށްފަހު އުޘްމާނީ ޚިލާފަތުގެ ވެރިރަށްކަމުގައި އެކަލޭގެފާނު އެރަށް ހަމަޖެއްސެވިއެވެ. އަދި ކޮންސްޓެންޓިނޯޕޯލުގެ ނަން އިސްލާމްބުލްގެ(އިސްލާމުންގެ ގެ) ނަމަށް ބަދަލުކުރެއްވިއެވެ. ނަމަވެސް އެނަންވަނީ އިސްތާންބުލްއަށް ފަހުން ބަދަލުކުރެވިފައެވެ.

ރަސްގެފާނު މުހައްމަދު އަލް ފާޠިހަކީ ވަރަށް އޯގާތެރި ވެރިއެކެވެ. އެކަލޭގެފާނުގެ އަމަލުތަށް ބަހަށްޓަވަނީ އިސްލާމް ދީނުގެ ރިވެތި އުސޫލުތަކާ އެއްގޮތަށެވެ. ކޮންސްޓެންޓިނޯޕުލް ފަތަހަކުރެއްވުމަށްފަހު އެ ހަނގުރާމައިގައި ހައްޔަރު ކުރެވުނު އަސީރުންނަށް ހެޔޮކޮށް ހިތްތެވުމަށް އެކަލޭގެފާނު މުސްލިމުންނަށް އަމުރުކުރެއްވެވިއެވެ. އަދި އަސީރުންގެ ތެރެއިން އެތަށްބަޔަކު މިނިވަންކުރެއްވުމަށް ހުދު އެކެލޭގެފާނުގެ އަތްޕުޅުން ހޭދަކުރެއްވެވިއެވެ. އަދި ކޮންސްޓެންޓިނޯޕުލް ދޫކޮށް އެހެން ކައިރި ރަށްތަކަށް ހިޖުރަ ކުރި ރެފިއުޖީން އެނބުރި އައުމަށްވެސް އެކަލޭގެފާނު ހުއްދަ ދެއްވިއެވެ.

=ނުނިމޭ=

1 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މީހުން މަރާފަ ދެން ކޮން އޯގާތެރިއެއް. ތިބުނީ ވިއްޔަ ވެރިކަމަށް އެރީސުރެން މިނިވަން ކޮށް އޮތް ދައުލަތެއް، ގައުމެއް، ނުހިފިގެން އެނޫން ވާހަކަ އެއް ދެއްކުން މަނާވެސް ކުރިއޭ. ތަންފުކެއް ބޮޑުވަރު. ރަސްގެފާނުގެ އެދުންފުޅު ފުރިހަމަ ކޮއްދޭން ކިތައް އިންސާނުންގެ ފުރާނަ ދުއްވާލި ބާ!

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!