މަހުދީގެފާނަކީ ކޮބާ؟

މަހުދީގެފާނަކީ ފަހުޒަމާނުގައި ޤިޔާމާތުގެ އަލާމާތެއްގެ ގޮތުން ފާޅުވާނެ އަދުލުވެރި އިމާމު ބޭކަލެއްކަމަށް ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވާ ފަރާތެކެވެ. އެކަލޭގެފާނަކީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ އަހުލުބައިތުންގެ ދަރިކޮޅުން ވަޑައިގަންނަވާނެ ބޭކަލެކެވެ. އެކަލޭގެފާނު ވަޑައިގަންނަވާހުށީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ދަރިކަނބަލުން ކަމަށްވާ ފާޠިމަތުއް ޒަހުރާ ރަޟިޔަﷲ އަންހާގެ ދަރިކަލުން ކަމަށްވާ ޙަސަން ބުނު ޢަލީ ރަޟިޔަﷲ އަންހުގެ ދަރިފަސްކޮޅުންނެވެ. އެކަލޭގެފާނުގެ ނަންފުޅަކަށް ވާހުށީ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ނަންފުޅާއި އަދި އެކަލޭގެފާނުގެ ބައްޕާފުޅުގެ ނަންފުޅެވެ. އެއީ މުޙައްމަދު ބުނު ޢަބްދުﷲ އަލްޙަސަނުލް ޢަލަވީއެވެ.

އެކަލޭގެފާނު 7 އަހަރުވަންދެން މުސްލިމުންގެ މައްޗަށް އަދުލުވެރިކަމާއެކު ވެރިކަން ކުރައްވާނެއެވެ. އަދި މައްކާ އެކަލޭގެފާނުގެ ބާރުގެ ދަށަށް ގެންނާނެއެވެ. އަދި މުޅި ބިންގަނޑު އަދުލުވެރިވެ ތިޔާޤިވެގެން ދާނެ ކަމަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޚަބަރުދެއްވާފައިވެއެވެ. އެކަލޭގެފާނުވަނީ މަހުދީގެފާނު ފާޅުވާނެ ކަމުގެ އުފާވެރި ޚަބަރުދެއްވާފައެވެ.

ޞައްޙަ ސަނަދުން ވާރިދުވެފައިވާ ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ހަދީޘްފުޅުން ޘާބިތުވާ ގޮތުގައި ދައްޖާލާއި އަދި ޢީސާގެފާނު ފާޅުވާހުށި މަހުދީގެފާނުގެ ވެރިކަމުގައި ހުންނަވަނިކޮށެވެ.
ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިކަމަށް ޖާބިރުގެފާނު ރިވާކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. ” އީސާގެފާނު ވަޑައިގަތުމާއެކު އެކަލޭގެފާނަށް އެބައިމީހުންގެ (މުސްލިމުންގެ) އަމީރު މަހުދީގެފާނު ދަންނަވާނެއެވެ. ވަޑައިގެން އަޅުގަނޑުމެންނާއި އެކުގައި ނަމާދު އިމާމުވެ ކޮށްދެއްވާށެވެ. އެހިނދު އީސާގެފާނު ދަންނަވާނެތެވެ. ނޫނެކެވެ. ހަމަކަށަވަރުން ކޮންމެ ބަޔަކަށްވެސް އަމީރެއްވެއެވެ. ކަލޭގެފާނަށް ﷲ ވަނީ މިއުއްމަތުގެ ( އަމީރުކަމުގެ) މަތިވެރިކަން ދެއްވައިފައެވެ.” ސުނަނު އަބީދާވޫދު

މި ޙަދީޘުން ސާބިތުވާ ގޮތުގައި ދައްޖާލު ފާޅުވެ އަދި ދައްޖާލު ގަތުލު ކުރުމަށްޓަކައި ޢީސާގެފާނު ފޮނުއްވޭހުށީ މަހުދީގެފާނު މުސްލިމުންގެ ޒަޢީމެއްގެ ގޮތުގައި ހުންނަވަނިކޮށެވެ. އަދި ޢީސާގެފާނާއި އަދި އެހެނިހެން މުސްލިމުން މަހުދީގެފާނުގެ ފަހަތްޕުޅުގައި ނަމާދުކުރައްވާނެއެވެ.
އެކަލޭގެފާނުގެ ވެރިކަން ފާޅުވާހުށީ މައްކާ އަދި މަދީނާއިންނެވެ. އަދި އެޔަށްފަހު ޢަރަބިންނާއި އަދި އެނޫން މުސްލިމުންގެ ވެރިޔަކަށް އެކަލޭގެފާނު ވެވަޑައިގަންނަވާނެ ކަމަށް ޝެއިޚު އަރީފީގެ ނިހާޔަތުލް ޢާލަމުގައި ޝެއިޚު ޙަދީޘްފުޅުތަކާއި ހަވާލާދީ ލިޔުއްވާފައިވެއެވެ.

މަހުދީގެފާނާއި ބެހޭގޮތުން މި މަޢުލޫމާތު ނެގިފައި މިވަނީ މަތީގައި ބަޔާންކުރެވިފައިވާ ފޮތުގައި ޑރ. މުޙައްމަދު ބިން ޢަބްދުއްރަޙުމާނު އަލްއަރީފީ ލިޔުއްވާފައިވާ ފޮތުންނެވެ. ނިމުނީ

ދާރުއްސަލާމުން ތަރުޖަމާކޮށްފައިވާ އެފޮތުގެ އިނގިރޭސި ތަރުޖަމާވެސް ފޮތްފިހާރަތަކުން މިހާރު ލިބެން އެބަހުއްޓެވެ. އެއީ ފަހު ޒަމާނުގެ ޢަލާމާތްތަކާއި ބެހޭގޮތުން މަޢުލޫމާތު ހޯއްދަވަން ޝައުޤުވެރިވާ ބޭފުޅުން ކިޔާލަން މުހިންމު ޝައުޤުވެރިކުރަނިވި ކުރު ފޮތެކެވެ. ފޮތްހަރުގަނޑު މުއްސަނދިކޮށްލުމަށްވެސް ބައްލަވައިގަންނަވަން ރަނގަޅު ފޮތެކެވެ.

16 ޚިޔާލު
ކިޔުންތެރިންގެ ޚިޔާލު

  1. މަހީކުރީ މަހުދީގެފާނު ފާޅުވާނީ އެމެރިކާއަށް ކަމަށް، އެއީ އެމެރިކާއަކީ ދުނިޔޭގައި އެންމެ ފަސާދަ ވެފާވާ ޤައުމަކީ.

  2. ޝުކުރިއްޔާ ދިއިސްލާމް.

  3. ވަރަށް ފުރިހަމަ ލަޢުލޫމާތުކޮޅެއް. މިފަދަ އަގުހުރި މަޢުލޫމާތު އިތުރައް ހިއްސާކުރާނެކަމަށް ދެކެން… މާބޮޑަށް ސިޔާސީވާތީ ކަޑައީ

  4. މިއަދު ކުފުރާއި ބާތިލްގެ އަހުލު ވެރިން އެމީހުންގެ ކުފުރާއި ޝިރުކަކީވެސް އިންސާނީ ހައްޤެއް ކަމުގައި ބަލައިގެން އެހައްޤު ދިފާއުކުރުމަށް ކުރާ މަސައްކަތާއި އެއްވަރަ ﷲ އަޅުކަން ކުރާ މީހުން އެމީހންގެ އިންސާނީ ހައްޤު ހޯދަން މަސައްކަތް ނުކުރަނީ ކީއްވެބާ!

  5. އެފޮތް ދިވެހިބަހަށް ތަރުޖަމާކޮށްގެން ނެރި ވިއްކުން ކިހިނެއްވާނެތޯ

  6. ތީ ވަރަށް ޝައުޤުވެރި މަޢުލޫއެކެވެ. އެފޮތުގެ ސީދާ ނަން ބުނެދެއްވަފާނަންތޯ؟ޝުކުރިއްޔާ.

  7. ވަރަށް އަގުހުރި މަޢުލޫމާތު ކޮޅެއް.. ތިގޮތުގައި އަދިވެސް މައުލޫމާތު ފޯރުކޮށް ދެއްވާނެކަމަށް އުއްމީދު ކުރަން!!

  8. ވަރަށް ހޯދަން ބޭނުންވާ މައުލޫމާތެއް. ތިދެއްވި މައުލޫމާތައް ޝުކުރިއްޔާ!

  9. ވަރަށް ރަނގަޅުވާނެ

  10. ވަރަށް ރަގަޅު މައުލޫމާތު ކޮޅެއް

  11. mahudi ge faanakee qiyaamathuge alaamaatheh noon varah bodah olhivadaigenfa thiothee. Qiyaamathuge alaamaaiy 10. 1, Dajjal 2, Nabi Isa 3, Yaujooj n Maujoij 3 4 beast of the earth 5 earth quake in east 6, earth quake in west 7, earth quake in arabia 8 fire from yemen 9 smoke 10, sun rise from the west. Ehehnkamun mahudi ge faanakee qiyaamath ge alaamaateh noon. Meesthakunah mauloomaath dhevvaairu v rangalhah bellevun edhen. Shukuriyya.

  12. Vaanuvaa neyngigen noolheveyne, miummathugeh rasoolaa fonuvumakeeves giyaamathuge alaamaathugeh feshumeh,veeru mahudheegefaanu keehve nuvaane??

  13. މުޙައްމަދު ބުނު ޢަބްދުﷲ އަލްޙަސަނުލް ޢަލަވީ.. މި ނަމުގަވާ ޢަލަވީ އަކީ ޝިއައީ ޢަލަވީންނާ ގުޅުމެއްވާ ކަމެއްތޯ އިތުރަށް ތަފްސީލުކޮށް ދެއްވާނެކަމަށް އުންމީދުކުރަން. ސަބަބަކީ ޝިއައީން ނަކީ ބާތިލް އަގީދާއެއްގެ ވެރިބަޔެއްކަމަށް އަހަރުމެން ގަބޫލުކުރާތީ މީ އޮޅުމެއްތޯ އިނގެންބޭނުން ވަރަށް.

  14. Giyaa mathuge alaamaathaky hama ekani giyaimai vaa dhuvahu vaa kan thah thakeh nooneve. Giyaamai dhuvas kairi vikan angaidhey kan thah thakakeeves giyaamathu alaamaathekeve. Veemaa mi article ga dhogu vaahaka eh netheve.

  15. Saudhee Rasgefaanu vara rulhi annaanethaa Mahudhee dheke. Makkaa baaruge dhashah gennanya.

  16. Mihaaru ves mahdhiy ge faanu eba ulhey. Ayas nengeyne. Muhammed nukiyaanama. Hadhiys ga innaniy thimankaleyge faanuge namaa ehvahtharuge namekey.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!