ފޮނި ކާއެއްޗިއްސަށް ފޯރިހުންނަ މީހުން ކޮންމެހެންވެސް ކާންޖެހޭ އެއްޗެއް

ރާއްޖެއަށް މުޅިން އައު ބާވަތެއްގެ ފޮނި ކާއެއްޗެއް އެތެރެކޮށް ހިލޭ އެއިގެ ރަހަ ބެލޭކަމުގެ އިންތިޒާމް ހަމަޖެހިފައިވާ ވާހަކަ ފޭސްބުކުން ފެނުމުން މިދިޔަ ހުކުރުދުވަހު އެތަނަކަށް އެބުނާ އެއްޗެއްގެ ރަހަބަލަން އަޅުގަނޑުވެސް ދިޔައިމެވެ.

މާވެޔޮމަގުގައި ހުންނަ މަޝްހޫރު “މާވެޔޮމަގު މިސްކިތް” ކުރިމަތިން ކަހަލަ ގޮތަކަށް ހުޅުވާފައިވާ ލިވިންގ ގްރީން ފިހާރަ ދޮރުމައްޗަށް އެރުމާއެކު ހެންވެސް ކުޅުދިޔާވާ ގޮތްވިއެވެ. ތަފާތު ވައްތަރުގެ ފޮނި އެއްޗެހި ފިހާރައިގެ ބޭރުގައިވެސް ބަހައްޓާފައި ހުއްޓެވެ. އިތުރަށް ބަލަން ނުހުރެ ފިހާރަ ތެރެއަށް ވަދެ އެބުނާ އެއްޗެއްގެ ރަހަ ބެލޭތޯ އުޅުނީމެވެ. އިލޮށި ކޮޅަކަށް ޖަހާލާފައިދިން ހަތަރެސްކަން ކިއުބެއްހެން އިން އެތިކޮޅެއް ވަގުތުން އަނގަޔަށްލާ ހަފާލާމެވެ. ހަމަ އަސްލުވެސް ވަރަށް މީރެވެ.

މިއެއްޗަކާއި ގުޅޭގޮތުން އެވަގުތު މިކަން ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވި އަލީ ނަސީމްއާއި ސުވާލު ކޮށްލުމުން އޭނާ ބުނީ މިއީ ކޮސްކާ ބްރޭންޑްގެ “ޓާރކިޝް ޑިލައިޓް” ކިޔައި އުފެއްދުމެއް ކަމަށާއި މިބާވަތުގެ ފޮނި ކާއެއްޗެހި ރާއްޖެ އެތެރެކޮށް ވިއްކަން މިފެށީ އަލަށް ކަމަށެވެ.

“ޓާރކިޝް ޑިލައިޓް” އަކީ ކަނޑައެޅިގެން ކޮން ހިސާބެއްގައި އުފައްދަންފެށި އެއްޗެއްކަން ބުނަން ނޭގުނުނަމަވެސް މީލާދީން 1700 އަހަރުތަކުން ފެށިގެން ތުރުކީގައި އަންނަނީ މީގެ ބާވަތްތައް ތައްޔާރުކުރަމުންނެވެ. ސްޓާޗް ޖެލްއާއި ހަކުރު ބޭނުންކޮށްގެން ތައްޔާރު ކުރާ މިބާވަތްތަކުގައި ހެޒެލްނަޓް، ވޯލްނަޓް، ޕިސްޓާޗިއޯ އަދި ކަދުރު ކޮށާފައި އެއިގެ ވަށައިގެން ސްޓާޗް ޖެލް ބޭނުންކޮށްފައި ހުރެއެވެ. އަދި ތަފާތު ރަހަތައް ގެނައުމަށް ރޯސްވޯޓަރ، ލުނބޯ ފަދަ އެއްޗެހީގެ ރަހަތައް ބޭނުންކޮށްފައި ހުންނައިރު އަނގައިގައި ތަތްނުލަވާގޮތަށް ކޮންމެ ކިއުބެއްގެ ވަށައިގެން އައިސިންގ ޝުގަރ ނުވަތަ ގާނާފައި ހިއްކާފައި ހުންނަ ކާށި ފަދަ ބާވަތްތައް ބޭނުންކޮށްފައި ހުރެއެވެ.

ފާހަގަކޮށްލަންޖެހޭ އަނެއްކަމަކީ ފޮނި އެއްޗެހި ކާހިތްވާ ހަކުރުބަލި ހުންނަ މީހުންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ މީގެ ބާވަތްތަކެއްވެސް ލިވިންގ ގްރީންއިން އަންނަނީ ވިއްކަމުންނެވެ. އެގޮތުން ހަކުރު ބަލީގެ މީހުންނަށް މިތަކެތި ތައްޔާރުކޮށްފައިވަނީ ސިސަމީ ޕޭސްޓް ބޭނުންކޮށްގެންނެވެ.

ލިވިންގ ގްރީންއިން އަންނަނީ މާމުޔާއި ކަޅުދިރީގެ ބާވަތްތަކުގެ އިތުރުން ހަށިގަނޑަށް ފައިދާހުރި ގިނަ ބާވަތްތަކެއް މިހާރުވެސް ވިއްކަމުންނެވެ.

މިލިޔުމަށް ޚިޔާލު ފާޅުކުރައްވާ!