އަލް ޢަސްރުގެ “ކޫލްނެސް އޮފް ދަ އައިސް” އައި.ޖީ.އެމް ހޮސްޕިޓަލުގެ މުވައްޒަފުންނަށް

ނަމާދަށް ހޭލުން ތެރިކުރުވުމުގެ ގޮތުން އަލް ޢަސްރުގެ ފަރާތުން ކުރިއަށް ގެންދާ ނަމާދު ވޯރކްޝޮޕް “ކޫލްނެސް އޮފް ދަ އައިސް” އައި.ޖީ.އެމް ހޮސްޕިޓަލްގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ރޭ އެ ހޮސްޕިޓަލްގައި ކުރިއަށް ގެންދަން ފައްޓައިފިއެވެ.

އައި.ޖީ.އެމް ހޮސްޕިޓަލްގެ ހިއުމަން ރިސޯސް ޑިޕާރޓްމެންޓާއި އަލް ޢަސްރު ގުޅިގެން ކުރިއަށް ގެންދާ މި ވޯރކްޝޮޕާއި ބެހޭގޮތުން އިތުރަށް މަޢުލޫމާތު ދެއްވަމުން އަލް ޢަސްރުގެ އޮފިޝަލް ވިދާޅުވީ ވޯރކްޝޮޕަކީ ދިހަ ގަޑި އިރުގެ ވޯރކްޝޮޕެއް ކަމަށާއި މިފަހަރުގެ ވޯރކްޝޮޕް މި ހަފްތާގެ އާދިއްތަ ދުވަހުން ފެށިގެން ފަސް ދުވަހަށް ކުރިއަށް ގެންދާ އިރު ސެޝަންތައް ބޭއްވުމަށް ކަނޑައެޅިފައިވާ ވަގުތަކީ ރޭގަނޑު އަށަކުން ދިހައެއް ޖަހަންދެން ކަމަށެވެ. އަދި މި ވޯރކްޝޮޕްގައި ކިޔަވައި ދެއްވާނީ އައްޝެއިހް ނިމާލް މުހައްމަދު ކަމަށާއި ޕްރޮގްރާމްގައި ބައިވެރިވެ ވޯރކްޝޮޕް ފުރިހަމަ ކުރައްވާ ބޭފުޅުންނަށް ސެޓްފިކެޓް ދޭ ގޮތަށް ވަނީ ހަމަޖެހިފައި ކަމަށްވެސް މަޢުލޫމާތު ދެއްވިއެވެ.

“ކޫލްނެސް އޮފް ދަ އައިސް”އަކީ އަލް ޢަސްރުގެ ފަރާތުން 2013 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގްރާމްއެކެވެ.

މި ވޯރކްޝޮޕްގެ މައިގަނޑު މަޤްސަދަކީ ދިވެހި މުޖުތަމަޢު ނަމާދަށް ހޭލުންތެރިކުރުވާ، މި މުޖުތަމަޢުގައި ނަމާދާއި ގުޅޭގޮތުން ހުރި މައްސަލަތައް ބަޔާން ކޮށްދީ އަދި ރަސޫލާ ޞައްލައްﷲ އަލައިހި ވަސައްލަމަ ގެ އަރިހުން ސައްހަ ސަނަދުން އައިސްފައިވާ ގޮތަށް ނަމާދުކުރަން ދަސްކޮށްދިނުމެވެ. އެގޮތުން ތޮހާރަތުން ފެށިގެން ސަލާމް ދިނުމާއި ހިސާބަށް ނަމާދުގެ ރުކުންތަކާއި، ވާޖިބުތަކާއި ސުންނަތްތައް މިވޯކްޝޮޕްގައި ކިޔަވާ ދެވިގެން ދާނޭ ކަމަށް އަލް ޢަސްރުގެ ފަރާތުން މަޢުލޫމާތު ދެއެވެ.

އަލް ޢަސްރުން މަޢުލޫމާތު ދެއްވި ގޮތުގައި މި ފަދަ ވޯރކްޝޮޕްތައް ބޭއްވުމަށް ޝައުގުވެރިވެ ލައްވާ ކުންފުނި ތަކަށާއި ރަށް ރަށަށް އެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!