އައިޔޫއެމްއިން 2018 ޖެނުއަރީގައި ފަށާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފި

އިސްލާމީ ޔުނިވަރސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) އިން 2018 ވަނަ އަހަރުގެ ފުރަތަމަ ސެމިސްޓަރގައި ހިންގުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ.

މިކަމާއި ގުޅޭގޮތުން އެޔުނިވަރސިޓީއިން ކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވަނީ 2018 ޖެނުއަރީގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކަށް ކުރިމަތިލުމުގެ ފުރުޞަތު އެޔުނިވަރސިޓީއިން ހުޅުވާލާފައިވާ ކަމަށާއި ކޯހަށްއެދި ފޯމް ހުށަހެޅުމުގެ އެންމެ ފަހު ތާރީޚަކީ ޑިސެމްބަރ މަހުގެ 14 ވާ ބުރާސްފަތި ދުވަހުގެ 13:00 ކަމަށެވެ.

2018 ވަނަ އަހަރު ޖެނުއަރީގައި އައިޔޫއެމްއިން ސެޓްފިކެޓް ލެވެލް 1 ން ފެށިގެން ޕީއެޗްޑީއާއި ހަމައަށް ޖުމްލަ 46 ހަ ކޯހަކުން 1397 ޖާގަވަނީ ހުޅުވާލާފައެވެ. ނަމަވެސް ޝަރީއަތާއި ޤާނޫނުގެ ޑިޕްލޮމާ އަދި ޑިގްރީ ކޯހަށް ކުރިމަތިލުމަށް ފަހުން ހުޅުވާލެވޭނެ ކަމަށް އިޢުލާނުގައި ފާހަގަކޮށްފައިވެއެވެ.

އައިޔޫއެމްގެ ކޯސްތަކަށް ކުރިމަތިލުމަށް އެދޭ ފޯމް އައިޔޫއެމްގެ ރިސެޕްޝަނުން ގަންނަން އަދި ވެބްސައިޓުން ޑައުންލޯޑް ކުރެވެން ހުންނާނެކަމަށާއި ފޯމް ބަލައިގަތުން ކުރިއަށްދާނީ ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 10:00 ގައި ކަމަށް އެފަރާތުން މައުލޫމާތު ދެއެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!